Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެކުއްލި ނުރައްކަލުގެ ހާލަތު

އެންދެރިގަސްގެ ޑްރައިވަރު ހައްޔަރުކޮށް، ވަކީލެއްގެ އެހީތެރިކަމުން މަހުރޫމްކޮށްފައިވަނީ ވަކި ގޮތަކަށް ބަޔާންތައް ހޯދުމަށް: ވަކީލް

12 ފެބުރުއަރީ 2018 | ހޯމަ 02:33

ވަކީލު ނެތި ގޮޅިން ނެރެ ސުވާލުކޮށްފައިވޭ

އަބުދުﷲ ނަސީރު އިބްރާހިމް
އަބުދުﷲ ނަސީރު އިބްރާހިމް | 12 ފެބުރުއަރީ 2018 | ހޯމަ 02:33
މ. އެންދެރިމާގެ ސަރަހައްދުގައި ފުލުހުންތަކެއް ހަރަކާތްތެރިވަނީ، މ. އެންދެރިގަސްގެ ޑްރައިވަރު ހުރީ ފުލުހުންގެ ހައްޔަރުގައި

މ. އެންދެރިމާގެ ސަރަހައްދުގައި ފުލުހުންތަކެއް ހަރަކާތްތެރިވަނީ، މ. އެންދެރިގަސްގެ ޑްރައިވަރު ހުރީ ފުލުހުންގެ ހައްޔަރުގައި

މ. އެންދެރިގަހުން ހައްޔަރުކުރި، ސްރީލަންކާގެ ރައްޔިތެއް ކަމަށްވާ ޕޮނިއާ ސުދާގަރު ޤާނޫނީ ވަކީލެއްގެ އެހީތެރިކަމުން މަހުރޫމް ކޮށްފައިވާކަމަށާއި، އެކަން އެގޮތަށް ކުރަނީ ފުލުހުން ބޭނުންވާ ވަކިގޮތަކަށް ބަޔާންތައް ހޯދުމަށް ކަމަށް އޭނާގެ ޤާނޫނީ ވަކީލް ވިދާޅުވެއްޖެ އެވެ.

ސުދާގަރުގެ ޤާނޫނީ ވަކީލުންގެ ފަރާތުން ނެރުނު ބަޔާނުގައި ވަކީލް މުހައްމަދު ފައްވާޒް ވިދާޅުވީ، ސްރީލަންކާގެ ރައްޔިތެއް ކަމަށްވާ ސުދާގަރުގެ މައްޗަށް ތުހުމަތު ކޮށްފައިވާ ކުށަކީ ޤާނޫނާ ޚިލާފަށް ދިވެހިރާއްޖޭގައި އުފެދިފައިވާ ޤާނޫނީ ވެރިކަން ވައްޓާލުމަށް ރައްޔިތުންގެ މަޖިލީހުގެ މެންބަރުން ތަކަކަށް ރިޝްވަތުގެ ގޮތުގައި ފައިސާދީ، އަދި އިތުރު މެންބަރުން ތަކަކަށް ރިޝްވަތުގެ ގޮތުގައި ފައިސާ ދޭން އުޅުމުގެ ތުހުމަތު ކަމަށެވެ. އޭގެއިތުރުން، ޓެރަރިޒަމް މަނާކުރުމުގެ ޤާނޫނުގެ ދަށުން ޓެރަރިޒަމްގެ ޢަމަލެއް ހިންގުމަށް އުޅުމުގެ ކުށުގެ ތުހުމަތު ވެސް ކޮށްފައިވާ ކަމަށެވެ.

ވަކީލް ވިދާޅުވީ ޕޮނިއާ ސުދާގަރު ހައްޔަރު ކުރުމަށް ފަހު، އޭނާއާ ބައްދަލު ކުރުމަށް ޤާނޫނީ ވަކީލު ދިޔައިރު، އެރޭގެ ދަންވަރުގެ ވަގުތެއްގައި، ޕޮނިއާ ސުދާގަރު ބަންދު ކޮށްފައިވާ ގޮޅިންނެރެ، ތަޙުޤީޤަށް ސުވާލު ކޮށްފައިވާ ކަމަށް އޭނާ ވަނީ ވަކީލަށް މަޢުލޫމާތު ދީފައި ކަމަށެވެ. އަދި ވަކީލެއްގެ ފުރުޞަތު ބޭނުންވާކަމަށް ބުނުމުން، ތަޙުޤީޤު ކުރިއަށް ގެންދިއުމުގައި ވަކީލަކު ހުރުން މުހިންމު ނޫންކަމުގައި ތަހުޤީޤުކުރި ފުލުހުން ސުދާގަރު ކައިރިގައި ބުނެފައިވާކަމަށް ވަކީލް ވިދާޅުވި އެވެ.

ކޯޓުން ޕޮނިއާ ސުދާގަރު 15 ދުވަހުގެ މުއްދަތަށް ބަންދުކުރަން އަމުރު ކުރުމުން، ބަންދުކުރެވޭ އެހެން މީހުންނާ ޚިލާފަށް ޕޮނިއާ ސުދާގަރު ބަންދުކުރެވުނީ ވިލިމާލޭގައި ހުންނަ ފުލުހުންގެ މަރުކަޒުގައިކަން ފާހަގަކޮށް ވަކީލް ފައްވާޒް ވިދާޅުވީ ޕޮނިއާ ސުދާގަރުގެ ޤާނޫނީ ވަކީލު އެމައްސަލައިގެ ތުހުމަތުކުރެވޭ އެހެން މީހެއްގެ ވަކީލެއްގެ ގޮތުގައި ޢައްޔަނުވެފައިވާތީ ޕޮނިއާ ސުދާގަރުގެ ވަކީލުކަމުން ފަހުން ވަނީ ތަނާޛުލުވެފައި ކަމަށެވެ. އަދި ޕޮނިއާ ސުދާގަރުގެ ޤާނޫނީ ވަކީލެއްގެ ގޮތުގައި ޢައްޔަނުވުމަށް، އޭނާ ހުށަހެޅުމުން، އޭނާ ޤާނޫނީ ވަކީލެއްގެ ފުރުޞަތު ބޭނުން ނުވާ ކަމަށް މިހާރު ބުނެފައިވާ ކަމަށް ބުނެ ވަކީލެއްގެ ގޮތުގައި ޢައްޔަނު ނުވެވޭނޭ ކަމަށް މޯލްޑިވްސް ޕޮލިސް ސަރވިސްއިން ބުނެފައިވާ ކަމަށް ފައްވާޒް ވިދާޅުވި އެވެ. ނަމަވެސް އެއީ އެކަން އޮންނަ އުސޫލު ނޫން ކަމަށް އޭނާ ވިދާޅުވި އެވެ.

"ޤާނޫނީ ވަކީލުންގެ އެހީތެރިކަން ދިނުމުގެ ދާއިރާއަކީ ހަމައެކަނި ތަޙުޤީޤު ހިންގުން ކަމުގައިނުވާއިރު، މައްސަލައެއްގެ ތަޙްޤީޤަށް ޤާނޫނީ ވަކީލަކު ބޭނުންނުވާ ކަމަށް ބުނެފައިވުމަކީ ވަކީލެއްގެ އެހީތެރިކަން ލިބުމުގެ ޙައްޤު އެއްކޮށް ގެއްލިގެން ދިއުމެއް ނޫނެވެ. އެއީ މީގެ ކުރިން ޢަމަލުކުރާ އުޞޫލެއްވެސް ނޫނެވެ." ޤާނޫނީ ވަކީލުގެ ބަޔާނުގައި ބުނެފައިވެއެވެ.

ވަކީލް ވިދާޅުވީ ޕޮނިއާ ސުދާގަރު ހައްޔަރުކޮށް، އެކަހެރިކޮށްގެން، ޤާނޫނީ ވަކީލެއްގެ ފުރުޞަތު ވެސް ނުދީ ހިފަހައްޓާފައިވަނީ އޭނާގެ ފަރާތުން ވަކި ގޮތަކަށް ބަޔާން ހޯދައި، ހިނގަމުންދާ މައްސަލައެއްގެ ތަޙުޤީޤު ވަކި ދިމާލަކަށް އަނބުރާލުމުގެ ބޭނުމުގައި ކަމުގައި ދެކޭ ކަމަށެވެ. އަދި ޕޮނިއާ ސުދާގަރު ހައްޔަރުކުރެވުނު ވަގުތުން ފެށިގެން އޭނާގެ މައްޗަށް ތުހުމަތުކުރެވޭ މައްސަލަ ތަޙްޤީޤު ކުރުމުގައާއި، އޭނާގެ ޙައްޤުތައް ލިބިދިނުމުގައި މޯލްޑިވްސް ޕޮލިސް ސަރވިސްއިން އޭނާއަށް ޙަޤީޤަތް އޮޅުވަލައި، އަދި އޭނާއަށް ލިބިގެންވާ ޤާނޫނީ ވަކީލެއްގެ އެހީތެރިކަން ލިބިގަތުމުގެ ފުރުޞަތަށް ހުރަސް އަޅަމުންދިއުމަކީ އޭނާގެ ޤާނޫނީ ވަކީލުންގެ ޙައިސިއްޔަތުން ކަންބޮޑުވާކަމެއް ކަމަށް ބަޔާނުގައި ބުނެފައިވެއެވެ.

އިތުރަށް ކިޔާލަން

24 ފެބުރުއަރީ 2017

ކަނޑުހުޅުދޫގައި ހިނގި މާރާމާރިއާ ގުޅިގެން ހަތަރު މީހުން ހައްޔަރުކޮށްފި

24 ފެބުރުއަރީ 2017
ކަނޑުހުޅުދޫގައި ހިނގި މާރާމާރިއާ ގުޅިގެން ހަތަރު މީހުން ހައްޔަރުކޮށްފި
15 ފެބުރުއަރީ 2017

އުތުރު ކޮރެއާގެ ލީޑަރުގެ ބޭބޭފުޅު އަވަހާރަކޮށްލިކަމުގެ ތުހުމަތުގައި އަންހެނަކު ހައްޔަރުކޮށްފި

15 ފެބުރުއަރީ 2017
އުތުރު ކޮރެއާގެ ލީޑަރުގެ ބޭބޭފުޅު އަވަހާރަކޮށްލިކަމުގެ ތުހުމަތުގައި އަންހެނަކު ހައްޔަރުކޮށްފި
15 ފެބުރުއަރީ 2017

ވެލަންޓައިންސް ޑޭއާ ދިމާކޮށް ބަނގުރާ ވިއްކަނިކޮށް ދެ މީހަކު ހައްޔަރުކޮށް ޓެކްސީއެއްގެ ތެރެއިން 14 ފުޅި ރާ އަތުލައިގެންފި

15 ފެބުރުއަރީ 2017
ވެލަންޓައިންސް ޑޭއާ ދިމާކޮށް ބަނގުރާ ވިއްކަނިކޮށް ދެ މީހަކު ހައްޔަރުކޮށް ޓެކްސީއެއްގެ ތެރެއިން 14 ފުޅި ރާ އަތުލައިގެންފި
06 ފެބުރުއަރީ 2017

ރ. މަޑުއްވަރީގައި ހިންގި 3 މާރާމާރީއަކާ ގުޅިގެން 7 މީހަކު ހައްޔަރުކޮށްފި

06 ފެބުރުއަރީ 2017
ރ. މަޑުއްވަރީގައި ހިންގި 3 މާރާމާރީއަކާ ގުޅިގެން 7 މީހަކު ހައްޔަރުކޮށްފި
05 ފެބުރުއަރީ 2017

ކޯޓް އަމުރެއްގެ ދަށުން އއ. ކައުންސިލްގެ ނައިބް ރައީސްގެ އިތުރުން 5 މީހުން ހައްޔަރުކޮށްފި

05 ފެބުރުއަރީ 2017
ކޯޓް އަމުރެއްގެ ދަށުން އއ. ކައުންސިލްގެ ނައިބް ރައީސްގެ އިތުރުން 5 މީހުން ހައްޔަރުކޮށްފި
17 ޖެނުއަރީ 2017

ޕާސްޕޯޓު ނެތި ރާއްޖޭގައި އުޅެމުންދާކަމަށް ބުނެ، އެމެރިކާގެ ރައްޔިތަކު ހުޅުމާލެއިން ހައްޔަރުކޮށްފި

17 ޖެނުއަރީ 2017
ޕާސްޕޯޓު ނެތި ރާއްޖޭގައި އުޅެމުންދާކަމަށް ބުނެ، އެމެރިކާގެ ރައްޔިތަކު ހުޅުމާލެއިން ހައްޔަރުކޮށްފި
15 ޖެނުއަރީ 2017

ރެއިންބޯގެ ދެ ލައްކައަށްވުރެ ގިނަ ރުފިޔާ ފޭރިގަތް ހަތަރު މީހަކު ހައްޔަރުކޮށްފި

15 ޖެނުއަރީ 2017
ރެއިންބޯގެ ދެ ލައްކައަށްވުރެ ގިނަ ރުފިޔާ ފޭރިގަތް ހަތަރު މީހަކު ހައްޔަރުކޮށްފި
14 ޖެނުއަރީ 2017

ކޭކެއްގެ ތެރެއަށް ލައި ފޮރުވައިގެން ޖަލަށް މަސްތުވާތަކެތި އެތެރެކުރަން އުޅުނު އަންހެނަކު ހައްޔަރުކޮށްފި

14 ޖެނުއަރީ 2017
ކޭކެއްގެ ތެރެއަށް ލައި ފޮރުވައިގެން ޖަލަށް މަސްތުވާތަކެތި އެތެރެކުރަން އުޅުނު އަންހެނަކު ހައްޔަރުކޮށްފި
13 ޖެނުއަރީ 2017

މާލޭ ސިޓީ ކައުންސިލްގެ މެމްބަރު ޒައިދުލް އަމީން ހައްޔަރުކޮށް، ބަންދަށް 15 ދުވަސް ޖަހައިފި

13 ޖެނުއަރީ 2017
މާލޭ ސިޓީ ކައުންސިލްގެ މެމްބަރު ޒައިދުލް އަމީން ހައްޔަރުކޮށް، ބަންދަށް 15 ދުވަސް ޖަހައިފި
06 ޖެނުއަރީ 2017

ވަގަށް ނަގާފައިވާ ގިނަ އަދަދެއްގެ ފައިސާ ހޯދާ މީހަކު ހައްޔަރުކޮށްފި

06 ޖެނުއަރީ 2017
ވަގަށް ނަގާފައިވާ ގިނަ އަދަދެއްގެ ފައިސާ ހޯދާ މީހަކު ހައްޔަރުކޮށްފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް