Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެއެމްޑީޕީ

އަސްކަރިއްޔާ އިން ނޫސްވެރިކަން ނެތިކޮށްލުމަށް ހިތްވަރުނުދީ ޤާނޫނު އަސާސީ ނެގެހެއްޓުމަށް ގޮވާލަން: އެމްޑީޕީ

ރާއްޖެޓީވީއަށް ރައްކާތެރިކަން ފޯރުކޮށްދިނުން ހުއްޓާލުމުން ވަނީ ކަންބޮޑުވުން ފާޅުކޮށްފައި

މުހަންމަދު ވިސާމް
މުހަންމަދު ވިސާމް | 9 ފެބުރުއަރީ 2018 | ހުކުރު 16:59
ސިފައިންގެ އިސްވެރިން ރައީސް އޮފީހުގައި ބައްދަލުވުމެއްގައި

ސިފައިންގެ އިސްވެރިން ރައީސް އޮފީހުގައި ބައްދަލުވުމެއްގައި

ދިވެހިރާއްޖޭގެ މިނިވަން ނޫސްވެރި ކަމަށް އަރައިގަނެ، ނޫސްވެރި ކަމަށް ހުރަސްއަޅައި ޤައުމީ ސަލާމަތް ހިމާޔަތްކުރުމުގެ ނަމުގައި މޯލްޑިވްސް ނޭޝަނަލް ޑިފެންސް ފޯސް އިން ނެރުއްވާފައިވާ ބަޔާނާ މެދު ދިވެހިރައްޔިތުންގެ ޑިމޮކްރަޓިކް ޕަޓީ (އެމްޑީޕީ) އިން ކަންބޮޑުވުން ފާޅުކޮށްފިއެވެ.

ހުކުރު ދުވަހު އެމްޑީޕީން ނެރުނު ބަޔާނުގައި ބުނެފައިވާ ގޮތުގައި ރާއްޖޭގައި ހިންގަމުން އަންނަ އެންމެ ބޮޑު ޓީވީ ޗެނަލަށް ސަލާމަތީ ޚިދުމަަތްތަކުން ރައްކާތެރިކަން ފޯރުކޮށްދިނުން ހުއްޓާލައި އެ ޗެނަލް ބަންދުކުރުމަށް މަޖުބޫރުވާ ޙާލަތަށް ދިއުމަކީ ކަންބޮޑުވާ ކަމެކެވެ. އަދި ރާއްޖޭގައި ބްރޯޑްކާސްޓްކުރެވޭ ކޮންޓެންޓް މޮނިޓާރ ކުރުމަށް މިނިވަން ކޮމިޝަންތައް ޤާނޫނުތަކުން ބާރު ލިބިގެން އުފައްދާފައިވާއިރު، ސިފައިން އިސްވެ، ޓީވީ ޗެނެލްތަކާއި ނޫސްވެރި ކަމަށް ބިރުދެއްކުމަކީ މިލިޓަރީ ވެރިކަންތަކުން ކުރާ ފަދަ ކަންކަން ކަމަށް އެ ބަޔާނުގައި ބުނެފައިވެއެވެ.

Advertisement - newsAdvertisement

ރާއްޖޭގައި ކުއްލި ނުރައްކަލުގެ ޙާލަތެއް ވެސް އަދި ޤައުމީ ސަލާމަތަށް ނުރައްކާވާ ފަދަ ޙާލަތެއް ވެސް ނެތް ހިނދު، ދައުލަތުގެ އަސްކަރިއްޔާ މެދުވެރިކޮށް މިފަދަ ޤާނޫނާ ޚިލާފް ކަންކަން ކުރުވުމަކީ އަސްކަރިއްޔާއާ މެދު ރައްޔިތުންގެ ހިތްތަކުގައި ނަފްރަތު އުފެދިގެންދާނެ ކަމެއް ކަމަށް ދެކޭ ކަމަށް އެ ޕާޓީން ބުންޏެއެވެ.

އަސްކަރިއްޔާ ސިޔާސީވެ، އެއީ ދައުލަތުގެ އެއްބާރުން އަނެއް ބާރުގެ މައްޗަށް އަރައިގަންނަ ވަޞީލަތަކަވުމަކީ ބޮޑު ނުރައްކަލެއް ކަމަށް ބަޔާނުގައި ވަނީ ފާހަގަކޮށްފައެވެ.

"އެހެންކަމުން މިފަދަ ކަންކަން ކުރުމުން އަސްކަރިއްޔާއިން ދުރުވެ، ޤައުމު މި ވެއްޓިފައިވާ އަނދަވަޅުން ސަލާމަތްކުރުމަށް ކުރެވެން ހުރި ހުރިހާ ކަމެއް ކުރުމަށް ގޮވާލަމެވެ. އަދި މީޑިޔާގެ މިނިވަންކަމަށް ހުރަހަކަށް ނުވެ، ޤާނޫނީ އިމުގެ ތެރެއިން ކަންކަން ކުރުމަށް ތަކުރާރުކޮށް ގޮވާލަމެވެ. ރާއްޖެ ޓީވީއަށާއި ރާއްޖޭގެ ނޫސްވެރިންނަަށް ކުރިމަތިވެފައިވާ ބިރުވެރިކަން ނައްތާލުމަށް މޯލްޑިވްސް ނޭޝަނަލް ޑިފެންސް ފޯސް އިން ނޫސްވެރިނަށް ޙިމާޔަތް ދިނުމަށް ގޮވާލަން" އެމްޑީޕީގެ ބަޔާނުގައި ބުނެފައިވެއެވެ.

އިތުރަށް ކިޔާލަން

25 ޑިސެމްބަރު 2017

އިދިކޮޅު ލީޑަރުން އެދިއްޖެ ނަމަ ރައީސް ނަޝީދު މިނިވަން ވާގޮތަށް ޤާނޫނު ބަދަލުކޮށްދޭނަން: ރައީސް ޔާމީން

25 ޑިސެމްބަރު 2017
އިދިކޮޅު ލީޑަރުން އެދިއްޖެ ނަމަ ރައީސް ނަޝީދު މިނިވަން ވާގޮތަށް ޤާނޫނު ބަދަލުކޮށްދޭނަން: ރައީސް ޔާމީން
02 ޖުލައި 2017

ދިހައަހަރު ފަހުން ރައީސް މައުމޫނާއި ސުވާލު ކުރުމުން ޤާނޫނުލްއުޤޫބާތާއިމެދު ސުވާލު އުފެދޭ: މައުމޫން ހަމީދު

02 ޖުލައި 2017
ދިހައަހަރު ފަހުން ރައީސް މައުމޫނާއި ސުވާލު ކުރުމުން ޤާނޫނުލްއުޤޫބާތާއިމެދު ސުވާލު އުފެދޭ: މައުމޫން ހަމީދު
16 ޖޫން 2017

ސޯޝަލްމީޑިއާގެ ލީގަލްޓީއަކީ ކޮބައިކަމެއް ޤާނޫނުގައި ބުނެފައެއް ނެތް: ހިސާން ހުސައިން

16 ޖޫން 2017
ސޯޝަލްމީޑިއާގެ ލީގަލްޓީއަކީ ކޮބައިކަމެއް ޤާނޫނުގައި ބުނެފައެއް ނެތް: ހިސާން ހުސައިން
14 މެއި 2017

ޤާނޫނުތައް ބާތިލްކުރުމުގެ ބާރަކީ ހަމައެކަނި ރައްޔިތުންގެ މަޖިލީހަށް ލިބިފައިވާ ބާރެއް: މައުމޫނު

14 މެއި 2017
ޤާނޫނުތައް ބާތިލްކުރުމުގެ ބާރަކީ ހަމައެކަނި ރައްޔިތުންގެ މަޖިލީހަށް ލިބިފައިވާ ބާރެއް: މައުމޫނު
14 އެޕްރީލު 2017

ޤާނޫނު އަސާސީއާއި ތަޢާރަޒްވާ މާއްދާތަކަށް ތަބާވާކަށް ނުޖެހޭނެ: އަފީފް

14 އެޕްރީލު 2017
ޤާނޫނު އަސާސީއާއި ތަޢާރަޒްވާ މާއްދާތަކަށް ތަބާވާކަށް ނުޖެހޭނެ: އަފީފް
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު