Raajje.mv
Raajje.mv
  • ރާއްޖެ
  • ކުޅިވަރު
  • ދުނިޔެ
  • ވިޔަފާރި - އިގްތިސާދު
  • ރިޕޯޓު
  • ފޮޓޯ
  • ވާހަކަ
  • ސިއްހަތު
  • ތަފާތު ޚަބަރު
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެ
ރައީސް ނަޝީދު

އިދިކޮޅު ލީޑަރުން އެދިއްޖެ ނަމަ ރައީސް ނަޝީދު މިނިވަން ވާގޮތަށް ޤާނޫނު ބަދަލުކޮށްދޭނަން: ރައީސް ޔާމީން

ހުރިހާ ލީޑަރުން ވަކިވަކިން ސިޓީ ހުށަހެޅުއްވުމަށް ވިދާޅުވި

އިސްމާއިލް ނާއިލް ނަޝީދު
އިސްމާއިލް ނާއިލް ނަޝީދު, ރާއްޖެ އެމްވީ | 25 ޑިސެމްބަރު 2017 | ހޯމަ 18:21
ރައީސުލްޖުމްހޫރިއްޔާ ޢަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމް

ރައީސުލްޖުމްހޫރިއްޔާ ޢަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމް

ސަރުކާރާ ދެކޮޅަށް މިހާރު އެއްގަލަކަށް އަރާވަޑައިގެން ތިއްބެވި ހުރިހާ ސިޔާސީ ލީޑަރުން އެދިވަޑައިގެންފި ނަމަ، ރައީސް ނަޝީދު މިނިވަން ވާނޭ ގޮތަށް ޤާނޫނު ބަދަލުކޮށްދެއްވާނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ ޢަބްދުﷲ ޔާމީން ވިދާޅުވެއްޖެއެވެ.

ވެރިކަންކުރާ ޕީޕީއެމުން ބުރާސްފަތި ދުވަހު "މަވެސް ޕީޕީއެމް" ގެ ނަމުގައި ބޭއްވި ހަރަކާތުގައި ވާހަކަ ދައްކަވަމުން ރައީސް ޔާމީން ވިދާޅުވީ، އިދިކޮޅު ފަރާތްތަކުން ރައީސް ނަޝިދާއި، ޝައިޚް އިމްރާނާއި، އެފަދަ ބަންދުތަކުގައި ތިއްބެވި އެހެނިހެން ބޭފުޅުން ދޫކޮށްލުމަށް ގޮވި ނަމަވެސް، އެކަން އެގޮތަށް ކުރުމުގެ ފުރުޞަތު ރައީސަށް ޤާނޫނުއަސާސީގައި ދީފައި ނުވާ ކަމަށެވެ. ނަމަވެސް، މިހާރު އެއްގަލަކަށް އަރާވަޑައިގެން ތިއްބެވި ހުރިހާ ސިޔާސީ ލީޑަރުން ވަކިވަކިން ރައީސް ނަޝީދު ދޫކޮށްދެއްވުމަށް މަގުފަހި ކުރުމަށް ޤާނޫނަށް ގެންނަން ޖެހޭ ބަދަލުތައް ގެނެސްދެއްވުން އެދި އެބޭފުޅެއްގެ ޕާޓީ، ނުވަތަ އަމިއްލަ ހައިސިއްޔަތުން ސިޓީއަކުން އެދިއްޖެ ނަމަ، އެ ބަދަލު ގެނެސްދެއްވާނެ ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.

Advertisement - newsAdvertisement
އަޅުގަނޑުމެންނަށް ކުރެވޭނެ ކަމަކީ ރައީސް ނަޝީދު ވެސް މިނިވަން ވާން ކަމަށްވަންޏާ، އަޅުގަނޑަށް އިދިކޮޅުގަ ތިއްބެވި ހުރިހާ ލީޑަރުން ވަކިވަކިން ސިޓީ ފޮނުއްވާ. ރައީސް މައުމޫން ވެސް ފޮނުއްވައިދެއްވާ. އިމްރާނު ވެސް ފޮނުއްވައިދެއްވާ. ރައީސް ނަޝީދު ވެސް ފޮނުއްވައިދެއްވާ. އަދި ޤާސިމް އިބްރާހިމް ވެސް ވަކިން ސިޓީއެއް ފޮނުއްވައިދީ ޕާޓީން މިއީން ކޮންމެ ބޭފުޅަކު ސޮއިކުރައްވާފަ، ނޫނީ އެބޭފުޅެއްގެ ހައިސިއްޔަތުން ސޮއިކުރައްވާފަ. ތިމަންނަމެން ކޮންމެ މީހަކު ބޭނުމޭ ރައީސް ނަޝިދު މިނިވަންވާން. އަދި މިކަން ކުރަން ޤާނޫނަށް ގެންނަންޖެހޭ ބަދަލުތައް ގެނެސްދޭށޭ. އޭރަށް އަޅުގަނޑަށް އަޅުގަނޑުގެ ޕީޖީ ލީޑަރަށް ހުށަހަޅައިގެން މަޖިލިސްގެ ތެރޭގަ ކިހާވަރެއްގެ ރުހުމެއްތޯ މިޔަށް ހޯދޭނީ އަޅުގަނޑުމެންނަށް ބެލިދާނެ. އެހެންވީމަ މިމަގު ވެސް އެބައޮތް. އެހެންވީމަ މިމަގުން ހިންގަވަންވީ.

ރައީސް ވިދާޅުވީ ޤައުމުގައި އިސްލާހުކުރަން ހުރި ކަންކަން ހުރި ނަމަ އެކަން ކުރުމަށް ސިޔާސީ ޕާޓީތަކުގެ މަޝްވަރާއަށް މިހާރު ވެސް ހުޅުވާލަފައިވަ ކަމަށާއި، އެ ފުރުޞަތު މިހާރު ވެސް އޮތް ކަމަށެވެ. ނަމަވެސް ފުރަތަމަ ޝަރުތެއްގެ ގޮތުން ވަކި ބަޔަކު ބައިވެރިކޮށްގެން ނޫނީ މަޝްވަރާ ނުކުރަން ހުށަހެޅުމުން އެކަން ނުވާނެ ކަމަށް ރައީސް ވިދާޅުވިއެވެ.

ޕާޓީގެ ލީޑަރު. އޭގެ ތެރެއިން ބައެއް ލީޑަރުންނަކީ އަމިއްލައަށް ރާއްޖެއިން ބޭރަށް އަރުވާލެވިގެން ތިއްބެވިބޭފުޅުން. އެބޭފުޅުން ބޭނުންފުޅެއްނުވޭ ރާއްޖެއަށް ވަޑައިގަންނަވާކަށް. އަނެއްބައި ބޭފުޅުންނަކީ ކޮންމެސް ހުކުމެއް ތަންފީޒު ކުރަމުންދާ ބޭފުޅުން. އަޅުގަނޑުމެން ދިވެހި ދައުލަތަކުން ބޭނުމެއް ނުވާނެ ހުކުމް ތަންފީޒުވެގެންދާ މީހުންނާ ދޭތެރޭގަ މިކަހަލަ މުއާމަލާތްތަކެއް ކުރާކަށް. އެއަށްވުރެ އިތުބާރު ހުރި މީހުންނާ ދޭތެރޭ. ޓެރަރިސްޓުންނާ ނެގޯޝިއޭޓް ކުރާނީ ކޮންބައެއްތޯ؟ ނުކުރާނެ ދެއްތޯ؟

މީގެ އިތުރުން ރައީސް ޔަމީން ދެއްކެވި ވާހަކަފުޅުގައި އެމަނިކުފާނު ވަނީ ރައްޔިތުންގެ މަޖިލީހާއި ކައުންސިލްތަކުގެ އިންތިޚާބީ މަޤާމުތަކުގައި ތިބި ފަރާތްތަކުގެ އިތުބާރު އޮތްތޯ ބެލުމަށް ދައުރުގެ މެދުން ވޯޓެއް ނެގުމަށް ހިތްވަރުދެއްވާ ވާހަކަ ދައްކަވާފައެވެ. ރައްޔިތުންގެ މަޖިލީހާއި ލޯކަލް ކައުންސިލްތަކަށް އިންތިޚާބުވެވަޑައިގެންފައި ތިއްބެވި އިދިކޮޅު ފިކުރުގެ ފަރާތްތަކުގެ އިތުބާރު އޮތްތޯ ބެލުމަށް މިފަދަ ވޯޓެއް ނެގުމަށް ހިއްވަރުދެއްވާ ރައީސް ވާހަކަ ދެއްކެވީރު، ހައްޔަރަށް ވަޑައިގެންނެވުމުގެ ކުރިން ކުނޫޒު ޖަލްސާއެއްގައި ވާހަކަ ދައްކަވަމުން، ޖުމްހޫރީ ޕާޓީގެ ލީޑަރު ޤާސިމް އިބްރާހިމް ވަނީ ރައީސް ޔާމީންގެ އިތުބާރު އޮތްތޯ ބެލުމަށް ރައްޔިތުންގެ ފެންނަ ނުފެންނަ ވޯޓެއް ނެގުމަށް ގޮވާލައްވާފައެވެ.

ބުރާސްފަތި ދުވަހުގެ ވާހަކަފުޅުގައި ރައީސް މިފަދަ ވާހަކަފުޅުތައް ދެއްކެވިއިރު، ކުރިއަށް އޮތް ލޯކަލް ކައުންސިލް އިންތިޚާބާ ގުޅޭ ގޮތުން ރައީސް ވިދާޅުވީ، ޕީޕީއެމުން ކުރިއަށް އޮތް އިންތިޚާބަށް ކުރަމުންދަނީ މީގެ ކުރިން ދުވަހަކު ވެސް ރާއްޖޭގައި ކޮށްފައި ނުވާވަރުގެ ފުޅާ، ރައްޔިތުންނާއި ގާތް ކެމްޕެއިނެއް ކަމަށެވެ.

ކޮމެންޓް

އިތުރަށް ކިޔާލަން

ޕީޕީއެމްގެ ރައީސްގެ އޮފީހުގައި އެ ޕާޓީގެ ހަރަކާތްތައް ފަށަނީ

ޕީޕީއެމްގެ ރައީސްގެ އޮފީހުގައި އެ ޕާޓީގެ ހަރަކާތްތައް ފަށަނީ

09 ޖެނުއަރީ 2017
ރައީސް ޔާމީން ވެރިކަން ކުރައްވަމުން ގެންދަވަނީ ޤަދީމީ، ބިރުވެރި މެސެޖުތަކެއް ގެނެސްދޭ އުޞޫލުތަކެއްގެ މަތިން: އަލީ ނިޒާރު

ރައީސް ޔާމީން ވެރިކަން ކުރައްވަމުން ގެންދަވަނީ ޤަދީމީ، ބިރުވެރި މެސެޖުތަކެއް ގެނެސްދޭ އުޞޫލުތަކެއްގެ މަތިން: އަލީ ނިޒާރު

07 ޖެނުއަރީ 2017
ރައީސް ދެއްވާ ޚާއްސަ ފުރުސަތުގައި ކުދިންނަށް މަފުދޭ ގަވާއިދު ނެފެރި

ރައީސް ދެއްވާ ޚާއްސަ ފުރުސަތުގައި ކުދިންނަށް މަފުދޭ ގަވާއިދު ނެފެރި

07 ޖެނުއަރީ 2017
އަންހެނުން ބާރުވެރިކުރުމަށް ރައީސް ޔާމީން ވަނީ ނުކުޅެދިފަ: ޝިދާތާ

އަންހެނުން ބާރުވެރިކުރުމަށް ރައީސް ޔާމީން ވަނީ ނުކުޅެދިފަ: ޝިދާތާ

07 ޖެނުއަރީ 2017
ފްލެޓް މައްސަލާއިގައި ރައީސް އޮފީހުގެ ޖަވާބު: ހައުސިން މިނިސްޓްރީއަށް ހުށައަޅައިގެން ހައްލުކުރޭ

ފްލެޓް މައްސަލާއިގައި ރައީސް އޮފީހުގެ ޖަވާބު: ހައުސިން މިނިސްޓްރީއަށް ހުށައަޅައިގެން ހައްލުކުރޭ

07 ޖެނުއަރީ 2017

އަހަރުތަކުން މިއަދު

11 ޖެނުއަރީ
ޝިފާޒް އާއި ހަސަން ލަތީފް އެމްޑީޕީ ގެ މެމްބަރޝިޕް ފޯމް ހުށަހަޅައިފި
20251 އަހަރު ކުރިން
ރާއްޖެ

ޝިފާޒް އާއި ހަސަން ލަތީފް އެމްޑީޕީ ގެ މެމްބަރޝިޕް ފޯމް ހުށަހަޅައިފި

ޗައިނާއާއެކު 30 އެއްބަސްވުންވި، އޭގެތެރޭގައި މަކުނުދޫއާއި ގުޅޭ އެއްބަސްވުމެއް އެބައޮތް، އެކަން ހާމަކުރޭ - ފައްޔާޒް
20242 އަހަރު ކުރިން
ރާއްޖެ

ޗައިނާއާއެކު 30 އެއްބަސްވުންވި، އޭގެތެރޭގައި މަކުނުދޫއާއި ގުޅޭ އެއްބަސްވުމެއް އެބައޮތް، އެކަން ހާމަކުރޭ - ފައްޔާޒް

ބޭސްފަރުވާ ދީގެންވެސް އަލީ މުނީޒުގެ ސިއްހީ ހާލަތު ރަނގަޅު ނުވާތީ، ބަންދަށް ލުޔެއް
20233 އަހަރު ކުރިން
ރާއްޖެ

ބޭސްފަރުވާ ދީގެންވެސް އަލީ މުނީޒުގެ ސިއްހީ ހާލަތު ރަނގަޅު ނުވާތީ، ބަންދަށް ލުޔެއް

ގަލޮޅު ދަނޑު އެއްކޮށް ތަޅާލަންޖެހޭ: މަޚްލޫފް
20224 އަހަރު ކުރިން
ކުޅިވަރު

ގަލޮޅު ދަނޑު އެއްކޮށް ތަޅާލަންޖެހޭ: މަޚްލޫފް

ވެމްކޯއަށް ފައިސާ ނުދައްކާ މައްސަލަ ހައްލުކުރުމަށް ޔުޓިލިޓީ ބިލަކަށް ކުނީގެ ފީ އިތުރު ކުރަނީ!
20215 އަހަރު ކުރިން
ރާއްޖެ

ވެމްކޯއަށް ފައިސާ ނުދައްކާ މައްސަލަ ހައްލުކުރުމަށް ޔުޓިލިޓީ ބިލަކަށް ކުނީގެ ފީ އިތުރު ކުރަނީ!

ސިއްހަތަށް ފައިދާ ހުރި ފައިބާ އެކުލެވޭ ކާނާ ގިނަ މީހުންނަށް ނުކެވޭ
20197 އަހަރު ކުރިން
ސިއްހަތު

ސިއްހަތަށް ފައިދާ ހުރި ފައިބާ އެކުލެވޭ ކާނާ ގިނަ މީހުންނަށް ނުކެވޭ

މާބަނޑު މީހެއްގެ ބަނޑަށް ދަރިފުޅު މަރުވެ، ނައިފަރު ހޮސްޕިޓަލަށް އިހުމާލުގެ ތުހުމަތު!
20188 އަހަރު ކުރިން
ރާއްޖެ

މާބަނޑު މީހެއްގެ ބަނޑަށް ދަރިފުޅު މަރުވެ، ނައިފަރު ހޮސްޕިޓަލަށް އިހުމާލުގެ ތުހުމަތު!

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު