Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެރާއްޖެޓީވީއަށް ބިރު ދެއްކުން

އިންޒާރުތަކާއި ގުޅިގެން ރާއްޖެޓީވީގެ އާންމު ކޮންޓެންޓް ބްރޯޑްކާސްޓް ކުރުން މެދުކަނޑާލައިފި

8 ފެބުރުއަރީ 2018 | ބުރާސްފަތި 23:30

އާއްމު ކޮންޓެންޓް ބްރޯޑްކާސްޓް ކުރުން މެދުކަނޑާލީ ބިރުވެރިކަމެއް ނެތި ނޫސްވެރިންނަށް މަސައްކަތް ކުރެވޭނެ މާހައުލެއް ރާއްޖޭގައި މިހާރު އޮތް ކަމަށް ގަބޫލު ނުކުރެވޭތީ

މުޙައްމަދު ޒާހިރު
މުޙައްމަދު ޒާހިރު | 8 ފެބުރުއަރީ 2018 | ބުރާސްފަތި 23:30
ރާއްޖެޓީވީގެ ކޮންޓްރޯލް ރޫމް

ރާއްޖެޓީވީގެ ކޮންޓްރޯލް ރޫމް

ރާއްޖެޓީވީ އަށް ލިބެމުންދިޔަ އިންޒާރުތަކާއި ގުޅިގެން، ބިރުވެރިކަމެއް ނެތި ނޫސްވެރިންނަށް މަސައްކަތް ކުރެވޭނެ މާހައުލެއް ރާއްޖޭގައި މިހާރު އޮތް ކަމަށް ގަބޫލު ނުކުރެވޭތީ ރާއްޖެޓީވީގެ އާންމު ކޮންޓެންޓް ބްރޯޑްކާސްޓް ކުރުން މެދުކަނޑާލައިފި އެވެ.

ރާއްޖެޓީވީގެ އާންމު ކޮންޓެންޓް ބްރޯޑްކާސްޓް ކުރުން މެދުކަނޑާލިކަން ހާމަކޮށް އެ ސްޓޭޝަނުން ބުރާސްފަތި ދުވަހުގެރޭ އާއްމު ކުރި ބަޔާނުގައި ވަނީ، އެ ސްޓޭޝަނުން އާއްމުކޮށް ގެނެސްދޭ ކޮންޓެންޓް މެދުކަނޑާލަން މަޖުބޫރުވީ، މިނިވަން ނޫސްވެރިކަމުގެ މާހައުލެއް ނެތުމާއި، ރާއްޖެޓީވީ އާ އެ ސްޓޭޝަންގެ މުވައްޒަފުންގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރު ކޮށްދިނުމަށް ދައުލަތުގެ ކަމާއިބެހޭ މުއައްސަސާތަކުން އެއްބާރުލުން ދެމުންނުދާތީ ކަމަށެވެ.

Advertisement - newsAdvertisement

ފެބްރުއަރީ މަހުގެ އެއްވަނަ ދުވަހުގެރޭ ސުޕްރީމް ކޯޓުން ނެރުނު އަމުރަށްފަހު ރާއްޖޭގައި ހިނގަމުންދާ ކަންތައްތަކުގެ ތަފްސީލް ހިމަނައިގެން ކުރިއަށް ގެންދިޔަ 24 ގަޑިއިރުގެ ކަވަރޭޖް އާ ގުޅިގެން އެ ސްޓޭޝަނަށް ތަފާތު އިންޒާރުތައް ލިބެމުންދިޔަ ކަމަށް ރާއްޖެޓީވީ އިން ބުނެއެވެ.

އެގޮތުން ސަރުކާރަށް ތާއީދު ކުރާ ބަޔަކު ރާއްޖެޓީވީ ހުންނަ އިމާރާތުގެ ކައިރިއަށް ގޮސް ސްޓޭޝަން ރޯކޮށްލުމަށް ގޮވުމާއި، ސޯޝަލް މީޑިއާގައި ތަފާތު އިންޒާރުތައް ދީފައިވާ ކަމަށާއި، އެހެންނަމަވެސް އެއިން އެއްވެސް ކަމަކަށް ދައުލަތުގެ ފަރާތުން އެއްވެސް ފިޔަވަޅެއް އަޅާފައިނުވާ ކަން ރާއްޖެޓީވީގެ ބަޔާނުގައި ފާހަގަކޮށްފައިވެއެވެ. އަދި ކުއްލި ނުރައްކަލުގެ ހާލަތު އިއުލާން ކުރުމާއި ގުޅިގެން ރާއްޖެޓީވީ އަށާއި ރާއްޖެޓީވީގެ މުވައްޒަފުންނަށް ދެމުންދިޔަ އިންޒާރުތައް އިތުރުވެގެން ދިޔަ ކަމަށް އެސްޓޭޝަނުން ނެރުނު ބަޔާނުގައިވެއެވެ.

"ކުއްލި ނުރައްކަލުގެ ހާލަތު އިއުލާނު ކުރުމާއި ގުޅިގެން ރާއްޖެޓީވީ އަށާއި ރާއްޖެޓީވީގެ މުވައްޒަފުންނަށް ދެމުން ދިޔަ އިންޒާރުތައް އިތުރުވެގެން ދިޔަކަން ފާހަގަ ވެއެވެ. މިފަދަ ބިރުވެރި އުނދަގޫ ހާލަތުގައިވެސް ރާއްޖެޓީވީގެ ނޫސްވެރިން ހުއްޓުމެއް ނެތި ސައުވީސް ގަޑީއިރު މަސައްކަތް ކުރަމުން ދިޔައީ ދިވެހި ރައްޔިތުންނަށް ހިނގަމުންދާ ކަންކަމުގެ މައުލޫމާތު އެންމެ ފުރިހަމަ އަށް ވަކި ފަރާތަކަށް ބުރަވުމެއް ނެތި ގެނެސް ދިނުމުގައެވެ."

ރާއްޖެޓީވީގެ ކަވަރޭޖް ކުރިއަށް ގެންދަނިކޮށް، އިންޒާރެއް ދިނުމެއް ނެތި ބްރޯޑްކާސްޓަރުންނާއިމެދު ފިޔަވަޅު އަޅާނެކަން ބުރާސްފަތި ދުވަހުގެ އިރާކޮޅު މޯލްޑިވްސް ނޭޝަނަލް ޑިފެންސް ފޯސް (އެމްއެންޑީއެފް) އިން އެންގުމާއެކު، މިނިވަން ކަމާއެކު މީޑީއާ ހަރާކާތްތެރިވާނެ މާހައުލެއް ނެތްކަން ކަށަވަރު ވެގެން ހިނގައްޖެ ކަމަށް އެ ސްޓޭޝަނުން ދެކޭ ކަމަށާއި، އެފަދަ ފިޔަވަޅެއް އަޅައިފިނަމަ އެކަން ހައްލު ކުރުމަށް ޝަރުއީ ގޮތުން އޮތް ހައްގުތައް ގެއްލިފައިވާކަންވެސް އެބަޔާނުގައި ފާހަގަކޮށްފައިވެއެވެ.

ރާއްޖެޓީވީ އަށް ބިރުދެއްކުމާއި، ރޯކޮށްލާނެ ކަމަށް ބުނެ އިންޒާރު ދެމުން ދަނިކޮށް، ފުލުހުންގެ ފަރާތުން ރާއްޖެޓީވީ އަށް ދެމުންދިޔަ ރައްކާތެރިކަމާއި ހިމާޔަތް ކަނޑާލާފައިވާ ކަމަށް އެސްޓޭޝަންގެ ބަޔާނުގައިވެއެވެ. އަދި ރާއްޖޭގައި ފެތުރިފައިވާ ބިރުވެރި ޙާލަތު އަވަހަށް ރަނގަޅުވެ، ނޫސްވެރިންނަށް މިނިވަންކަމާއެކު މަސައްކަތް ކުރެވޭނެ މާހައުލެއް އަވަހަށް ތަނަވަސް ވެގެންދާނެ ކަމަށް އުއްމީދު ކުރާ ކަމަށް ރާއްޖެޓީވީގެ ބަޔާނުގައިވެއެވެ.

"ރާއްޖެޓީވީ އަކީ ރާއްޖޭގެ އެންމެ ގިނަ މީހުން ބަލާ ޗެނެލް ކަމަށް ވުމާއެކު، ޚިދުމަތް މެދުކަނޑާލުމުން ޚަބަރާއި މައުލޫމާތު ލިބުމުގައި ރައްޔިތުންނަށް ކުރިމަތިވާ ދަތިތަކަށް ނިހާޔަތައް މާފަށް އެދެމެވެ. އަދި ރާއްޖެޓީވީން އުއްމީދު ކުރަނީ ރާއްޖޭގައި ފެތުރިފައިވާ ބިރުވެރި ޙާލަތު އަވަހަށް ރަނގަޅުވެ، ނޫސްވެރިންނަށް މިނިވަންކަމާއެކު މަސައްކަތް ކުރެވޭނެ މާހައުލެއް އަވަހަށް ތަނަވަސް ވެގެން ދިއުމެވެ."

ސިޔާސީ ކުށްވެރިން މިނިވަންކޮށް، ރައްޔިތުންގެ މަޖިލީހުގެ 12 މެމްބަރެއްގެ ގޮނޑި ނުގެއްލޭ ކަމަށް ސުޕްރީމް ކޯޓުގެ ފަސް ފަނޑިޔާރުންގެ އިއްތިފާގުން ފެބްރުއަރީ މަހުގެ 1 ވަނަ ދުވަހު ކުރި އަމުރާއި ގުޅޭ ކަވަރޭޖް ފެށިފަހުން ވެރިކަން ކުރާ ޕީޕީއެމްގެ އިސް ބައެއް ބޭފުޅުން ވަނީ ދައުލަތުގެ މީޑިއާ އާއި އަމިއްލަ ބައެއް މީޑިއާތައް މެދުވެރިކޮށް ރާއްޖެޓީވީ ބަންދު ކުރުމަށް ގޮވާލާފައެވެ. މީގެ އިތުރުން ވެރިކަން ކުރާ ޕާޓީ އަށް ނިސްބަތްވާ ބައެއް ބޭފުޅުން ސޯޝަލް މީޑިއާ މެދުވެރިކޮށް، އަދި މަގުމަތީގައިވެސް ރާއްޖެޓީވީ ނައްތާލުމަށް ގޮވާލާފައިވެއެވެ.

މީގެ ކުރިންވެސް ރާއްޖެޓީވީ އަށް ތަފާތު އެކި އިންޒާރުދީ، ސްޓޭޝަން ހުއްޓުވުވާލުމަށް ގިނަ މަސައްކަތްތަކެއް ކޮށްފައިވެއެވެ. އެގޮތުން ރާއްޖެޓީވީގެ ތަކެއްޗަށް ގެއްލުން ދިނުމާއި، މުވައްޒަފުންގެ ފުރާނަ އަށް ނުރައްކާވާފަދަ ހަމަލާތައް ދިނުމާއި، ސްޓޭޝަންގައި ހުޅުޖަހާ ރޯކޮށްލުމުގެ އިތުރުން ނޫސްވެރިން ހައްޔަރުކޮށް ނުހައްގު ދައުވާ އުފުލުމާއި، ބޮޑެތި އަދަދުތަކުން ޖޫރިމަނާ ކުރުން ހިމެނެއެވެ.

އެންމެ ހިނގާ

1

ޔޫއެސްއެސް އަބްރަހަމް ލިންކަންގައި ހިނގި ނުރައްކާތެރި ހަމަނުޖެހުމެއްގައި ހަތް މީހުން މަރުވެއްޖެ

2

ތުރުކީން ޓްރަމްޕް ފުރާވަޑައިގަންނަވާއިރު ކޮނޑުމަތީގައި ފޮނުވާލާ މިސައިލަކުން ހަމަލާދޭން އޮތީ ރާވާފައި: ރިޕޯޓް

3

ސްޕޯޓްސް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު ލަތީފް ކުއްލި ގޮތަކަށް މަޤާމުން ވަކިކޮށްފި

4

އެމެރިކާގެ އަސްކަރިއްޔާގެ އިންޒާރުތަކަށް އިޖާބަ ނުދީ އޮމާން ކަނޑުން ދަތުރުކުރި ބޯޓަކަށް ހަމަލާ ދީފި

5

ސީރިއާގެ ކުރީގެ ރައީސް ބައްޝާރުލް އަސަދު އާއި އޭނާގެ އަރިސް އާތިފް ނަޖީބު މަރާލަން ހުކުމްކޮށްފި

އިތުރަށް ކިޔާލަން

27 ޖެނުއަރީ 2017

ރާއްޖެޓީވީގެ އަހަރު ޝަހުސިއްޔަތަކަށް ކުރީގެ ރައީސް މުހައްމަދު ނަޝީދު

27 ޖެނުއަރީ 2017
ރާއްޖެޓީވީގެ އަހަރު ޝަހުސިއްޔަތަކަށް ކުރީގެ ރައީސް މުހައްމަދު ނަޝީދު
24 ޖެނުއަރީ 2017

މާރާމާރީގެ މައްސަލައަކާ ގުޅިގެން މީހަކު ހޯދަން އިއުލާންކޮށްފި

24 ޖެނުއަރީ 2017
މާރާމާރީގެ މައްސަލައަކާ ގުޅިގެން މީހަކު ހޯދަން އިއުލާންކޮށްފި
24 ޖެނުއަރީ 2017

ޕީޕީއެމްގެ އާންމު މެމްބަރުންނާއި ރައީސް މައުމޫނު ބައްދަލުކުރައްވައިފި

24 ޖެނުއަރީ 2017
ޕީޕީއެމްގެ އާންމު މެމްބަރުންނާއި ރައީސް މައުމޫނު ބައްދަލުކުރައްވައިފި
22 ޖެނުއަރީ 2017

ކުޑަކުއްޖަކާ ބަދުއަހުލާގީ އަމަލް ހިންގި މައްސަލައަކާ ގުޅިގެން ބިދޭސީއަކު ހޯދަން އިއުލާންކޮށްފި

22 ޖެނުއަރީ 2017
ކުޑަކުއްޖަކާ ބަދުއަހުލާގީ އަމަލް ހިންގި މައްސަލައަކާ ގުޅިގެން ބިދޭސީއަކު ހޯދަން އިއުލާންކޮށްފި
20 ޖެނުއަރީ 2017

ރާއްޖެޓީވީގެ ނޫސްވެރިން ކުރި ކުށަކީ ހަރަކާތްތަކެއް ކަވަރުކުރުން: ސީޕީޖޭ

20 ޖެނުއަރީ 2017
ރާއްޖެޓީވީގެ ނޫސްވެރިން ކުރި ކުށަކީ ހަރަކާތްތަކެއް ކަވަރުކުރުން: ސީޕީޖޭ
16 ޖެނުއަރީ 2017

ރާއްޖެޓީވީގެ ޒަރީރަށް ހުކުމް ކުރުން މިއަދު

16 ޖެނުއަރީ 2017
ރާއްޖެޓީވީގެ ޒަރީރަށް ހުކުމް ކުރުން މިއަދު
14 ޖެނުއަރީ 2017

ރާއްޖެޓީވީގެ ކެމެރާމަން ޒަރީރަށް ހުކުމް ކުރުން ހޯމަ ދުވަހު

14 ޖެނުއަރީ 2017
ރާއްޖެޓީވީގެ ކެމެރާމަން ޒަރީރަށް ހުކުމް ކުރުން ހޯމަ ދުވަހު
13 ޖެނުއަރީ 2017

ލޯކަލް ކައުންސިލް އިންތިހާބު ފަސްކުރުމާ ގުޅިގެން އަންނަ އާދިއްތަ ދުވަހު ކޯޓަށް މައްސަލަ ހުށަހަޅާނަން: ނިޔާޒް

13 ޖެނުއަރީ 2017
ލޯކަލް ކައުންސިލް އިންތިހާބު ފަސްކުރުމާ ގުޅިގެން އަންނަ އާދިއްތަ ދުވަހު ކޯޓަށް މައްސަލަ ހުށަހަޅާނަން: ނިޔާޒް
11 ޖެނުއަރީ 2017

ފުލުހަށް ހާޒިރު ކުރީ ޕީޕީއެމްގެ ހާޑްޑިސްކެއް ގެއްލިގެން ހުށަހެޅި މައްސަލައާ ގުޅިގެން: ޔުމްނާ

11 ޖެނުއަރީ 2017
ފުލުހަށް ހާޒިރު ކުރީ ޕީޕީއެމްގެ ހާޑްޑިސްކެއް ގެއްލިގެން ހުށަހެޅި މައްސަލައާ ގުޅިގެން: ޔުމްނާ
04 ޖެނުއަރީ 2017

ދިވެހި ޓީޗަރުން ހޯދުމަށް ކުރި އިއުލާނާއި ގުޅިގެން ކުރިމަތީ 26 ފަރާތަކުން: އެޑިއުކޭޝަން

04 ޖެނުއަރީ 2017
ދިވެހި ޓީޗަރުން ހޯދުމަށް ކުރި އިއުލާނާއި ގުޅިގެން ކުރިމަތީ 26 ފަރާތަކުން: އެޑިއުކޭޝަން
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް