Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެ
ކުއްލި ނުރައްކަލުގެ ހާލަތު

ޖަވާބުދާރީ ކުރެވޭނެ ނިޒާމް ފުނޑުފުނޑުކޮށް، ދައުލަތުގެ މޫރިތިކަން ނަގާލައިފި!

މަސީހު ބޭރުކުރަން މަސައްކަތް ކުރުމުން މަޖިލިސް ސަލާމަތީ ބާރުތަކުގެ ދަށަށް

އަޒުމޫން އަހުމަދު
އަޒުމޫން އަހުމަދު, ރާއްޖެ އެމްވީ | 7 ފެބުރުއަރީ 2018 | ބުދަ 14:30
ދިވެހިރާއްޖޭގެ އަދުލުއިންސާފު ގާއިމްކުރުމުގެ އެންމެ މަތީ ބާރު ސަލާމަތީ ބާރުތަކުގައި އަތްދަށުގައި

ދިވެހިރާއްޖޭގެ އަދުލުއިންސާފު ގާއިމްކުރުމުގެ އެންމެ މަތީ ބާރު ސަލާމަތީ ބާރުތަކުގައި އަތްދަށުގައި

ދިވެހި ޖުމްހޫރިއްޔާގެ ގާނޫނު އަސާސީގައި ބަޔާންކޮށްފައިވާ ގޮތުގައި، ދިވެހި ދައުލަތުގެ އެންމެހާ ބާރުތައް ފެށިގެން އަންނަނީ ދިވެހި ރައްޔިތުންނާ ހިސާބުންނެވެ. އަދި އެ ބާރުތައް ދެމިއޮންނާނީ ވެސް ދިވެހި ރައްޔިތުންގެ ކިބައިގައެވެ. ދިވެހި ދައުލަތަކީ ބާރުތައް ވަކިވެފައިވާ ޑިމޮކްރެޓިކް އުސޫލުގެ މަތިން ހިންގުމުގެ ބާރުތައް ތަރުތީބުވެފައިވާ ދައުލަތެކެވެ. އެހެނިހެން ޑިމޮކްރެޓިކް ގައުމުތަކެކޭ އެއްގޮތަށް ދިވެހި ދައުލަތް ބިނާވެފައިވަނީ ވެރިކަން ހިންގުމުގެ ބާރާއި، ގާނޫނު ހެދުމުގެ ބާރުގެ އިތުރުން އަދުލުއިންސާފު ގާއިމްކުރުމުގެ ބާރުގެ މައްޗަށެވެ.

ޑިމޮކްރެޓިކް މުޖުތަމައުތަކުގައި ތިން ބާރުވަކިވެފައިވާ އޮތުމުގެ ހިކުމަތަކީ އެއް ބާރުން އަނެއް ބާރަށް ފާރަވެރިވެ، ޖަވާބުދާރީ ކުރަނިވި އުސޫލަކުން ދައުލަތް ހިންގުމެވެ. ދައުލަތުގެ ބާރުތަކުގައި ތިއްބަވާ އެންމެހާ ބޭފުޅުންނަކީ ވެސް ރައްޔިތުންނަށް ޖަވާބުދާރީވާންޖެހޭ އަދި ޖަވާބުދާރީކުރެވޭނެ ބަޔަކު ކަމުގައި ކަނޑައެޅުމެވެ. ނަމަވެސް، މި ނިޒާމުގައި އެއްބާރުން އަނެއް ބާރުގެ މައްޗަށް ނުފޫޒު ފޯރުވުމެއް ނުވެ އެވެ. އެއީ މި ނިޒާމު ދަންނަ އުސޫލެއް ވެސް ނޫނެވެ.

މިއަދު ދިވެހި ދައުލަތުގެ ހާލާއި މެދު ވިސްނާލައްވާށެވެ. ދިވެހި ދައުލަތުގެ މޫރިތި ކަމާއި ކަރަމާތް މިވަނީ ނަގާލާފަ އެވެ. ވެރިކަން ކުރުމުގެ ބާރުގެ އޯޑަރަށް ސަލާމަތީ ބާރުތަކުން މިވަނީ އަދުލުއިންސާފު ގާއިމްކުރުމުގެ ބާރުގެ ފުރާޅަށް އަރާފަ އެވެ. އެ ބާރުގެ ހައިބަތާއި މަތިވެރިކަން ވެއްޔާއި މޮޑެލާފައެވެ. ދިވެހި ދައުލަތުގެ އުއްތަމަ ފަނޑިޔާރާއި އެ ކޯޓުގެ ފަނޑިޔާރުން ހައްޔަރުކޮށްފައެވެ. މި ހުރިހާ ހަޑިއެއް ހާވާފައި މިވަނީ ކުއްލި ނުރައްކަލުގެ ހާލަތު އިއުލާނުކޮށްގެންނެވެ. ރައީސުލްޖުމްހޫރިއްޔާގެ ވާހަކަފުޅުން ހާމަވާ ގޮތުގައި ކުއްލި ނުރައްކަލުގެ ހާލަތު އިއުލާނުކުރެއްވީ، ސީދާ ސުޕްރީމް ކޯޓުގެ ފަނޑިޔާރުން ހައްޔަރުކުރާށެވެ.

ކުއްލި ނުރައްކަލުގެ ހާލަތު އިއުލާނުކުރީ ގާނޫނު އަސާސީގައި ބަޔާންކުރާ ފަސް ހާލަތުން ކުރެ ހާލަތެއް މެދުވެރިވެގެން ނޫންކަން މިހާ ހިސާބުން ހާމަވެއެވެ. ގާނޫނު އަސާސީގެ 253 ވަނަ މާއްދާގައި ކުއްލި ނުރައްކަލުގެ ހާލަތު އިއުލާނުކުރެވޭ ހާލަތުތައް ސަރީހަ އިބާރާތުން ބަޔާންކޮށްދީފައިވެއެވެ. އެގޮތުން، ގުދްރަތީ ކާރިސާއެއް، ނުވަތަ ނުރައްކާތެރި ބަލިމަޑުކަމެއް، ނުވަތަ ހަނގުރާމައެއް، ނުވަތަ ގައުމީ ސަލާމަތަށް ނުރައްކާވެދާނެ ފަދަ ކަމެއް ކުރިމަތިވެއްޖެ ނަމަ ނުވަތަ ބޭރުގެ ހަމަލާއެއް ކުރިމަތިވެދާނެކަމުގެ ބިރުހީވެއްޖެނަމަ ދިވެހިރާއްޖޭގެ ހުރިހާ ސަރަހައްދެއްގައި، ނުވަތަ ކަނޑައެޅޭ ވަކި ސަރަހައްދެއްގައި ނުވަތަ ސަރަހައްދުތަކެއްގައި 30 ދުވަހަށްވުރެ ދިގުނޫން މުއްދަތަކަށް ކުއްލި ނުރައްކަލުގެ ހާލަތު އިޢުލާންކުރުމުގެ ބާރު ރައީސުލްޖުމްހޫރިއްޔާއަށް ލިބިގެންވާ ކަމަށް އެ މާއްދާގައިވެއެވެ.

ރައީސުލްޖުމްހޫރިއްޔާ ހިތްޕުޅާނުވާ ފަދަ ހުކުމެއް ނުވަތަ އަމުރެއް އަދުލުއިންސާފުގެ އެންމެ މަތީ ބާރުކަމުގައި ސުޕްރީމް ކޯޓުން ނެރުމަކީ، ގައުމީ ސަލާމަތަށް ނުރައްކާވުން ކަމުގައި ބަލާނެ އެއްވެސް ހަމައެއް ނެތެވެ. ނަމަވެސް، ފެންނަމުންދަނީ ވެރިކަން ކުރުމުގެ ބާރުން، ދެން އޮތް ދެ ބާރަށް ނުފޫޒު ފޯރުވަމުންދާ މަންޒަރެވެ. ރައްޔިތުންގެ މަޖިލީހުގެ ރައީސް އަބްދުﷲ މަސީހު މަގާމުން ބޭރުކުރަން މަސައްކަތް ފެށުމުން، ސިފައިންނާއި ފުލުހުން މެދުވެރިކޮށް ގާނޫނު ހެދުމުގެ ބާރު އެވަނީ ހައިޖެކް ކޮށްފައެވެ. ހިތްޕުޅާނުވާ ފަދަ އަމުރެއް ނެރުމުން ފުލުހުންނާއި ސިފައިން މެދުވެރިކޮށް، އަދުލުއިންސާފު ގާއިމްކުރުމުގެ އެންމެ މަތީ ބާރުގެ ފުރާޅަށް އަރައި، ފަނޑިޔާރުން ހައްޔަރުކޮށް، އަދުލުއިންސާފުގެ ބާރު ނެތިކޮށްލައިފިއެވެ.

ވެރިކަން ކުރުމުގެ ބާރު ޖަވާބުދާރީ ކުރެވެން ހުރި ގާނޫނީ ހުރިހާ އުސޫލުތަކެއް އެ ދަނީ ނެތިކޮށްލަމުންނެވެ. ތިން ބާރު ވަކިވެފައިވާ ނިޒާމު ނެތިކޮށް، އެންމެ ޚުދުމުޚުތާރު ވެރިކަމުގެ ސިފަތައް އާލާކުރަނީއެވެ. މިހާރު މި ފެންނަމުންދާ މަންޒަރުތަކުން ހާމަވަނީ، ރައްޔިތުންގެ ބާރު ކަނޑުވާލާފައިވާކަމެވެ. ރައްޔިތުންނާއި ހަމައިން ފެށިގެން ރައްޔިތުންގެ ކިބައިގައި ދެމި އޮންނަ ބާރުތައް ރައްޔިތުންގެ އަތުން ފެލާލައިފި އެވެ. ޖަވާބުދާރީކުރެވޭނެ ގޮތަށް ތަރުތީބުވެފައިވާ ދިވެހި ދައުލަތުގެ ނިޒާމް ފުނޑުފުނޑުކޮށް، ނިޒާމުގެ މޫރިތިކަން ނަގާލައިފި އެވެ.

ކޮމެންޓް

އިތުރަށް ކިޔާލަން

ދައުލަތުގެ ތިޖޫރީ ޖުމްހޫރީ މައިދާނުގައި މީހުންނަށް ފެންނަ ގޮތަށް ބެހެއްޓުމަށް ގޮވާލަން: އަރީފް

ދައުލަތުގެ ތިޖޫރީ ޖުމްހޫރީ މައިދާނުގައި މީހުންނަށް ފެންނަ ގޮތަށް ބެހެއްޓުމަށް ގޮވާލަން: އަރީފް

14 ފެބުރުއަރީ 2017
އަމަލުކުރަމުންދާ ސިސްޓާމާ އެއްގޮތަށް ގާނޫނުތައް އައުމަކީ ގަބޫލު ކުރެވޭނެ ކަމެއް ނޫން: މެމްބަރު ނަޝީދު

އަމަލުކުރަމުންދާ ސިސްޓާމާ އެއްގޮތަށް ގާނޫނުތައް އައުމަކީ ގަބޫލު ކުރެވޭނެ ކަމެއް ނޫން: މެމްބަރު ނަޝީދު

13 ފެބުރުއަރީ 2017
އިންތިހާބުގައި ވާދަކުރެވޭނެ، ކެރިވަޑައިގަންނަވާ ނަމަ ރައީސް ޔާމީން ވާދަކުރައްވާ: ރައީސް ނަޝީދު

އިންތިހާބުގައި ވާދަކުރެވޭނެ، ކެރިވަޑައިގަންނަވާ ނަމަ ރައީސް ޔާމީން ވާދަކުރައްވާ: ރައީސް ނަޝީދު

09 ފެބުރުއަރީ 2017
މަސް ނިމުނުއިރު ދައުލަތުގެ ގިނަ މުވައްޒަފުންނަށް މުސާރައެއް ނުދޭ

މަސް ނިމުނުއިރު ދައުލަތުގެ ގިނަ މުވައްޒަފުންނަށް މުސާރައެއް ނުދޭ

01 ފެބުރުއަރީ 2017
ދައުލަތުގެ ވެރިން ޒިންމާދާރުކުރަން ކުރަންޖެހޭ ކޮންމެ ކަމެއް ފަސްޖެހުމެއްނެތި ރާއްޖެޓީވީން ކުރާނެ:ފިޔާޒް

ދައުލަތުގެ ވެރިން ޒިންމާދާރުކުރަން ކުރަންޖެހޭ ކޮންމެ ކަމެއް ފަސްޖެހުމެއްނެތި ރާއްޖެޓީވީން ކުރާނެ:ފިޔާޒް

31 ޖެނުއަރީ 2017

އަހަރުތަކުން މިއަދު

14 އެޕްރީލު
ޒަހަމްވި މާނިއުގެ މަންމަ: "ސަރުކާރުން ހަދަނީ ދޮގު، އެއްވެސް އެހީތެރިކަމެއް ނުދޭ"
20251 އަހަރު ކުރިން
ރާއްޖެ

ޒަހަމްވި މާނިއުގެ މަންމަ: "ސަރުކާރުން ހަދަނީ ދޮގު، އެއްވެސް އެހީތެރިކަމެއް ނުދޭ"

"މާތް ﷲގެ އިރާދަފުޅުން، އަދި އެ ދުވަސް އަނބުރާ ލިބޭނެ"
20242 އަހަރު ކުރިން
ތަފާތު ޚަބަރު

"މާތް ﷲގެ އިރާދަފުޅުން، އަދި އެ ދުވަސް އަނބުރާ ލިބޭނެ"

އަޝްރަފް ހަކީމީގެ މުދާ މަންމަގެ ނަންމަތީގައި، ކުރީގެ އަނބިމީހާއަށް ލަނޑުދީފި
20233 އަހަރު ކުރިން
ކުޅިވަރު

އަޝްރަފް ހަކީމީގެ މުދާ މަންމަގެ ނަންމަތީގައި، ކުރީގެ އަނބިމީހާއަށް ލަނޑުދީފި

"ވަގުތަށް ކަމޭހިތުމުގެ ބައި ފަރީލާގެ ނެތް"
20224 އަހަރު ކުރިން
ރިޕޯޓު

"ވަގުތަށް ކަމޭހިތުމުގެ ބައި ފަރީލާގެ ނެތް"

އިންތިޚާބުގައި ލިބުނީ ނާކާމިޔާބީއެއްކަމަށް ބުނެ މީޑިއާތަކުން ދައްކާވާހަކަ އެމްޑީޕީއިން މިފަހަރު ދޮގުކުރީ ހެއްކާއެކު
20215 އަހަރު ކުރިން
ރާއްޖެ

އިންތިޚާބުގައި ލިބުނީ ނާކާމިޔާބީއެއްކަމަށް ބުނެ މީޑިއާތަކުން ދައްކާވާހަކަ އެމްޑީޕީއިން މިފަހަރު ދޮގުކުރީ ހެއްކާއެކު

އެކައުންޓުން ކެނޑިފައިވާ ފައިސާ އަކީ ލިންޗްޕިންއަށް ދައްކަންޖެހޭ ފައިސާ: ބީއެމްއެލް
20197 އަހަރު ކުރިން
ވިޔަފާރި-އިގްތިސާދު

އެކައުންޓުން ކެނޑިފައިވާ ފައިސާ އަކީ ލިންޗްޕިންއަށް ދައްކަންޖެހޭ ފައިސާ: ބީއެމްއެލް

އަބްދުއްރަހީމަށް ދުންޔާ ދެއްވަން އޮތް ޖަވާބަކީ އިމޯޖީއެއް؟
20188 އަހަރު ކުރިން
ރިޕޯޓު

އަބްދުއްރަހީމަށް ދުންޔާ ދެއްވަން އޮތް ޖަވާބަކީ އިމޯޖީއެއް؟

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު