Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެރާއްޖޭގެ ހާލަތު

ރާއްޖޭގެ ހާލަތަށް ވުރެ ޗައިނާ އިން ކަންބޮޑުވީ ރާއްޖޭގައި ހިންގާ ބޮޑެތި ޕްރޮޖެކްޓްތައް ހުއްޓިދާނެތީ!

7 ފެބުރުއަރީ 2018 | ބުދަ 07:31

ޗައިނާ އިން ތުހުމަތުކުރާ ގޮތުގައި އިންޑިއާ އިން ދެކުނު އޭޝިޔާގެ ގައުމުތައް ކޮންޓްރޯލް ކުރުމުގެ ހީލަތްތެރި ސިޔާސަތެއް ގެންގުޅޭ

އާމިނަތު ނުޒުހާ
އާމިނަތު ނުޒުހާ | 7 ފެބުރުއަރީ 2018 | ބުދަ 07:31
ޗައިނާގެ ރައީސް ޝީ ޖިން ޕިން އަދި ރައީސް ޔާމީން

ޗައިނާގެ ރައީސް ޝީ ޖިން ޕިން އަދި ރައީސް ޔާމީން

ސިޔާސީ މައްސަލަތަކީ ދާހިލީ މައްސަލަތައް ކަމަށާއި ރާއްޖޭގެ މައްސަލަތަކުގެ ތެރެއަށް އެހެން ގައުމަކުން ވަނުމާ ދެކޮޅު ކަމަށް ޗައިނާގެ ފޮރިން މިނިސްޓްރީން ބުނެފިއެވެ.

ޗައިނާގެ މީޑިއާތަކަށް ދެއްވި އިންޓަވިއުއެއްގައި އެގައުމުގެ ފޮރިން މިނިސްޓްރީގެ ތަރުޖަމާނު ވިދާޅުވި ގޮތުގައި ޗައިނާ އިން ދަނީ ރާއްޖޭގެ ހާލަތު ގާތުން ބަލަމުންނެވެ. ޕާޓީތަކުގެ މެދުގައި އުފެދިފައިވާ ހިޔާލު ތަފާތުވުންތައް ވާހަކަ ދައްކައިގެން ހައްލުކޮށް، ރާއްޖެ އާއްމު ހާލަތަށް ގެނެވޭނެ ކަމަށް އުއްމީދު ކުރައްވާ ކަމަށް ވިދާޅުވެފައިވެއެވެ.

Advertisement - newsAdvertisement
"އަހަރެމެން ވަނީ ރާއްޖޭގެ ސަރުކާރުގައި ދަންނަވާފައި. ރާއްޖޭގައި ތިބި ޗައިނާގެ ރަށްވެހިންނާއި އެމީހުން ދިިއުޅޭ ތަންތަނާއި، އަދި އަހަރުމެން ރާއްޖޭގައި ހިންގާ މަޝްރޫއުތައް ހުއްޓުމެއް ނެތި ކުރިއަށް ދާންޖެހޭނެކަމުގެ ގެރެންޓީ އޮންނަންވާނެއޭ،" ޗައިނާގެ ފޮރިން މިނިސްޓްރީގެ އޮފިޝަލަކާ ހަވާލާދީ "ނިއުސް އިން އޭޝިޔާ" ނޫހުގައި ބުނެފައިވެއެވެ.

ޗައިނާ އިން ތުހުމަތު ކުރާ ގޮތުގައި އިންޑިއާ އިން ގެންގުޅޭ ދެކުނު އޭޝިޔާގެ ގައުމުތައް ކޮންޓްރޯލް ކުރަމުންދާ ސިޔާސަތުގެ ދަށުން، މި ދަނޑިވަޅުގައި އިންޑިއާ އިން ދަނީ ރާއްޖެ ހަތިޔާރެއްގެ ގޮތުގައި ބޭނުންކުރަމުންނެވެ. އަދި ރާއްޖޭގެ ސިޔާދަތާއި އަމިއްލަ ވަންތަކަމުގައި ދެމި އޮތަނުދިނުމަށް އިންޑިއާ އިން ދަނީ މަސައްކަތް ކުރަމުން ކަމަށް ޗައިނާ އިން ތުހުމަތުކުރެއެވެ.

"ސިޔާސީ ކަންކަމަކީ އެގައުމުގެ އަމިއްލަ ކަމެއް. އެކަމަށް އިންޑިއާ އިން ވަންނާކަށް ނުޖެހޭ، ރާއްޖޭގެ ސިޔާދަތަށް އިހުތިރާމް ކުރަން ޖެހޭ" ޗައިނާގެ އޮފިޝަލް ވިދާޅުވެފައި ވެއެވެ.

ރާއްޖޭގައި އުފެދިފައިވާ ސިޔާސީ ހަމަނުޖެހުން ހަމައަކަށް އަޅުވާނީ ރާއްޖޭގެ ރައްޔިތުން ކަމަށާއި، އިތުރު ހަމަނުޖެހުމަކަށް މަގުފައިވާނެ ފުރުސަތު ނުދީ، ސަރުކާރާއި ކަމާބެހޭ އެންމެހާ ފަރާތްތަކުން މަޝްވަރާކޮށް މި ހާލަތުން އަރައިގަނެވޭނެ ކަމަށް އުއްމީދުކުރާ ކަމަށް ޗައިނާއިން ބުނެއެވެ.

ރާއްޖޭގެ ސިޔާސީ މަސްރަހު ހަލަބޮލިވުމާ އެކު ޗައިނާ އިން ވަނީ ރާއްޖޭގައި ދިރިއުޅޭ އެ ގައުމުގެ ރައްޔިތުން ސަމާލުވެ، ހަމަނުޖެހުން ހިނގާ ސަރަހައްދުތަކަށް ނުދިއުމަށް އިލްތިމާސްކޮށްފައެވެ. އަދި ފަހުން ވަނީ މި ދަނޑިވަޅުގައި ރާއްޖެ އަށް ދަތުރުކުރުން ރައްކާތެރި ނޫން ކަމަށް ބުނެފައެވެ. ޗައިނާއަކީ ރާއްޖެ އަށް އެންމެ ގިނަ ޓޫރިސްޓުން އަންނަ ގައުމެވެ.

އެންމެ ހިނގާ

1

ޔޫއެސްއެސް އަބްރަހަމް ލިންކަންގައި ހިނގި ނުރައްކާތެރި ހަމަނުޖެހުމެއްގައި ހަތް މީހުން މަރުވެއްޖެ

2

ތުރުކީން ޓްރަމްޕް ފުރާވަޑައިގަންނަވާއިރު ކޮނޑުމަތީގައި ފޮނުވާލާ މިސައިލަކުން ހަމަލާދޭން އޮތީ ރާވާފައި: ރިޕޯޓް

3

ސްޕޯޓްސް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު ލަތީފް ކުއްލި ގޮތަކަށް މަޤާމުން ވަކިކޮށްފި

4

އެމެރިކާގެ އަސްކަރިއްޔާގެ އިންޒާރުތަކަށް އިޖާބަ ނުދީ އޮމާން ކަނޑުން ދަތުރުކުރި ބޯޓަކަށް ހަމަލާ ދީފި

5

10 އަހަރު ވަންދެން ލޯބީގެ ގޮތުން ގުޅިގެން އުޅުމަށް ފަހު، ރޮނާލްޑޯ އާއި ޖޯޖީނާ ކައިވެނިކޮށްފި

އިތުރަށް ކިޔާލަން

30 ޖެނުއަރީ 2017

2016 އޯލެވެލް އިމްތިހާނު: 500 އަށް ވުރެ ގިނަ ކުދިން ވަނީ ޓޮޕް ޓެން އަށް ގޮސްފަ

30 ޖެނުއަރީ 2017
2016 އޯލެވެލް އިމްތިހާނު: 500 އަށް ވުރެ ގިނަ ކުދިން ވަނީ ޓޮޕް ޓެން އަށް ގޮސްފަ
28 ޖެނުއަރީ 2017

ރާއްޖޭގެ ބޮޑު ބަޔަކަށް ވިއްސާރަ ކުރާނެ: މެޓް

28 ޖެނުއަރީ 2017
ރާއްޖޭގެ ބޮޑު ބަޔަކަށް ވިއްސާރަ ކުރާނެ: މެޓް
26 ޖެނުއަރީ 2017

ޢަރަބިއަން މާކެޓް ފެއާގެ ރާއްޖޭގެ ސްޓޭންޑް ތައްޔާރުކޮށްދޭނެ ބަޔަކު ހޯދަނީ

26 ޖެނުއަރީ 2017
ޢަރަބިއަން މާކެޓް ފެއާގެ ރާއްޖޭގެ ސްޓޭންޑް ތައްޔާރުކޮށްދޭނެ ބަޔަކު ހޯދަނީ
26 ޖެނުއަރީ 2017

އިންޑިޔާ އަށް ވުރެ ވެސް ރާއްޖޭގައި ކޮރަޕްޝަން ބޮޑު: ސީޕީއައި

26 ޖެނުއަރީ 2017
އިންޑިޔާ އަށް ވުރެ ވެސް ރާއްޖޭގައި ކޮރަޕްޝަން ބޮޑު: ސީޕީއައި
26 ޖެނުއަރީ 2017

މާލޭ ސަރަހައްދަށް މުޅި އާބާދީ ޖަމާކޮށްފަ، ޗައިނާ މީހުންނަށް ރަށްތަށް ދޫކޮށްލަން ދިވެހިން ބޭނުންމެއް ނުވާނެ: ހަސަން ލަތީފް

26 ޖެނުއަރީ 2017
މާލޭ ސަރަހައްދަށް މުޅި އާބާދީ ޖަމާކޮށްފަ، ޗައިނާ މީހުންނަށް ރަށްތަށް ދޫކޮށްލަން ދިވެހިން ބޭނުންމެއް ނުވާނެ: ހަސަން ލަތީފް
15 ޖެނުއަރީ 2017

ރެއިންބޯގެ ދެ ލައްކައަށްވުރެ ގިނަ ރުފިޔާ ފޭރިގަތް ހަތަރު މީހަކު ހައްޔަރުކޮށްފި

15 ޖެނުއަރީ 2017
ރެއިންބޯގެ ދެ ލައްކައަށްވުރެ ގިނަ ރުފިޔާ ފޭރިގަތް ހަތަރު މީހަކު ހައްޔަރުކޮށްފި
15 ޖެނުއަރީ 2017

ޔުނިމެކްސް މޯލްޑިވްސްގެ އޮފީސް ފަޅާލާ ތިން ލައްކައަށްވުރެ ފައިސާ ވަގަށް ނަގައިފި

15 ޖެނުއަރީ 2017
ޔުނިމެކްސް މޯލްޑިވްސްގެ އޮފީސް ފަޅާލާ ތިން ލައްކައަށްވުރެ ފައިސާ ވަގަށް ނަގައިފި
11 ޖެނުއަރީ 2017

ރާއްޖޭގެ މަސްބޯޓެއްގައި އަލިފާން ރޯވެއްޖެ

11 ޖެނުއަރީ 2017
ރާއްޖޭގެ މަސްބޯޓެއްގައި އަލިފާން ރޯވެއްޖެ
06 ޖެނުއަރީ 2017

ކޯޓުތަކަށް ހުށަހެޅުނު އަދި ނިންމި މައްސަލަތަކުގެ ޢަދަދު 20000 އަށްވުރެ މަތީގައި

06 ޖެނުއަރީ 2017
ކޯޓުތަކަށް ހުށަހެޅުނު އަދި ނިންމި މައްސަލަތަކުގެ ޢަދަދު 20000 އަށްވުރެ މަތީގައި
04 ޖެނުއަރީ 2017

ރާއްޖޭގެ ސިޔާސީ މަސްރަހުން 2017 ވަނަ އަހަރު އާ ބަދަލުތަކެއް ފެނިގެންދާނެ: ނިޒާރު

04 ޖެނުއަރީ 2017
ރާއްޖޭގެ ސިޔާސީ މަސްރަހުން 2017 ވަނަ އަހަރު އާ ބަދަލުތަކެއް ފެނިގެންދާނެ: ނިޒާރު
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް