Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • ލައިފް ސްޓައިލް
ރިޕޯޓު
ހަތިޔާރުގެ ވިޔަފާރި

ހަތިޔާރުގެ އުފެއްދުމުގައި އެންމެ އުހުގައި އުޅެނީ މި ފަސް ކުންފުނި

އެމެރިކާއިންވަނީ ސައުދީއަށް މިސައިލުން ދިފާއުވާ ނިޒާމެއް ގާއިމް ކޮށްދިނުމަށް ނިންމާފައި

އަބުދުﷲ މުހައްމަދު
އަބުދުﷲ މުހައްމަދު, ރާއްޖެ އެމްވީ | 13 އޮކްޓޯބަރު 2017 | ހުކުރު 02:27
ހަތިޔާރު އުފެއްދުމުގައި އިސް ފަންތީގައި ގިނައީ އެމެރިކާގެ ކުންފުނިތައް

ހަތިޔާރު އުފެއްދުމުގައި އިސް ފަންތީގައި ގިނައީ އެމެރިކާގެ ކުންފުނިތައް

އެމެރިކާއިންވަނީ ސައުދީ އަރަބިއްޔާއަށް 15 ބިލިއަން ޑޮލަރުގެ ތާޑް މިސައިލް ސިސްޓަމް ވިއްކުމަށް ހުއްދަދީފައެވެ. މިއީ ދުނިޔޭގައި މިބާވަތުގެ އެންމެ ކާމިޔާބު އެއް ސިސްޓަމެވެ.

ކޮންގްރެސްއިން 30 ދުވަހުގެ ތެރޭގައި މިކަމަށް ދެކޮޅު ނަހަދައިފި ނަމަ މިކަން ވެގެންދާނީ ދުނިޔޭގައި އެންމެ ގިނައިން ހަތިޔާރު އުފައްދާ ލޮކްހީޑް މާޓިންއަށް ބޮޑު ފައިދާއެއް ލިބިގެންދާނެ ކަމަކަށެވެ.

މި ކުންފުންޏާއި މިނޫން ވެސް މިފަދަ ކުންފުނިތަކުން އެ ކުންފުނިތައް ހިމެނޭ ގައުމުތަކުގެ ސަރުކާރުތަކަށާއި އެހެން ގައުމުތަކަށް ހަތިޔާރު ވިއްކައިގެން އެތައް ބިލިއަން ޑޮލަރެއްގެ ފައިދާ ހޯދައެވެ.

މި ލިސްޓްގައި ހިމެނޭ ހަތިޔާރު އުފައްދާ ބޮޑެތި ބައެއް ކުންފުނިތަކަކީ ސްޓޮކްހޯމް އިންޓަރނޭޝަނަލް ޕީސް ރިސަރޗް އިންސްޓިޓިއުޓްއިން ހޯދާފައިވާ ތަފާސް ހިސާބެވެ. މި ލިސްޓް ޝާއިއުކޮށްފައިވަނީ 2016 ވަނަ އަހަރުއެވެ.

1- ލޮކްހީޑް މާޓިން

އެމެރިކާގެ ސްޓޭޓެއް ކަމަށްވާ މޭރީ ލޭންޑްގައި ގާއިމްވެފައިވާ މި ކުންފުނިން، މަތިންދާބޯޓާއި، ރާޑަރު ސިސްޓަމާއި، ޑްރޯން އަދި ހަމަ އެއާއެކު ޖައްވީ އުޅަނދުތަކަށް ބޭނުންވާ ބައެއް ސާމާނު ވެސް އެމެރިކާ އާއި އެހެން ގައުމުތަކަށް އުފައްދައިދެއެވެ.

އެ ކުންފުނީގެ އެންމެ މަޝްހޫރު އުފެއްދުންތަކުގެ ތެރޭގައި އެފް-16 ހަނަގުރާމަ މަތީ މަތިންދާ ބޯޓާއި މީހުން އުފުލުމަށް ބޭނުންކުރާ ހާކިއުލެސް މަތިންދާ ބޯޓް ހިމެނެއެވެ.

ލޮކްހީޑް މާޓިންއިން ވަނީ 2015 ވަނަ އަހަރު 36 ބިލިއަން ޑޮލަރުގެ ހަތިޔާރު ވިއްކައި، އެ އަހަރު 3.6 ބިލިއަން އެމެރިކާ ޑޮލަރުގެ ފައިދާއެއް ހޯދާފައެވެ. އަދި 2017 ވަނަ އަހަރުގެ އޮކްޓޯބަރު މަހާހަމައަށް ނިއުޔޯކްގެ ހިއްސާގެ ބާޒާރުގައި އެ ކުންފުނީގެ މާކެޓް ވެލިއުއަކީ 91 ބިލިއަން ޑޮލަރެވެ.

2- ބޯއިންގ

ބޮޑަށް އެނގިގެން ގޮސްފައިވަނީ ފަސިންޖަރުން އުފުލާ މަތިންދާ ބޯޓް އުފުލާ ކުންފުންޏެއްގެ ގޮތުގައެވެ. ނަމަވެސް ހަތިޔާރު އުފެއްދުމުގައި ވެސް ބޯއިންއަކީ އެންމެ ބިޔަ އެއް ކުންފުންޏެވެ. ބޯއިންގް އިން ވަނީ 2015 ވަނަ އަހަރު 28 ބިލިއަން ޑޮލަރުގެ ހަތިޔާރުގެ ވިޔަފާރިކޮށް 5.2 ބިލިއަން ޑޮލަރުގެ ފައިދާ ހޯދާފައެވެ

އެ ކުންފުނީގެ މުޅި ވިޔަފާރީގެ 28 އިންސައްތައަކީ ހަތިޔާރު ވިއްކުން ކަމަށްވާއިރު އެ ފައިދާގެ ތެރޭގައި އެފް 15، އެފް 18 އަދި އެފް 22 ފަދަ ބޯޓް ވިއްކައިގެން ލިބިފައިވާ ފައިދާ ހިމެނެއެވެ.

3- ބީއޭއީ

އިނގިރޭސި ވިލާތުގެ ބީއޭއީއަކީ އެ ގައުމުގައި ހަތިޔާ އުފައްދާ އެންމެ ބޮޑު ކުންފުނި ކަމަށްވާއިރު، އެ ކުނންފުނިން 2015 ވަނަ އަހަރު ވަނީ 26 ބިލިއަން ޑޮލަރުގެ ހަތިޔާރު ވިއްކާފައެވެ. އެ ކުންފުނީގެ ޖުމްލަ ވިޔަފާރީގެ 93 ޕަސެންޓް ވަނީ ފައިދާގެ ގޮތުގައި ލިބިފައެވެ.

ބީއޭއީގައި 82،000 މުވައްޒަފުން މަސައްކަތްކުރަމުންދެއެވެ. އެ ކުންފުނިން ދަނީ އިނގިރޭސި ވިލާތާއި އެހެން ގައުމުތަކަށް ޓޯނެޑޯ ވޯ ޕްލޭން، ޗެލެންޖަރ ޓޭންކް އަދި ޑްރޯން އުފައްދައިދެމުންނެވެ.

4- ރޭތިއޯންސް

މި ކުންފުނީގެ އެންމެ ފުރަތަމަ މަސައްކަތަކަށް ވަނީ މިސައިލް އުފެއްދުމާއި މަތިންދާ ބޯޓާއި އަސްކަރީ މަނަވަރުތަކަށް ބޭނުންވާ ހަތިޔާރު ސިސްޓަމްތައް އުފެއްދުމެވެ. އެގޮތުން 2015 ވަނަ އަހަރު އެ ކުންފުނިން ހަތިޔާރު ވިއްކައިގެން 22 ބިލިއަން ޑޮލަރުގެ ޓާން އޯވަރ ހަދާފައިވާއިރު ފައިދާގެ ގޮތުގައި ހޯދިފައި ދެ ބިލިއަން ޑޮލަރު ހޯދާފައި ވެއެވެ.

5- ނޯތުރޮޕް ގްރަމަން

އެމެރިކާގެ ވާޖީނިއާގައި ގާއިމްވެފައިވާ މި ކުންފުނިން ޑްރޯންއާ، ހަނގުރާމަމަތީ މަތިންދާބޯޓާއި އަދި މަތިންދާ ބޯޓަށް ބޭނުންވާ ސާމާނާއި ރާޑަރު ސިސްޓަމް ވެސް ވިއްކައެވެ. އެ ކުންފުނިން 2015 ވަނަ އަހަރު ވަނީ 20 ބިލިއަން ޑޮލަރުގެ ވިޔަފާރި ހިންގައި ދެ ބިލިއަނަށް ވުރެ ގިނަ ޑޮލަރު ފައިދާގެ ގޮތުގައި ހޯދާފައެވެ.

ކޮމެންޓް

އިތުރަށް ކިޔާލަން

ފަސް ފަނޑިޔާރުންގެ އަތްޕުޅަށް މުޅި ދައުލަތް، "ޖުޑިޝަލް ޑިކްޓޭޓާޝިޕް" އަކަށް؟!

ފަސް ފަނޑިޔާރުންގެ އަތްޕުޅަށް މުޅި ދައުލަތް، "ޖުޑިޝަލް ޑިކްޓޭޓާޝިޕް" އަކަށް؟!

24 މެއި 2017
ސަރުކާރު އުޅެނީ "މޮޔަ ހަސަނަށް އަމާ ފެނިގެން އުޅުނު ހެން"

ސަރުކާރު އުޅެނީ "މޮޔަ ހަސަނަށް އަމާ ފެނިގެން އުޅުނު ހެން"

23 އެޕްރީލު 2017
ގައުމީ ވޮލީ ޓީމާއި އެސޯސިއޭޝަނަށް ދިމާވެގެން މިއުޅެނީ ކޮން މައްސަލައެއް؟

ގައުމީ ވޮލީ ޓީމާއި އެސޯސިއޭޝަނަށް ދިމާވެގެން މިއުޅެނީ ކޮން މައްސަލައެއް؟

05 އެޕްރީލު 2017
މަގޫދޫ ދޮން އައިމިނަ: ބޭނުންވަނީ މިނިވަން ދިވެހިރާއްޖެއެއްގެ ފަސްގަނޑަށް ފަހު ނޭވާލާން

މަގޫދޫ ދޮން އައިމިނަ: ބޭނުންވަނީ މިނިވަން ދިވެހިރާއްޖެއެއްގެ ފަސްގަނޑަށް ފަހު ނޭވާލާން

02 މާރިޗު 2017
ފ. އަތޮޅުން ވިއްކާލަން އުޅެނީ ބައެއްތަ؟ ނުވަތަ މުޅި އަތޮޅުތަ؟

ފ. އަތޮޅުން ވިއްކާލަން އުޅެނީ ބައެއްތަ؟ ނުވަތަ މުޅި އަތޮޅުތަ؟

23 ފެބުރުއަރީ 2017

އަހަރުތަކުން މިއަދު

14 ޖެނުއަރީ
މިނިސްޓަރ އިހްސާން އިންނެވީ ޑީއެންއާރުގެ މީޓީން ރޫމުގައި: މުވައްޒަފުން
20251 އަހަރު ކުރިން
ރާއްޖެ

މިނިސްޓަރ އިހްސާން އިންނެވީ ޑީއެންއާރުގެ މީޓީން ރޫމުގައި: މުވައްޒަފުން

ބޭކަރީއެއްގެ ޝެފަކު ތައްޔާރުކުރި ކާއެއްޗަކަށް ފާޑުކިއުމުން ޙަމަލާދިން މައްސަލައިގައި ޝެފް 7 އަހަރަށް ޖަލަށް
20242 އަހަރު ކުރިން
ރާއްޖެ

ބޭކަރީއެއްގެ ޝެފަކު ތައްޔާރުކުރި ކާއެއްޗަކަށް ފާޑުކިއުމުން ޙަމަލާދިން މައްސަލައިގައި ޝެފް 7 އަހަރަށް ޖަލަށް

ބަރަބޯ އޮށުގެ ފައިދާ
20233 އަހަރު ކުރިން
ރިޕޯޓު

ބަރަބޯ އޮށުގެ ފައިދާ

11 ފަންނާނުންނާއެކު ޕެޓްރޯލް އޮފިސީ ސެލެބްރިޓީ ރޭސް ލޯންޗުކޮށްފި
20224 އަހަރު ކުރިން
ރާއްޖެ

11 ފަންނާނުންނާއެކު ޕެޓްރޯލް އޮފިސީ ސެލެބްރިޓީ ރޭސް ލޯންޗުކޮށްފި

ރާއްޖޭގެ އެންމެ ބޮޑު ރިސޯޓް، ރެއަކަށް 80،000 ޑޮލަރު
20215 އަހަރު ކުރިން
ވިޔަފާރި-އިގްތިސާދު

ރާއްޖޭގެ އެންމެ ބޮޑު ރިސޯޓް، ރެއަކަށް 80،000 ޑޮލަރު

އަރިހުގައި ހުންނަވައި ލަތީފު މަޅާލަން އަތް ނެންގެވުމުން ކޮސްވެއްޖެ!؟
20197 އަހަރު ކުރިން
ރިޕޯޓު

އަރިހުގައި ހުންނަވައި ލަތީފު މަޅާލަން އަތް ނެންގެވުމުން ކޮސްވެއްޖެ!؟

66.38 މިލިއަން ޑޮލަރު: ދިވެހި ދައުލަތުން ކުރި އެންމެ ބޮޑު ވައްކަން
20188 އަހަރު ކުރިން
ރިޕޯޓު

66.38 މިލިއަން ޑޮލަރު: ދިވެހި ދައުލަތުން ކުރި އެންމެ ބޮޑު ވައްކަން

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު