Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެ
ކުއްލި ނުކުރައްކަލުގެ ހާލަތު

ރޭ ހައްޔަރުކުރި ބޭފުޅުންގެ ބަންދުގެ މުއްދަތު ޖަހަން މިއަދު ހާޒިރުކުރަންޖެހޭނެ!

ރައީސް މައުމޫން، ނަދީމް، ހަސަން ސައީދު، އުއްތަމަ ފަނޑިޔާރު، އަލީ ހަމީދު

އަޒުމޫން އަހުމަދު
އަޒުމޫން އަހުމަދު, ރާއްޖެ އެމްވީ | 6 ފެބުރުއަރީ 2018 | އަންގާރަ 04:03
ރައީސް މައުމޫން ދިރިއުޅުއްވާ މ. އެންދެރިމާގެ އިން އެމަނިކުފާނު ހައްޔަރުކޮށްގެން ގެންދަނީ

ރައީސް މައުމޫން ދިރިއުޅުއްވާ މ. އެންދެރިމާގެ އިން އެމަނިކުފާނު ހައްޔަރުކޮށްގެން ގެންދަނީ

ކުއްލި ނުރައްކަލުގެ ހާލަތު އިއުލާނުކުރުމަށް ފަހު، ހޯމަ ދުވަހުގެ ރޭ ހައްޔަރުކުރި ހުރިހާ ބޭފުޅުންގެ ބަންދުގެ މުއްދަތާއި މެދު ގޮތެއް ނިންމުމަށް މިއަދު ކްރިމިނަލް ކޯޓަށް ހާޒިރުކުރަންޖެހޭނެ އެވެ.

ކުއްލި ނުރައްކަލުގެ ހާލަތު އިއުލާނުކުރުމަށް ރައީސުލްޖުމްހޫރިއްޔާ ނެރުއްވި ގަރާރުގައި ގާނޫނު އަސާސީއިން ކަށަވަރުކޮށްދޭ ބައެއް ހައްގުތަކާއި މިނިވަންކަން ހިފަހައްޓައި، ބައެއް ގާނޫނުތައް ސަސްޕެންޑް ކޮށްފައިވީ ނަމަވެސް، ހައްޔަރުކުރެވޭ މީހުންނާއި ބަންދުކުރެވޭ މީހުންގެ ހައްގުތައް ބަޔާންކުރާ ގާނޫނު އަސާސީގެ މާއްދާ ހިފަހައްޓާފައެއް ނުވެ އެވެ.

ގާނޫނު އަސާސީގެ 48 ވަނަ މާއްދާގެ (ރ) ގައި ބަޔާންކޮށްފައިވާ ގޮތުގައި، ކުށެއްގެ ތުހުމަތުގައި ބަންދުކޮށްފައިވާ މީހާ ބަންދުކޮށްފައި ވަނީ ގާނޫނީ ހަމަތަކުގެ މަތީންތޯ ކަނޑައެޅުމަށް، އެ މީހަކު ހައްޔަރުކުރެވުނުތާ ގިނަވެގެން ސައުވީސް ގަޑިއިރުގެ ތެރޭގައި، ފަނޑިޔާރެއްގެ ކުރިމައްޗަށް ހާޒިރުކުރާން ވާނެއެވެ.

48 ވަނަ މާއްދާ – ހައްޔަރުކުރެވޭ މީހުންނާއި ބަންދުކުރެވޭ މީހުންގެ ހައްގުތައް ހައްޔަރުކުރެވޭ ހިނދު ނުވަތަ ބަންދުކުރެވޭ ހިނދު، ތިރީގައި ބަޔާންވެގެންވާ ގޮތުގެމަތީން އެ މީހަކާމެދު ޢަމަލުކުރެވުމުގެ ހައްގު ކޮންމެ މީހަކަށްމެ ލިބިގެންވެއެވެ. (ހ) އެ މީހަކު ހައްޔަރުކުރެވުނު ސަބަބު ވަގުތުން އެ މީހަކަށް އަންގާންވާނެއެވެ. އަދި ގިނަވެގެން ސައުވީސް ގަޑިއިރުގެތެރޭގައި ހައްޔަރުކުރެވުނު ސަބަބު ލިޔުމުން އެ މީހަކަށް ދޭންވާނެއެވެ. (ށ) ގާނޫނީ ވަކީލެއްގެ އެހީތެރިކަން ހޯދުމުގެ ހައްގު ލިބިގެންވާކަން އެ މީހަކަށް އަންގާންވާނެއެވެ. އަދި ލަސްކުރުމެއް ނެތި ގާނޫނީ ވަކީލެއްގެ އެހީތެރިކަން ހޯދައި، އެ މީހަކު އެ ހައްޔަރު ކުރެވުނު ނުވަތަ ބަންދުކުރެވުނު މައްސަލައެއް ނިމޭންދެން ގާނޫނީ ވަކީލުގެ އެހީތެރިކަން ދެމެހެއްޓުމުގެ ފުރުސަތު އެ މީހަކަށް ފަހިކޮށްދޭން ވާނެއެވެ. (ނ) ތިމާއަކީ ކާކުކަން އަންގައިދިނުން ފިޔަވައި އިތުރު އެހެން އެއްވެސް މަޢުލޫމާތެއް ނުދީ ހަނުހުރުމަކީ އެ މީހަކަށް ލިބިގެންވާ ހައްގެއްކަން އެ މީހަކަށް އަންގައި، އެ ހައްގު ލިބިގަތުމުގެ ފުރުސަތު އެ މީހަކަށް ދޭންވާނެއެވެ. (ރ) ކުށެއްގެ ތުހުމަތުގައި ބަންދުކޮށްފައިވާ މީހާ ބަންދުކޮށްފައި ވަނީ ގާނޫނީ ހަމަތަކުގެ މަތީންތޯ ކަނޑައެޅުމަށް، އެ މީހަކު ހައްޔަރުކުރެވުނުތާ ގިނަވެގެން ސައުވީސް ގަޑިއިރުގެ ތެރޭގައި، ފަނޑިޔާރެއްގެ ކުރިމައްޗަށް ހާޒިރުކުރާން ވާނެއެވެ. އަދި ޝަރުތަކާއެކު ނުވަތަ ޝަރުތަކާ ނުލައި އެ މީހަކު ދޫކޮށްލުމަށް، ނުވަތަ ބަންދުގައި ބެހެއްޓުމަށް އަމުރެއް ނެރުމުގެ ބާރު އެ ފަނޑިޔާރަކަށް ލިބިގެންވެއެވެ.

ކުއްލި ނުރައްކަލުގެ ހާލަތު އިއުލާނުކޮށްފައިވާއިރު، ހޯމަ ދުވަހުގެ ރޭ ފުލުހުން ވަނީ ރައީސް މައުމޫން އަބްދުލްގައްޔޫމާއި، ރައީސް މައުމޫނުގެ ޅީދަރިކަލުން މުހައްމަދު ނަދީމުއާއި، އުއްތަމަ ފަނޑިޔާރު އަބްދުﷲ ސައީދުއާއި، ފަނޑިޔާރު އަލީ ހަމީދުއާއި، ޖުޑިޝަލް އެޑްމިނިސްޓްރޭޓަރު ހަސަން ސައީދު ހައްޔަރުކޮށްފައެވެ.

ރައީސް މައުމޫނުއާއި ނަދީމް ހައްޔަރުކޮށްފައިވަނީ، ރައްޔިތުންގެ މަޖިލީހުގެ މެންބަރުންނަށް ރިޝްވަތު ދެއްވައިގެން ގާނޫނީ ގޮތުން އުފެދިފައިވާ ސަރުކާރެއް ވައްޓާލަން އުޅުމުގެ ތުހުމަތުގައެވެ. އުއްތަމަ ފަނޑިޔާރާއި ފަނޑިޔާރު އަލީ ހަމީދު ހައްޔަރުކުރި ސަބަބެއް ފުލުހުން ހާމައެއް ނުކުރެއެވެ. ހަސަން ސައީދު ހައްޔަރުކޮށްފައިވަނީ ކޮރަޕްޝަނުގެ ތުހުމަތުގައެވެ.

ކުއްލި ނުރައްކަލުގެ ގަރާރުން ހިފެހެއްޓި މާއްދާތައް: މާއްދާ 24: ޒާތީ ދިރިއުޅުން މާއްދާ 29: މައުލޫމާތު ހޯދުމާއި މައުލޫމާތު ދިނުމުގެ މިނިވަންކަން މާއްދާ 31: ހަޅުތާލުކުރުމުގެ ހައްގު މާއްދާ 32: އެއްވެއުޅުމުގެ މިނިވަންކަން މާއްދާ 43: އަދުލުވެރިކަމާއެކު އިދާރީ ފިޔަވަޅުތައްއެޅުން މާއްދާ 44: ޝަހްސީ ޒިންމާ މާއްދާ 45: ގާނޫނާ ހިލާފަށް ހައްޔަރުނުކުރުމާއި ބަންދުނުކުރުން މާއްދާ 46: ހައްޔަރުކުރުމާއި، ބަންދުކުރުމުގެ ބާރު މާއްދާ 47: ހިފެހެއްޓުމާއި ފާސްކުރުމާއި މުދާ އަތުލުން މާއްދާ 49: ކުށްކުށަށް ތުހުމަތުކުރެވޭ މީހުން މިނިވަންކުރުން މާއްދާ 50: އަވަހަށް މައްސަލަތައް ތަހުގީގުކޮށް ދައުވާ ކުރުން މާއްދާ 56: އިސްތިއުނާފުކުރުމުގެ ހައްގު މާއްދާ 58: ބަދަލު ލިބިދިނުން މާއްދާ 65: ހައްލުހޯދުމަށްޓަކައި ދައުވާކުރުމުގެ ހައްގު މާއްދާ 99: ރައްޔިތުން މަޖިލީހަށް މީހުން ހާޒިރުކުރުން މާއްދާ 100: ރައީސުލްޖުމްހޫރިއްޔާ ނުވަތަ ރައީސުލްޖުމްހޫރިއްޔާގެ ނައިބު މަގާމުން ވަކިކުރުން މާއްދާ 101: ވަޒީރުންގެ މަޖިލީހުގެ މެންބަރެއްގެ އިތުބާރު ނެތްކަމުގެ ވޯޓް މާއްދާ 113: ސުޕްރީމްކޯޓުގެ ނިންމުން މާއްދާ 228: ޕްރޮސިކިއުޓާ ޖެނެރަލް މަގާމުން ވަކިކުރުން 145 ވަނަ މާއްދާގެ (ނ): ގާނޫނުއަސާސީ އާއި ގާނޫނު މާނަކުރުމުގައި، އަދި ށަރީޢަތުން ބަލާ އެނޫންވެސް މައްސަލަތަކުގައި ސުޕްރީމްކޯޓުން ނިންމާ ނިންމުމަކީ އެންމެފަހުގެ ނިންމުން

ކޮމެންޓް

އިތުރަށް ކިޔާލަން

މަހާނަ ހަދައިގެން ހައްޔަރުކުރި މީހުން ދޫކޮށްލާއިފި

މަހާނަ ހަދައިގެން ހައްޔަރުކުރި މީހުން ދޫކޮށްލާއިފި

13 ފެބުރުއަރީ 2017
ފުއާދަށް އިއްވި ހުކުމުގެ މުއްދަތު ހަމަވަނީ، އަދިވެސް ވިދާޅުވަނީ ގާނޫނާ ޚިލާފު ހުކުމެއް ކަމަށް!

ފުއާދަށް އިއްވި ހުކުމުގެ މުއްދަތު ހަމަވަނީ، އަދިވެސް ވިދާޅުވަނީ ގާނޫނާ ޚިލާފު ހުކުމެއް ކަމަށް!

11 ފެބުރުއަރީ 2017
މަހާނަ ހަދައިގެން ހައްޔަރުކުރި މީހުންގެ ބަންދުގެ އަމުރު އިސްތިއުނާފަށް ހުށައަޅައިފި

މަހާނަ ހަދައިގެން ހައްޔަރުކުރި މީހުންގެ ބަންދުގެ އަމުރު އިސްތިއުނާފަށް ހުށައަޅައިފި

09 ފެބުރުއަރީ 2017
މަހާނަ ހަދައިގެން ހައްޔަރުކުރި މީހުންނަށް އަންނައުނެއް ނުދޭ: ވަކީލް

މަހާނަ ހަދައިގެން ހައްޔަރުކުރި މީހުންނަށް އަންނައުނެއް ނުދޭ: ވަކީލް

08 ފެބުރުއަރީ 2017
މަހާނަ ހެދި މައްސަލައިގައި ހައްޔަރުކުރި މީހުންގެ ބަންދަށް 15 ދުވަސް

މަހާނަ ހެދި މައްސަލައިގައި ހައްޔަރުކުރި މީހުންގެ ބަންދަށް 15 ދުވަސް

06 ފެބުރުއަރީ 2017

އަހަރުތަކުން މިއަދު

14 އެޕްރީލު
ޒަހަމްވި މާނިއުގެ މަންމަ: "ސަރުކާރުން ހަދަނީ ދޮގު، އެއްވެސް އެހީތެރިކަމެއް ނުދޭ"
20251 އަހަރު ކުރިން
ރާއްޖެ

ޒަހަމްވި މާނިއުގެ މަންމަ: "ސަރުކާރުން ހަދަނީ ދޮގު، އެއްވެސް އެހީތެރިކަމެއް ނުދޭ"

"މާތް ﷲގެ އިރާދަފުޅުން، އަދި އެ ދުވަސް އަނބުރާ ލިބޭނެ"
20242 އަހަރު ކުރިން
ތަފާތު ޚަބަރު

"މާތް ﷲގެ އިރާދަފުޅުން، އަދި އެ ދުވަސް އަނބުރާ ލިބޭނެ"

އަޝްރަފް ހަކީމީގެ މުދާ މަންމަގެ ނަންމަތީގައި، ކުރީގެ އަނބިމީހާއަށް ލަނޑުދީފި
20233 އަހަރު ކުރިން
ކުޅިވަރު

އަޝްރަފް ހަކީމީގެ މުދާ މަންމަގެ ނަންމަތީގައި، ކުރީގެ އަނބިމީހާއަށް ލަނޑުދީފި

"ވަގުތަށް ކަމޭހިތުމުގެ ބައި ފަރީލާގެ ނެތް"
20224 އަހަރު ކުރިން
ރިޕޯޓު

"ވަގުތަށް ކަމޭހިތުމުގެ ބައި ފަރީލާގެ ނެތް"

އިންތިޚާބުގައި ލިބުނީ ނާކާމިޔާބީއެއްކަމަށް ބުނެ މީޑިއާތަކުން ދައްކާވާހަކަ އެމްޑީޕީއިން މިފަހަރު ދޮގުކުރީ ހެއްކާއެކު
20215 އަހަރު ކުރިން
ރާއްޖެ

އިންތިޚާބުގައި ލިބުނީ ނާކާމިޔާބީއެއްކަމަށް ބުނެ މީޑިއާތަކުން ދައްކާވާހަކަ އެމްޑީޕީއިން މިފަހަރު ދޮގުކުރީ ހެއްކާއެކު

އެކައުންޓުން ކެނޑިފައިވާ ފައިސާ އަކީ ލިންޗްޕިންއަށް ދައްކަންޖެހޭ ފައިސާ: ބީއެމްއެލް
20197 އަހަރު ކުރިން
ވިޔަފާރި-އިގްތިސާދު

އެކައުންޓުން ކެނޑިފައިވާ ފައިސާ އަކީ ލިންޗްޕިންއަށް ދައްކަންޖެހޭ ފައިސާ: ބީއެމްއެލް

އަބްދުއްރަހީމަށް ދުންޔާ ދެއްވަން އޮތް ޖަވާބަކީ އިމޯޖީއެއް؟
20188 އަހަރު ކުރިން
ރިޕޯޓު

އަބްދުއްރަހީމަށް ދުންޔާ ދެއްވަން އޮތް ޖަވާބަކީ އިމޯޖީއެއް؟

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު