Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެއަބްދުއްރަހީމް

ސުޕްރީމް ކޯޓަށް އަބްދުއްރަހީމްގެ އިންޒާރެއް: ކޮންމެ އަމުރެއް ނެރުނަސް ހެޔޮ، ބޭނުންހާ އެއްޗެއް ނުހެދޭނެ!

5 ފެބުރުއަރީ 2018 | ހޯމަ 13:45

ގައުމު ހަލާކުގެ ތެރެއަށް ވައްޓާލަންދެން ކުރަންޖެހޭ ކަންތައްތައް ނުކޮށް ނުހުންނާނަން

ތަހާރަތު މުހައްމަދު ވަހީދު
ތަހާރަތު މުހައްމަދު ވަހީދު | 5 ފެބުރުއަރީ 2018 | ހޯމަ 13:45
އަބްދުއްރަހީމް

އަބްދުއްރަހީމް

ޕްރޮގްރެސިވް ޕާޓީ އޮފް މޯލްޑިވްސް (ޕީޕީއެމް)ގެ ނާއިބު ރައީސް އަދި ރައްޔިތުންގެ މަޖިލީހުގެ ފޮނަދޫ ދާއިރާގެ މެމްބަރު އަބްދުރަހީމް އަބްދުﷲ ރާއްޖޭގެ ސުޕްރީމް ކޯޓަށް އިންޒާރު ދެއްވައިފިއެވެ.

ހޯމަދުވަހު ބޭއްވި ޕީޕީއެމްގެ ނޫސްވެރިންގެ ބައްދަލުކުރެއްވުމެއްގައި އަބްދުއްރަހީމް ވަނީ އުއްތަމަ ފަނޑިޔާރު އަބްދުﷲ ސައީދަށާއި ސުޕްރީމް ކޯޓަށް ފާޑު ވެސް ވިދާޅުވެފައެވެ. އަބްދުއްރަހީމް ވިދާޅުވީ ހަމައެކަނި ސުޕްރީމްކޯޓަށް "މިގައުމުގެ ދުވަސް ދުއްވައެއް ނުލެވޭނެ" ކަމަށާއި "ސުޕްރީމްކޯޓުން ބޭނުންހާ އެއްޗެއް ހަދަންދެނ" އެބޭފުޅުން މަޑުން ނުތިއްބަވާނެ ކަމަށެވެ. މިއީ ހަމައެކަނި ފަސް މީހެއްގެ ގައުމެއް ނޫން ކަމަށް ސުޕްރީމް ކޯޓުގެ ފަސް ފަނޑިޔާރުންނަށް އިޝާރަތް ކުރައްވައި އަބްދުއްރަހީމް ވިދާޅުވިއެވެ.

Advertisement - newsAdvertisement

އުއްތަމަ ފަނޑިޔާރު އަބްދުﷲ ސައީދަށް އިޝާރާތް ކުރައްވައި އަބްދުއްރަހީމް ވިދާޅުވީ އަބްދުﷲ ސައީދުގެ ބާރު މުޅިގައުމުގެ ތެރެއަށް ހިންގައި، "މުޅި ގައުމު ހަލާކުގެ ތެރެއަށް ވައްޓާލަންދެން ކުރަންޖެހޭ ކަންތައް ނުކޮށް ނުހުންނާނެ" ކަމަށެވެ.

"ވަރަށް ކެރިގެން މިވާހަކަ މިދައްކަނީ. އަޅުގަނޑުމެންގެ މައްޗަށް ކޮންމެ އަމުރެއް ނެރުނަސް ހެޔޮކަމަށް. ތިމާ ތަންތަނުން ފްލެޓް ގަނެފައި، ތިމާ ތަންތަނަށް ދަތުރުކޮށްފައި، ތިމާގެ ޖީބު މުއްސަނދިކޮށްފައި ނަގާފައި ހުރި ފްލެޓްތަކާއި ހޯދާފައި ހުރި ފައިސާތަކާއި ހިންގާފައި ހުރި ކަރަޕްޝަނުގެ އަމަލުތަކުގެ ތަހުގީގު ފެނިދާނެތީ ކަންބޮޑުވެގެން މިއުޅެނީ. އިސްތިއުފާ ދީފައި ވަޑައިގަންނަވަން ވީ ނޫންތޯ ހިމާޔަތްދީފައި ތިބި މީހުން ކައިރިއަށް،" އުއްތަމަ ފަނޑިޔާރަށް ނިސްބަތްކުރައްވައި އަބްދުއްރަހީމް ވިދާޅުވިއެވެ.

އަބްދުއްރަހީމް ވިދާޅުވީ "ވަކި ބައެއްގެ ކަރަޕްޝަން ހުއްޓާލުމަށްޓަކައި"މުޅި ދިވެހި ދައުލަތް ހަލާކު ކޮށްލާފައިވާކަމަށާއި ގާނޫނު އަސާސީގެ ބާރު ކަނޑުވާލާފައިވާކަމަށެވެ. އަދި ގާނޫނު އަސާދީގެ ބާރު ކަނޑުވާލުމަށްވުރެ ބޮޑު ކަރަޕްޝަންގެ އަމަލެއް ނެތް ކަމަށް އޭނާ ވިދާޅުވިއެވެ.

"ބައެއްގެ ކަރަޕްޝަން އަމަލުތައް ހުއްޓުވުމަށްޓަކައި މުޅި ދިވެހި ދައުލަތް ފުނޑާލައިފިއޭ. ގާނޫނުއަސާސީގެ ބާރު ކަނޑުވާލައިފިއޭ. ގާނޫނު އަސާސީގެ ބާރު ކަނޑުވާލުމަށް ވުރެ ބޮޑު ކަރަޕްޝަންގެ އަމަލެއް ނެތް. ގާނޫނު އަސާސީއަކީ ތިންބާރު ވަކިކުރުމަށް ހަދާފައި އޮތް ގާނޫނު އަސާސީއެއް،" އަބްދުއްރަހީމް ވިދާޅުވިއެވެ.

މިވާހަކަ މިދައްކަނީ އެއްވެސް ހާލެއްގައި ޝަރުއީ ދާއިރާއަށް އިހުތިރާމު ނުކުރާތީ ނޫން ކަމަށާއި ކޮންމެ އިދާރާއަކުން ކަމުގައި ވިއަސް ގާނޫނު އަސާސީގެ ބާރު ކަނޑުވާލުމުން އެވާހަކަ ދައްކަން ޖެހޭ ކަމަށް އަބްދުއްރަހީމް ވިދާޅުވިއެވެ.

"އަޅުގަނޑުމެން ދުލެއް ނުކުރާނަން. އަޅުގަނޑުމެންނަށް ކުރެވުނު ހުރިހާ ކަމެއް ކުރާނަން. ދިވެހި ރައްޔިތުންނަށް ޔަގީންކަން މިއަރުވަނީ އަޅުގަނޑުމެންގެ ސަރުކާރެއް ފަހަތަކަށް ވެސް ނުޖެހޭނަން. ޕީޕީއެމްގެ ސަރުކާރެއް ބައްޔެއް ވެސް ނުކުރެވޭނެ. ރައީސް ޔާމީން އިސްތިއުފާއެއް ވެސް ނުދެއްވާނެ. ރައީސް ޔާމީން މިގައުމުގެ ހައްގުގައި އަޅުއްވަންޖެހޭ ހުރިހާ ފިޔަވަޅެއްވެސް އަޅުއްވާނެ،" އޭނާ ވިދާޅިވިއެވެ.

އަބްދުއްރަހީމްގެ އިތުރުން ނިހާން ވެސް ވަނީ ސުޕްރީމް ކޯޓަށް އިންޒާރު ދެއްވާފައެވެ. އެ ގޮތުން އުއްތަމަ ފަނޑިޔާރާއި ސުޕްރީމް ކޯޓުގެ ފަނޑިޔާރު އަލީ ހަމީދު އިންދަޖައްސާލާނެ ކަމަށް ވިދާޅުވިއެވެ.

އެންމެ ހިނގާ

1

"އަދަބުވެރިކަން ނެތުމުގެ" ސަބަބުން ދަނބިދަރިފުޅުގެ ޝާހީ ލަގަބުތައް ބުރޫނާއީގެ ރަސްގެފާނު އަތުލައްވައިފި

2

ނައިބު ރައީސް ހުސައިން މުހައްމަދު ލަތީފް ދިރިއުޅުއްވާ ހިލާލީ ގެޔަށް މަހަކު 3 ލައްކައަށް ވުރެ ގިނަ ރުފިޔާ ހަރަދުވާކަން ހާމަވެއްޖެ!

3

އީރާނުގެ އަސްކަރީ ގާބިލިއްޔަތު އިއާދަކުރަމުންދާ ހަލުވި މިނުގެ ސަބަބުން އިސްރާއީލަށް ސިހުން: ޖެރޫސަލަމް ޕޯސްޓް

4

ޓްރަމްޕަށް އީރާން ހަނގުރާމައިގައި ނާކާމިޔާބީތައް ފުނިޖެހެނީ

5

މަރާލާ ނުވަތަ އަތުލައިގަންނަ އެމެރިކާގެ ކޮންމެ ސިފައިންގެ މީހަކަށް 30،000 ޑޮލަރުގެ އިނާމު އީރާނުން ހުށަހަޅައިފި

އިތުރަށް ކިޔާލަން

29 ޖެނުއަރީ 2017

ނާޒިމްގެ މައްސަލައިގައި ސުޕްރީމް ކޯޓުން އަމަލުކޮށްފައިވަނީ ބޭއިންސާފުން: އާޒިމް

29 ޖެނުއަރީ 2017
ނާޒިމްގެ މައްސަލައިގައި ސުޕްރީމް ކޯޓުން އަމަލުކޮށްފައިވަނީ ބޭއިންސާފުން: އާޒިމް
22 ޖެނުއަރީ 2017

ހައި ކޯޓަށް ހުށަހެޅި މެރީޑިއަމްގެ މައްސަލަ ކުރިއަށް ނުދޭ:އެމްޕީއެލް

22 ޖެނުއަރީ 2017
ހައި ކޯޓަށް ހުށަހެޅި މެރީޑިއަމްގެ މައްސަލަ ކުރިއަށް ނުދޭ:އެމްޕީއެލް
21 ޖެނުއަރީ 2017

ކޮންމެ ކަމަކަށް ކުރިމަތި ލިޔަސް އެމްޑީޕީގެ މެންބަރުންގެ އުއްމީދު ކަސިޔާރެއް ނުވާނެ: ޝިފާޒް

21 ޖެނުއަރީ 2017
ކޮންމެ ކަމަކަށް ކުރިމަތި ލިޔަސް އެމްޑީޕީގެ މެންބަރުންގެ އުއްމީދު ކަސިޔާރެއް ނުވާނެ: ޝިފާޒް
17 ޖެނުއަރީ 2017

ނޯތު ހާބަރަށް ވެހިކަލް ވަންނަ ކޮންމެ ފަހަރު ފީނަގަން ނިންމައިފި

17 ޖެނުއަރީ 2017
ނޯތު ހާބަރަށް ވެހިކަލް ވަންނަ ކޮންމެ ފަހަރު ފީނަގަން ނިންމައިފި
16 ޖެނުއަރީ 2017

ކޮންމެ ދުވަހަކު އިވެނީ ރައީސް ޔާމީންގެ ސަރުކާރުން ހިންގާ ޖަރީމާތަކުގެ ވާހަކަ: ޝިފާޒު

16 ޖެނުއަރީ 2017
ކޮންމެ ދުވަހަކު އިވެނީ ރައީސް ޔާމީންގެ ސަރުކާރުން ހިންގާ ޖަރީމާތަކުގެ ވާހަކަ: ޝިފާޒު
15 ޖެނުއަރީ 2017

ކެންޑިޑެސީ ބާތިލްކުރި މައްސަލަ ހައި ކޯޓަށް ހުށަހަޅައިފި

15 ޖެނުއަރީ 2017
ކެންޑިޑެސީ ބާތިލްކުރި މައްސަލަ ހައި ކޯޓަށް ހުށަހަޅައިފި
13 ޖެނުއަރީ 2017

ލޯކަލް ކައުންސިލް އިންތިހާބު ފަސްކުރުމާ ގުޅިގެން އަންނަ އާދިއްތަ ދުވަހު ކޯޓަށް މައްސަލަ ހުށަހަޅާނަން: ނިޔާޒް

13 ޖެނުއަރީ 2017
ލޯކަލް ކައުންސިލް އިންތިހާބު ފަސްކުރުމާ ގުޅިގެން އަންނަ އާދިއްތަ ދުވަހު ކޯޓަށް މައްސަލަ ހުށަހަޅާނަން: ނިޔާޒް
09 ޖެނުއަރީ 2017

ފާރިސް އާއި ނާދިރާ ވަކިކުރި މައްސަލަ ކުރިއަށް ނުދަނީ ޕީޕީއެމް އިން ކޯޓަށް ހާޒިރު ނުވާތީ: ސޫދު

09 ޖެނުއަރީ 2017
ފާރިސް އާއި ނާދިރާ ވަކިކުރި މައްސަލަ ކުރިއަށް ނުދަނީ ޕީޕީއެމް އިން ކޯޓަށް ހާޒިރު ނުވާތީ: ސޫދު
06 ޖެނުއަރީ 2017

ނިމިގެންދިޔަ އަހަރު ޑްރަގް ކޯޓަށް ހުށަހެޅުނު މައްސަލަތައް އިތުރުވެއްޖެ

06 ޖެނުއަރީ 2017
ނިމިގެންދިޔަ އަހަރު ޑްރަގް ކޯޓަށް ހުށަހެޅުނު މައްސަލަތައް އިތުރުވެއްޖެ
06 ޖެނުއަރީ 2017

މިދިޔަ އަހަރު ކްރިމިނަލް ކޯޓަށް ހުށަހެޅި މައްސަލަތަކުގެ އަދަަދު އިތުރުވެއްޖެ

06 ޖެނުއަރީ 2017
 މިދިޔަ އަހަރު ކްރިމިނަލް ކޯޓަށް ހުށަހެޅި މައްސަލަތަކުގެ އަދަަދު އިތުރުވެއްޖެ
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް