Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެސުޕްރީމް ކޯޓުގެ އަމުރު

އަމުރުގައިވާ ސޮއިގެ ސައްޚަކަން އުއްތަމަފަނޑިޔާރު ވަނީ ކަށަވަރުކޮށްދެއްވާފައި: ޖޭމްސް ޑޯރިސް

5 ފެބުރުއަރީ 2018 | ހޯމަ 12:15

ފަނޑިޔާރުންނަށް ނުހަނު ބޮޑު ޕްރެޝަރެއް އޮތް ކަމަށް ވެސް އުއްތަމަ ފަނޑިޔާރު ވިދާޅުވި

އިސްމާއިލް ނާއިލް ނަޝީދު
އިސްމާއިލް ނާއިލް ނަޝީދު | 5 ފެބުރުއަރީ 2018 | ހޯމަ 12:15
އިނގިރޭސިވިލާތުން ރާއްޖެއަށް ކަނޑައަޅުއްވާފައިވާ އެމްބެސެޑަރ ޖޭމްސް ޑޯރިސް އަދި ދިވެހިރާއްޖޭގެ އުއްތަމަ ފަނޑިޔާރު ޢަބްދުﷲ ސައީދު

އިނގިރޭސިވިލާތުން ރާއްޖެއަށް ކަނޑައަޅުއްވާފައިވާ އެމްބެސެޑަރ ޖޭމްސް ޑޯރިސް އަދި ދިވެހިރާއްޖޭގެ އުއްތަމަ ފަނޑިޔާރު ޢަބްދުﷲ ސައީދު

ފެބްރުއަރީ ފުރަތަމަ ދުވަހުގެރޭ ސުޕްރީމް ކޯޓުން ނެރުނު އަމުރުގައި ސުޕްރީމް ކޯޓުގެ ފަސް ފަނޑިޔާރުން ކުރައްވާފައިވާ ސޮޔަކީ ސައްޚަ ސޮއެއްކަން އުއްތަމަފަނޑިޔާރު ޢަބްދުﷲ ސައީދު ކަށަވަރުކޮށްދެއްވާފައި ވާކަމަށް އިނގިރޭސިވިލާތުން ރާއްޖެއަށް ކަނޑައަޅުއްވާފައިވާ އެމްބެސެޑަރ ޖޭމްސް ޑޯރިސް ވިދާޅުވެއްޖެއެވެ.

ރައްޔިތުންގެ މަޖިލީހުގެ ނިލަންދޫ ދާއިރާގެ މެންބަރު ޑރ. ޢަބްދުﷲ ޚަލީލް ކުރައްވާފައިވާ ޓްވީޓަކަށް ރައްދުދެއްވައި، ހޯމަ ދުވަހު ޑޯރިސް ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ، އުއްތަމަ ފަނޑިޔާރާއި ވާހަކަ ދެއްކެވި ކަމަށާއި، ފެބްރުއަރީ ފުރަތަމަ ދުވަހުގެ ރޭ ސުޕްރީމް ކޯޓުން ނެރުނު އަމުރުގައި ސުޕްރީމް ކޯޓުގެ ފަސް ފަނޑިޔާރުން ކުރައްވާފައިވާ ސޮޔަކީ ސައްޚަ ސޮއެއްކަން އުއްތަމަފަނޑިޔާރު ކަށަވަރުކޮށްދެއްވާފައިވާ ކަމަށެވެ.

Advertisement - newsAdvertisement

ޑޯރިސް ވިދާޅުވީ މިވަގުތު ފަނޑިޔާރުންނަށް ނުހަނު ބޮޑު ޕްރެޝަރެއް އޮތް ކަމަށް ވެސް އުއްތަމަ ފަނޑިޔާރު ވިދާޅުވި ކަމަށެވެ.

މީގެ އިތުރުން ޑޯރިސް ވިދާޅުވީ، ޝަރުޢީ ދާއިރާގެ މިނިވަން ކަމަށް އިޚުތިރާމްކޮށް، އެ މިނިވަން ކަމަށް ތާޢީދުކުރުމަކީ ހުރިހާ ދިވެހި ރައްޔިތުން ވެސް ބޭނުންވާ ގޮތް ކަމަށް ޤަބޫލުކުރައްވާ ކަމަށެވެ.

ޑޯރިސް މިފަދަ ޓްވީޓެއް ކުރައްވާފައިވާއިރު، ރައްޔިތުންގެ މަޖިލީހުގެ ނިލަންދޫ ދާއިރާގެ މެންބަރު ޑރ. ޢަބްދުﷲ ޚަލީލް ވަނީ ސުޕްރީމް ކޯޓުން ފެބްރުއަރީ 1 ވަނަ ދުވަހުގެރޭ ނެރުނު އަމުރުގައި ސޮއިކުރާއްވާފައި ވަނީ އުއްތަމަފަނޑިޔާރު ޢަބްދުﷲ ސައީދު ކަމާ މެދު ސުވާލު އުފައްދަވާފައެވެ.

އެންމެ ހިނގާ

1

ޔޫއެސްއެސް އަބްރަހަމް ލިންކަންގައި ހިނގި ނުރައްކާތެރި ހަމަނުޖެހުމެއްގައި ހަތް މީހުން މަރުވެއްޖެ

2

ތުރުކީން ޓްރަމްޕް ފުރާވަޑައިގަންނަވާއިރު ކޮނޑުމަތީގައި ފޮނުވާލާ މިސައިލަކުން ހަމަލާދޭން އޮތީ ރާވާފައި: ރިޕޯޓް

3

ސްޕޯޓްސް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު ލަތީފް ކުއްލި ގޮތަކަށް މަޤާމުން ވަކިކޮށްފި

4

އެމެރިކާގެ އަސްކަރިއްޔާގެ އިންޒާރުތަކަށް އިޖާބަ ނުދީ އޮމާން ކަނޑުން ދަތުރުކުރި ބޯޓަކަށް ހަމަލާ ދީފި

5

ސީރިއާގެ ކުރީގެ ރައީސް ބައްޝާރުލް އަސަދު އާއި އޭނާގެ އަރިސް އާތިފް ނަޖީބު މަރާލަން ހުކުމްކޮށްފި

އިތުރަށް ކިޔާލަން

11 މެއި 2021

މަޖިލީހުގެ ރައީސާއި އުއްތަމަފަނޑިޔާރުގެ ސެކިއުރިޓީ ކަށަވަރުކުރުމުގެ އިސްލާހުތައް ދެނެގަތުމަށް ރައީސް އަންގަވައިފި

11 މެއި 2021
މަޖިލީހުގެ ރައީސާއި އުއްތަމަފަނޑިޔާރުގެ ސެކިއުރިޓީ ކަށަވަރުކުރުމުގެ އިސްލާހުތައް ދެނެގަތުމަށް ރައީސް އަންގަވައިފި
20 އެޕްރީލު 2021

އުއްތަމަފަނޑިޔާރު މުއުތަސިމް އަދުނާނުގެ މައިކަނބަލުން އަވަހާރަވެއްޖެ

20 އެޕްރީލު 2021
އުއްތަމަފަނޑިޔާރު މުއުތަސިމް އަދުނާނުގެ މައިކަނބަލުން އަވަހާރަވެއްޖެ
02 މެއި 2019

މަގުޗާޓުގައި އަމަލީ ކުލަ ޖެއްސޭނީ ގުޅިގެން ކުރާ ތެދުވެރި މަސައްކަތުން: އުއްތަމަފަނޑިޔާރު

02 މެއި 2019
މަގުޗާޓުގައި އަމަލީ ކުލަ ޖެއްސޭނީ ގުޅިގެން ކުރާ ތެދުވެރި މަސައްކަތުން: އުއްތަމަފަނޑިޔާރު
14 ޖުލައި 2018

ކުރީގެ އުއްތަމަފަނޑިޔާރުގެ ބައްޕާފުޅާ އިބޫ އާއި ފައިސަލް ބައްދަލު ކުރައްވައިފި

14 ޖުލައި 2018
ކުރީގެ އުއްތަމަފަނޑިޔާރުގެ ބައްޕާފުޅާ އިބޫ އާއި ފައިސަލް ބައްދަލު ކުރައްވައިފި
08 މެއި 2018

ހުކުމް އިއްވުމުން އުއްތަމަފަނޑިޔާރު ވިދާޅުވީ ޝަހީދެއްގެ ދަރަޖަ ލިބިއްޖެ ކަމަށް

08 މެއި 2018
ހުކުމް އިއްވުމުން އުއްތަމަފަނޑިޔާރު ވިދާޅުވީ ޝަހީދެއްގެ ދަރަޖަ ލިބިއްޖެ ކަމަށް
06 މެއި 2018

ދައުވާ ކުރަނީ ފެބްރިކޭޓް ކޮށްގެން، އެކަން މުޅި ދުނިޔެ ދެކޭނެ: އުއްތަމަފަނޑިޔާރު

06 މެއި 2018
ދައުވާ ކުރަނީ ފެބްރިކޭޓް ކޮށްގެން، އެކަން މުޅި ދުނިޔެ ދެކޭނެ: އުއްތަމަފަނޑިޔާރު
14 ފެބުރުއަރީ 2018

ސުޕްރީމް ކޯޓުގެ އަމުރުގައިވާ ބޭފުޅުންނާއި ރަހީނުކޮށްފައިވާ ހުރިހާ ބޭފުޅުން މިނިވަން ކުރާނެ ކަމަށް ސަރުކާރުން ބޭރުގެ ފަރާތްތަކަށް ވަނީ ކަށަވަރު ކޮށްދީފައި: މަހްލޫފް

14 ފެބުރުއަރީ 2018
ސުޕްރީމް ކޯޓުގެ އަމުރުގައިވާ ބޭފުޅުންނާއި ރަހީނުކޮށްފައިވާ ހުރިހާ ބޭފުޅުން މިނިވަން ކުރާނެ ކަމަށް ސަރުކާރުން ބޭރުގެ ފަރާތްތަކަށް ވަނީ ކަށަވަރު ކޮށްދީފައި: މަހްލޫފް
02 ފެބުރުއަރީ 2018

އަމުރުގައިވާ ސިޔާސީ ފަރާތްތައް ދޫކޮށްނުލުމަކީ ރަހީނުކުރުން، ޝާމިލްވާ އެންމެހާ ފަރާތްތައް ޖިނާއީ ޒިންމާ ނަގަން ޖެހޭނެ: ހިސާން ޙުސައިން

02 ފެބުރުއަރީ 2018
އަމުރުގައިވާ ސިޔާސީ ފަރާތްތައް ދޫކޮށްނުލުމަކީ ރަހީނުކުރުން، ޝާމިލްވާ އެންމެހާ ފަރާތްތައް ޖިނާއީ ޒިންމާ ނަގަން ޖެހޭނެ: ހިސާން ޙުސައިން
05 އޯގަސްޓު 2017

އުއްތަމަފަނޑިޔާރު އަބްދުﷲ ސައީދު މާލެ ވަޑައިގެންފި

05 އޯގަސްޓު 2017
އުއްތަމަފަނޑިޔާރު އަބްދުﷲ ސައީދު މާލެ ވަޑައިގެންފި
12 ޖުލައި 2017

ބަންޑާރަ ނައިބުގެ މަގާމުގެ ސައްޚަކަން ކަށަވަރުކުރުމާ ގުޅޭ މައްސަލައެއް ސުޕްރީމް ކޯޓަށް ހުށަހަޅައިފި

12 ޖުލައި 2017
ބަންޑާރަ ނައިބުގެ މަގާމުގެ ސައްޚަކަން ކަށަވަރުކުރުމާ ގުޅޭ މައްސަލައެއް ސުޕްރީމް ކޯޓަށް ހުށަހަޅައިފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް