Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެއުއްތަމަ ފަނޑިޔާރު

ހުކުމް އިއްވުމުން އުއްތަމަފަނޑިޔާރު ވިދާޅުވީ ޝަހީދެއްގެ ދަރަޖަ ލިބިއްޖެ ކަމަށް

8 މެއި 2018 | އަންގާރަ 09:46

އެހެން ވިދާޅުވީ މޭގައި އަތްޖައްސަވާފައި

ޙުސައިން ޙަސަން
ޙުސައިން ޙަސަން | 8 މެއި 2018 | އަންގާރަ 09:46
އުއްތަމަފަނޑިޔާރު އަބްދުﷲ ސައީދު

އުއްތަމަފަނޑިޔާރު އަބްދުﷲ ސައީދު

ދައުލަތުގެ މަސައްކަތް ހުރަސް އެޅުމުގެ ދައުވާ ސާބިތުވާ ކަމަށް ކަނޑައަޅައި، ކްރިމިނަލް ކޯޓުން ހުކުމް ކުރުމުން، ޝަހީދެއްގެ ދަރަޖަ ލިބިވަޑައިގެންފައިވާ ކަމަށް އުއްތަމަފަނޑިޔާރު އަބްދުﷲ ސައީދު ވިދާޅުވެއްޖެއެވެ.

އުއްތަމަފަނޑިޔާރު އެހެން ވިދާޅުވީ ހަތަރު މަހާއި 24 ދުވަހަށް ޖަލަށް ލުމަށް އެމަނިކުފާނުގެ މައްޗަށް ހުކުމް އިއްވުމަށް ފަހު، ގާޒީ ކޯޓު ރޫމުން ނުކުމެވަޑައިގެންނެވި ވަގުތުއެވެ. ގާޒީ ކޯޓު ރޫމް ދޫކުރައްވައި ވަޑައިގެންނެވި ވަގުތު، ގާޒީއަށް އަޑު އިވޭވަރަށް އުއްތަމަ ފަނޑިޔާރު ވިދާޅުވީ ގިޔާމަތް ދުވަސް އަދި އެބަ އޮތް ކަމަށެވެ.

Advertisement - newsAdvertisement

އެއަށްފަހު އަޑުއަހަން ކޯޓަށް ވަދެ ތިބި މީހުންނާ ދިމާލަށް ބަލަހައްޓަވައިގެން ހުންނަވައި މޭގައި އަތްޖައްސަވައި އުއްތަމަފަނޑިޔާރު ވިދާޅުވީ "ޝަހީދެއްގެ ދަރަޖަ ލިބުނީ" ކަމަށާއި އެކަމަކު އަދި މަރެއް ނުވާ ކަމަށެވެ. އެއަށްފަހު އުއްތަމަފަނޑިޔާރު ގޮނޑީގައި އިށީންދެވަޑައިގެންނެވި އެވެ. ކަރެކްޝަނަލް ސާވިސްގެ އޮފިސަރާއި ކޯޓު އޮފިސަރު އެދިވަޑައިގެންނެވުމުން ގޮނޑިން ތެދުވެވަޑައިގެން، ކޯޓު ރޫމުން ނުކުމެވަޑައިގެންނެވީ ހިނިތުންވެ ހުންވައި ހަނާ އަޅުއްވަމުންނެވެ.

އުއްތަމަފަނޑިޔާރު ކޯޓުން ނުކުމެވަޑައިގެންނެވިއިރު، އަޑުއަހަން ވަދެ ތިބި މީހުންގެ ސަމާލުކަން ހުއްޓިފައި ވަނީ އެމަނިކުފާނުގެ ހަރަކާތްތަކަށެވެ. ހިމޭންވެފައި އޮތް، ޝަރީއަތުގެ މާލަމުން އެމަނިކުފާނު ނުކުމެވަޑައިގެންނެވުމުގެ ކުރިން ނުތަނަވަސްވެވަޑައިގެން ޓައިގެ ގޮށް ވެސް ބާރުކުރެއްވިއެވެ. ނަމަވެސް ކޯޓު ރޫމުން ނުކުމެވަޑައިގެންނެވީ އުފާވެރިކަމުގެ މޫނެއް ދައްކަމުންނެވެ.

އުއްތަމަފަނޑިޔާރު ކޯޓުން ރޫމުން ނުކުމެވަޑައިގެންނެވިއިރު، އެމަނިކުފާނުގެ ވަކީލުން ތިއްބެވީ، އެމަނިކުފާނަށް އިހްތިރާމު ކުރެއްވުމުގެ ގޮތުން ކޮޅަށް ތެދުވެވަޑައިގެންނެވެ. ނަމަވެސް އަޑުއަހަން ތިބި މީހުން ތިބީ އިށީންދެގެންނެވެ. އުއްތަމަފަނޑިޔާރު ކޯޓަށް ވަޑައިގަންނަވާ ވަގުތުތާއި ނުކުންނަވާ ވަގުތު ކްރިމިނަލް ކޯޓަށް އަޑުއަހަން ވަންނަ މީހުންނާއި ނޫސްވެރިން ކޮޅަށް ތެދުވާތީ، ކޯޓު އޮފިސަރުން ވަނީ އެގޮތަށް ތެދުވެ ނުހެދުމަށް އެދިފައެވެ. މީގެ ކުރިން ބޭއްވި ޝަރީއަތްތަކުގައި ތަކުރާރުކޮށް ކޯޓު އޮފިސަރުން ވަނީ އެކަން އަންގާފައެވެ.

އުއްތަމަފަނޑިޔާރާ ދެކޮޅަށް ވަކާލަތު ކުރެއްވި ޕްރޮސެކިއުޓާ ޖެނަރަލް (ޕީޖީ)ގެ އޮފީހުގެ އަންހެން ދެ ވަކީލުން ވަނީ އުއްތަމަފަނޑިޔާރު ކޯޓު ރޫމުން ނުކުމެވަޑައި ގެންނެވުމުގެ ކުރިން، ކޯޓު ރޫމުން ދޫކުރައްވައި ވަޑައިގެންފައެވެ.

އުއްތަމަފަނޑީޔާރު ޖަލަށްލުމަށް ހުކުމް ކުރީ ގަވަމެންޓް އީލެޓާ މެނޭޖުމަންޓް ސިސްޓަމް (ޖެމްސް)ގެ ހިދުމަތް މެދުކަނޑާލަން ސުޕްރީމް ކޯޓުގެ މުވައްޒަފުންނަށް އެންގެވި ކަމަށް ބުނެ އުފުލި ދައުވާއާ ގުޅިގެންނެވެ. އެ ދައުވާ އެމަނިކުފާނުގެ މައްޗަށް ސާބިތުކޮށްފައި ވަނީ އެމަނިކުފާނާ ދެކޮޅަށް ހުށަހެޅި ހަތަރު ހެކިންގެ ހެކިބަހަށް ރިޔާއަތް ކުރެއްވުމަށްފަހުއެވެ. ހެކިބަސް ދިން މީހުންގެ ތެރެއިން، އެމަނިކުފާނާ ދެކޮޅަށް ހެކިބަސް ދެއްވީ އެންމެ މީހެކެވެ.

ދިފާއުގައި ފަސް ހެއްކެއް އުއްތަމަފަނޑިޔާރުގެ ފަރާތްޕުޅުން ހުށަހެޅުއްވި ނަމަވެސް، ޝަރީއަތަށް ހާޒިރުކުރީ އެންމެ ހެކިވެރިޔެކެވެ. އުއްތަމަފަނޑިޔާރުގެ ދިފާއުގައި ހެކިބަސް ދެއްވީ ސުޕްރީމް ކޯޓުގެ ޑިރެކްޓަރު ޖެނަރަލް އިބްރާހިމް ވަހިދުއެވެ.

އެންމެ ހިނގާ

1

ޔޫއެސްއެސް އަބްރަހަމް ލިންކަންގައި ހިނގި ނުރައްކާތެރި ހަމަނުޖެހުމެއްގައި ހަތް މީހުން މަރުވެއްޖެ

2

ތުރުކީން ޓްރަމްޕް ފުރާވަޑައިގަންނަވާއިރު ކޮނޑުމަތީގައި ފޮނުވާލާ މިސައިލަކުން ހަމަލާދޭން އޮތީ ރާވާފައި: ރިޕޯޓް

3

ސްޕޯޓްސް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު ލަތީފް ކުއްލި ގޮތަކަށް މަޤާމުން ވަކިކޮށްފި

4

އެމެރިކާގެ އަސްކަރިއްޔާގެ އިންޒާރުތަކަށް އިޖާބަ ނުދީ އޮމާން ކަނޑުން ދަތުރުކުރި ބޯޓަކަށް ހަމަލާ ދީފި

5

ސީރިއާގެ ކުރީގެ ރައީސް ބައްޝާރުލް އަސަދު އާއި އޭނާގެ އަރިސް އާތިފް ނަޖީބު މަރާލަން ހުކުމްކޮށްފި

އިތުރަށް ކިޔާލަން

24 ޖެނުއަރީ 2017

ރާއްޖެ ޓީވީގެ ނޫސްވެރިންނަށް ހުކުމް ކުރުމަކީ ސަރުކާރުގެ ފިނޑި ޢަމަލެއް:އެމްޔޫއޯ

24 ޖެނުއަރީ 2017
ރާއްޖެ ޓީވީގެ ނޫސްވެރިންނަށް ހުކުމް ކުރުމަކީ ސަރުކާރުގެ ފިނޑި ޢަމަލެއް:އެމްޔޫއޯ
24 ޖެނުއަރީ 2017

ވިސާމާއި ލީވާން 28،800 ރުފިޔާ އިން ޖޫރިމަނާކުރުމަށް ހުކުމްކޮށްފި

24 ޖެނުއަރީ 2017
ވިސާމާއި ލީވާން 28،800 ރުފިޔާ އިން ޖޫރިމަނާކުރުމަށް ހުކުމްކޮށްފި
23 ޖެނުއަރީ 2017

ވިސާމާއި ލީވާނަށް އަދަބު ކަނޑައަޅައި، ހުކުމް ކުރުން މާދަމާ!

23 ޖެނުއަރީ 2017
ވިސާމާއި ލީވާނަށް އަދަބު ކަނޑައަޅައި، ހުކުމް ކުރުން މާދަމާ!
22 ޖެނުއަރީ 2017

ވިސާމާއި ލީވާނަށް ހުކުމް ކުރުން އަންގާރަ ދުވަހު!

22 ޖެނުއަރީ 2017
ވިސާމާއި ލީވާނަށް ހުކުމް ކުރުން އަންގާރަ ދުވަހު!
17 ޖެނުއަރީ 2017

މަސްތުވާތަކެތީގެ މައްސަލައެއްގައި އުމުރަށް ޖަލަށްލުމަށް ހުކުމްކޮށްފައިވާ މީހަކު ކުޑަކުއްޖެއްގެ މައްސަލައެއްގައި ހޯދަނީ!

17 ޖެނުއަރީ 2017
މަސްތުވާތަކެތީގެ މައްސަލައެއްގައި އުމުރަށް ޖަލަށްލުމަށް ހުކުމްކޮށްފައިވާ މީހަކު ކުޑަކުއްޖެއްގެ މައްސަލައެއްގައި ހޯދަނީ!
16 ޖެނުއަރީ 2017

ގާޒީ ސަލާމުގައި ހުންނެވުމުން ޒަރީރަށް ހުކުމް ކުރުން ފަސްކޮށްފި

16 ޖެނުއަރީ 2017
ގާޒީ ސަލާމުގައި ހުންނެވުމުން ޒަރީރަށް ހުކުމް ކުރުން ފަސްކޮށްފި
16 ޖެނުއަރީ 2017

ރާއްޖެޓީވީގެ ޒަރީރަށް ހުކުމް ކުރުން މިއަދު

16 ޖެނުއަރީ 2017
ރާއްޖެޓީވީގެ ޒަރީރަށް ހުކުމް ކުރުން މިއަދު
14 ޖެނުއަރީ 2017

ރާއްޖެޓީވީގެ ކެމެރާމަން ޒަރީރަށް ހުކުމް ކުރުން ހޯމަ ދުވަހު

14 ޖެނުއަރީ 2017
ރާއްޖެޓީވީގެ ކެމެރާމަން ޒަރީރަށް ހުކުމް ކުރުން ހޯމަ ދުވަހު
10 ޖެނުއަރީ 2017

އެެމްއާރްޑީސީގެ ލެޑްލައިޓެއް ވަގަށް ނެގި މީހަކު ޖަލަށް ލުމަށް ހުކުމް ކޮށްފި

10 ޖެނުއަރީ 2017
އެެމްއާރްޑީސީގެ ލެޑްލައިޓެއް ވަގަށް ނެގި މީހަކު ޖަލަށް ލުމަށް ހުކުމް ކޮށްފި
08 ޖެނުއަރީ 2017

ދެ ދަޅު ނެސްކެފޭ ވަގަށް ނެގި މީހަކު ދެ މަހަށް ޖަލަށް ލުމަށް ހުކުމް ކޮށްފި

08 ޖެނުއަރީ 2017
ދެ ދަޅު ނެސްކެފޭ ވަގަށް ނެގި މީހަކު ދެ މަހަށް ޖަލަށް ލުމަށް ހުކުމް ކޮށްފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް