Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެ
ސުޕްރީމް ކޯޓްގެ އަމުރު

ސުޕްރީމް ކޯޓުގެ އަމުރާއެކު އަދީބާއި ފާރިސް މިނިވަންކޮށް މާލެ ގެންނަން ލޯންޗަށް ވެސް އެރުވި

ލޯންޗަށް އެރުވުމަށްފަހު ބޭލީ ކޮންމެވެސް މީހެއްގެ އަމުރަށް

މުރުޝިދް އަބްދުލް ހަކީީމް
މުރުޝިދް އަބްދުލް ހަކީީމް, ރާއްޖެ އެމްވީ | 3 ފެބުރުއަރީ 2018 | ހޮނިހިރު 23:30
ފާރިސް ހައްޔަރުކޮށްގެން ދޫނިދޫއަށް ގެންދަނީ

ފާރިސް ހައްޔަރުކޮށްގެން ދޫނިދޫއަށް ގެންދަނީ

ސިޔާސީ ބައެއް ބޭފުޅުން މިނިވަން ކުރުމަށް ސުޕްރީމް ކޯޓުން މިދިޔަ ބުރާސްފަތި ދުވަހުގެ ރޭ ނެރުނު އަމުރާއެކު ދޫނިދޫގައި އޭރު ހައްޔަރުކޮށްފައި ތިއްބެވި ދިއްގަރު ދާއިރާގެ މެމްބަރު އަހްމަދު ފާރިސް މައުމޫނާއި ކުރީގެ ނާއިބު ރައީސް އަހްމަދު އަދީބު މިނިވަން ކުރުމަށްފަހު މާލެ ގެނައިމަށް ލޯންޗަށް ވެސް އެރުވިކަން އެނގިއްޖެ އެވެ.

ފާރިސް މައުމޫނުގެ ގާނޫނީ ވަކީލުންގެ ޓީމުން ހޮނިހިރު ދުވަހުގެ ރޭ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ފާރިސްގެ ގާނޫނީ ވަކީލުންގެ ތެރޭގައި ހިމެނިވަޑައިގަންނަވާ އިބްރާހިމް ޝަމީލް ވިދާޅުވީ މި މަހުގެ އެއް ވަނަ ދުވަހުގެ ރޭ ސުޕްރީމް ކޯޓުން ނެރުނު އަމުރާއެކު ފާރިސް މިނިވަން ކުރެއްވި ކަމަށެވެ. މިހާތަނަށް ސާފު ނުވެ އޮތް މި މައުލޫމާތު ޝަމީލް ހާމަ ކުރެއްވީ ފާރިސްއާ ބައްދަލުކުރެއްވުމަށްފަހު އެވެ.

Advertisement - newsAdvertisement

ޝަލީމް ވިދާޅުވި ގޮތުގައި ފާރިސް އާއި އަދީބު މާލެ ގެންނެވުމަށް ލޯންޗަށް އެރުވުމަށްފަހު އަނބުރާ ދޫނިދޫއަށް ބާލާފައިވަނީ ކުއްލި ގޮތަކަށް އެހެން މީހަކު ދިން އިރުޝާދެއްގެ މަތިން ކަމަށެވެ.

މީގެ އިތުރުން ފާރިސް ލޯންޗުން ބާލައިގެން ގެންގޮސް ގޮޅިއަށް ނުލައިވެސް ގިނައިރުތަކެއް ވަންދެން ބެހެއްޓިކަން ވަނީ އެނގިފަ އެވެ. އެގޮތުން ފާރިސް ލޯންޗުން ބާލައިގެން ގެންގޮސް އެ ވަގުތުން ފެށިގެން ހުކުރު ދުވަހުގެ ރޭ 8:30 ވަންދެން ފާރިސް ބެހެއްޓެވީ ދޫނިދޫއަށް ޒިޔާރާތްކުރާ މީހުން ތިބުމަށް ހާއްސަކޮށްފައި ހުންނަ ބައިގައި ކަމަށް ވެސް ޝަމީލް ވަނީ ފާހަގަ ކުރައްވާފަ އެވެ.

ފާރިސް އަލުން ހައްޔަރުގައި ހުރި ކަމަށް ފުލުހުން ހުކުރު ދުވަހުގެ ރޭ ބުނުމުން އެކަމަށް ފާރިސް އިއުތިޒާރު ކުރައްވަމުން ގެންދަވަނިކޮށް ގެންގޮސް ގޮޅިއަށްލީ ކަމަށް ވެސް ޝަމީލް ވަނީ ހާމަ ކުރައްވާފަ އެވެ.

ބުރާސްފަތި ދުވަހުގެ ރޭ ސުޕްރީމް ކޯޓުން ނުވަ ބޭފުޅަކު މިނިވަން ކުރުމަށް ސުޕްރީމް ކޯޓުން އަމުރު ކުރިއިރު ފުލުހުންގެ ބެލުމުގެ ދަށުގައި ތިއްބެވީ ފާރިސް އާއި އަދީބެވެ. ނަމަވެސް އޭރު ޕޮލިސް ކޮމިޝަނަރުގެ މަގާމުގައި ހުންނެވީ އަހްމަދު އަރީފު އެ އަމުރު ތަންފީޒު ކުރައްވަން މަސައްކަތް ފެއްޓެވުމާކު ރައީސް ޔާމިން ވަނީ އޭނާ ވަޒީފާއިން ވަކި ކުރައްވާފަ އެވެ.

ކޮމެންޓް

އިތުރަށް ކިޔާލަން

ފާރިސްއާއި ނާދިރާ ވަކިކުރި މައްސަލައިގެ އަޑުއެހުމެއް ސިވިލް ކޯޓުގައި އެޖެންޑާ ކޮށްފި

ފާރިސްއާއި ނާދިރާ ވަކިކުރި މައްސަލައިގެ އަޑުއެހުމެއް ސިވިލް ކޯޓުގައި އެޖެންޑާ ކޮށްފި

20 ފެބުރުއަރީ 2017
ހައިކޯޓުގެ އުތުރު ގޮފި ބަންދުކޮށްފި

ހައިކޯޓުގެ އުތުރު ގޮފި ބަންދުކޮށްފި

19 ފެބުރުއަރީ 2017
ފާރިސްއާއި ނާދިރާ ވަކިކުރި މައްސަލައިގެ އަޑުއެހުމެއް ސިވިލް ކޯޓުގައި މާދަމާ އަށް އެޖެންޑާ ކޮށްފި

ފާރިސްއާއި ނާދިރާ ވަކިކުރި މައްސަލައިގެ އަޑުއެހުމެއް ސިވިލް ކޯޓުގައި މާދަމާ އަށް އެޖެންޑާ ކޮށްފި

19 ފެބުރުއަރީ 2017
ގާޒީ މަރިޔަމް ވަހީދާ މެދު ސުޕްރީމް ކޯޓުން ނިންމި ނިންމުމަކީ ފަނޑިޔާރުންނަށް ދެއްވި ނުރައްކާތެރި އިންޒާރެއް: އެމްޑީޕީ

ގާޒީ މަރިޔަމް ވަހީދާ މެދު ސުޕްރީމް ކޯޓުން ނިންމި ނިންމުމަކީ ފަނޑިޔާރުންނަށް ދެއްވި ނުރައްކާތެރި އިންޒާރެއް: އެމްޑީޕީ

19 ފެބުރުއަރީ 2017
ގައުމު ސަލާމަތް ކުރުމަށް ނިކުތުމަށް ފާރިސް މައުމޫން ގޮވާލައްވައިފި

ގައުމު ސަލާމަތް ކުރުމަށް ނިކުތުމަށް ފާރިސް މައުމޫން ގޮވާލައްވައިފި

02 ފެބުރުއަރީ 2017

އަހަރުތަކުން މިއަދު

15 ޖޫން
އިސްރާއީލް ވެރިކަމަށް ލިބުނު ގެއްލުމާއި ހާނީއްކަ 'ހިތަށް ނުގެނެވޭހާ ބޮޑު: އައި.އާރް.ޖީ.ސީ
20251 އަހަރު ކުރިން
ދުނިޔެ

އިސްރާއީލް ވެރިކަމަށް ލިބުނު ގެއްލުމާއި ހާނީއްކަ 'ހިތަށް ނުގެނެވޭހާ ބޮޑު: އައި.އާރް.ޖީ.ސީ

އިންތިޚާބުގައި ވާދަކުރާނެ އިތުރު ފަރާތެއް ނެތުމާއެކު 3 ބައި-އިލެކްޝަނެއް ޕީއެންސީ އަށް ކާމިޔާބު ވެއްޖެ
20242 އަހަރު ކުރިން
ރާއްޖެ

އިންތިޚާބުގައި ވާދަކުރާނެ އިތުރު ފަރާތެއް ނެތުމާއެކު 3 ބައި-އިލެކްޝަނެއް ޕީއެންސީ އަށް ކާމިޔާބު ވެއްޖެ

މާލޭގެ ގެއެއްގައި ގޭސް ފުޅިއެއް ގޮވައިފި
20233 އަހަރު ކުރިން
ރާއްޖެ

މާލޭގެ ގެއެއްގައި ގޭސް ފުޅިއެއް ގޮވައިފި

އެސްޓީއޯ ޕީޕަލްސް ޗޮއިސް ފިހާރައިގެ ލީސިން ޕާޓްނަރަކަށް މިފްކޯ
20224 އަހަރު ކުރިން
ވިޔަފާރި-އިގްތިސާދު

އެސްޓީއޯ ޕީޕަލްސް ޗޮއިސް ފިހާރައިގެ ލީސިން ޕާޓްނަރަކަށް މިފްކޯ

ސްޓޭޑިއަމް ފުރެންދެން ހަންގޭރީގެ ސަރުކާރުން މީހުން ވެއްދީ ކީއްވެ؟
20215 އަހަރު ކުރިން
ރިޕޯޓު

ސްޓޭޑިއަމް ފުރެންދެން ހަންގޭރީގެ ސަރުކާރުން މީހުން ވެއްދީ ކީއްވެ؟

ބޯހިޔާވަހިިކަމުގެ ސްކީމްތަކުގައި ބައިވެރިވެވޭނީ ހަމައެކަނި ޕޯޓަލް އިން: ހައުސިންގ މިނިސްޓްރީ
20197 އަހަރު ކުރިން
ރާއްޖެ

ބޯހިޔާވަހިިކަމުގެ ސްކީމްތަކުގައި ބައިވެރިވެވޭނީ ހަމައެކަނި ޕޯޓަލް އިން: ހައުސިންގ މިނިސްޓްރީ

ވާރލްޑް ކަޕް ބެލުމަށް ހެދި ޖަގަހައިގެ ނަމަކަށް ވާރލްޑް ކަޕް ޖަޒީރާ ޖަގަހަ ކިޔުމުން ވެސް މައްސަލައަކަށް ވެއްޖެ
20188 އަހަރު ކުރިން
ރާއްޖެ

ވާރލްޑް ކަޕް ބެލުމަށް ހެދި ޖަގަހައިގެ ނަމަކަށް ވާރލްޑް ކަޕް ޖަޒީރާ ޖަގަހަ ކިޔުމުން ވެސް މައްސަލައަކަށް ވެއްޖެ

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު