ރާއްޖެ
ސުޕްރީމް ކޯޓް
ރައީސް ނަޝީދާއެކު ހުރިހާ ސިޔާސީ ލީޑަރުން ދޫކޮށްލުމަށް ހުކުމް ކޮށްފި
އިމްރާން ވެސް ނާޒިމްވެސް ދޫކޮށްުމަށް

އަހުމަދު މުހުސިނު, ރާއްޖެ އެމްވީ | 1 ފެބުރުއަރީ 2018 | ބުރާސްފަތި 18:21

ސުޕްރީމް ކޯޓް
ކުރީގެ ރައީސް މުހައްމަދު ނަޝީދާއެކު ހައްޔަރުކޮށްފައިވާ ހުރިހާ ސިޔާސީ ލީޑަރުން ދޫކޮށްލުމަށް ސުޕްރީމް ކޯޓުން ހުކުމްކޮށްފިއެވެ.
ދޫކޮށްލުމަށް ހުކުމްކޮށްފައިވަނީ :-
ރައީސް މުހައމަދު ނަޝީދު
ޖުމްހޫރީ ޕާޓީގެ ލީޑަރ ޤާސިމް އިބްރާހީމް
ޢަދާލަތު ޕާޓީގެ ރައީސް ޝައިޚް އިމްރާން ޢަބްދުﷲ
ކުރީގެ ޑިފެންސް މިނިސްޓަރ އަހުމަދު އަދީބު
ކުރީގެ ޑިފެންސް މިނިސްޓަރ ކާނަލްރިޓަޔަރޑް މުހައްމަދު ނާޒިމް
ކުރީގެ ޕްރޮސެކިއުޓަރ ޖެނެރަލް މުހްތާޒް މުހްސިން
ދިއްގަރު ދާއިރާގެ މެންބަރު އަހުމަދު ފާރިސް މައުމޫން
ގއ މާމެންދޫ ވީނަސް އަހުމަދު ނިހާން
މ ޝޫރާމަންޒިލް ހާމިދު އިސްމާއީލް
މިފަރާތްތައް ވަގުތުން ދޫކޮށްލުމަށާއި އެކަން ލަސްކުރާ ފަރާތްތަކާމެދު ތަހުގީގްކޮށް ޝަރީޢަތައް ހުށަހެޅުމަށް ޕީޖީގެ މައްޗަށް ވަނީ އަމުރުކޮށްފައެވެ.








