Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - worldAdvertisement
ދުނިޔެއުތުރު ކޮރެއާ

އެމެރިކާ އިން އެގައުމުގެ ރައްޔިތުންނާ ދެކޮޅަށް އިންސާނީ ހައްގުތަކާ ފުށުއަރާ އެތައް އަމަލުތަކެއް ހިންގަމުންދޭ: އުތުރު ކޮރެއާ

31 ޖެނުއަރީ 2018 | ބުދަ 17:17

އުތުރު ކޮރެއާ އިން މިހެން ބުނެފައި ވަނީ އެގައުމުން، އެމެރިކާއާ ބެހޭ ގޮތުން ނެރުނު ހާއްސަ ރިޕޯޓެއްގައި

އަހުމަދު އަނޫޝު
އަހުމަދު އަނޫޝު | 31 ޖެނުއަރީ 2018 | ބުދަ 17:17
އުތުރު ކޮރެއާ އިން ދަނީ އަސްކަރީ ބާރުދައްކާލުމުގެ ގިނަ ހަރަކާތްތަކެއް ހިންގަމުން

އުތުރު ކޮރެއާ އިން ދަނީ އަސްކަރީ ބާރުދައްކާލުމުގެ ގިނަ ހަރަކާތްތަކެއް ހިންގަމުން

އެމެރިކާއަކީ އެގައުމުގެ ރައްޔިތުންނާ ދެކޮޅަށް އިންސާނީ ހައްގުތަކާ ފުށުއަރާ އެތައް އަމަލުތަކެއް ހިންގަމުންދާ ގައުމެއް ކަމަށް އުތުރު ކޮރެއާ އިން ބުނެފިއެވެ.

އުތުރު ކޮރެއާގެ ޑީޕީއާރްކޭ އިންސްޓިޓިއުޓް އޮފް އިންޓަނޭޝަނަލް ސްޑަޒީޒް އިން ނެރެފައިވާ ހާއްސަ ރިޕޯޓެއްގައި ބުނީ އެމެރިކާއަކީ ނަސްލީ ތަފާތުކުރުންތައް ގެންގުޅޭ ގައުމެއް ކަމަށާއި އަދި އެގައުމަކީ މިނިވަން ނޫސްވެރިކަމަށް ވެސް އޮތް ފުރުސަތު ގެއްލެމުންދާ ގައުމެއް ކަމަށެވެ. އަދި ޖިންސީ ތަފާތުކުރުންތައް ވެސް އޮންނަ ގައުމެއް ކަމަށެވެ.

ރިޕޯޓުގައި އިތުރަށް ބުނީ އެމެރިކާ ސަރުކާރު އަމަލުތަކުގެ ސަބަބުން އެގައުމުގެ ވަޒީފާ ނެތް މީހުންގެ އަދަދު އިތުރުވަމުންދާ ކަމަށާއި އަދި ގައުމުގައި ބޭހަށް ކުރަން ޖެހޭ ޚަރަދު އަންނަނީ އިތުރުވަމުން ކަމަށެވެ.

އުތުރު ކޮރެއާ އިން އެމެރިކާ އަށް ބޮޑެތި ފާޑުކިޔުންތައް އަމާޒުކޮށް ނެރުނު ރިޕޯޓު ނެރެފައި ވަނީ އެމެރިކާގެ ރައީސްއަކަށް ހުންނަވާ ބޭފުޅަކު އެގައުމުގެ ގާނޫނު ހަދާ މަޖީލީހަށް އަހަރަކު އެއް ފަހަރު ދެއްވާ ހާއްސަ ތަގުރީރު ނުވަތަ "ސްޓޭޓް އޮފް ދަ ޔޫނިއަން"، އަންގާރަ ދުވަހު ރައީސް ޑޮނަލްޑް ޓްރަމްޕް ދެއްވުމުގެ ކުޑަ ވަގުތުކޮޅެއް ކުރިންނެވެ.

އެމެރިކާގެ ރައީސް އެގައުމުގެ ގާނޫނު ހަދާ މަޖީލީހަށް ދެއްވި ތަގުރީރުގައި ވަނީ އުތުރު ކޮރެއާ އަށް އަނެއްކާ ވެސް ފާޑުވިދާޅުވެފައެވެ. އެގޮތުން އެމަނިކުފާނު ވިދާޅުވީ އުތުރު ކޮރެއާގެ ޚުދުމުޚުތާރު ސަރުކާރު ފިޔަވާ ގައުމެއްގެ ސަރުކާރުން އެގައުމެއްގެ ރައްޔިތުން "އޮބަހައްޓައިގެން އަދި ފިއްތައިގެން ގެންގުޅޭ ސަރުކާރެއް" ނެތް ކަމަށެވެ. އަދި އުތުރު ކޮރެއާ އިން ތަރައްގީ ކުރަން މަސައްކަތް ކުރާ ނިއުކްލިއާ ހަތިޔާރުގެ ބިރުވެރިކަން އެމެރިކާ އަށް ވަރަށް އަވަހަށް ފޯރަފާނެ ކަމަށް ވެސް ރައީސް ޓްރަމްޕް ވިދާޅުވިއެވެ.

ބައިނަލްއަގްވާމީ ދުނިޔެއިން ތަކުރާރުކޮށް އުތުރު ކޮރެއާ އަށް އަންގަމުން ދަނީ ނިއުކްލިއާ ހަތިޔާރު ފައްކާކުރުމުގެ ޕްރޮގްރާމް ހުއްޓާލުމަށާއި އަދި މިސައިލް ޓެސްޓްތައް ކުރުން ހުއްޓާލުމަށެވެ. އެހެން ނަމަވެސް އުތުރު ކޮރެއާ އިން ބައިނަލްއަގްވާމީ ދުނިޔޭގެ ގޮވުންތަކަށް ދަނީ ބީރުކަންފަތެއް ދެމުންނެވެ. މިހާތަނަށް އދ. އާއި އެމެރިކާ އިން ވެސް ވަނީ އުތުރު ކޮރެއާއާ ދެކޮޅަށް ދަތިކުރުމުގެ ފިޔަވަޅު އަޅާފައެވެ. އެހެން ނަމަވެސް އުތުރު ކޮރެއާގެ އަމަލުތަކަކަށް ބަދަލެއް ނާދެއެވެ.

އުތުރު ކޮރެއާ އިން ވަނީ 2017 ވަނަ އަހަރު އެކަނި ވެސް 20 ބެލިސްޓިކް މިސައިލް ޓެސްޓްކޮށްފައެވެ. އޭގެ ތެރޭގައި ތިން އިންޓަކޮންޓިނެންޓަލް ބެލިސްޓިކް މިސައިލް ޓެސްޓް ހިމެނެއެވެ.

އެންމެ ހިނގާ

1

ޔޫއެސްއެސް އަބްރަހަމް ލިންކަންގައި ހިނގި ނުރައްކާތެރި ހަމަނުޖެހުމެއްގައި ހަތް މީހުން މަރުވެއްޖެ

2

ތުރުކީން ޓްރަމްޕް ފުރާވަޑައިގަންނަވާއިރު ކޮނޑުމަތީގައި ފޮނުވާލާ މިސައިލަކުން ހަމަލާދޭން އޮތީ ރާވާފައި: ރިޕޯޓް

3

ސްޕޯޓްސް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު ލަތީފް ކުއްލި ގޮތަކަށް މަޤާމުން ވަކިކޮށްފި

4

އެމެރިކާގެ އަސްކަރިއްޔާގެ އިންޒާރުތަކަށް އިޖާބަ ނުދީ އޮމާން ކަނޑުން ދަތުރުކުރި ބޯޓަކަށް ހަމަލާ ދީފި

5

ސީރިއާގެ ކުރީގެ ރައީސް ބައްޝާރުލް އަސަދު އާއި އޭނާގެ އަރިސް އާތިފް ނަޖީބު މަރާލަން ހުކުމްކޮށްފި

އިތުރަށް ކިޔާލަން

26 ޖެނުއަރީ 2017

އެމެރިކާ އިން އދ. އަށް ދޭ އެހީތައް ކުޑަކުރަނީ

26 ޖެނުއަރީ 2017
އެމެރިކާ އިން އދ. އަށް ދޭ އެހީތައް ކުޑަކުރަނީ
26 ޖެނުއަރީ 2017

މެކްސިކޯ އާއި އެމެރިކާގެ ބޯޑަރުގައި ފާރެއް ރޭނުމަށް އަންގާ އަމުރުގައި ޓްރަމްޕް ސޮއިކުރައްވައިފި

26 ޖެނުއަރީ 2017
މެކްސިކޯ އާއި އެމެރިކާގެ ބޯޑަރުގައި ފާރެއް ރޭނުމަށް އަންގާ އަމުރުގައި ޓްރަމްޕް ސޮއިކުރައްވައިފި
23 ޖެނުއަރީ 2017

ޓީޕީޓީ ވިޔަފާރި ޕްރޮޖެކްޓުން އެމެރިކާ ވަކިވެއްޖެ

23 ޖެނުއަރީ 2017
ޓީޕީޓީ ވިޔަފާރި ޕްރޮޖެކްޓުން އެމެރިކާ ވަކިވެއްޖެ
23 ޖެނުއަރީ 2017

ޓްރަމްޕާއި ދެކޮޅަށް އަންހެނުން ބާއްވާ އެއްވުންތަކުގައި އެމެރިކާ އިން އެކަނިވެސް ދެމިލިޔަނަށް ވުރެ ގިނަ މީހުން!

23 ޖެނުއަރީ 2017
ޓްރަމްޕާއި ދެކޮޅަށް އަންހެނުން ބާއްވާ އެއްވުންތަކުގައި އެމެރިކާ އިން އެކަނިވެސް ދެމިލިޔަނަށް ވުރެ ގިނަ މީހުން!
22 ޖެނުއަރީ 2017

އެމެރިކާއަށް އެރި ތޫފާނުގައި 11 މީހުން މަރުވެއްޖެ

22 ޖެނުއަރީ 2017
އެމެރިކާއަށް އެރި ތޫފާނުގައި 11 މީހުން މަރުވެއްޖެ
14 ޖެނުއަރީ 2017

ކިއުބާގެ ރައްޔިތުންނަށް ވިސާއާ ނުލައި އެމެރިކާގައި ތިބެވޭ ތިބުން ނިމުމަކަށް

14 ޖެނުއަރީ 2017
ކިއުބާގެ ރައްޔިތުންނަށް ވިސާއާ ނުލައި އެމެރިކާގައި ތިބެވޭ ތިބުން ނިމުމަކަށް
12 ޖެނުއަރީ 2017

އެމެރިކާގެ ޖާސޫސީ އިދާރަތައް ޓްރަމްޕް ކުށްވެރިކުރައްވައިފި

12 ޖެނުއަރީ 2017
އެމެރިކާގެ ޖާސޫސީ އިދާރަތައް ޓްރަމްޕް ކުށްވެރިކުރައްވައިފި
11 ޖެނުއަރީ 2017

އުތުރު ކޮރެއާގެ "ނުރައްކާތެރި މިސައިލްތަަކަކަށް ނުވާ ނަމަ" ވައްޓައެއް ނުލާނެ: އެމެރިކާ

11 ޖެނުއަރީ 2017
އުތުރު ކޮރެއާގެ "ނުރައްކާތެރި މިސައިލްތަަކަކަށް ނުވާ ނަމަ" ވައްޓައެއް ނުލާނެ: އެމެރިކާ
07 ޖެނުއަރީ 2017

އެމެރިކާގައި ތިބި ރަޝިއާގެ ޑިޕްލޮމޭޓުން ފުރައިފި

07 ޖެނުއަރީ 2017
އެމެރިކާގައި ތިބި ރަޝިއާގެ ޑިޕްލޮމޭޓުން ފުރައިފި
07 ޖެނުއަރީ 2017

ރަޝިއާގެ ޑިޕްލޮމޭޓުން އެމެރިކާއިން ފުރައިފި

07 ޖެނުއަރީ 2017
ރަޝިއާގެ ޑިޕްލޮމޭޓުން އެމެރިކާއިން ފުރައިފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް