Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރު
ބާސެލޯނާ

ބާސާގެ އާ ކޮންޓްރެކްޓްގައި ޕީކޭ ސޮއިކޮށްފި

ޕީީކޭ ސޮއިކުރި އާ ކޮންޓްރެކްޓާ އެކު 2022 ވަނަ އަހަރުގެ ނިޔަލަށް އޭނާ ބާސާގައި ދެމިހުންނާނެ

އަހްމަދު ސާއިފް ޝިޔާދް
އަހްމަދު ސާއިފް ޝިޔާދް, ރާއްޖެ އެމްވީ | 30 ޖެނުއަރީ 2018 | އަންގާރަ 13:26
ބާސާގެ އާ ކޮންޓްރެކްޓްގައި ޕީކޭ ސޮއިކުރަނީ

ބާސާގެ އާ ކޮންޓްރެކްޓްގައި ޕީކޭ ސޮއިކުރަނީ

ސްޕެއިންގެ ބާސެލޯނާއަށް ކުޅެމުން އަންނަ އިތުބާރު ޑިފެންޑަރު ޖެރާޑް ޕީކޭ އެ ޓީމާ އެކު އާ ކޮންޓްރެކްޓެއްގައި ސޮއިކޮށްފިއެވެ.

ޕީކޭ ސޮއިކުރި އާ ކޮންޓްރެކްޓާ އެކު 2022 ވަނަ އަހަރުގެ ނިޔަލަށް އޭނާ ބާސާގައި ދެމިހުންނާނެއެވެ. ހަމައެހެންމެ އެ ކްލަބުން ވަނީ އޭނާގެ ރިލީސް ފީ ވެސް 500 މިލިއަން ޔޫރޯއަށް ބޮޑުކޮށްފައެވެ. ބާސާގެ ރަސްމީ ވެބްސައިޓް މެދުވެރިކޮށް އެ ޓީމުން ވަނީ އޭނާ ކޮންޓްރެކްޓް އާކުރިކަން ކަށަވަރު ކޮށްދީފައެވެ.

ކޮންޓްރެކްޓްގައި ސޮއިކުރުމަށް ފަހު ވާހަކަ ދައްކަމުން ޕީކޭ ބުނީ ބާސާއަކީ އޭނާގެ އަމިއްލަ ޓީމެއްގެ ގޮތުގައި ދެކޭ ޓީމެއް ކަމަށާއި އުއްމީދުކުރަނީ ބާސާގައި ކެރިއަރު ނިންމާލުމަށް ކަމަށެވެ. އޭނާ ބުނީ އެހެން ކްލަބެއްގެ ޖާޒީ އިން އޭނާ ނުފެންނާނެ ކަމުގެ ފުރިހަމަ ޔަގީންކަން އެބައޮތް ކަމަށާއި ކޮންޓްރެކްޓްގައި ސޮއިނުކުރި ނަމަ އޭނާ ފުޓްބޯޅައިން ރިޓަޔާ ކުރާނެ ކަމަށެވެ. ޕީކޭ ބުނީ އޭނާ ފުޓްބޯޅަ ކުޅެނީ ބާސާއަށްޓަކައި ކަމަށާއި އޭނާ އެ ކްލަބްގައި ދެމިހުރުމަށް އެއްބާރުލުން ދެމުންދާ ހުރިހާ ފަރާތްތަކަށް ޝުކުރު އަދާކުރަން ބޭނުންވާ ކަމަށެވެ.

ބާސާގެ ރައީސް ޖޯސެފް މާރިއާ ބާޓޮމޯ ވިދާޅުވީ ޕީކޭއަކީ ފެށުނީއްސުރެ ބާސާގެ ސަޕޯޓަރެއް ކަމަށާއި އަމާޒަކީ އޭނާއާ އެކު ގިނަ ތަށިތަކެއް ކާމިޔާބުކުރުން ކަމަށެވެ. ބާޓޮމޯ ވިދާޅުވީ ޕީކޭއަކީ ވަރަށް ތަޖުރިބާކާރު ކުޅުންތެރިޔެއް ކަމަށާއި އާ ކޮންޓްރެކްޓެއްގައި އޭނާ ލައްވައި ސޮއިކުރުވުން ވެގެންދިޔައީ ވަރަށް ފަސޭހަ ކަމެއް ކަމަށެވެ.

މި ސީޒަނުގައި ޕީކޭ އަންނަނީ އާނެސްޓޯ ވަލްވާޑޭގެ އިރުޝާދުގެ ދަށުން މޮޅު ކުޅުމެއް ދައްކަމުންނެވެ. އެގޮތުން އޭނާ ވަނީ މިހާތަނަށް މި ސީޒަނުގައި ބާސާއަށް 26 މެޗު ކުޅެދީފައެވެ. އެ ޓީމުގެ ޑިފެންސްގެ މައި ތަނބުގެ ގޮތުގައި ގިނަ ބަޔަކު ދެކޭ ޕީކޭއަކީ ދަނޑުމަތީގައި ކެޕްޓަނެއްގެ ރޯލު ވެސް އަދާ ކުރާ ކުޅުންތެރިޔެކެވެ. އޭނާ ބާސާއާ އެކު ކުރިން ހަދާފައި އޮތް އެއްބަސްވުން މި ހޫނު މޫސުމުގެ ނިޔަލަށް ހަމަވާނެއެވެ. އާ ކޮންޓްރެކްޓްގައި ހިމެނިފައިވާ ރިލީސް ފީއާ އެކު އޭނާ ވެގެން ގޮސްފައި ވަނީ ލިއޮނެލް މެސީގެ ފަހަތުން ބާސާގެ އެންމެ އަގުމަތި ކުޅުންތެރިޔާއަށެވެ.

އުމުރުން 14 އަހަރުން ފެށިގެން ބާސާގެ ޔޫތު ސިސްޓަމުން ތަމްރީނުވި ޕީކޭ ވަނީ މީގެ ކުރިން މެންޗެސްޓާ ޔުނައިޓެޑަށް ވެސް ކުޅެފައެވެ. އެގޮތުން 2008 ވަނަ އަހަރު އަލުން އެނބުރި ބާސާއާ ގުޅުމަށް ފަހު އޭނާ ވަނީ މިހާތަނަށް 421 މެޗު ކުޅެދީ 37 ލަނޑު ޖަހައިދީފައެވެ. ހަމައެހެންމެ އޭނާ ވަނީ އެ ޓީމާއެކު ކްލަބް ފެންވަރުގައި ކާމިޔާބުކުރެވެން ހުރި ހުރިހާ މުބާރާތެއް ކާމިޔާބު ކޮށްފައެވެ. އޭގެ ތެރޭގައި ތިން ޔުއެފާ ޗެމްޕިއަންސް ލީގާއި ހަ ސްޕެނިޝް ލަލީގާ ކާމިޔާބުކޮށްފައި ވެއެވެ. އޭނާއަކީ ފީފާ އިން ކޮންމެ އަހަރަކު ހޮވާ އެންމެ މޮޅު ކުޅުންތެރިންގެ ޓީމުގައި 2010، 2011، 2012، 2015 އަދި 2016 ވަނަ އަހަރު ހިމެނުނު ކުޅުންތެރިޔެކެވެ.

ކޮމެންޓް

އިތުރަށް ކިޔާލަން

ޒެފްރޯލް އާއި ކްލަބް ޕީކޭ ގެ ކުރިމަތިލުމަށް ހަމަހަމަ ނިމުމެށް

ޒެފްރޯލް އާއި ކްލަބް ޕީކޭ ގެ ކުރިމަތިލުމަށް ހަމަހަމަ ނިމުމެށް

17 އެޕްރީލު 2017
ކުންފުނިތަކާއެކު ތިން ކްލަބަކުން އެއްބަސްވުމުގައި ސޮއިކޮށްފި

ކުންފުނިތަކާއެކު ތިން ކްލަބަކުން އެއްބަސްވުމުގައި ސޮއިކޮށްފި

03 އެޕްރީލު 2017
ޕީއެސްޖީ އަދި ބާސާ ކުޅުނު މެޗު އަލުން ކުޅެން ދެ ލައްކައަށްވުރެ ގިނަ ސަޕޯޓަރުން ޕެޓިޝަނެއްގައި ސޮއިކޮށްފި

ޕީއެސްޖީ އަދި ބާސާ ކުޅުނު މެޗު އަލުން ކުޅެން ދެ ލައްކައަށްވުރެ ގިނަ ސަޕޯޓަރުން ޕެޓިޝަނެއްގައި ސޮއިކޮށްފި

14 މާރިޗު 2017
ގައުމީ ޓީމުގެ ކޯޗަކަށް އަނެއްކާ ވެސް ސްޓެވާޓް، އެއްބަސްވުމުގައި ސޮއިކޮށްފި

ގައުމީ ޓީމުގެ ކޯޗަކަށް އަނެއްކާ ވެސް ސްޓެވާޓް، އެއްބަސްވުމުގައި ސޮއިކޮށްފި

07 މާރިޗު 2017
އެންމެ ފަހުން ޑިޕޭ ލިޔޯން އަށް ސޮއިކޮށްފި

އެންމެ ފަހުން ޑިޕޭ ލިޔޯން އަށް ސޮއިކޮށްފި

23 ޖެނުއަރީ 2017

އަހަރުތަކުން މިއަދު

29 މާރިޗު
އީދު ބޮކި: ދިއްލުނު ބޮކިން ނުފެންނަ ބޮކި
20251 އަހަރު ކުރިން
ރިޕޯޓު

އީދު ބޮކި: ދިއްލުނު ބޮކިން ނުފެންނަ ބޮކި

ބާކީކޮށް ފޮނުވާލީ ބަކަރި ދަނޑަށް، ހުރައަށް ކުޅެން ދިޔައީ ކެނޯއެއްގައި ފަލި ޖަހާފައި، މިހާރު ގަދަ ވިޔަފާރިވެރިއެއް
20242 އަހަރު ކުރިން
މީހުން

ބާކީކޮށް ފޮނުވާލީ ބަކަރި ދަނޑަށް، ހުރައަށް ކުޅެން ދިޔައީ ކެނޯއެއްގައި ފަލި ޖަހާފައި، މިހާރު ގަދަ ވިޔަފާރިވެރިއެއް

އެންމެ މަދުން މީހުން ދިރިއުޅެނީ ރަކީދޫގައި، އެންމެ 63 ދިވެހީން!
20233 އަހަރު ކުރިން
ރާއްޖެ

އެންމެ މަދުން މީހުން ދިރިއުޅެނީ ރަކީދޫގައި، އެންމެ 63 ދިވެހީން!

މެކްރޮން ޕުޓިންއަށް: ގޭހަށް ރަޝިޔާގެ ކަރަންސީން އަގު އަދާކުރުމަކީ ކުރެވޭނެ ކަމެއްނޫން
20224 އަހަރު ކުރިން
ދުނިޔެ

މެކްރޮން ޕުޓިންއަށް: ގޭހަށް ރަޝިޔާގެ ކަރަންސީން އަގު އަދާކުރުމަކީ ކުރެވޭނެ ކަމެއްނޫން

ވިއެނާ ކޮންވެންޝަނުގައި ބައިވެރިވުމުން ރާއްޖޭގެ ލައިސަންސް ބޭނުންކޮށްގެން މެންބަރު ގައުމުތަކުގައި ދުއްވޭނެ :ނަހުލާ
20215 އަހަރު ކުރިން
ރާއްޖެ

ވިއެނާ ކޮންވެންޝަނުގައި ބައިވެރިވުމުން ރާއްޖޭގެ ލައިސަންސް ބޭނުންކޮށްގެން މެންބަރު ގައުމުތަކުގައި ދުއްވޭނެ :ނަހުލާ

ތިމަރަފުށި ކެމްޕެއިން ފޯރީގައި އަންވަރުގެ ލޮލުން ކަރުނަ، މުސްތަފާ މައާފަށް!
20197 އަހަރު ކުރިން
ރިޕޯޓު

ތިމަރަފުށި ކެމްޕެއިން ފޯރީގައި އަންވަރުގެ ލޮލުން ކަރުނަ، މުސްތަފާ މައާފަށް!

ފަހު ފިޔަވަޅުމަތީގައި ވެސް މަހުލޫފު ދެއްކި ހިތްވަރު ދެކިބަލަ!
20188 އަހަރު ކުރިން
ރިޕޯޓު

ފަހު ފިޔަވަޅުމަތީގައި ވެސް މަހުލޫފު ދެއްކި ހިތްވަރު ދެކިބަލަ!

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު