Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - worldAdvertisement
ދުނިޔެރޫމޭނިއާ

ރޫމޭނިއާގެ ފުރަތަމަ އަންހެން ބޮޑު ވަޒީރަށް ރުހުން ދީފި

29 ޖެނުއަރީ 2018 | ހޯމަ 23:58

މިއީ 13 މަސްތެރޭ އެކުލަވާލި 3 ވަނަ ސަރުކާރު

މިއުވާން މުހައްމަދު
މިއުވާން މުހައްމަދު | 29 ޖެނުއަރީ 2018 | ހޯމަ 23:58
ރޫމޭނިއާގެ އައު ބޮޑުވަޒީރު ވިއޮރީޒާ ޑަންސިލާ

ރޫމޭނިއާގެ އައު ބޮޑުވަޒީރު ވިއޮރީޒާ ޑަންސިލާ

ރޫމޭނިއާގެ ޤާނޫން ހަދާ މަޖިލީހުން އެޤައުމުގައި 13 މަސްތެރޭ އެކުލަވާލާ 3 ވަނަ ސަރުކާރަށް ރުހުންދީ، އެސަރުކާރުގެ ބޮޑުވަޒީރުކަމަށް ރޫމޭނިއާގެ ފުރަތަމަ އަންހެން ބޮޑުވަޒީރު ވިއޮރީޒާ ޑަންސިލާއަށް ރުހުންދީފިއެވެ.

ޑަންސިލާ ބޮޑުވަޒީރުގެ މަޤާމަށް އައްޔަންކޮށް، އަލުން ސަރުކާރު އެކުލަވާލަން ޖެހުނީ ވެރިކަންކުރާ ސޯޝަލް ޑިމޮކްރެޓިކް ޕާޓީގެ ލީޑަރު ލިވިއޫ ޑްރެގްނިއާ އާއި ދެމެދު އުފެދުނު ޚިޔާލުތަފާތުންތަކެއްގައި ބޮޑުވަޒީރުކަމުގެ މަޤާމުން މިހާއީ ޓިއުޑޯސް އިސްތިއުފާ ދެއްވުމާއި ގުޅިގެންނެވެ. ޓިއުޑޯސްގެ ކުރިން ބޮޑުވަޒީރުކަމުގައި ހުންނެވި ސޯރިން ގްރިންޑެނޯވެސް މަޤާމުން އިސްތިއުފާ ދެއްވީ ޑްރެގްނިއާ އާއި ދެމެދު އުފެދުނު ޚިޔާލުތަފާތުންތަކުގެ ސަބަބުންނެވެ.

މިމަހުގެ ކުރީކޮޅު މަޤާމަށް އައްޔަންކުރެވުނު ޑަންސިލާއަށް ރުހުން އޮތްކަމަށް ޤާނޫން ހަދާ މަޖިލީހުގެ 282 މެމްބަރުންގެ ވޯޓު ލިބިވަޑައިގަތެވެ. އެކަމަނާއަށް އިދިކޮޅު ބައެއް މެމްބަރުންގެ ވޯޓުވެސް ލިބިވަޑައިގަތެވެ.

ރޫމޭނިއާއާއި ވިލާތުގެ އިއްތިޙާދުގެ މައި އޮފީހާއި ދެމެދު އޮންނަ ގުޅުން ގޯސްވެފައިވާއިރު، ވިލާތުގެ އިއްތިހާދުން ދޭ ފައިސާއާއި އެހެނިހެން އެހީތައް ބެލެހެއްޓުމަށް ވަކި ވުޒާރާއެއް އެކަމަނާ ވަނީ އެކުލައްވާލައްވާފައެވެ. އެމަޤާމަށް އައްޔަންކޮށްފައިވަނީ ސޯޝަލް ޑިމޮކްރެޓިކް ޕާޓީއަށް ނިސްބަތްވާ ރޮވާނާ ޕްލަމްބެވެ. ޕްލަމްބް އަކީ ރިޝްވަތުގެ މައްސަލައެއްގައި ރޫމޭނިއާގެ ކަމާއި ބެހޭ ފަރާތްތަކުން ތަހުޤީޤުކުރަން ބޭނުންވާ ފަރާތެކެވެ. އެހެންނަމަވެސް އޭނާއާއި ދެކޮޅަށް ކުރެވޭ ތުހުމަތުތައް ތަހުޤީޤްކުރުމަށް ޤާނޫން ހަދާ މަޖިލީހުން ވަނީ ހުއްދަ ދޭން ދެކޮޅު ހަދާފައެވެ. ޕްލަމްބްއަކީ ކުރީގެ ބޮޑުވަޒީރު ޓިއުޑޯސްގެ ސަރުކާރުގައިވެސް ވަޒީރެކެވެ. އެހެން ނަމަވެސް ރިޝްވަތުގެ ތުހުމަތުތަކާއިއެކު އޭނާ އާއި އިތުރު 2 ވަޒީރަކު އޭރު ޓިއުޑޯސްވަނީ މަޤާމުން ދުރުކޮށްފައެވެ.

ރިޝްވަތާއި ކޮރަޕްޝަންގެ މައްސަލަތަކެއްގެ ސަބަބުން އީޔޫ އާއި ރޫމޭނިއާގެ ގުޅުން ގޯސްވެފައިވަނިކޮށް އީޔޫއިން ދޭ އެހީތައް ބެލެހެއްޓުމަށް ހަވާލުކުރި ވުޒާރާއަށް ރިޝްވަތުގެ ތުހުމަތުކުރެވޭ ބޭފުޅަކު އައްޔަންކުރުމަކީ ރިޝްވަތާއި ދެކޮޅަށް ރޫމޭނިއާ ސީރިއަސް ނޫންކަން ދޭހަވާކަމެއްކަމަށް ފާޑުކިޔާ ފަރާތްތަކުން ބުނެއެވެ.

ޑަންސިލާ އުފެއްދެވި ސަރުކާރުގައި ކުރީގެ ސަރުކާރުގައި ހިމެނިވަޑައިގަތް ބައެއް ވަޒީރުންވެސް ހިމެނެއެވެ.

ރޫމޭނިއާގެ އައު ސަރުކާރަށް ޤާނޫން ހަދާ މަޖިލީހުން ރުހުން ދިންނަމަވެސް އެޤައުމުގެ ރައީސް މިސަރުކާރާއިމެދު މާ ހިތްހަމަޖެހިވަޑައިގަންނަވާ ކަމަކަށް ނުވެއެވެ. އެހެންނަމަވެސް ރޫމޭނިއާގައިވެސް އޮންނަނީ ބަރުލަމާނީ ނިޒާމެއްކަމުން ޤާނޫން ހަދާ މަޖިލީހުގެ މެޖޯރިޓީއިން ހުށަހަޅާ ސަރުކާރަކަށް ރުހުން ދޭން ރައީސަށް މަޖުބޫރުވެއެވެ.

13 މަސް ދުވަހުގެ ތެރޭގައި 3 ވަނަ ސަރުކާރެއް އެކުލަވާލިނަމަވެސް، ސޯޝަލް ޑިމޮކްރެޓުންގެ ސާފު އަޣުލަބިއްޔަތު ޤާނޫން ހަދާ މަޖިލީހުގައި އޮތުމުން އަވަސް އިންތިޚާބެއް އެޤައުމުގައި ނުބައްވާނެއެވެ.

އެންމެ ހިނގާ

1

ޔޫއެސްއެސް އަބްރަހަމް ލިންކަންގައި ހިނގި ނުރައްކާތެރި ހަމަނުޖެހުމެއްގައި ހަތް މީހުން މަރުވެއްޖެ

2

ތުރުކީން ޓްރަމްޕް ފުރާވަޑައިގަންނަވާއިރު ކޮނޑުމަތީގައި ފޮނުވާލާ މިސައިލަކުން ހަމަލާދޭން އޮތީ ރާވާފައި: ރިޕޯޓް

3

ސްޕޯޓްސް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު ލަތީފް ކުއްލި ގޮތަކަށް މަޤާމުން ވަކިކޮށްފި

4

"އަދަބުވެރިކަން ނެތުމުގެ" ސަބަބުން ދަނބިދަރިފުޅުގެ ޝާހީ ލަގަބުތައް ބުރޫނާއީގެ ރަސްގެފާނު އަތުލައްވައިފި

5

އެމެރިކާއާއި އީރާނުގެ މަޝްވަރާތައް މަރުތަޅުއެޅިފައި - އެންމެ ފަހުގެ ތަފުސީލު

އިތުރަށް ކިޔާލަން

10 ފެބުރުއަރީ 2017

ޖަޕާނުގެ ބޮޑުވަޒީރު އަބޭ އެމެރިކާއަށް ވަޑައިގެންފި

10 ފެބުރުއަރީ 2017
ޖަޕާނުގެ ބޮޑުވަޒީރު އަބޭ އެމެރިކާއަށް ވަޑައިގެންފި
09 ފެބުރުއަރީ 2017

ސޯމާލިއާގެ ރައީސްކަމުގެ ހުވާ ކުރީގެ ބޮޑުވަޒީރު މުހަންމަދު އަބްދުﷲ ފަރްމަޖޯ ކުރައްވައިފި

09 ފެބުރުއަރީ 2017
ސޯމާލިއާގެ ރައީސްކަމުގެ ހުވާ ކުރީގެ ބޮޑުވަޒީރު މުހަންމަދު އަބްދުﷲ ފަރްމަޖޯ ކުރައްވައިފި
03 ފެބުރުއަރީ 2017

ނިއުކްލިއާ ހަތިޔާރު ބޭނުންކޮށްފި ނަަމަ އުތުރު ކޮރެއާ އަށް "އަސަރުކުރާ ފަދަ ވަރަށް ބޮޑު" ނަތީޖާއަކާ ކުރިމަތިލާން ޖެހޭނެ: އެމެރިކާ

03 ފެބުރުއަރީ 2017
ނިއުކްލިއާ ހަތިޔާރު ބޭނުންކޮށްފި ނަަމަ އުތުރު ކޮރެއާ އަށް "އަސަރުކުރާ ފަދަ ވަރަށް ބޮޑު" ނަތީޖާއަކާ ކުރިމަތިލާން ޖެހޭނެ: އެމެރިކާ
02 ފެބުރުއަރީ 2017

އިސްރާއީލުން ހުޅަނގު އައްސޭރީގައި އާބާދުވުމާ މެދު އީ.ޔޫ އިން ކަންބޮޑުވުން ފާޅުކޮށްފި

02 ފެބުރުއަރީ 2017
އިސްރާއީލުން ހުޅަނގު އައްސޭރީގައި އާބާދުވުމާ މެދު އީ.ޔޫ އިން ކަންބޮޑުވުން ފާޅުކޮށްފި
01 ފެބުރުއަރީ 2017

ފަލަސްތީނާއި އިޒްރޭލުގެ މައްސަލަ ހައްލު ކުރުމަށް ބައިނަލްއަގްވާމީ މުޖުތަަމައުގެ ރޯލް ކުޅެން ޖެހޭ: ބޮޑު ވަޒީރު ނަވާޒް ޝަރީފް

01 ފެބުރުއަރީ 2017
ފަލަސްތީނާއި އިޒްރޭލުގެ މައްސަލަ ހައްލު ކުރުމަށް ބައިނަލްއަގްވާމީ މުޖުތަަމައުގެ ރޯލް ކުޅެން ޖެހޭ: ބޮޑު ވަޒީރު ނަވާޒް ޝަރީފް
30 ޖެނުއަރީ 2017

ޓްރަމްޕުގެ ވެރިކަމުގައި މަރުވި ފުރަތަމަ އެމެރިކާ ސިފައިންގެ މީހާ ޔަމަނުގައި މަރުވެއްޖެ

30 ޖެނުއަރީ 2017
ޓްރަމްޕުގެ ވެރިކަމުގައި މަރުވި ފުރަތަމަ އެމެރިކާ ސިފައިންގެ މީހާ ޔަމަނުގައި މަރުވެއްޖެ
28 ޖެނުއަރީ 2017

ޑޮނަލްޑް ޓްރަމްޕް ޔޫކޭ ބޮޑުވަޒީރު މޭ އާ ބައްދަލުކޮށްފި

28 ޖެނުއަރީ 2017
ޑޮނަލްޑް ޓްރަމްޕް ޔޫކޭ ބޮޑުވަޒީރު މޭ އާ ބައްދަލުކޮށްފި
25 ޖެނުއަރީ 2017

މޮރިޝަސްގެ ބޮޑު ވަޒީރު އިސްތިއުފާ ދެއްވައި ބާރުތައް ދަރިކަލުންނަށް!

25 ޖެނުއަރީ 2017
މޮރިޝަސްގެ ބޮޑު ވަޒީރު އިސްތިއުފާ ދެއްވައި ބާރުތައް ދަރިކަލުންނަށް!
25 ޖެނުއަރީ 2017

ސީރިޔާ ހަނގުރާމައިގެ ސުލްހައިގެ މަޝްވަރާތައް: ފުރަތަމަ ދުވަސް ކޮޅެއްގައި ނުޖެހުނު

25 ޖެނުއަރީ 2017
ސީރިޔާ ހަނގުރާމައިގެ ސުލްހައިގެ މަޝްވަރާތައް: ފުރަތަމަ ދުވަސް ކޮޅެއްގައި ނުޖެހުނު
13 ޖެނުއަރީ 2017

ރެފިއުޖީން ދަތިއަޅުވާ ވައްޓާލި އަންހެން ނޫސްވެރިޔާ އަށް ތިން އަހަރުގެ ހުކުމެއް

13 ޖެނުއަރީ 2017
ރެފިއުޖީން ދަތިއަޅުވާ ވައްޓާލި އަންހެން ނޫސްވެރިޔާ އަށް ތިން އަހަރުގެ ހުކުމެއް
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް