Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ވިޔަފާރި-އިގްތިސާދުޓީޓީއެމް

ޓީޓީއެމް އަކީ ފަތުރުވެރިކަމުގެ ދައިރާގެ ވިޔަފާރިތަށް އިޝްތިހާރު ކުރުމަށް ލިބިގެންދާ ރަނުގެ ފުރުސަތެއް: ވިޔަފާރިވެރިން

ގާތްގަނޑަކަށް 100 ކުންފުނިން ވަނީ ބައިވެރިވަފައި

ފާތިމަތު ޝަނާ މުހައްމަދު
ފާތިމަތު ޝަނާ މުހައްމަދު | 12 ޖުލައި 2017 | ބުދަ 13:43
ޓީޓީއެމްގެ ހަރަކާތެއް އާޓް ގެލެރީގައި ކުރިއަށްދަނީ

ޓީޓީއެމްގެ ހަރަކާތެއް އާޓް ގެލެރީގައި ކުރިއަށްދަނީ

ޓީޓީއެމް އަކީ ފަތުރުވެރިކަމުގެ ދައިރާގެ ވިޔަފާރިތަށް އިޝްތިހާރު ކުރުމަށް ލިބިގެންދާ ރަނުގެ ފުރުސަތެއް ކަމަށް ފަތުރުވެރިކަމުގެ ދައިރާގެ ވިޔަފާރިވެއިން ބުނެފިއެވެ.

މޯލްޑިވްސް ގެޓަވޭސްއިން އިންތިޒާމުކޮށްގެން ޓްރެވެލް ޓްރޭޑް ޝޯ އޮފް މޯލްޑިވްސް (ޓީޓީއެމް) ގެ ނަމުގައި ކުރިއަށްގެންދާ މި ޓްރޭޑް ޝޯ ކުރިއަށް ގެންދަނީ ޖުލައި 12 އިން 13 އަށެވެ. މި ޓްރޭޑް ޝޯގެ ތެރެއިން 100 އަށް ވުރެ ގިނަ ރިސޯޓްތަކާއި ހޮޓެލް ބައިވެރިވާއިރު 150 އަށް ވުރެ ގިނަ އިންޓަރނޭޝަނަލް އޭޖެންޓުން ވެސް މި ޝޯގައި ބައިވެރިވެއެވެ.

މި ޓްރޭޑް ޝޯގައި އަދާރަން ރިސޯޓްސް އާއި ޔުނިވަރސަލް ރިސޯޓްސްގެ އިތުރުން ކްރައުން އެންޑް ޗަމްޕާ ރިސޯޓްސް އަދި ބަންޑޮސް މޯލްޑިވްސް އާއި ވިލާ ހޮޓެލްސް އެންޑް ރިސޯޓްސް ފަދަ ރާއްޖޭގެ ފަތުރުވެރިކަމުގެ ދާއިރާގައި ފާހަގަކޮއްލެވޭ ކުންފުނިތަކުން ބައިވެރިވެއެވެ. މީގެ އިތުރުން މޯލްޑިވިއަން އާއި ޓްރާންސް މޯލްޑިވިއަން އެއަރވޭސް ފަދަ ކުންފުނިތަކުންވެސް މި ޓްރޭޑް ޝޯގައި ބައިވެރިވެއެވެ.

ޓްރެވެލް ޓްރޭޑް މޯލްޑިވްސްގެ ތެރެއިން ބުދަ ދުވަހުގެ ހެނދުނު ވަނީ ހޮޓެލިއަރ ސަމިޓް މޯލްޑިވްސް ކުރިއަށްގެންގޮސްފައެވެ. މި ސަމިޓްގައި ފަތުރުވެރިކަމުގެ ދައިރާގެ ގިނަ އަދަދެއްގެ ޖެނެރަލް މެނޭޖަރުން ވަނީ ބައިވެރިވެފައެވެ. އެގޮތުން ގާތްގަނޑަކަށް 110 ކުންފުނީގެ ފަރާތުން 90 ވަރަކަށް ޖެނެރަލް މެނޭޖަރުން ވަނީ ބައިވެރިވެފައެވެ.

ބުދަ ދުވަހުގެ ހަވީރު އާޓް ގެލެރީގައި ވަނީ ކުންފުނިތަކުން ކުރިން ހަމަޖައްސާފައިވާ ޕްރީ ބުކް މީޓީންތައް ކުރިއަށްގެންގޮސްފައެވެ. އެގޮތުން ޝޯގައި ބައިވެރިވާ 100 އަށް ވުރެ ގިނަ ކުންފުނިތަކަށް ތިރީހަށް ވުރެ ގިނަ މީޓިން ބޭއްވޭނެ ކަމަށް މޯލްޑިވްސް ގެޓަވޭސް އިން ބުނެއެވެ. މި ބައްދަލުވުންތަކާއި އެކު މި ޝޯގައި ގާތްގަނޑަކަށް ޖުމްލަ 3000 މީޓިން ކުރިއަށްދާނެ ކަމަށް ޓީޓީއެމް އިންތިޒާމްކުރާ މޯލްޑިވްސް ގެޓައޭސްއިން ބުނެއެވެ.

ޓީޓީއެމް އާއި ގުޅޭ ގޮތުން ކަރައުން އެންޑް ޗަމްޕާ ރިސޯޓްސްގެ ފަރާތުން އެ ކުންފުނީގެ ޗެއާމަން ހުސައިން އަފީފު ވިދާޅުވީ، މިފަދަ ޓްރޭޑް ޝޯއެއް ބޭއްވިގެން ދިއުމުން ރާއްޖޭގެ ފަތުރުވެރިކަން ވަރަށް ބޮޑަށް އިޝްތިހާރުވެ، އިތުރު މާކެޓްތަކަށް ރާއްޖެ ތަޢާރުފުވުމަށް ފުރުސަތު ލިބިގެންދާނެ ކަމަށެވެ.

މީގެ އިތުރުންވެސް މި ޓްރޭޑް ޝޯއިން ތަފާތު އޭޖެންޓުންނާއި ދިމާވެ، ވިޔަފާރި އިތުރަށް ފުޅާ ކުރުމަށް ފުރުސަތުތަކެއް ލިބިގެންދާނެ ކަމަށް ވިޔަފާރިވެރިން ބުނެއެވެ.

ޓީޓީއެމް އާއި ގުޅޭ ގޮތުން މޯލްޑިވްސް ގެޓަވޭސް މޯލްޑިވްސްގެ ޗީފް އޮޕަރޭޓިން އޮފިސަރ ޑރ ހުސައިން ސަނީ އުމަރު ވިދާޅުވީ، މި ޓްރެވެލް ފެއަރގައި ބައިވެރިވަނީ ދުނިޔޭގެ މަޝްހޫރު އެކި ޓްރެވްލް ޓްރޭޑް ޝޯ ތަކުގައި ބައިވެރިވާ މަޝްހޫރު ފަރާތްތަކުން ކަމަށާއި އެފަރާތްތައް ރައްޖޭގައި ހުރިހާ ހަރަދެއް ބަލަހައްޓަނީވެސް މޯލްޑިވްސް ގެޓަވޭސްގެ ފަރާތުން ކަމަށެެވެ.

"ޓޮޕް ޓެން މާކެޓުން ފަށައިގެން އިންޑިޔާ އާއި ސްވިސްލޭންޑްގެ އިތުރުން ޗައިނާ އާއި ޖާމަނީގެ އޭޖެންޓުން ބައިވެރިވާނެ. މާދަމާ ރޭ އޮންނާނެ އާދާރަންގައި ގާލާ ނައިިޓް. ބުރާސްފަތި ދުވަހުގައި ކެރިއަރ ފެއާ ވެސް އޮންނާނެ" ޑރ ސަނީ ވިދާޅުވިއެވެ.

ޓީޓީއެމްގެ ތެރެއިން ތަފާތު ހަރަކާތްތައް ބޭއްވުމަށް ވަނީ ހަމަޖެހިފައެވެ. އެގޮތުން މޯލްޑިވްސް ޓްރެވެލް އެވޯޑްސް ދިނުމުގެ ހަރަކާތްތައް ކުރިއަށްގެންދިއުމަށް ހަމަޖެހިފައިވާއިރު، ގާލާ ނައިޓެއްވެސް ބޭއްވުމަށް ވަނީ ހަމަޖެހިފައެވެ. މީގެ އިތުރަށް ކެރިއަރ ފެއާވެސް ޓީޓީއެމްގެ ތެރެއިން ބޭއްވުމަށް ވަނީ ހަމަޖެހިފައެވެ.

އިތުރަށް ކިޔާލަން

07 މާރިޗު 2019

ފަތުރުވެރިކަމުގެ ދާއިރާގައި މަސައްކަތްކުރާ ފަރާތްތައް އެކީގައި މަސައްކަތް ކުރުމަށް ނައިބު ރައީސް ގޮވާލައްވައިފި

07 މާރިޗު 2019
ފަތުރުވެރިކަމުގެ ދާއިރާގައި މަސައްކަތްކުރާ ފަރާތްތައް އެކީގައި މަސައްކަތް ކުރުމަށް ނައިބު ރައީސް ގޮވާލައްވައިފި
02 ނޮވެމްބަރު 2018

ފަތުރުވެރިކަމުގެ ސިނާއަތުގެ އެނދުތައް އިތުރުވެއްޖެ

02 ނޮވެމްބަރު 2018
ފަތުރުވެރިކަމުގެ ސިނާއަތުގެ އެނދުތައް އިތުރުވެއްޖެ
10 ސެޕްޓެމްބަރު 2018

އެއްމިލިއަން ވަނަ ފަތުރުވެރިޔާ އަކީ ތުރުކީގެ ފިރިހެނެއް

10 ސެޕްޓެމްބަރު 2018
އެއްމިލިއަން ވަނަ ފަތުރުވެރިޔާ އަކީ ތުރުކީގެ ފިރިހެނެއް
19 ފެބުރުއަރީ 2018

ކުއްލި ނުރައްކަލުގެ ހާލަތުގެ މުއްދަތު އިތުރުކުރުމުން ފަތުރުވެރިކަމުގެ ދާއިރާގައި މަސައްކަތް ކުރާ ފަރާތްތައް ރަތަށް!

19 ފެބުރުއަރީ 2018
ކުއްލި ނުރައްކަލުގެ ހާލަތުގެ މުއްދަތު އިތުރުކުރުމުން ފަތުރުވެރިކަމުގެ ދާއިރާގައި މަސައްކަތް ކުރާ ފަރާތްތައް ރަތަށް!
29 ޖެނުއަރީ 2018

ފަތުރުވެރިކަމުގެ ދާއިރާގައި ހަރަކާތްތެރިވާ ފަރާތްތަކުގެ މައުލޫމާތު އެއް ތަނަކުން ލިބޭނެ އެޕްލިކޭޝަނެއް ތައާރަފުކޮށްފި

29 ޖެނުއަރީ 2018
ފަތުރުވެރިކަމުގެ ދާއިރާގައި ހަރަކާތްތެރިވާ ފަރާތްތަކުގެ މައުލޫމާތު އެއް ތަނަކުން ލިބޭނެ އެޕްލިކޭޝަނެއް ތައާރަފުކޮށްފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު