Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރުއޮސްޓްރޭލިއަން އޯޕަން 2018

އޮސްޓްރޭލިއަން އޯޕަން: 20 ވަނަ ގްރޭންޑް ސްލޭމްއާއެކު ފެޑެރާގެ ނަން ތާރީހުގައި ރަން އަކުރުން ލިޔެލައިފި

ފައިނަލް މެޗުގައި އޭނާ ވަނީ ކްރޮއޭޝިއާގެ މަރިން ސިލިޗް ތިން ސެޓު ދެ ސެޓުން ބަލިކޮށްފައި

އަހްމަދު ސާއިފް ޝިޔާދް
އަހްމަދު ސާއިފް ޝިޔާދް | 29 ޖެނުއަރީ 2018 | ހޯމަ 05:39
އޮސްޓްރޭލިއަން އޯޕަންގެ ތައްޓާއެކު ފެޑެރާ

އޮސްޓްރޭލިއަން އޯޕަންގެ ތައްޓާއެކު ފެޑެރާ

އޮސްޓްރޭލިއަން އޯޕަންގެ ފިރިހެން ސިންގަލްސް އިވެންޓުގެ ޗެމްޕިއަންކަން ހޯދައި ސްވިޓްޒަލޭންޑުގެ ރޯޖާ ފެޑެރާ ތާރީހުން ޖާގަ ހޯދައިފިއެވެ.

މި މުބާރާތުގެ ފައިނަލް މެޗުގައި އޭނާ ވަނީ ކްރޮއޭޝިއާގެ މަރިން ސިލިޗް ތިން ސެޓު ދެ ސެޓުން ބަލިކޮށްފައެވެ. މި މެޗުގެ ފުރަތަމަ ސެޓު 6-2 އިން ފެޑެރާ ގެންދިޔައިރު ވާދަވެރި ކުޅުމަކަށް ފަހު ސިލިޗް ވަނީ ދެވަނަ ސެޓު 7-6 އިން ގެންގޮސްފައެވެ. ތިންވަނަ ސެޓު 6-3 ފެޑެރާ ގެންދިޔައިރު ސިލިޗް ވަނީ ހަތަރު ވަނަ ސެޓު 6-3 އިން ގެންގޮސް ތަށި ކާމިޔާބުކުރުމުގެ އުއްމީދު ދަމަހައްޓާފައެވެ. އެހެން ނަމަވެސް މެޗުގެ ނަތީޖާ ނެރުމަށް ކުޅުނު ފަސްވަނަ ސެޓު 6-1 އިން ގެންގޮސް ފެޑެރާ ވަނީ މި މުބާރާތުގެ ތަށި އޭނާގެ ކެރިއަރުގައި ހަވަނަ ފަހަރަށް އުފުލާލާފައެވެ.

އުމުރުން 36 އަހަރުގެ ފެޑެރާ ވެގެން ގޮސްފައިވަނީ މާގަރެޓް ކޯޓް އާއި ސެރޭނާ ވިލިއަމްސް އަދި ސްޓެފީ ގްރާފްގެ ފަހަތުން 20 ގްރޭންޑް ސްލޭމް ކާމިޔާބުކުރި ހަތަރުވަނަ ކުޅުންތެރިޔާއަށެވެ. ހަމައެހެންމެ އޭނާ ވަނީ މި އަހަރުގެ ޗެމްޕިއަންކަމާއެކު މި ތަށި ކާމިޔާބުކަމާއެކު ދިފާއުކޮށްފައެވެ. އޭނާ ވެގެން ގޮސްފައިވަނީ އޯޕެން އެރާގައި ގްރޭންޑް ސްލޭމް މުބާރާތެއް ކާމިޔާބުކުރި ދެވަނައަށް އެންމެ އުމުރުން ދުވަސްވީ ކުޅުންތެރިޔާއަށެވެ. ހަމައެހެންމެ އޭނާ ވަނީ ރޯއި އެމާސަން އަދި ނޮވަކް ޖޮކޮވިޗް މި މުބާރާތް ހަފަހަރު ކާމިޔާބުކޮށްގެން ހަދާފައިވާ ރެކޯޑާއި އަރާ ހަމަކޮށްފައެވެ.

މި މެޗުން މޮޅުވުމަށްފަހު ވާހަކަ ދައްކަމުން ފެޑެރާ ބުނީ ވޭތުވެދިޔަ 12 މަސް ދުވަހުގެ ތެރޭގައި ތިން ގްރޭންޑް ސްލޭމް ކާމިޔާބުކުރެވުމަކީ ގަބޫލުކުރަން ދަތި ކަމެއް ކަމަށެވެ. އޭނާ ބުނީ އުމުރުން ދުވަސްވުމަކީ މައްސަލައެއް ނޫން ކަމަށާއި އަބަދުވެސް ފަރިތަކުރުންތަކަށް އިސްކަންދޭ ކަމަށެވެ. އޭނާ ބުނީ އޭނާގެ ކާމިޔާބުގެ ހުރިހާ ވެސް ސިއްރަކީ އޭނާގެ ޓީމު ކަމަށާއި އެ ޓީމާއި ނުލައި އެއްވެސް މުބާރާތެއް ކާމިޔާބު ނުކުރެވޭނެ ކަމަށެވެ.

މި މެޗުން ބަލިވި ސިލިޗް ބުނީ ފެޑެރާއަކީ ތާރީހުގައި ވެސް އުފެދުނު އެންމެ މޮޅު ކުޅުންތެރިންގެ ތެރޭގައި ހިމެނޭ ކުޅުންތެރިޔެއް ކަމަށާއި ނަފްސާނީ ގޮތުން މި މެޗު ވެގެންދިޔައީ އޭނާގެ ކެރިއަރުގައި ވެސް ކުޅުނު އެންމެ އުނދަގޫ މެޗަށް ކަމަށެވެ. މެޗުގެ ކުރީކޮޅު ދަތިތަކަކާއި ކުރިމަތިވި ކަމަށާއި އެހެން ނަމަވެސް ވަކި ހިސާބަކުން އެއްވެސް އުނދަގުލެއް ކުރިމަތިނުވާ ކަމަށެވެ. އޭނާ ބުނީ ފަސްވަނަ ސެޓުގައި ފެޑެރާގެ ފަރާތުން ފެނިގެންދިޔައީ އާދަޔާ ހިލާފު ކުޅުމެއް ކަމަށެވެ.

މި މުބާރާތް ކާމިޔާބުކުރުމާއެކު ފެޑެރާ ވެގެން ގޮސްފައިވަނީ އޯޕެން އެރާގައި 20 ގްރޭންޑް ސްލޭމް ކާމިޔާބުކުރި އެންމެ ފުރަތަމަ ފިރިހެން ކުޅުންތެރިޔާއަށެވެ.

އިތުރަށް ކިޔާލަން

12 ޖޫން 2017

10 ވަނަ ފްރެންޗް އޯޕަން ތައްޓާއިއެކު ނަޑާލް ތާރީޙުގެ ތެރެއަށް

12 ޖޫން 2017
10 ވަނަ ފްރެންޗް އޯޕަން ތައްޓާއިއެކު ނަޑާލް ތާރީޙުގެ ތެރެއަށް
11 ޖޫން 2017

އޯޕަން ޓޭޕްބޯލް ބައިން ޝުގާރ ކޯން އާއި ވަންއޯވަން ފައިނަލަށް

11 ޖޫން 2017
އޯޕަން ޓޭޕްބޯލް ބައިން ޝުގާރ ކޯން އާއި ވަންއޯވަން ފައިނަލަށް
16 މެއި 2017

ފްރެންޗް އޯޕަން ޓެނިސް މުބާރާތުގައި ވާދަނުކުރަން ފެޑެރާ ނިންމައިފި

16 މެއި 2017
ފްރެންޗް އޯޕަން ޓެނިސް މުބާރާތުގައި ވާދަނުކުރަން ފެޑެރާ ނިންމައިފި
09 އެޕްރީލު 2017

ޗައިނީޒް ގްރޭންޑް ޕްރިކްސް ހެމިލްޓަން ކާމިޔާބުކޮށްފި

09 އެޕްރީލު 2017
ޗައިނީޒް ގްރޭންޑް ޕްރިކްސް ހެމިލްޓަން ކާމިޔާބުކޮށްފި
08 އެޕްރީލު 2017

ފްރެންޗް އޯޕަންއަކީ އެންމެ ފަހު ކްލޭ ކޯޓު މުބާރާތް: ފެޑަރާ

08 އެޕްރީލު 2017
ފްރެންޗް އޯޕަންއަކީ އެންމެ ފަހު ކްލޭ ކޯޓު މުބާރާތް: ފެޑަރާ
03 އެޕްރީލު 2017

މަޔާމީ އޯޕަން ޓެނިސް މުބާރާތް ފެޑެރާ ކާމިޔާބުކޮށްފި

03 އެޕްރީލު 2017
މަޔާމީ އޯޕަން ޓެނިސް މުބާރާތް ފެޑެރާ ކާމިޔާބުކޮށްފި
01 އެޕްރީލު 2017

މިއާމީ އޯޕަން: ފައިނަލުގައި ބައްދަލުކުރާނީ ފެޑެރާ އަދި ނަޑާލް

01 އެޕްރީލު 2017
މިއާމީ އޯޕަން: ފައިނަލުގައި ބައްދަލުކުރާނީ ފެޑެރާ އަދި ނަޑާލް
26 މާރިޗު 2017

މިއާމީ އޯޕެންގައި ފެޑެރާގެ އެނބުރި އައުން ރަނގަޅުކޮށްފި

26 މާރިޗު 2017
މިއާމީ އޯޕެންގައި ފެޑެރާގެ އެނބުރި އައުން ރަނގަޅުކޮށްފި
30 ޖެނުއަރީ 2017

އޮސްޓްރޭލިއަން އޯޕަން: ނަޑާލް ބަލިކޮށް 18 ވަނަ ގްރޭންޑް ސްލޭމް ފެޑެރާ އުފުލާލައިފި

30 ޖެނުއަރީ 2017
އޮސްޓްރޭލިއަން އޯޕަން: ނަޑާލް ބަލިކޮށް 18 ވަނަ ގްރޭންޑް ސްލޭމް ފެޑެރާ އުފުލާލައިފި
08 ޖެނުއަރީ 2017

ގަތަރު އޯޕަން ޓެނިސް މުބާރާތް: މަރޭ ބަލިކޮށް ޖޮކޮވިޗް ތަށި ދިފާއުކޮށްފި

08 ޖެނުއަރީ 2017
ގަތަރު އޯޕަން ޓެނިސް މުބާރާތް: މަރޭ ބަލިކޮށް ޖޮކޮވިޗް ތަށި ދިފާއުކޮށްފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު