Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • ލައިފް ސްޓައިލް
Advertisement - worldAdvertisement
ދުނިޔެ
މިސްރުގެ ރިޔާސީ އިންތިޚާބު

އަންނާން ހައްޔަރުކޮށްފައިވަނީ އަސްކަރީ ޖަލެއްގައި

މިސްރުގެ ރިޔާސީ އިންތިޚާބުގައި ވާދަކުރުމަށް ނަން ހުށަހެޅުމުގެ ފަހު ދުވަހަކީ ހޯމަ ދުވަސް

މިއުވާން މުހައްމަދު
މިއުވާން މުހައްމަދު, ރާއްޖެ އެމްވީ | 29 ޖެނުއަރީ 2018 | ހޯމަ 04:25
މިސްރުގެ އަސްކަރިއްޔާގެ ކުރީގެ ވެރިޔާ އަނާން

މިސްރުގެ އަސްކަރިއްޔާގެ ކުރީގެ ވެރިޔާ އަނާން

މިސްރުގެ ރިޔާސީ އިންތިޚާބުގައި ވާދަކުރައްވާނެކަން އިއުލާން ކުރެއްވުމާއިއެކު ހައްޔަރުކުރި މިސްރުގެ އަސްކަރިއްޔާގެ ކުރީގެ ވެރިޔާ ޖެނެރަލް ސާމީ އަންނާން ބަންދު ކޮށްފައިވަނީ އަސްކަރީ ޖަލެއްގައިކަމަށް އޭނާގެ ވަކީލުން ބުނެފިއެވެ.

އަނާންގެ ވަކީލު ނާސިރު އަމީން ބުނީ އަނާންގެ އަރިހަށް ހޮނިހިރު ދުވަހު ޒިޔާރަތް ކުރެވުނު ކަމަށެވެ.

އަނާންގެ ރިޔާސީ ކެމްޕޭންގެ އެގްޒެކެޓިވް ޑިރެކްޓަރ އަހްމަދު އަބްދުރައްބު ބުނީ އަނާން ހައްޔަރު ކޮށްފައިވަނީ ސިޔާސީ ބޭނުމެއްގައި ކަމަށާއި، ރައީސް އަބްދުލްފައްތާޙް ސީސީ މަސައްކަތް ކުރައްވަނީ ރިޔާސީ އިންތިޚާބު ވާދަވެރިިޔަކާއި ނުލައި ކާމިޔާބު ކުރެއްވުމަށް ކަމަށެވެ.

އަސްކަރިއްޔާގެ ކުރީގެ ވެރިޔާ އަނާން ހައްޔަރު ކޮށްފައިވަނީ ރިޔުާސީ އިންތިޚާބުގައި ވާދަކުރައްވާނެކަން އިއުލާން ކުރެއްވިތާ 3 ދުވަސްފަހުން، ޖެނުއަރީ މަހުގެ 23 ވަނަ ދުވަހުއެވެ.

މިސްރުގެ އަސްކަރިއްޔާއިން އަނާން ހައްޔަރުކޮށްފައިވަނީ އޭނާ އިންތިޚާބުގައި ވާދަކުރައްވަން އަސްކަރިއްޔާގެ ހުއްދަ ހޯދާފައިނުވާ ކަމަށާއި، އިންތިޚާބުގައި ވާދަކުރެއްވުމަށް ހުށަހެޅުއްވި ކަރުދާސްތައް އޮޅުވާލާފައިވާ ކަމަށް ބުނެއެެވެ. އަދި މިސްރުގެ އަސްކަރިއްޔާ އާއި މިސްރުގެ ރައްޔިތުން ބައިބައިކޮށްލަން އުޅުއްވާކަމުގެ ތުހުމަތުވެސް އޭނާގެ މައްޗަށް އަސްކަރިއްޔާއިން ކުރެއެވެ.

މިސްރުގެ ރިޔާސީ އިންތިޚާބު އޮންނާނީ މާޗް މަހުގެ 26 އިން 28 އަށެވެ. އަދި އިންތިޚާބުގައި ވާދަކުރުމަށް ހުށަހެޅުމުގެ ފުރުސަތު މިއަދު ބަންދުވާނެއެވެ. އިންތިޚާބުގައި ވާދަކުރުމަށް މިހާތަނަށް ނަން ހުށަހަޅުއްވާފައިވަނީ ހަމައެކަނި ރައީސް ސީސީއެވެ.

އިންތިޚާބުގައި ވާދަކުރައްވާނެ ކަމަށް އިއުލާންކުރެއްވި އަނާން ހައްޔަރު ކޮށްފައިވާއިރު، އިންތިޚާބުގައި ވާދަކުރައްވާނެ ކަމަށް އިއުލާން ކުރެއްވި އިންސާނީ ހައްޤުތަކާއި ބެހޭ ވަކީލު ޚާލިދު އަލީ ވަނީ ވާދަނުކުރައްވާނެކަން އިއުލާންކުރައްވާފައެވެ. އަދި ކުރީގެ ބޮޑުވަޒީރު އަހުމަދު ޝަފީޤް ވެސް ވަނީ އިންތިޚާބުގައި ވާދަކުރައްވަން ނިންމަވައި، ފަހުން ޚިޔާލު ބަދަލުކުރައްވާފައެވެ. އޭނާގެ ވަކީލުންނާއި ހަވާލާދީ އަރަބި މީޑިއާތައް ބުނާ ގޮތުގައި ޝަފީޤް ނަން އަނބުރާ ގެންދެވީ ސީސީގެ ސަރުކާރުގެ ފިއްތުންތަކާއި ބިރު ދެއްކުމުގެ ސަބަބުންނެވެ.

2017 ވަނަ އަަހަރުގެ ޑިސެމްބަރު މަހު އަސްކަރިއްޔާގެ ކާނަލެއް ކަމަށްވާ އަހުމަދު ކޮންސޯވާ ވެސް އިންތިޚާބުގައި ވާދަކުރަައްވާނެކަން އިއުލާންކުރެއްވިއެވެ. އެއާއިއެކު އޭނާ 6 އަހަރު ދުވަހަށް ޖަލަށް ލެވުނެވެ.

މިސްރުގެ އަސްކަރިއްޔާ އާއި ސަރުކާރު ބޭނުން ކޮށްގެން ސީސީ އިންތިޚާބަށް ނުފޫޒު ފޯރުވަމުންދާ ކަމަށް މިސްރުގެ ގިނަ ބަޔަކު ތުހުމަތުކުރެއެވެ. އަދި ވާދަކުރަން ތިިބި ކެންޑިޑޭޓުންގެ އިތުރުން ކެންޑިޑޭޓުންނަށް ތާޢީދުކުރާ ފަރާތްތަކަށް ވެސް ބިރު ދައްކަމުންދާ ކަމަށް ރިޕޯޓްތައް ބުނެއެވެ. އެގޮތުން މިހާރު ހައްޔަރުކޮށްފައިވާ އަނާންއަށް ތާޢިދުކުރާ މީހަކަށް ވެސް ހޮނިހިރު ދުވަހު ވެރިރަށް ޤާހިރާގައި ޙަމަލާދީ ވަރަށް ބޮޑަށް ޒަޚަމް ކޮށްލާފައިވެއެވެ.

މިސްރުގެ ރިޔާސީ އިންތިޚާބުގައި ވާދަކުރަން ފޯމު ހުށަހަޅަން ޖެހެނީ ތާޢީދުކުރާ 25 ހާސް މީހުންގެ ސޮޔާއި އެކުގައެވެ. އޭގެ ތެރޭގައި މިސްރުގެ 15 ގަަވަރނޭޓްގެ ތެރެއިން ކޮންމެ ގަވަރނޭޓަކުން މަދުވެގެން 1000 ސޮއެ ހޯދަން ޖެހެއެވެ. ނުވަތަ ޤާނޫްން ހަދާ މަޖިލީހުގެ 20 މެމްބަރެއްގެ ސޮޔާއިއެކުއެވެ.

ސީސީ 4 އަހަރުގެ ދެވަނަ ދައުރަކަށް ވާދަކުރައްވާނެކަން އިއުލާންކުރެއްވީ ޖެނުއަރީ 20 ވަަނަ ދުވަހުއެވެ. އިންތިޚާބުގެ ފުރަތަމަ ބުރުގައި ސީސީއަށް 50 އިންސައްތަ ވޯޓު ލިބިވަޑައިނުގެންފިނަމަ ދެވަނަ ބުރުގެ ވޯޓުލުން އޮންނަނީ އެޕްރީލް މަހުއެވެ.

ކޮމެންޓް

އިތުރަށް ކިޔާލަން

އެމެރިކާގެ އަސްކަރީ ފައުޖުތަކެއް ތުރުކީއާ ސީރިއާ ގުޅޭ ބޯޑަރު ކައިރިއަށް ޖަމާވެއްޖެ

އެމެރިކާގެ އަސްކަރީ ފައުޖުތަކެއް ތުރުކީއާ ސީރިއާ ގުޅޭ ބޯޑަރު ކައިރިއަށް ޖަމާވެއްޖެ

30 އެޕްރީލު 2017
ކިއުބާގެ އަސްކަރީ މަތިންދާބޯޓެއް ވެއްޓި އެންމެން މަރުވެއްޖެ

ކިއުބާގެ އަސްކަރީ މަތިންދާބޯޓެއް ވެއްޓި އެންމެން މަރުވެއްޖެ

30 އެޕްރީލު 2017
އަފްޣާންގެ އަސްކަރީ ބޭހަށް ދިން ހަމަލާގައި މަރުވި ސިފައިންގެ އަދަދު 100 އަށް އަރައިފި

އަފްޣާންގެ އަސްކަރީ ބޭހަށް ދިން ހަމަލާގައި މަރުވި ސިފައިންގެ އަދަދު 100 އަށް އަރައިފި

24 އެޕްރީލު 2017
އަފްޣާނިސްތާނުގެ އަސްކަރީ މަރުކަޒަކަށް ތާލިބާނުންގެ ވަރުދަގަ ޙަމަލާއެއް!

އަފްޣާނިސްތާނުގެ އަސްކަރީ މަރުކަޒަކަށް ތާލިބާނުންގެ ވަރުދަގަ ޙަމަލާއެއް!

22 އެޕްރީލު 2017
ސީރިއާގެ އަސްކަރީ ވައިގެ މަރުކަޒަކަށް އެމެރިކާ އިން ހަމަލާދީފި

ސީރިއާގެ އަސްކަރީ ވައިގެ މަރުކަޒަކަށް އެމެރިކާ އިން ހަމަލާދީފި

07 އެޕްރީލު 2017

އަހަރުތަކުން މިއަދު

10 ފެބުރުއަރީ
އިންޑިއާގެ މަޖިލީހުގައި އާޓިފިޝަލް އިންޓެލިޖެންސް ބޭނުން ކުރާތީ އަބްދުއްރަހީމް ތައުރީފް ކުރައްވާ ރާއްޖޭގެ މަޖިލިސް ޑިޖިޓައިޒް ކުރުމަށް އެހީ އަށް އެދިވަޑައިގެންފި
20251 އަހަރު ކުރިން
ރާއްޖެ

އިންޑިއާގެ މަޖިލީހުގައި އާޓިފިޝަލް އިންޓެލިޖެންސް ބޭނުން ކުރާތީ އަބްދުއްރަހީމް ތައުރީފް ކުރައްވާ ރާއްޖޭގެ މަޖިލިސް ޑިޖިޓައިޒް ކުރުމަށް އެހީ އަށް އެދިވަޑައިގެންފި

ޢަލީ ރަސްގެފާނުގެ ޖިހާދު މީޑިޔާއާ އެބަ މުޚާޠަބުކުރޭ، ޤައުމާ އެއްކޮޅަށް ޚަބަރުތައް ގެންނަން އެބަ ނަސޭހަތްދޭ: ރައީސް
20242 އަހަރު ކުރިން
ރާއްޖެ

ޢަލީ ރަސްގެފާނުގެ ޖިހާދު މީޑިޔާއާ އެބަ މުޚާޠަބުކުރޭ، ޤައުމާ އެއްކޮޅަށް ޚަބަރުތައް ގެންނަން އެބަ ނަސޭހަތްދޭ: ރައީސް

އެމެރިކާގެ ވައިގެ ސަރަހައްދުން ފެނުނު ގޮތް ނޭނގޭ އެއްޗެއް، ފައިޓަރ ޗެޓް ބޭނުންކޮށްގެން ވައްޓާލައިފި
20233 އަހަރު ކުރިން
ދުނިޔެ

އެމެރިކާގެ ވައިގެ ސަރަހައްދުން ފެނުނު ގޮތް ނޭނގޭ އެއްޗެއް، ފައިޓަރ ޗެޓް ބޭނުންކޮށްގެން ވައްޓާލައިފި

ސެލެބްރިޓީ ރޭހުގެ މިފަހަރުގެ ބައިވެރިން
20224 އަހަރު ކުރިން
ތަފާތު ޚަބަރު

ސެލެބްރިޓީ ރޭހުގެ މިފަހަރުގެ ބައިވެރިން

ފިރުޝާނާ: ސިފައިންގެ ދުނިޔޭގައި ފިޔަޖަހާލި ދިވެހި އަންހެން ތަރިއެއް
20215 އަހަރު ކުރިން
ރިޕޯޓު

ފިރުޝާނާ: ސިފައިންގެ ދުނިޔޭގައި ފިޔަޖަހާލި ދިވެހި އަންހެން ތަރިއެއް

ދިވެހި ބޭސް ހެދުމުގެ ނަމޫނާ ބޭސްވެރިއެއް
20197 އަހަރު ކުރިން
ރިޕޯޓު

ދިވެހި ބޭސް ހެދުމުގެ ނަމޫނާ ބޭސްވެރިއެއް

ދެވަންސޫރަ: އޮލިމްޕަސް އޯޑިއެންސާ ބީރައްޓެހި، ނަމަވެސް ކޮންމެހެން ބަލަންޖެހޭ ފިލްމެއް!
20188 އަހަރު ކުރިން
ރިޕޯޓު

ދެވަންސޫރަ: އޮލިމްޕަސް އޯޑިއެންސާ ބީރައްޓެހި، ނަމަވެސް ކޮންމެހެން ބަލަންޖެހޭ ފިލްމެއް!

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު