Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - worldAdvertisement
ދުނިޔެޕްރިންސް އަލްވަލީދު

ބިލިއަނަރު ޕްރިންސް އަލް ވަލީދު މިނިވަންކޮށްފި

28 ޖެނުއަރީ 2018 | އާދީއްތަ 03:18

ޕްރިންސް ވަލީދު ރިޔާޒްގައި ހުންނަ އެ މަނިކުފާނުގެ ގެ ކޮޅަށް ވަޑައިގެންފައިވަނީ ހޮނިހިރު ދުވަހު

އަބުދުﷲ މުހައްމަދު
އަބުދުﷲ މުހައްމަދު | 28 ޖެނުއަރީ 2018 | އާދީއްތަ 03:18
ޕްރިންސް ވަލީދުއާ އިތުރު ބޭފުޅުން ހައްޔަރުު ކޮށްފައިތިއްބެވީ ރިޒްކާލްޓަން ހޮޓަލުގައި

ޕްރިންސް ވަލީދުއާ އިތުރު ބޭފުޅުން ހައްޔަރުު ކޮށްފައިތިއްބެވީ ރިޒްކާލްޓަން ހޮޓަލުގައި

ކޮރަޕްޝަނުގެ ތުހުމަތުގައި ހައްޔަރުކޮށްފައި ހުންނެވި ސައުދީގެ މަޝްހޫރު ވިޔަފާރިވެރިޔާ އަދި ބިލިއަނަރު ޕްރިންސް އަލްވަލީދު ބިން ތަލާލް ދެ މަހަށް ފަހު ބަންދުން ދޫކޮށްލައިފި ކަމަށް އާއިލާއިން ބުނެފިއެވެ.

ރޮއިޓަރސްއިން ރިޕޯޓް ކޮށްފައިވާ ގޮތުގައި ޝާހީ އާއިލާގެ ބޭފުޅުންނާއި، ވަޒީރުންނާއި، އަދި މަތީ ފަންތީގެ ވިޔަފާރިވެރިންނާއިއެކު ހައްޔަރު ކުރެވުނު ޕްރިންސް ވަލީދު ރިޔާޒްގައި ހުންނަ އެ މަނިކުފާނުގެ ގެކޮޅަށް ވަޑައިގެންފައި ވަނީ ހޮނިހިރު ދުވަހުއެވެ.

ރޮއިޓަރސްއަށް ކުރިން ދެއްވި ޚާއްސަ އިންޓަވިއުއެއްގައި ޕްރިންސް ވަލީދު ވިދާޅުވެފައި ވަނީ އުއްމީދު ކުރައްވަނީ ދައުވާއެއް ނުކުރައްވައި ދުވަސްކޮޅެއްގެ ތެރޭގައި މިނިވަންވެ ވަޑައިގަންނަވާނެ ކަމަށެވެ.

"އެއްވެސް ދައުވާއެއް ނެތް. އޮތީ ހަމައެކަނި އަޅުގަނޑާ ސަރުކާރާ ދެމެދު މަޝްވަރާތަކެއް" އުމުރުފުޅުން 62 އަހަރު ފުޅުގެ ވަލީދު ވިދާޅުވިއެވެ.

ސައުދީ ވަލީ އަޙްދު މުޙައްމަދު ބިން ސަލްމާން ރިޔާސަތުގައި އިންނަވާ ސައުދީ އެންޓި ކޮރަޕްޝަން ކޮމިޓީގެ އަމުރަށް ހައްޔަރުކުރެވުނު ބޭފުޅުންގެ ތެރޭގައި ސައުދީ އިންވެސްޓްމަންޓް ކުންފުނި، ކިންގްޑަމް ހޯލްޑިންގެ ވެރިޔާ އަދި ބިލިއަނަރ ޕްރިންސް އަލްވަލީދު ބިން ތަލާލްގެ އިތުރުން ކުރީގެ މާލީ ވަޒީރު އިބްރާހިމް އަލް-އައްސާފް ވެސް ހިމެނިވަޑައިގެންނެވިއެވެ.

ކޮރަޕްޝަންގެ މައްސަލަތަކާއި ގުޅިގެން ބޮޑެތި ބާރުތަކަކާއިއެކު މިދިޔަ ނޮވެމްބަރު މަހު އެކުލަވާލި މިކޮމިޓީގެ ޗެއަރމަނަކަށް އައްޔަން ކޮށްފައިވަނީ ވަލީއަޙުދު މުޙައްމަދު ބިން ސަލްމާން އެވެ. މިކޮމިޓީގައި ދެން ތިއްބަވަނީ ސައުދީ ނޭޝަނަލް އެންޓި ކޮރަޕްޝަން އޮތޯރިޓީގެ ޗެއަރމަން، ޖެނެރަލް އޯޑިޓް ބިއުރޯގެ ޗެއަމަންގެ އިތުރުން އެޓާނީ ޖެނެރަލް އަދި ދައުލަތުގެ ސަލާމަތާބެހޭ އިސްވެރިޔާ އެވެ.

މިކޮމިޓީ އަށް ދީފައިވާ ބާރުތަކުގެ ތެރޭގައި ތަހުގީގު ހިންގުމާއި، ހައްޔަރު ކުރުމާއި، ގައުމުން ބޭރަށް ފުރުން މަނާ ކުރުމާއި، އެކައުންޓްތައް ފްރީޒް ކުރުމާއި، މަގާމްތަކުން ސަސްޕެންޑް ކުރުން އަދި ފައިސާގެ މުއާމަލާތްތަކާއި، މުދާ ހޯދާފައިވާ ގޮތުގެ ތަފްސީލް ހޯދުން ހިމެނެއެވެ.

އަލްވަލީދުގެ ކިންގްޑަމް ހޯލްޑިންގް އަކީ އެމެރިކާގެ ބޭންކެއް ކަމަށްވާ ސިޓީގްރޫޕްގެ މައި ހިއްސާދާރެކެވެ. މީގެ އިތުރުން ކިންގްޑަމް ހޯލްޑިންސްގެ ޙިއްސާ ހިމެނޭ އެހެން ވިޔަފާރިތަކުގެ ތެރޭގައި ނިއުސް ކޯޕް، ޓްވިޓަރ، ފަދަ ކުންފުނިތައް ހިމެނެއެވެ.

ދުނިޔޭގެ އެންމެ މުއްސަނދި މަހުޖަނުންގެ ތެރޭގައި ހިމެނޭ ޕްރިންސް އަލްވަލީދު ބިން ތަލާލް އަކީ، ސައުދީ އަރަބިއްޔާގެ ފައުންޑަރ އަދި ފުރަތަމަ ރަސްގެފާނު އަބްދުލްއަޒީޒް އަލް ސައުދު (އިބްނި ސައުދު) ގެ 12 ވަނަ ދަރިކަލުން ތަލާލް ބިން އަބްދުލްއަޒީޒް އަލް ސައުދުގެ ބޭކަލެކެވެ. އަލްވަލީދު މަންމާފުޅަކީ ލުބުނާނުގެ ފުރަތަމަ ބޮޑުވަޒީރު ރިއާދް އަލް ޞާލިޙްގެ ދަރިކަނބަލުން މޮނާ އަލް ޞާލިޙެވެ.

ކުރިން ދެއްވާފައިވާ އިންޓަވިއުއެއްގައި ސައުދީގެ އޮފިޝަލަކު ވިދާޅުވެފައިވަނީ ޕްރިންސް ވަލީދުގެ މައްޗަށް ކުރެވޭ ތުހުމަތުތަކުގެ ތެރޭގައި މަނީ ލައުންޑަރިންގއާއި، ރިޝްވަތާއި ،ރަސްމީ ފަރާތްތަކަށް ނޫފުޒު ފޯރުވުން ހިމެނެއެވެ.

ރޮއިޓަރސްއިން ރިޕޯޓް ކޮށްފައިވާގޮތުގައި ސައުދީގެ އިދާރާތަކުންވަނީ ހައްޔަރުކުރި ފަރާތްތަކުގެ އަތުން އެ ފަރާތްތައް މިނިވަންކުރުމުގެ ބަދަލެއްގެ ގޮތުގައި މުދަލާއި ފައިސާ ދިނުމަށް ހުށަހަޅާފައެވެ.

ސައުދީގެ އިދާރާތަކުން ބުނެފައިވަނީ އަމާޒަކީ ހައްޔަރުކުރި ފަރާތްތަކާއިއެކު ފައިސާގެ އެއްބަސްވުންތަކެއްގެ ތެރެއިން މައްސަލަ ހައްލު ކުރުން ކަމަށެވެ. އަދި އެ ގޮތުގެ މަތިން ސަރުކާރަށް 100 ބިލިއަން ޑޮލަރު ލިބޭނެ ކަމަށް ލަފާކޮށްފައިވެއެވެ.

ކޮރަޕްޝަންގެ ތުހުމަތުގައި ހައްޔަރު ކޮށްފައިވާ އެހެން ވިޔަފާރިވެރިންގެ ތެރޭގައި މިޑްލް އީސްޓް ބްރޯޑްކާސްޓިން ކޮމްޕެނީ (އެމްބީސީ) ގެ ޗެއަރމަން އަދި ސައުދީ ބިލިއަނަރު ވަލީދު ބިން އިބްރާހިމް އަލް އިބްރާހިމްއާއި އެހެނިހެން ބައެއް ފަރާތްތައްވެސް ދޫކޮށްލާފައިވާއިރު އެ ފަރާތްތައްވެސް މިނިވަންކޮށްފައިވަނީ ފައިސާގެ އެއްބަސްވުންތަކެއްގެ ތެރެއިންކަމަށް ސައުދީގެ އޮފިޝަލް ހުކުރު ދުވަހު ރޮއިޓަރސްގައި ބުނެފައިވެއެވެ.

އެންމެ ހިނގާ

1

ޚާމަނާއީ އަވަހާރަކޮށްލި ހާދިސާއަށްފަހު ފުރަތަމަ ހިނގި ކަންތައްތަކުގެ ތަފުސީލު ޣާލީބާފް ހާމަކުރައްވައިފި

2

މިނިވަންދުވަހުގެ ކުޅަދާނަ ސްޕީޗާއެކު "ނމކޢވ" ގެ ލަގަބު

3

އީރާނުގެ ހަމަލާތަކުން އިސްރާއީލު ދިފާއުކުރެވޭނެ ގާބިލުކަމެއް އެމެރިކާ އަކު ނެތް ކަމަށް އެމެރިކާގެ އިސް ކޮމާންޑަރަކު ވިދާޅުވެއްޖެ

4

އުރުދުންގައި ހުންނަ އެމެރިކާގެ އަސްކަރީ މަރުކަޒަށް އީރާނުން ދިން ހަމަލާތަކުގައި އެއްވެސް ގެއްލުމެއް ނުވާކަމަށް އެމެރިކާއިން ދައްކަމުންދާ ވާހަކަތައް ދޮގުކުރާ ފޮޓޯތަކެއް އީރާނުން އާންމުކޮށްފި

5

މެދުއިރުމަތީގައި ތިބި އެމެރިކާ ރައްޔިތުން ފުރަން ތައްޔާރުވުމަށް އެމްބަސީތަކުން އިންޒާރުދީފި

އިތުރަށް ކިޔާލަން

05 ޖޫން 2017

އައިއެސްގެ އަތްދަށުން އަލްބާޖް މިނިވަންކޮށްފި

05 ޖޫން 2017
އައިއެސްގެ އަތްދަށުން އަލްބާޖް މިނިވަންކޮށްފި
26 އެޕްރީލު 2017

ޚާލިދު އަލް އަރާޖްއަށް ބޮޑު ޖަލު ހުކުމެއް އަތުވެދާނެ!

26 އެޕްރީލު 2017
ޚާލިދު އަލް އަރާޖްއަށް ބޮޑު ޖަލު ހުކުމެއް އަތުވެދާނެ!
03 އެޕްރީލު 2017

ބަޣްދާދީގެ ނައިބެއް ކަމަށްވާ އަޔާދު އަލް-ޖުމައިލީ މަރާލައިފި

03 އެޕްރީލު 2017
ބަޣްދާދީގެ ނައިބެއް ކަމަށްވާ އަޔާދު އަލް-ޖުމައިލީ މަރާލައިފި
06 މާރިޗު 2017

އިރާގު އަސްކަރިއްޔާއިން މޫސަލްގެ އަލް ހުއްރިއްޔާ ބްރިޖް ހިފައިފި

06 މާރިޗު 2017
އިރާގު އަސްކަރިއްޔާއިން މޫސަލްގެ އަލް ހުއްރިއްޔާ ބްރިޖް ހިފައިފި
24 ފެބުރުއަރީ 2017

ސީރިޔާގެ އަލްބާބު "ފްރީ ސީރިއަން" އާމީގެ އަތްދަށަށް

24 ފެބުރުއަރީ 2017
ސީރިޔާގެ އަލްބާބު "ފްރީ ސީރިއަން" އާމީގެ އަތްދަށަށް
20 ފެބުރުއަރީ 2017

މޫސަލް މިނިވަން ކުރުމަށް ކުރާ ހަނގުރާމައިގައި އިތުރު އަވަށްތަކެއް މިނިވަންކޮށްފި

20 ފެބުރުއަރީ 2017
މޫސަލް މިނިވަން ކުރުމަށް ކުރާ ހަނގުރާމައިގައި އިތުރު އަވަށްތަކެއް މިނިވަންކޮށްފި
13 ފެބުރުއަރީ 2017

ސައުދީ ވަލީއަހުދު ޕްރިންސް މުހައްމަދު ބިން ނާއިފް އަށް ސީއައިއޭ އިން ހާއްސަ މެޑައްޔެއް އަރުއްވައިފި

13 ފެބުރުއަރީ 2017
ސައުދީ ވަލީއަހުދު ޕްރިންސް މުހައްމަދު ބިން ނާއިފް އަށް ސީއައިއޭ އިން ހާއްސަ މެޑައްޔެއް އަރުއްވައިފި
09 ފެބުރުއަރީ 2017

އެމެރިކާއިން ސީރިއާގައި ދިން ހަމަލާތަކެއްގައި އަލްގައިދާގެ 11 މީހުން މަރާލައިފި

09 ފެބުރުއަރީ 2017
އެމެރިކާއިން ސީރިއާގައި ދިން ހަމަލާތަކެއްގައި އަލްގައިދާގެ 11 މީހުން މަރާލައިފި
16 ޖެނުއަރީ 2017

ބްރެޒިލްގެ އަލްކަކޫޒް ޖަލުގެ ހަމަނުޖެހުމުގައި މަރާލި މީހުންގެ އަދަދު 30 އަށް

16 ޖެނުއަރީ 2017
ބްރެޒިލްގެ  އަލްކަކޫޒް ޖަލުގެ ހަމަނުޖެހުމުގައި މަރާލި މީހުންގެ އަދަދު 30 އަށް
14 ޖެނުއަރީ 2017

ޕްރިންސްސަސް މާގްރެޓްގެ ކުރީގެ ފިރިކަލުން ލޯޑް ސްނޯޑަން އަވަހާރަވެއްޖެ

14 ޖެނުއަރީ 2017
ޕްރިންސްސަސް މާގްރެޓްގެ ކުރީގެ ފިރިކަލުން ލޯޑް ސްނޯޑަން އަވަހާރަވެއްޖެ
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް