Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެރައީސް ނަޝިދު

އދ އަށް ސަރުކާރުން ދިން ޖަވާބަށް ރައީސް ނަޝީދުގެ ވަރުގަދަ ރައްދެއް

24 ޖެނުއަރީ 2018 | ބުދަ 18:14

ހުކުމް ކުރީ ސިޔާސީ ގޮތުން. އެއީ ރާއްޖެއަށް އަލުން ޑިމޮކްރެސީ އަތުވެދާނެތީ

އަހުމަދު މުހުސިނު
އަހުމަދު މުހުސިނު | 24 ޖެނުއަރީ 2018 | ބުދަ 18:14
ރައީސް ނަޝީދު: އދ ގެ ނިންމުމެއްގެ އިންތިޒާރުގައި

ރައީސް ނަޝީދު: އދ ގެ ނިންމުމެއްގެ އިންތިޒާރުގައި

ކުރިމިނަލް ކޯޓްގެ ކުރީގެ އިސް ޤާޒީ އަބްދުﷲ މުހައްމަދު ހައްޔަރުކުރި މައްސަލާގައި ޓެރަރިޒަމްގެ ދައުވާކޮށް ކުރީގެ ރައީސް މުހައްމަދު ނަޝީދުގެ މައްޗަށް ކޮށްފައިވަނީ ސިޔާސީ ހުކުމެއް ކަމަށާއި އެކަން އެގޮތަށް ކޮށްފައިވަނީ ރާއްޖެއަށް އަލުން ޑިމޮކްރެސީ އަތުވެދާނެތީ ކަމަށް ބުނެ ޔޫއެން ހިއުމަންރައިޓްސް ކައުންސިލަށް ސަރުކާރުން ދިން ޖަވާބަށް ރައީސް ނަޝީދުގެ ފަރާތުން ވަރުގަދަ ރައްދެއް ދީފިއެވެ

ރައީސް ނަޝީދު ވެސް ވަނީ ދިވެހިސަރުކާރުން ދީފައިވާ ޖަވާބަށް އެމަނިކުފާނު ދެއްވި ރައްދު އެޓޭޗް ކުރައްވާ ޓްވީޓެއް ވެސް ކުރައްވާފައެވެ.

Advertisement - newsAdvertisement

ދިވެހި ސަރުކާރުން ރައީސް ނަޝީދާ ބެހޭ ގޮތުން ޔޫއެޗްސީއާރސީ އަށް ހުށަހަޅާފައިވާ ވާހަކަތަކަށް ރައްދު ދެއްވައި ރައީސް ނަޝީދުގެ ފަރާތްޕުޅުން ވަނީ ވަރަށް ތަފްސީލީ ރައްދެއް އެކައުންސިލަށް ހުށަހަޅުއްވާފައެވެ.

ރައީސް ނަޝީދުގެ ފަރާތުން ހުށަހަޅާފައިވާ ރައްދުގައި ބުނެފައިވާ ގޮތުގައި ނަޝީދު ހައްޔަރުކުރުމާއި، އޭނާގެ މައްޗަށް ޝަރީޢަތްކުރުމާއި، އޭނާގެ މައްޗަށް ކުށް ސާބިތުކުރުމާއި، ޙުކުމްކުރުމާއި ޖަލަށްލުން ކުރިއަށް ގެންގޮސްފައިވަނީ، އައި.ސީ.ސީ.ޕީ.އާރުގައި ބުނާ ޙައްޤުތަކާ ޚިލާފަށެވެ. މީގެ އިތުރުން، މުޙައްމަދު ނަޝީދު، ދިވެހި ވެރިކަމަށް ކުރިމަތިލެއްވުމުގެ ފުރުޞަތު ދިވެހި ސަރުކާރުން ހުއްޓުވާފައިވުމާއި، ސިޔާސީ ޕާޓީއެއްގެ ލީޑަރެއްގެ މަޤާމުގައި ނުހުންނެވޭނެ ގޮތް ހަދާފައި އޮތުމަކީވެސް އައި.ސީ.ސީ.ޕީ.އާރުގެ މާއްދާތަކާ ޚިލާފު ކަންކަމެވެ.

މީގެ އިތުރުން މި މައްސަލައިގައި ދިވެހި ސަރުކާރުން އަޅުވާފައިވާ ވަކިވަކި އިލްޒާމްތަކުގެ އިތުރުން ސަރުކާރުގެ ފާހަގަކުރުންތަކުގައިވާ ގިނަގުނަ އާންމު އުނި ސިފަތަކެއް ވާކަން ވަނީ ފާހަގަ ކޮށްފައެވެ.

އެގޮތުން ފުރަތަމަ ކަމަކީ، ސަރުކާރުގެ ރައްދުގެ ބޭނުމަކީ މައްސަލައިގެ މައުޟޫޢީ ކަންކަމުގެ ބޭރަށް ސަމާލުކަން ގެނައުންކަމުގައި ދެކޭނެ ޖާގަ އޮތުން ކަމަށާއި ދިވެހިރާއްޖޭގެ އާންމު ސިޔާސީ މަސްރަހާގުޅޭ ކަމާނުގުޅޭ އެތައް ވާހަކައެއް ގެނެސްފައިވާ ކަމަށް ވަނީ ފާހަގަ ކޮށްފައެވެ. އެގޮތުން ނަޝީދު ރައީސްކަމުގައި ހުންނެވިއިރާގުޅޭ ޙަޤީޤަތާ ޚިލާފު، ކަމާނުގުޅޭ މައުލޫމާތު ހުރިކަމަށާއި ހަމައެކަނި ބޭނުމަކީ ފައިދާނުކުރަނިވި އައްޔެއްގައި އޭނާ ދައްކުވައިދިނުން ކަމަށެވެ.

ދެވަނަ ކަމަކީ، ނަޝީދުގެ މައްޗަށް ދައުވާކުރި ކުށް، އޭނާގެ މައްޗަށް ސާބިތުވެފައިވާ ކަމުގައި ސަރުކާރުން ބުނާއިރު އެ ދަޢުވާގެ މައިގަނޑު އަސާސަކީ "ގަދަކަމުން މީހަކު ފޮރުވުމުގެ ޓެރަރިޒަމް"ގެ ޢަމަލެއް ނަޝީދުގެ ފަރާތުން ކުރިކަމަށް ތުހުމަތުކުރުން ކަމުގައިވާއިރު، ޤާޟީ ޢަބްދުالله މުޙައްމަދު ހައްޔަރުކުރުމަށް ނަޝީދުގެ ފަރާތުން އަމުރުކުރިކަމުގެ މުޢައްޔަނު ލިޔުމެއް ނުވަތަ ހެއްކެއް ކްރިމިނަލް ކޯޓަށް ދައުލަތުގެ ފަރާތުން އެއްގޮތަކަށްވެސް ހުށައަޅާފައި ނުވުން ކަމަށެވެ.

އަދި ތިންވަނަ ކަމަކީ، ނަޝީދުގެ ފަރާތުން ހުށައެޅި ޝަކުވާގައި ހެއްކާއެކު ސާބިތުކޮށްދީފައިވާ ކަންކަމަށް ސަރުކާރުން ދެކޮޅުހަދާފައި ވުމެވެ.

މީގެ އިތުރުން ހަތަރުވަނަ ކަމެއްގެ ގޮތުގައި ސަރުކާރުން ހުށައެޅި ރައްދުގައި، ސަރުކާރުގެ ކެހިވެރިކަން ދިމާއަށް ފެންނަ އިލްޒާމުތައް ހުރިކަމަށް ވެސް ރައީސް ނަޝީދުގެ ފަރާތްޕުޅުން ހުށަހެޅި ރައްދުގައި ވެއެވެ.

އެރައްދުގައި ބުނެފައިވާ ގޮތުގައި ނަޝީދާ ދެކޮޅަށް ހިންގި ޖިނާއީ މައްސަލަ ވަނީ ޤަޟާއީގޮތުން ލާޒިމްކުރާ "ޑިޔު ޕްރޮސެސް" ގެ އެތައް އުޞޫލުތަކަކާ ޚިލާފުވެފައި ކަމަށާއި އިންޞާފުވެރި ޝަރީޢަތެއް ހިންގުމުގައި ހުންނަން ޖެހޭ ބައިނަލްއަޤްވާމީ މިންގަނޑުތައް ނަގަހައްޓަން ފޭލިވެފައިވާ ކަމަށެވެ.

ސަރުކާރުން ހުށަހަޅާފައިވާ ވާހަކަތަކަށް ދެއްވި ރައްދު ނިންމާލަމުން ބުނެފައިވަނީ ނަޝީދު ހައްޔަރުކުރުމާއި، އޭނާގެ މައްޗަށް ޝަރީޢަތްކުރުމާއި، އޭނާގެ މައްޗަށް ކުށްސާބިތުކުރުމާއި ޙުކުމްކުރި ކުރުމަކީ ބޭއިންޞާފުން ހިންގި ޝަރީޢަތެއްގެ ނަތީޖާކަން އެނގޭ ކަމަށެވެ.

އަދި މި ޝަރީޢަތް ހިންގާފައިވަނީ ސިޔާސީ މަޤްޞަދެއްގައި ހިންގި ރޭވުމަކުން ނަޝީދުގެ އަޑު ކަނޑުވާލުމަށް ކަމަށާއި އަދި އެއީ އޭނާގެ ސިޔާސީ ޚިޔާލުތަކުގެ ސަބަބުން ޑިމޮކްރަސީ އަލުން އަނބުރާ އަތުވެދާނެތީ ކުރި ކަމެއް ކަމަށެވެ.

އެހެންކަމުން އައި.ސީ.ސީ.ޕީ.އާރުގެ ގިނަގުނަ މާއްދާތަކާ ޚިލާފަށް، ނަޝީދުގެ ބަންދަކީ އެއްވެސް ހަމައެއް ނެތި ކުރި ބަންދެއްކަން އެނގޭ ކަމަށާއި ރައީސް ކަމަށް ކުރިމަތިނުލެވޭ ގޮތް ހަދާފައިވުމާއި ދިވެހިރައްޔިތުންގެ ޑިމޮކްރެޓިކް ޕާޓީގެ ލީޑަރަކަށް ވުމުން މަހްރޫމުކޮށްފައި އޮތް އޮތުމަކީ ވެސް އައި.ސީ.ސީ.ޕީ.އާރުގެ 22 ވަނަ މާއްދާއާއި 25 ވަނަ މާއްދާއާ ޚިލާފަށް ކޮށްފައި އޮތް ކަމެއް ކަމަށެވެ، އަދި އެއީ އެއްވެސް ޤާނޫނީ ހަމައެއްނެތި ކޮށްފައިވާ ކަމެއްކަން އެނގޭ ކަމަށް ވެސް ބުނެފައިވެއެވެ.

ރައީސް ނަޝީދުގެ ފަރާތުން ހުށަހެވި 44 ސަފްހާގެ މި ބަޔާނުގައި، އދގެ ހިޔުމަން ރައިޓްސް ކޮމިޓީން، މާޗ-އެޕްރީލް 2018 ގެ ސެޝަނުގައި، ރައުޔެއް ފާސްކުރުމަށް އެދި ވަޑައިގެން ބުނެފައިވަނީ އދ.ގެ ހިޔުމަން ރައިޓްސް ކޮމިޓީން މިކަމާމެދު ރައުޔެއް ނެރުން ލަސްކޮށްފިނަމަ ރައީސް ނަޝީދަށް ފޫނުބެއްދޭ ފަދަ ގެއްލުން ލިބޭނެ ކަމަށާއި އަންނަ ރިޔާސީ އިންތިޚާބުގައި ކުރިމަތިލެއްވުމުގެ ފުރުޞަތު ގެއްލޭނެ ކަމުގައި ބުނެފައިވެއެވެ.

އެންމެ ހިނގާ

1

ތުރުކީން ޓްރަމްޕް ފުރާވަޑައިގަންނަވާއިރު ކޮނޑުމަތީގައި ފޮނުވާލާ މިސައިލަކުން ހަމަލާދޭން އޮތީ ރާވާފައި: ރިޕޯޓް

2

ސްޕޯޓްސް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު ލަތީފް ކުއްލި ގޮތަކަށް މަޤާމުން ވަކިކޮށްފި

3

"އަދަބުވެރިކަން ނެތުމުގެ" ސަބަބުން ދަނބިދަރިފުޅުގެ ޝާހީ ލަގަބުތައް ބުރޫނާއީގެ ރަސްގެފާނު އަތުލައްވައިފި

4

އެމެރިކާއާއި އީރާނުގެ މަޝްވަރާތައް މަރުތަޅުއެޅިފައި - އެންމެ ފަހުގެ ތަފުސީލު

5

10 އަހަރު ވަންދެން ލޯބީގެ ގޮތުން ގުޅިގެން އުޅުމަށް ފަހު، ރޮނާލްޑޯ އާއި ޖޯޖީނާ ކައިވެނިކޮށްފި

އިތުރަށް ކިޔާލަން

09 ޖެނުއަރީ 2017

ޕީޕީއެމްގެ ރައީސްގެ އޮފީހުގައި އެ ޕާޓީގެ ހަރަކާތްތައް ފަށަނީ

09 ޖެނުއަރީ 2017
ޕީޕީއެމްގެ ރައީސްގެ އޮފީހުގައި އެ ޕާޓީގެ ހަރަކާތްތައް ފަށަނީ
07 ޖެނުއަރީ 2017

ރައީސް ޔާމީން ވެރިކަން ކުރައްވަމުން ގެންދަވަނީ ޤަދީމީ، ބިރުވެރި މެސެޖުތަކެއް ގެނެސްދޭ އުޞޫލުތަކެއްގެ މަތިން: އަލީ ނިޒާރު

07 ޖެނުއަރީ 2017
ރައީސް ޔާމީން ވެރިކަން ކުރައްވަމުން ގެންދަވަނީ ޤަދީމީ، ބިރުވެރި މެސެޖުތަކެއް ގެނެސްދޭ އުޞޫލުތަކެއްގެ މަތިން: އަލީ ނިޒާރު
07 ޖެނުއަރީ 2017

ރައީސް ދެއްވާ ޚާއްސަ ފުރުސަތުގައި ކުދިންނަށް މަފުދޭ ގަވާއިދު ނެފެރި

07 ޖެނުއަރީ 2017
ރައީސް ދެއްވާ ޚާއްސަ ފުރުސަތުގައި ކުދިންނަށް މަފުދޭ ގަވާއިދު ނެފެރި
07 ޖެނުއަރީ 2017

އަންހެނުން ބާރުވެރިކުރުމަށް ރައީސް ޔާމީން ވަނީ ނުކުޅެދިފަ: ޝިދާތާ

07 ޖެނުއަރީ 2017
އަންހެނުން ބާރުވެރިކުރުމަށް ރައީސް ޔާމީން ވަނީ ނުކުޅެދިފަ: ޝިދާތާ
07 ޖެނުއަރީ 2017

ފްލެޓް މައްސަލާއިގައި ރައީސް އޮފީހުގެ ޖަވާބު: ހައުސިން މިނިސްޓްރީއަށް ހުށައަޅައިގެން ހައްލުކުރޭ

07 ޖެނުއަރީ 2017
ފްލެޓް މައްސަލާއިގައި ރައީސް އޮފީހުގެ ޖަވާބު: ހައުސިން މިނިސްޓްރީއަށް ހުށައަޅައިގެން ހައްލުކުރޭ
07 ޖެނުއަރީ 2017

މުއީޒް އެ ހައްދަވަނީ ބުހުތާން ދޮގު، އެދައްކަވަނީ ކުޑަކުދިން ދައްކާ ކަހަލަ ވާހަކަ: އަސްލަމް

07 ޖެނުއަރީ 2017
މުއީޒް އެ ހައްދަވަނީ ބުހުތާން ދޮގު، އެދައްކަވަނީ ކުޑަކުދިން ދައްކާ ކަހަލަ ވާހަކަ: އަސްލަމް
06 ޖެނުއަރީ 2017

ރައީސް ޔާމީނާއި އެމަނިކުފާނުގެ ސިޔާސަތު މިއަދު ފެއިލްވެއްޖެ: ޝިފާ

06 ޖެނުއަރީ 2017
ރައީސް ޔާމީނާއި އެމަނިކުފާނުގެ ސިޔާސަތު މިއަދު ފެއިލްވެއްޖެ: ޝިފާ
06 ޖެނުއަރީ 2017

އެއީ ރައީސް ޔާމީންގެ ވައުދެއް، އީސީ ހޮސްޕިޓަލަކަށް ބަދަލުކުރަން ރައްޔިތުން ދެކޮޅު: އައްޑޫ ސިޓީ ކައުންސިލް

06 ޖެނުއަރީ 2017
އެއީ ރައީސް ޔާމީންގެ ވައުދެއް، އީސީ ހޮސްޕިޓަލަކަށް ބަދަލުކުރަން ރައްޔިތުން ދެކޮޅު: އައްޑޫ ސިޓީ ކައުންސިލް
06 ޖެނުއަރީ 2017

ރައީސް ޔާމީނަކީ، ޤައުމުގައި ބައިބައިވުންތައް އުފައްދަވާ ބޭފުޅެއް: ޝަރީފް

06 ޖެނުއަރީ 2017
ރައީސް ޔާމީނަކީ، ޤައުމުގައި ބައިބައިވުންތައް އުފައްދަވާ ބޭފުޅެއް: ޝަރީފް
06 ޖެނުއަރީ 2017

ފެނަށްޖެހޭ ރަށްރަށަށް ސަރުކާރުން ބޯފެން ފޯރުކޮށްދިނުމުގެ މަސައްކަތަށް ބަދަލު ގެނެސްފި

06 ޖެނުއަރީ 2017
ފެނަށްޖެހޭ ރަށްރަށަށް ސަރުކާރުން ބޯފެން ފޯރުކޮށްދިނުމުގެ މަސައްކަތަށް ބަދަލު ގެނެސްފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް