Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެ
ޝެއިހް އިމްރާން އަބްދުﷲ

މޭޑޭގެ މުޒާހަރާގައި ހަމަނުޖެހުންތައް ހިންގައި، ޝެއިޚް އިމްރާން ޖަލަށްލީ ރައީސް ޔާމީނުގެ ރޭވުމަކުން: އަދީބު

މުޒާހަރާ ކުރިއަށް ދިޔައިރު ރައީސް ޔާމީނާއި މިނިސްޓަރުން ތިއްބެވީ އާރަށުގައި

އަޒުމޫން އަހުމަދު
އަޒުމޫން އަހުމަދު, ރާއްޖެ އެމްވީ | 24 ޖެނުއަރީ 2018 | ބުދަ 12:14
ޝެއިޚް އިމްރާން އަބްދުﷲ ކަރެކްޝަނުގެ ބެލުމުގެ ދަށުގައި

ޝެއިޚް އިމްރާން އަބްދުﷲ ކަރެކްޝަނުގެ ބެލުމުގެ ދަށުގައި

ދެހާސްފަނަރަ ވަނަ އަހަރުގެ މޭޑޭގެ މުޒާހަރާގައި ހިނގި ހަމަނުޖެހުންތަކަކީ ރައީސް އަބްދުﷲ ޔާމީންގެ ރޭވުމުގެ ދަށުން ހިންގި ހަމަނުޖެހުންތަކެއް ކަމަށާއި އެ މުޒާހަރާއާ ގުޅިގެން އަދާލަތު ޕާޓީގެ ރައީސް ޝެއިޚް އިމްރާން އަބްދުﷲ ޖަލަށްލީ ވެސް ސީދާ ރައީސް ޔާމީނުގެ ރޭވުމެއްގެ ދަށުން ކަމަށް ކުރީގެ ނައިބު ރައީސް އަހުމަދު އަދީބު ވިދާޅުވެއްޖެ އެވެ.

އަދާލަތު ޕާޓީ އިސްވެ އޮވެގެން އިދިކޮޅު ހުރިހާ ޕާޓީތަކާއެކު 2015 ވަނަ އަހަރުގެ މެއި މަހުގެ އެއްވަނަ ދުވަހު ބޭއްވި މުޒާހަރާގައި ދެއްކެވި ވާހަކަތަކާއި ގުޅިގެން ޝެއިޚް އިމްރާންގެ މައްޗަށް ޓެރަރިޒަމުގެ ދައުވާކޮށް، 2016 ވަނަ އަހަރުގެ ފެބްރުއަރީ 16 ވަނަ ދުވަހު، އޭނާ 12 އަހަރަށް ޖަލަށް ލުމަށް ވަނީ ހުކުމް ކޮށްފަ އެވެ.

އިމްރާން ޖަލުގައި އޮންނަވާތާ 1000 ދުވަސް ފުރުމާއި ގުޅިގެން، އަދީބު ނެރުއްވި ބަޔާނެއްގައިވާ ގޮތުގައި، މުޒާހަރާގެ ބައިވެރިންނާއި މުޚާތަބުކޮށް، ރައީސުލްޖުމްހޫރިއްޔާއާ ދައުލަތުގެ އިސްވެރިންނާ ދިވެހި ސަރުކާރާމެދު ނަފުރަތު އުފެދޭގޮތަށާއި، ދިވެހި ރައްޔިތުންގެ މެދުގައި ބިރުވެރިކަން އުފެދޭގޮތަށް ދެއްކި ވާހަކަތަކުގެ ސަބަބުން ކަމަށް ބުނެ، އިންސާފުވެރި ޝަރީއަތަކާއި ނުލައި އިމްރާން ޖަލަށްލާފައި ވަނީ ސީދާ ރައީސް ޔާމީންގެ ނުފޫޒުން ކަމަށެވެ.

"ޢިމްރާން ދިގު މުއްދަތަކަށް ޖަލަށް ލުމަށް ޙުކުމް ކޮށްފައިވަނީ، އިންސާފުވެރި ޝަރީޢަތެއް ނުލިބި، ސީދާ ރައީސް ޔާމީންގެ ނުފޫޒުން ކަން އަޅުގަނޑު މި ދަންނަވަނީ ރައީސް ޔާމީން ކުރެއްވި ކަންތައްތައް ރަނގަޅަށް ދަންނަ މީހެއްގެ ހައިސިއްޔަތުންނެވެ." އަދީބުގެ ބަޔާނުގައިވެއެވެ.

އަދީބު ވިދާޅުވީ ރައީސް ޔާމީނުގެ ސަރުކާރު ހިމެނޭ ކޯލިޝަނުން ޢަދާލަތު ޕާޓީ ވަކިވުމުގެ އެތަކެއް ދުވަސްތަކެއް ކުރިންވެސް، އެ ޕާޓީއާ އަދި ވަކިން ޚާއްޞަކޮށް އެ ޕާޓީގެ ރައީސް ޢިމްރާން ނިކަމެތިކޮށް، ސިޔާސީ މައިދާނުން އެކަހެރިކުރުމުގެ ވިސްނުންތަކެއް ރައީސް ޔާމީން ގެންގުޅުއްވި ކަމަށެވެ.

ކުރީގެ ޑިފެންސް މިނިސްޓަރު މުޙައްމަދު ނާޒިމްގެ ގެކޮޅުން ފިސްތޯލައެއް ފެނުނު މައްސަލާގައި، ނާޒިމްގެ ދިފާޢުގައި ޢިމްރާން މަސައްކަތްކުރަން ފެއްޓެވި ހިސާބަކީ ރައީސް ޔާމީނުގެ ޓާގެޓަކަށް ޢިމްރާން ހެއްދެވި ހިސާބު ކަމަށް އަދީބުގެ ބަޔާނުގައިވެއެވެ.

އެގޮތުން 2015 ވަނަ އަހަރުގެ މޭޑޭ މުޒާހަރާ އަކީ ސިޔާސީ މައިދާނުން ޢިމްރާން އެކަހެރިކުރުމަށް ލިބުނު ފުރުޞަތެއް ކަމަށް ބައްލަވައި އެދުވަހުގެ އަމާންކަން ނަގާލުމަށް ރާވައި، އެތަކެއް ތުހުމަތުތަކެއް ޢިމްރާންގެ އިސްތަށިފުޅުގައި އެޅުއްވުމަށް ރައީސް ޔާމީން ރޭއްވެވި ކަމަށް އަދީބުގެ ބަޔާނުގައިވެއެވެ.

"ރައީސް މުޙައްމަދު ނަޝީދާއި ކާނަލް މުޙައްމަދު ނާޡިމް ދޫކޮށްލުމަށާއި އެބޭފުޅުންނަށް ހުކުމްކޮށްފިނަމަ ރައްޔިތުން ނިކުންނާނެކަމާއި އަދި ރައްޔިތުންގެ މަޖިލީހުގެ މެޖޯރިޓީ ސަރުކާރަށް ހޯދާފައިވަނީ ސިޔާސީ ފަރާތްތަކަށް އަނިޔާވެރިވުމަށް ނޫންކަމާ ދިވެހިރާއްޖޭގެ އިޤްތިސާދާއި ގައުމަށް ތަރައްގީ ގެނައުމުގެ މަގުސަދުގައިކަން ވެސް ރައީސް ޔާމީންނަށް ތަކުރާރުކޮށް އަޅުގަނޑު ދެންނެވީމެވެ." އަދީބުގެ ބަޔާނުގައިވެއެވެ.

މޭޑޭ މުޒާހަރާއާ ގުޅިގެން ހިނގާދިޔަ ހަމަނުޖެހުމުގެ ތެރޭގައި، އަމަން ބަލަހައްޓަން ތިބި ފުލުހުންނަށާއި، ޢާއްމުންގެ މުދަލަށް ގެއްލުން ދިނުމުގެ ޢަމަލުތަކަކީ، ސަރުކާރުގެ ތެރެއިން ސީދާ ރައީސް ޔާމީނުގެ ރޭވުމަކުން ހިނގާދިޔަ ޢަމަލުތަކެއްކަން ނުހަނު ރަނގަޅަށް އެނގިވަޑައިގަންނަވާ ކަމަށް އަދީބު ވިދާޅުވެފައިވެއެވެ.

އެގޮތުން، އެ ދުވަހުގެ މުޒާހަރާގައި ބޭނުން ކުރި ޕިކަޕެއް ފުލުހުންގެ ބެރިކޭޑުތައް ފަޅާލައި، ފުލުހުންގެ ތެރެއަށް ވަނުމާއި، މުޒާހަރާ މެދުކަނޑާލެވުނު ވަގުތު މާލޭގެ މަގުތަކުގައި ހިނގާދިޔަ ފުލުހުންނާއި ޢާންމުންނަށް ހަމަލާ ދިނުމުގެ ޢަމަލުތަކަކީ މި ރޭއްވެވުމުގެ ދަށުން ހިނގާދިޔަ ކަންތައްތަކެއްކަން، ދިވެހި ރައްޔިތުންނަށް ޔަގީންކޮށް ދެއްވާ ކަމަށް އަދީބު ވިދާޅުވެފައިވެއެވެ.

ޢިމްރާން ޖަލުގައި ދުވަސްތައް ވޭތުކުރަމުން އެ ގެންދަވަނީ އެއްވެސް ކުށެއް ނެތި، ބޭއިންސާފުންކަމީ ސަރުކާރުގެ އިސް ހުރިހާ ފަރާތްތަކުން ދަންނަ ހަގީގަތެއް ކަމަށާއި އަދި އެދުވަހު ރައީސް ޔާމީނާއި މިހާރު އަމިއްލައަށް ގަދަވެފައިއުޅޭ ބައެއް މިނިސްޓަރުން ތިއްބެވީ "ބިރުން އާރަށުގައި ފިލައި" ކަމަށް ވެސް އަދީބު ވިދާޅުވެފައިވެއެވެ.

"ފިލާތިއްބަވާ އެބޭފުޅުން ޖަރީމާތައް ހިންގަވާފައި ހުރިހާކަމެއްޖެހީ އަޅުގަނޑުގެ ބޮލަށެވެ. ރައީސް ޔާމީނަކީ ޑިމޮކްރަސީއާ ބީރައްޓެހި މުޒާހަރާތައްދެކެ ބިރުގަންނަ ފަރާތަކަށްވީއިރު އަޅުގަނޑުވާނީ 2012، 2013 ގައިވެސް ކުރެވުނު މުޒާހަރާތައް ދެކިފައެވެ. ސިޔާސީ ފަރާތްތައްދެކެ ޒާތީވެ ކުޑަގޮޅިޔަށްލާ ވަޒީފާތަކުން ރައްޔިތުން ވަކިކުރުމަކީ ރައީސް ޔާމީން ވެރިކަމަށް ކުފޫހަމަނުވާކަމެކެވެ." އަދީބު ވިދާޅުވެފައިވެއެވެ.

އަދީބު ވަނީ، އިމްރާން ޖަލަށް ލުމަށް ހުކުމްކޮށްފައިވާ މައްސަލަ އަލުން ބެއްލެވުމަށް އުއްތަމަ ފަނޑިޔާރާއި، ސުޕްރީމް ކޯޓުގެ ފަނޑިޔާރުންގެ ކިބައިން އެދިވަޑައިގެންފަ އެވެ. އަދީބު ވިދާޅުވީ ދިވެހިރާއްޖޭގެ ޝަރުޢީ ކޯޓެއްގައި، 2015 ވަނަ އަހަރުގެ މޭޑޭ މުޒާހަރާއާ ގުޅިގެން ހިނގާދިޔަ، ހަމަނުޖެހުންތަކުގެ ޙަޤީޤަތް ހާމަކުރުމުގެ ފުރުޞަތު ލިބިވަޑައިގެންފިނަމަ، އެ މުޒާހަރާއާ ގުޅިގެން ޢިމްރާންގެ އިސްތަށިފުޅުގައި އެޅުވުމަށް ރޭވި، ތަމްސީލުވެގެންދިޔަ ކަންތައްތަކުގެ ތަފްޞީލުތައް އެނގިވަޑައިގަންނަވާ މިންވަރަށް ހިއްސާކޮށް، ޝަރުޢީ ކޯޓަކުން ފައިސަލާކޮށްފައިވާ ކަމަކާއި ގުޅިގެން، ޝަރުޢީ ހަމަތަކުގެ މަތީން، ކޯޓުތަކަށާއި ރައްޔިތުންނަށް ހާމަކޮށްދޭންޖެހޭ އެންމެހާ ހަގީގަތްތައް ހާމަކޮށްދިނުމަށް ތައްޔާރަށް ހުންނެވި ކަމަށެވެ.

އަދީބު ވިދާޅުވީ ޖަލުގެ ގޮޅިން ސަލާމަތްވެ ވަޑައިގެންނެވޭނެ އެތަކެއް ފުރުޞަތެއް ލިބިވަޑައިގަންނަވަމުން ދާއިރުވެސް، ޢާއިލާ އާއި އަމިއްލަ އެދުންތައް އެއްފަރާތްކުރައްވައި، އިމްރާން ދައްކަވަމުން ގެންދަވާ ނަމޫނާއަކީ މަދުން ނޫނީ ނުފެންނަ ކަމެއް ކަމަށާއި، އިމްރާނަކީ ދިވެހި ރައްޔިތުން ފަޚުރުވެރިވުން ޙައްޤު ސިފަފުޅުތަކެއް ލިބިވަޑައިގެން ހުންނެވި ބޭފުޅެއް ކަމަށެވެ.

އަދީބުގެ ބަޔާނުގައި ރައީސް ޔާމީނުގެ މައްޗަށް ކޮށްފައިވާ ތުހުމަތުތަކާއި ގުޅޭގޮތުން ރައީސް ޔާމީނުގެ ބަހެއް ހޯދުމަށް އެމަނިކުފާނުގެ ތަރުޖަމާނު އިބްރާހިމް މުއާޒު އަލީއަށް ގުޅުމުން ވިދާޅުވީ ގައިދީން ނެރޭ ބަޔާންތަކަށް ކޮމެންޓް ނުކުރައްވާނެ ކަމަށެވެ.

ކޮމެންޓް

އިތުރަށް ކިޔާލަން

ޝެއިޚް އިމްރާން ގެންދިޔަ ގޮތަށް އެންމެ އާދައިގެ ގޮޅިއަކަށް!

ޝެއިޚް އިމްރާން ގެންދިޔަ ގޮތަށް އެންމެ އާދައިގެ ގޮޅިއަކަށް!

30 ޖޫން 2017
ޝެއިޚް އިމްރާންގެ އިލްތިމާސް: ސާބިތުކޮށް ތިއްބަވާ، ފިނޑިނުވޭ، ފަހަތަށް ނުޖެހޭ، ނަސްރު ލިބޭނެ

ޝެއިޚް އިމްރާންގެ އިލްތިމާސް: ސާބިތުކޮށް ތިއްބަވާ، ފިނޑިނުވޭ، ފަހަތަށް ނުޖެހޭ، ނަސްރު ލިބޭނެ

30 ޖޫން 2017
ޝެއިޚް އިމްރާނާއި ނާޒިމް އަނބުރާ ޖަލަށް ގެންގޮސްފި

ޝެއިޚް އިމްރާނާއި ނާޒިމް އަނބުރާ ޖަލަށް ގެންގޮސްފި

30 ޖޫން 2017
ރައީސް ޔާމީން ފެކްޝަނުގެ ދެ ކެނޑިޑޭޓަކު ޒުވާބުކޮށް މާރާމާރީ ހިންގައިފި

ރައީސް ޔާމީން ފެކްޝަނުގެ ދެ ކެނޑިޑޭޓަކު ޒުވާބުކޮށް މާރާމާރީ ހިންގައިފި

02 މެއި 2017
ޝެއިޚް އިމްރާންގެ އިސްތިއުނާފު ޝަރީއަތުގެ ހުކުމް އިއްވުން މިއަދު!

ޝެއިޚް އިމްރާންގެ އިސްތިއުނާފު ޝަރީއަތުގެ ހުކުމް އިއްވުން މިއަދު!

23 އެޕްރީލު 2017

އަހަރުތަކުން މިއަދު

14 އެޕްރީލު
ޒަހަމްވި މާނިއުގެ މަންމަ: "ސަރުކާރުން ހަދަނީ ދޮގު، އެއްވެސް އެހީތެރިކަމެއް ނުދޭ"
20251 އަހަރު ކުރިން
ރާއްޖެ

ޒަހަމްވި މާނިއުގެ މަންމަ: "ސަރުކާރުން ހަދަނީ ދޮގު، އެއްވެސް އެހީތެރިކަމެއް ނުދޭ"

"މާތް ﷲގެ އިރާދަފުޅުން، އަދި އެ ދުވަސް އަނބުރާ ލިބޭނެ"
20242 އަހަރު ކުރިން
ތަފާތު ޚަބަރު

"މާތް ﷲގެ އިރާދަފުޅުން، އަދި އެ ދުވަސް އަނބުރާ ލިބޭނެ"

އަޝްރަފް ހަކީމީގެ މުދާ މަންމަގެ ނަންމަތީގައި، ކުރީގެ އަނބިމީހާއަށް ލަނޑުދީފި
20233 އަހަރު ކުރިން
ކުޅިވަރު

އަޝްރަފް ހަކީމީގެ މުދާ މަންމަގެ ނަންމަތީގައި، ކުރީގެ އަނބިމީހާއަށް ލަނޑުދީފި

"ވަގުތަށް ކަމޭހިތުމުގެ ބައި ފަރީލާގެ ނެތް"
20224 އަހަރު ކުރިން
ރިޕޯޓު

"ވަގުތަށް ކަމޭހިތުމުގެ ބައި ފަރީލާގެ ނެތް"

އިންތިޚާބުގައި ލިބުނީ ނާކާމިޔާބީއެއްކަމަށް ބުނެ މީޑިއާތަކުން ދައްކާވާހަކަ އެމްޑީޕީއިން މިފަހަރު ދޮގުކުރީ ހެއްކާއެކު
20215 އަހަރު ކުރިން
ރާއްޖެ

އިންތިޚާބުގައި ލިބުނީ ނާކާމިޔާބީއެއްކަމަށް ބުނެ މީޑިއާތަކުން ދައްކާވާހަކަ އެމްޑީޕީއިން މިފަހަރު ދޮގުކުރީ ހެއްކާއެކު

އެކައުންޓުން ކެނޑިފައިވާ ފައިސާ އަކީ ލިންޗްޕިންއަށް ދައްކަންޖެހޭ ފައިސާ: ބީއެމްއެލް
20197 އަހަރު ކުރިން
ވިޔަފާރި-އިގްތިސާދު

އެކައުންޓުން ކެނޑިފައިވާ ފައިސާ އަކީ ލިންޗްޕިންއަށް ދައްކަންޖެހޭ ފައިސާ: ބީއެމްއެލް

އަބްދުއްރަހީމަށް ދުންޔާ ދެއްވަން އޮތް ޖަވާބަކީ އިމޯޖީއެއް؟
20188 އަހަރު ކުރިން
ރިޕޯޓު

އަބްދުއްރަހީމަށް ދުންޔާ ދެއްވަން އޮތް ޖަވާބަކީ އިމޯޖީއެއް؟

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު