Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެޝެއިޚް އިމްރާން

ޝެއިޚް އިމްރާނާއި ނާޒިމް އަނބުރާ ޖަލަށް ގެންގޮސްފި

30 ޖޫން 2017 | ހުކުރު 11:02

ޝެއިޚް އިމްރާން ވިދާޅުވީ ރައްޔިތުން ހިތްވަރު ކުރަން

އާމިނަތު ނުޒުހާ
އާމިނަތު ނުޒުހާ | 30 ޖޫން 2017 | ހުކުރު 11:02
ޝެއިޚް އިމްރާން ކަރެކްޝަނުން ގެއަށް ބަދަލުކުރީ ރޯދަ މަހަށް

ޝެއިޚް އިމްރާން ކަރެކްޝަނުން ގެއަށް ބަދަލުކުރީ ރޯދަ މަހަށް

ޝެއިޚް އިމްރާން އަބްދުﷲ އަނބުރާ ޖަލަށް ގެންގޮސްފި އެވެ.

މީގެ ކުޑަ އިރުކޮޅެއްގެ ކުރިން ކުރީގެ ޑިފެންސް މިނިސްޓަރު ނާޒިމް ވަނީ އަނބުރާ ޖަލަށް ގެންގޮސްފަ އެވެ.

Advertisement - newsAdvertisement

އިމްރާން ޖަލަށްލީ 2015 ވަނަ އަހަރުގެ މެއިޑޭގައި އިދިކޮޅު ފަރާތްތަކުން ބޭއްވި މުޒާހަރާގައި ޓެރެރިޒަމަށް ހިތްވަރު ލިބޭގޮތަށް ވާހަކަދެއްކިކަން އޭނާގެ މައްޗަށް ސާބިތުވުމާއި ގުޅިގެންނެވެ. އޭނާގެ މައްޗަށް އިއްވީ 12 އަހަރުގެ ޖަލު ހުކުމެކެވެ.

އިމްރާން އަބުދުﷲ ބަލާ ކަރެކްޝަންސްގެ އޮފިޝަލުން އެގެއަށް ގޮސް ތިއްބާ އިމްރާން ކުރައްވާފައިވާ ޓްވީޓެއްގައި ވިދާޅުވީ، "ޖަލުގައި ހުއްޓަސް އަދި މިނިވަންކޮން ހުއްޓަސް ހުންނާނީ ރައްޔިތުންނާއި އެކުގައި" ކަމަށެވެ. އަދި އަޒުމު ނުގުޑާނެ ކަމަށް އިމްރާން ވިދާޅުވިއެވެ.

ހަނގުރާމަވެރި ހަތިޔާރު ރާއްޖެ އެތެރުކޮށް ގެންގުޅުނު މައްސަލައިގައި 11 އަހަރުގެ ޖަލު ހުކުމް ތަންފީޒުކުރައްވަމުން ގެންދަވާ ނާޒިމް، ގޭ ބަންދުގައި ބަހައްޓާފައި ހުންނަތާ ގާތްގަނޑަކަށް އެއް އަހަރު ފަހުން، އަލުން އަނބުރާ ޖަލަށް ގެންދިޔައީ މާޗް މަހުގެ 29 ވަނަ ދުވަހު އެވެ.

ނާޒިމްގެ މައްޗަށް ހިންގާފައިވަނީ ޝަރީއަތަކީ އިޖުރާއަތްތަކާ ޚިލާފަށް ހިންގާފައިވާ ޝަރީއަތެއް ކަމަށް އދ. ގެ ވޯކިން ގްރޫޕް އޮން އާބިޓްރަރީ ޑިޓެންޝަން އިން ކަނޑައަޅާފައިވެ އެވެ. އެ ގްރޫޕުން ވަނީ ނާޒިމް ވަގުތުން މިނިވަންކޮށް، ނުހައްގުން ބަންދުން ކުރުމުން ލިބުނު ގެއްލުމުގެ ބަދަލު ދިނުމަށް ސަރުކާރަށް ގޮވާލާފަ އެވެ. ނާޒިމްގެ ހުކުމަށް ހައިކޯޓުން ތާއީދުކޮށްފައިވާއިރު، ސުޕްރީމް ކޯޓުން ވަނީ މައްސަލަ ބޭރުކޮށްލާފަ އެވެ. ކާނަލް ނާޒިމްގެ ގެއިން ފެނުނު ފިސްތޯލައާއި ގުޅިގެން ކުރީގެ ނައިބު ރައީސް އަހުމަދު އަދީބު ވަނީ މިމަހުގެ 22 ވަނަ ދުވަހު ސުޕްރީމް ކޯޓަށް ސިޓީއެއް ހުށައަޅާފައެވެ. އެސިޓީގައި ބުނެފައިވަނީ، ކުރީގެ ޑިފެންސް މިނިސްޓަރ ކާނަލް (ރޓޑ.) މުޙައްމަދު ނާޒިމްގެ ގެއިން ފެނުނުކަމަށް ބުނާ ފިސްތޯލައާ ނާޒިމްއާ އެއްވެސް ގުޅުމެއް ނެތް ކަމަށެވެ. ފިސްތޯލައިގެ މައްސަލައިގަ ނާޒިމްގެ މައްޗަށް 11 އަހަރުގެ ޖަލު ހުކުމެއް އިއްވާފައިވާ އިރު އެ ފިސްތޯލައިން ނާޒިމް އަދި އެ އެޕާޓްމަންޓްގައި އުޅޭ އެއްވެސް މީހެއްގެ ފިންގަޕްރިންޓް ފެނިފައި ނުވެއެވެ. ފުލުހުން ކުރި ތަހުގީގުތަކަށް ފަހު ބުނެފައި ވަނީ އެ ފިސްތޯލައިން ފެނިފައި ވަނީ އަދީބުގެ ފިންގަޕްރިންޓް ކަމަށެވެ. ނާޒިމްގެ މައްޗަށް ކުރި ހުކުމު އިސްތިއުނާފީ މައްސަލައިގައި ގޮތެއް ކަނޑައެޅުމުގެ ކުރިން ސުޕްރީމް ކޯޓަށް އެކަން އެންގި ނަމަވެސް އެކަމަށް ބެލުމެއް ނެތި ސުޕްރީމް ކޯޓުން ނިންމާފައި ވަނީ ކްރިމިނަލް ކޯޓާއި އަދި ހައި ކޯޓުން ކުރި ހުކުމުގައި މައްސަލައެއް ނެތް ކަމަށެވެ.

ޖަލު މަރާމާތު ކުރުމަށް ޝެއިޚް އިމްރާން ވެސް ގެއަށް ބަދަލުކުރި އިރު، އިމްރާން އަނބުރާ ޖަލަށް ގެންދިޔައީ އޭޕްރީލް މަހުގެ 23 ވަނަ ދުވަހު އެވެ. ޝެއިޚް އިމްރާންގެ މައްޗަށް 12 އަހަރުގެ ޖަލު ހުކުމެއް އިއްވާފައިވަނީ 2015 ވަނަ އަހަރުގެ މޭޑޭ މުޒާހަރާގައި ހަމަނުޖެހުމަށް ހިތްވަރު ދެއްވި ކަމަށް ބުނެ ދައުލަތުން އުފުލި ޓެރަރިޒަމުގެ ދައުވާގެ މައްސަލައިގަ އެވެ.

ޝެއިޚް އިމްރާން ޖަލަށް ބަދަލުކުރި ފަހުން ހައިކޯޓުން ވަނީ އިމްރާންގެ މައްޗަށް ކޮށްފައިވާ ހުކުމަށް ތާއީދުކޮށްފަ އެވެ. އިމްރާންގެ މައްސަލަ ވެސް އދ. ގެ ވޯކިން ގްރޫޕަށް ވަނީ ހުށަހަޅާފަ އެވެ.

ޝެއިޚް އިމްރާން އަނބުރާ ޖަލަށް ގެންދިއުމާ ގުޅިގެން ރައީސް ނަޝީދު ކުރައްވާފައިވާ ޓްވީޓެއްގައި ވިދާޅުވީ، އިމްރާންގެ މައްޗަށް ސިޔާސީ ބޭނުމަށް ނުހައްގުން އިއްވާފައިވާ ހުކުމް ތަންފީޒުކުރަން އަނބުރާ ޖަލަށް ގެންދިއުމަކީ ރައީސް ޔާމީން ބަލި ގަބޫލްކުރައްވާކަމުގެ އަލިގަދަ ހެއްކެއް ކަމަށެވެ.

ޝެއިޚް އިމްރާން ޖަލަށް ގެންދިއުމުގެ ކުޑަ ވަގުތުކޮޅެއް ކުރިން ރާއްޖެޓީވީއަށް ދެއްވި އެކްސްކުލޫސިވް އިންޓަވިއުއެއްގައި ވިދާޅުވީ، ހަތަރު ލީޑަރުން ފެށްޓެވި މަސައްކަތުގެ ނަތީޖާ ދާދި އަވަހަށް ފެނިގެންދާނެކަމަށެވެ. އަދި ރައްޔިތުން އުންމީދުކުރާ ދުވަސް ވަރަށް އަވަހަށް ލިބޭނެ ކަމަށް އިމްރާން ވަނީ ވިދާޅުވެފައެވެ.

އެންމެ ހިނގާ

1

ޔޫއެސްއެސް އަބްރަހަމް ލިންކަންގައި ހިނގި ނުރައްކާތެރި ހަމަނުޖެހުމެއްގައި ހަތް މީހުން މަރުވެއްޖެ

2

ޕޯޓް ޓެކްނޮލޮޖީ އިންޓަނޭޝަނަލް ގެ އެޑްވައިޒަރީ ބޯޑުގެ ޗެއާމަންގެ މަގާމަށް ރައީސް ނަޝީދު

3

ތުރުކީން ޓްރަމްޕް ފުރާވަޑައިގަންނަވާއިރު ކޮނޑުމަތީގައި ފޮނުވާލާ މިސައިލަކުން ހަމަލާދޭން އޮތީ ރާވާފައި: ރިޕޯޓް

4

ސްޕޯޓްސް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު ލަތީފް ކުއްލި ގޮތަކަށް މަޤާމުން ވަކިކޮށްފި

5

އެމެރިކާގެ އަސްކަރިއްޔާގެ އިންޒާރުތަކަށް އިޖާބަ ނުދީ އޮމާން ކަނޑުން ދަތުރުކުރި ބޯޓަކަށް ހަމަލާ ދީފި

އިތުރަށް ކިޔާލަން

24 ޖެނުއަރީ 2017

މަސްތުވާތަކެތީގެ މައްސަލައެއްގައި މީހަކު އުމުރަށް ޖަލަށް

24 ޖެނުއަރީ 2017
މަސްތުވާތަކެތީގެ މައްސަލައެއްގައި މީހަކު އުމުރަށް ޖަލަށް
24 ޖެނުއަރީ 2017

ޖަލަށްލިކަމުގައިވިޔަސް ފަހަތަކަށް ނުޖެހޭނެ، ނޫސްވެރިން ތިބީ އެކަތިގަނޑެއްގެ ގޮތުގައި: ރާއްޖެޓީވީ

24 ޖެނުއަރީ 2017
ޖަލަށްލިކަމުގައިވިޔަސް ފަހަތަކަށް ނުޖެހޭނެ، ނޫސްވެރިން ތިބީ އެކަތިގަނޑެއްގެ ގޮތުގައި: ރާއްޖެޓީވީ
20 ޖެނުއަރީ 2017

"ހިޔާނަތްތެރިވެފައިވާ" މީހުން ފައިސާ އަނބުރާ ދެއްކުމަށް ދަނީ އެއްބާރުލުން ދެމުން: ފިނޭންސް މިނިސްޓްރީ

20 ޖެނުއަރީ 2017
"ހިޔާނަތްތެރިވެފައިވާ" މީހުން ފައިސާ އަނބުރާ ދެއްކުމަށް ދަނީ އެއްބާރުލުން ދެމުން: ފިނޭންސް މިނިސްޓްރީ
19 ޖެނުއަރީ 2017

މަސްތުވާތަކެތީގެ މައްސަލައިގައި އެއްލައްކަ ރުފިޔާ އިން ޖޫރިމަނާކޮށް އަމުރަށް ޖަލަށް!

19 ޖެނުއަރީ 2017
މަސްތުވާތަކެތީގެ މައްސަލައިގައި އެއްލައްކަ ރުފިޔާ އިން ޖޫރިމަނާކޮށް އަމުރަށް ޖަލަށް!
17 ޖެނުއަރީ 2017

މަސްތުވާތަކެތީގެ މައްސަލައެއްގައި އުމުރަށް ޖަލަށްލުމަށް ހުކުމްކޮށްފައިވާ މީހަކު ކުޑަކުއްޖެއްގެ މައްސަލައެއްގައި ހޯދަނީ!

17 ޖެނުއަރީ 2017
މަސްތުވާތަކެތީގެ މައްސަލައެއްގައި އުމުރަށް ޖަލަށްލުމަށް ހުކުމްކޮށްފައިވާ މީހަކު ކުޑަކުއްޖެއްގެ މައްސަލައެއްގައި ހޯދަނީ!
15 ޖެނުއަރީ 2017

ރައީސްގެ ދެކަނބަލުންނަށް ތައުރީފް ކުރައްވަނީ ރުއްސަން: ނާޒިމް

15 ޖެނުއަރީ 2017
ރައީސްގެ ދެކަނބަލުންނަށް ތައުރީފް ކުރައްވަނީ ރުއްސަން: ނާޒިމް
14 ޖެނުއަރީ 2017

ކޭކެއްގެ ތެރެއަށް ލައި ފޮރުވައިގެން ޖަލަށް މަސްތުވާތަކެތި އެތެރެކުރަން އުޅުނު އަންހެނަކު ހައްޔަރުކޮށްފި

14 ޖެނުއަރީ 2017
ކޭކެއްގެ ތެރެއަށް ލައި ފޮރުވައިގެން ޖަލަށް މަސްތުވާތަކެތި އެތެރެކުރަން އުޅުނު އަންހެނަކު ހައްޔަރުކޮށްފި
10 ޖެނުއަރީ 2017

އެެމްއާރްޑީސީގެ ލެޑްލައިޓެއް ވަގަށް ނެގި މީހަކު ޖަލަށް ލުމަށް ހުކުމް ކޮށްފި

10 ޖެނުއަރީ 2017
އެެމްއާރްޑީސީގެ ލެޑްލައިޓެއް ވަގަށް ނެގި މީހަކު ޖަލަށް ލުމަށް ހުކުމް ކޮށްފި
08 ޖެނުއަރީ 2017

ދެ ދަޅު ނެސްކެފޭ ވަގަށް ނެގި މީހަކު ދެ މަހަށް ޖަލަށް ލުމަށް ހުކުމް ކޮށްފި

08 ޖެނުއަރީ 2017
ދެ ދަޅު ނެސްކެފޭ ވަގަށް ނެގި މީހަކު ދެ މަހަށް ޖަލަށް ލުމަށް ހުކުމް ކޮށްފި
08 ޖެނުއަރީ 2017

އިންތިހާބުގެ މައްސަލަ ދަށު ކޯޓުން ބަލަނީ ގާނޫނު އަސާސީ އޮޅުންބޮޅުން ކޮއްލަން: ނާޒިމް

08 ޖެނުއަރީ 2017
އިންތިހާބުގެ މައްސަލަ ދަށު ކޯޓުން ބަލަނީ ގާނޫނު އަސާސީ އޮޅުންބޮޅުން ކޮއްލަން: ނާޒިމް
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް