Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރުމިލާން ކްރިކެޓް އެކަޑަމީ

ރައީސް މައުމޫންއަށް މިލާން ކްރިކެޓް އެކަޑަމީއިން ރަން މެޑަލްއެއް އަރުވައިފި

މިލާން ކްރިކެޓް އެކަޑަމީ އިފްތިތާހުކުރެވުނީ 2009 ވަނަ އަހަރު

އަހްމަދު ސާއިފް ޝިޔާދް
އަހްމަދު ސާއިފް ޝިޔާދް | 23 ޖެނުއަރީ 2018 | އަންގާރަ 14:42
ރައީސް މައުމޫންއަށް މިލާން ކްރިކެޓް އެކަޑަމީއިން މެޑަލް އަރުވަނީ

ރައީސް މައުމޫންއަށް މިލާން ކްރިކެޓް އެކަޑަމީއިން މެޑަލް އަރުވަނީ

ރާއްޖޭގައި ކްރިކެޓަށް ކުރީގެ ރައީސް މައުމޫން އަބްދުލް ގައްޔޫމު ކޮށްދެއްވާފައިވާ ހިދުމަތުގެ އަގުވަޒަން ކުރުމުގެ ގޮތުން އެމަނިކުފާނަށް މިލާން ކްރިކެޓް އެކަޑަމީގެ ފަރާތުން ރަން މެޑަލްއެއް އަރުވައިފިއެވެ.

ރައީސް މައުމޫނުގެ އޮފީހުގައި ބޭއްވެވި ރަސްމިއްޔާތެއްގައި އެމަނިކުފާނަށް ރަން މެޑެލް ހަވާލު ކޮށްދެއްވީ މިލާން ކްރިކެޓް އެކަޑަމީގެ ފައުންޑަރ އަދި ރައީސް ފަރުހަތު ޖަލީލްއެވެ. މި ރަސްމިއްޔާތުގައި އެ އެކަޑަމީއިން ވަނީ ރައީސް މައުމޫންއަށް ހަދާނީ ފިލައެއް ވެސް އަރުވާފައެވެ.

މި ރަސްމިއްޔާތުގައި ވާހަކަ ދައްކަމުން ފަރުހަތު ވިދާޅުވީ ރައީސް މައުމޫންއަށް މި ޝަރަފުއަރުވަން ނިންމެވީ އެ އެކަޑަމީގެ މަސައްކަތުގެ ދަށުން ކްރިކެޓަށް ބޮޑެތި ހިދުމަތްތައް ކޮށްދެއްވާފައިވާ ބޭފުޅުންގެ އަގުވަޒަންކުރުމުގެ ގޮތުން ކަމަށެވެ. ފަރުހަތު ވިދާޅުވީ އެ ލިސްޓުގެ އެންމެ ކުރީގައި ހިމެނިވަޑައިގަންނަވަނީ ރައީސް މައުމޫނު ކަމަށެވެ.

ރައީސް މައުމޫން ވަނީ މިލާން ކްރިކެޓް އެކަޑަމީއިން އެމަނިކުފާނުގެ އަގުވަޒަން ކުރެއްވުމަށް އެރުވި މެޑަލްއާ ހަދާނީ ލިޔުމަށް ޝުކުރު އަދާކުރައްވާފައެވެ. އެމަނިކުފާނު ވިދާޅުވީ އެ އެކަޑަމީއިން ކްރިކެޓް ކުޅުންތެރިން އުފައްދައި ރާއްޖޭގައި ކްރިކެޓް ކުރިއެރުވުމަށް ކުރައްވަމުންދާ މަސައްކަތް ފާހަގަކުރައްވާ ކަމަށެވެ.

ރައީސް މައުމޫންއަކީ ކްރިކެޓް ކުޅުއްވައި ކްރިކެޓަށް ނުހަނު ބޮޑު ޝައުގުވެރިކަމެއް ބަހައްޓަވަމުން އަންނަ ބޭފުޅެކެވެ. މި ރަސްމިއްޔާތުގައި އެމަނިކުފާނު ވަނީ ކްރިކެޓާއި ގުޅޭ ތަފާތު އެކި ވާހަކަތައް ވެސް ހިއްސާ ކުރައްވާފައެވެ. އެމަނިކުފާނުގެ ވެރިކަމުގައި ކްރިކެޓަކީ ވަރަށް ބޮޑު އަހަންމިއްޔަތުކަމެއް ދެވިގެން ރާއްޖޭގައި ކުރިއެރުވުމަށް މަސައްކަތްކުރެވުނު ކުޅިވަރެކެވެ. ހަމައެހެންމެ އެމަނިކުފާނުގެ ވެރިކަމުގައި ރާއްޖޭގެ ޓީމުތަކުން ވަނީ ސަރަހައްދީ ފެންވަރުގެ މުބާރާތްތައް ވެސް ކާމިޔާބުކޮށްފައެވެ.

މިލާން ކްރިކެޓް އެކަޑަމީ އަކީ 2009 ވަނަ އަހަރުން ފެށިގެން ރާއްޖޭގައި ހިލޭ ސާބަހަށް ކްރިކެޓް ކުޅުންތެރިން ތަމްރީނުކުރުމުގެ މަސައްކަތްކުރަމުން އަންނަ އެކަޑަމީއެކެވެ. އެ އެކަޑަމީއިން ތަމްރީނުވި ހަ ކުޅުންތެރިޔަކު ވަނީ މިހާތަނަށް ރާއްޖޭގެ ގައުމީ ޓީމަށް ކުޅެފައެވެ.

އިތުރަށް ކިޔާލަން

11 ފެބުރުއަރީ 2017

ޔޫއެފާގެ ރައީސްގެ މަގާމުގައި ހުރެވޭނީ ގިނަވެގެން 12 އަހަރު

11 ފެބުރުއަރީ 2017
ޔޫއެފާގެ ރައީސްގެ މަގާމުގައި ހުރެވޭނީ ގިނަވެގެން 12 އަހަރު
05 ފެބުރުއަރީ 2017

ކްލަބުން ވަކިކުރުމުން ވޮލީބޯލް އެސޯޝިއެންގެ ރައީސްގެ މަގާމާ މެދު ސުވާލު އުފެދިއްޖެ

05 ފެބުރުއަރީ 2017
ކްލަބުން ވަކިކުރުމުން ވޮލީބޯލް އެސޯޝިއެންގެ ރައީސްގެ މަގާމާ މެދު ސުވާލު އުފެދިއްޖެ
04 ފެބުރުއަރީ 2017

ވޮލީ އެސޯސިއޭޝަންގެ ރަސްމީ ލިޔެކިޔުމެއްގައި ސޮއިކުރެވޭނީ ރައީސް އާއި ޖެނެރަލް ސެކެޓްރީ އަށް

04 ފެބުރުއަރީ 2017
ވޮލީ އެސޯސިއޭޝަންގެ ރަސްމީ ލިޔެކިޔުމެއްގައި ސޮއިކުރެވޭނީ ރައީސް އާއި ޖެނެރަލް ސެކެޓްރީ އަށް
02 ފެބުރުއަރީ 2017

ކްލަބުން ބޭރު ކުރިއަސް، އެސޯސިއޭޝަންގެ ރައީސްގެ މަގާމެއް ނުގެއްލޭނެ: ލަތީފް

02 ފެބުރުއަރީ 2017
ކްލަބުން ބޭރު ކުރިއަސް، އެސޯސިއޭޝަންގެ ރައީސްގެ މަގާމެއް ނުގެއްލޭނެ: ލަތީފް
01 ފެބުރުއަރީ 2017

ކޮޕާ އިޓަލިއާ: އިންޓަމިލާން ކަޓުވާލުމަށް ފަހު ލާޒިއޯ ސެމީ އަށް ދަތުރުކޮށްފި

01 ފެބުރުއަރީ 2017
ކޮޕާ އިޓަލިއާ: އިންޓަމިލާން ކަޓުވާލުމަށް ފަހު ލާޒިއޯ ސެމީ އަށް ދަތުރުކޮށްފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު