Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެގުޅިފައިވާ ސިޔާސީ ހަރަކާތްތައް

އަނިޔާވެރިކަން ނިންމާނީ ޝެއިހް އިމްރާންގެ ނުގުޑާ އަޒުމާ އެއްގޮތަށް: އިބޫ

23 ޖެނުއަރީ 2018 | އަންގާރަ 14:27

އިމްރާންގެ ހިތްވަރުން ރައްޔިތުން މިއަދު ހިތްވަރު ލިބިގަންނަންޖެހޭ

މުހަންމަދު ވިސާމް
މުހަންމަދު ވިސާމް | 23 ޖެނުއަރީ 2018 | އަންގާރަ 14:27
ހިންނަވަރު ދާއިރާގެ މެމްބަރު އިބުރާހިމް މުހައްމަދު ސޯލިހު

ހިންނަވަރު ދާއިރާގެ މެމްބަރު އިބުރާހިމް މުހައްމަދު ސޯލިހު

ރައީސް އަބްދުﷲ ޔާމީންގެ އަނިޔާވެރިކަން ނިންމާނީ އަދާލަތު ޕާޓީގެ ރައީސް ޝެއިހް އިމްރާން އަބުދުﷲގެ ނުގުޑާ އަޒުމާ އެއްގޮތަށް ކަމަށް ރައްޔިތުންގެ މަޖިލީހުގެ މައިނޯރިޓީ ލީޑަރު ހިންނަވަރު ދާއިރާގެ މެމްބަރު އިބުރާހިމް މުހައްމަދު ސޯލިހު ވިދާޅުވެއްޖެއެވެ.

ގުޅިފައިވާ ސިޔާސީ ޕާޓީތަކުން އަންގާރަ ދުވަހުގެ ހަވީރު އެމްޑީޕީ ހަރުގޭގައި ބޭއްވި ހަރަކާތުގައި ވާހަކަ ދައްކަވަމުން އިބޫ ވިދާޅުވީ މިހާތަނަން ކުރި ސިޔާސީ މަސައްކަތުގައ ދިމާވި އެންމެ އިތުބާރު ކުރައްވާ ބޭފުޅަކީ ޝެއިހް އިމްރާން ކަމަށެވެ. މޭޑޭގެ ހަރަކާތްތައް މިހާރުވެސް ލޯ ކުރިމަތިން ސިފަވާ ކަމަށާއި، ރައީސް އަބްދުﷲ ޔާމީންގެ އަނިޔާވެރިކަން ނިންމާނީ އެދުވަހު މޭޑޭ ހަރަކާތުގައި ބައިވެރި ރައްޔިތުންގެ އުންމީދާ ޝެއިހް އިމްރާގެ ނުގުޑާ އަޒުމާއި އެކުގައި ކަމަށް އިބޫ ވިދާޅުވިއެވެ.

Advertisement - newsAdvertisement
"ޝެއިހް އިމްރާން އަކީ އަޅުގަނޑު މި ސިޔާސީ ހަރާކަތައް ނުކުމެ ބައްދަލުވި، މީހުންތަކުގެ ތެރެއިން އެކުގައި މަސައްކަތް ކުރައްވަން ލިބުނު ފަރާތަކުގެ ތެރެއިން، އަޅުގަނޑު އެންމެ އިތުބާރު ކުރައްވާ އެއްބޭފުޅާ، ޝެއިހް އިމްރާނަކީ މީސްމީހުންގެ ހިޔާލު ހޯއްދަވާ، ކަންތައްތަކުގައި ލަފާ ހޯއްދަވާ ޓީމް ޕްލެއާރއެއް" އިބޫ ވިދާޅުވިއެވެ.

ރާއްޖޭގެ ތާރީޙުގައި ޝެއިހް އިމްރާންގެ ނަން ލިޔެވިގެންދާނެ ކަމަށާއި، ނުގުޑާފަދަ އަޒުމެއްގައި އިމްރާން ޖަލުގައި އޮންނަވާތާ 1000 ދުވަސް ވުމުން ރައްޔިތުން މިއަދު ހިތްވަރު ލިބިގަންނަންޖެހޭ ކަމަށް އިބޫ ވިދާޅުވިއެވެ.

މާޒީގެ ތެރެއަށް ނަޒަރު ހިންގަވައި ވާހަކަ ދައްކަވަމުން އިބޫ ވިދާޅުވީ އެމްޑީޕީ ، ޖުމްހޫރީ ޕާޓީ އަދި އަދާލަތު ޕާޓީ އެކުވެގެން ގާނޫނު އަސާސީ ދިފާއުގައި ކުރި މަސައްކަތަށް އިތުރުވި ބޮޅަކީ އަނިޔާވެރިކަމާއި ދެކޮޅަށް ކުރަން ފެށި މަސައްކަތް ކަމަށެވެ. އަނިޔާވެރިކަމާއި ދެކޮޅަށް މަސައްކަތް ފެށީ ހިޔާލުފާޅުކުރުމުގެ މިނިވަންކަން ނެތި، ސިޔާސީ ޕާޓީތަކަށް ހަރަކާތް ހިންގުމުގެ ފުރުޝަތު ހަނިވެ، ނޫސްވެރިކަމުގެ މިނިވަންކަން ގެއްލުމުން ކަމަށެވެ. ނަތީޖާއެއްގެ ގޮތުން އިދިކޮޅު ހަތަރު ލީޑަރުން އެކުވެގެން "ގުޅިފައިވާ ސިޔާސީ ޕާޓީތަކުގެ ހަރަކާތްތައް" ފަށާ އެކުގައި މަސައްކަތް ކުރަން ފެށުނު ކަމަށް ވެސް ވިދާޅުވިއެވެ.

އެންމެ ހިނގާ

1

ޔޫއެސްއެސް އަބްރަހަމް ލިންކަންގައި ހިނގި ނުރައްކާތެރި ހަމަނުޖެހުމެއްގައި ހަތް މީހުން މަރުވެއްޖެ

2

ޕޯޓް ޓެކްނޮލޮޖީ އިންޓަނޭޝަނަލް ގެ އެޑްވައިޒަރީ ބޯޑުގެ ޗެއާމަންގެ މަގާމަށް ރައީސް ނަޝީދު

3

ތުރުކީން ޓްރަމްޕް ފުރާވަޑައިގަންނަވާއިރު ކޮނޑުމަތީގައި ފޮނުވާލާ މިސައިލަކުން ހަމަލާދޭން އޮތީ ރާވާފައި: ރިޕޯޓް

4

ސްޕޯޓްސް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު ލަތީފް ކުއްލި ގޮތަކަށް މަޤާމުން ވަކިކޮށްފި

5

އެމެރިކާގެ އަސްކަރިއްޔާގެ އިންޒާރުތަކަށް އިޖާބަ ނުދީ އޮމާން ކަނޑުން ދަތުރުކުރި ބޯޓަކަށް ހަމަލާ ދީފި

އިތުރަށް ކިޔާލަން

01 ޖޫން 2017

އަދީބު ގޭބަންދަށް ބަދަލުކުރުމުގެ މައްސަލައިގައި ގޮތް ނިންމާނީ ކަރެކްޝަނުން: ޕޮލިސް

01 ޖޫން 2017
އަދީބު ގޭބަންދަށް ބަދަލުކުރުމުގެ މައްސަލައިގައި ގޮތް ނިންމާނީ ކަރެކްޝަނުން: ޕޮލިސް
29 މެއި 2017

ރާއްޖޭގެ ރަށެއްގައި 70 ޕަސެންޓް މީހުން ރޯދަ ނުހިފާ ކަމަށް ވިދާޅުވީ ޝެއިހް ޒައިދުއަށް މިނިސްޓްރީން ނަސޭހަތް ދީފި

29 މެއި 2017
ރާއްޖޭގެ ރަށެއްގައި 70 ޕަސެންޓް މީހުން ރޯދަ ނުހިފާ ކަމަށް ވިދާޅުވީ ޝެއިހް ޒައިދުއަށް މިނިސްޓްރީން ނަސޭހަތް ދީފި
23 އެޕްރީލު 2017

އިމްރާންގެ 12 އަހަރުގެ ހުކުމަށް ހައި ކޯޓުން ތާއިދުކޮށްފި

23 އެޕްރީލު 2017
އިމްރާންގެ 12 އަހަރުގެ ހުކުމަށް ހައި ކޯޓުން ތާއިދުކޮށްފި
23 އެޕްރީލު 2017

ޝެއިޚް އިމްރާންގެ އިސްތިއުނާފު ޝަރީއަތުގެ ހުކުމް އިއްވުން މިއަދު!

23 އެޕްރީލު 2017
ޝެއިޚް އިމްރާންގެ އިސްތިއުނާފު ޝަރީއަތުގެ ހުކުމް އިއްވުން މިއަދު!
18 އެޕްރީލު 2017

މިހާރު ތެޔޮ ގަންނަނީ އެސްޓީއޯއިން، މެރީޑިއަމްއިން ތެޔޮ ގަތުމާމެދު ގޮތެއް ނިންމާނީ ކޯޓުން މައްސަލަ ނިމޭ ގޮތަކުން: އެމްޕީއެލް

18 އެޕްރީލު 2017
މިހާރު ތެޔޮ ގަންނަނީ އެސްޓީއޯއިން، މެރީޑިއަމްއިން ތެޔޮ ގަތުމާމެދު ގޮތެއް ނިންމާނީ ކޯޓުން މައްސަލަ ނިމޭ ގޮތަކުން: އެމްޕީއެލް
14 އެޕްރީލު 2017

ސަރުކާރުގެ އަނިޔާވެރިކަން ނިމުމަކަށް އައުން އެދި ގިނަ ބަޔަކު ދުއާކޮށްފި

14 އެޕްރީލު 2017
ސަރުކާރުގެ އަނިޔާވެރިކަން ނިމުމަކަށް އައުން އެދި ގިނަ ބަޔަކު ދުއާކޮށްފި
01 އެޕްރީލު 2017

ކައުންސިލް އިންތިހާބުގެ ވޯޓަކީ އަނިޔާވެރިކަން ނިންމަން ދޭ ވޯޓެއް:ފައްޔާޒު

01 އެޕްރީލު 2017
ކައުންސިލް އިންތިހާބުގެ ވޯޓަކީ އަނިޔާވެރިކަން ނިންމަން ދޭ ވޯޓެއް:ފައްޔާޒު
21 މާރިޗު 2017

އަނިޔާވެރިކަން ނިންމާލެވޭނީ އަނިޔާވެރިކަމުގެ ވާހަކަ ދައްކައިގެން:ތައްޔިބު

21 މާރިޗު 2017
އަނިޔާވެރިކަން ނިންމާލެވޭނީ އަނިޔާވެރިކަމުގެ ވާހަކަ ދައްކައިގެން:ތައްޔިބު
21 މާރިޗު 2017

އިމްރާންގެ އިސްތިއުނާފު އަޑުއެހުންތައް ނިންމާލައިފި

21 މާރިޗު 2017
އިމްރާންގެ އިސްތިއުނާފު އަޑުއެހުންތައް ނިންމާލައިފި
27 ޖެނުއަރީ 2017

އަނިޔާވެރި ވެރިއެއް ރައްޔިތުންގެ މައްޗަށް އަންނަނީ ރައްޔިތުން އަނިޔާވެރިވުމުން: ޝެއިހް ހުސެއިން

27 ޖެނުއަރީ 2017
އަނިޔާވެރި ވެރިއެއް ރައްޔިތުންގެ މައްޗަށް އަންނަނީ ރައްޔިތުން އަނިޔާވެރިވުމުން: ޝެއިހް ހުސެއިން
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް