Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެވިލާގެ ރިސޯޓްތަކަށް އެރުން

ވިލާގެ ރިސޯޓްތަކުގައި ހުރި ބަނގުރާ ނަގަނީ ގާނޫނާ އެއްގޮތަށް: ކަސްޓަމްސް

21 ޖެނުއަރީ 2018 | އާދީއްތަ 14:52

ވިލާގެ ވަކީލުން ބުނަނީ ކަސްޓަމްސްއިން ހިންގީ ފޭރުމުގެ އަމަލެއް ކަމަށް

ހުސެން ފިޔާޒް
ހުސެން ފިޔާޒް | 21 ޖެނުއަރީ 2018 | އާދީއްތަ 14:52
ފަން އައިލެންޑްގައި ގުދަނުގައި ހުރި ބަނގުރާތައް ކަސްޓަމްސްގެ ބެލުމުގެ ދަށަށް ގެންދަނީ

ފަން އައިލެންޑްގައި ގުދަނުގައި ހުރި ބަނގުރާތައް ކަސްޓަމްސްގެ ބެލުމުގެ ދަށަށް ގެންދަނީ

ވިލާ ގްރޫޕްގެ ރިސޯޓްތަކުގެ ހުރި ބަނގުރާ މޯލްޑިވްސް ކަސްޓަމްސް ސާވިސްގެ ބެލުމުގެ ދަށަށް ގެންދަނީ ކޯޓު އަމުރާއި ޖިނާއީ އިޖުރާއަތުގެ ގާނޫނާ އެއްގޮތަށް ކަމަށް ކަސްޓަމްސް އިން ބުނެފިއެވެ.

ވިލާގެ ފަން އައިލެންޑްގައި ހުރި ގިނަ އަދަދެއްގެ ބަނގުރާ ކަސްޓަމްސްގެ ބެލުމުގެ ދަށަށް ގެންދިޔައީ ގާނޫނާ ހިލާފަށް ކަމަށާއި އެއީ މުދާ ފޭރުން ކަމަށް ވިލާގެ ގާނޫނީ ވަކީލުން ވިދާޅުވެފައިވާއިރު، އެކަމަށް ރައްދުދީ ކަސްޓަމްސް އިން ނެރުނު ބަޔާނުގައި ބުނެފައި ވަނީ ބޮންޑެޑް ވެއަރހައުސްތަކުން ރޯޔަލް އައިލެންޑް ރިސޯޓްގެ ނަމުގައި ދޫކުރި ބަނގުރާ ގަވާއިދާ ޚިލާފަށް ގެންގޮސްފައިވާ ރިސޯޓުތަކުން އެތަކެތި ކަސްޓަމްސްގެ ބެލުމުގެ ދަށަށް ގެނައުމަށްޓަކައި ހިންގޭ އޮޕަރޭޝަނުގައި އެތަކެތި ކަސްޓަމްސްގެ ބެލުމުގެ ދަށަށް ގެންދަނީ ކޯޓު އަމުރު ތަންފީޒް ކުރުމުގައި ޖިނާއީ އިޖުރާއަތުގެ ޤާނޫނުގެ ދަށުން ލިބޭ ބާރުގެ ދަށުން ކަމަށެވެ.

Advertisement - newsAdvertisement

ވިލާގެ ގާނޫނީ ވަކީލުންގެ ޓީމުގައި ހިމެނިވަޑައިގަންނަވާ ހުސައިން ޝަމީމް ވިދާޅުވީ، ކްރިމިނަލް ކޯޓުން ދީފައިވާ އަމުރުގައި މުދާ ގެންދިއުމަށް ހުއްދަ ދީފައި ނޯންނާނެ ކަމަށާއި ހަމައެކަނި އެ އަމުރުގައި ބަޔާންކޮށްފައި ވަނީ ބަލައި ފާސްކުރުން ކަމަށެވެ.

ކަސްޓަމްސްއިން ނެރުނު ބަޔާނުގައި ބުނެފައި ވަނީ ބަނގުރަލާއި އޫރުމަސް ދިވެހިރާއްޖެއަށް ގެންނަންވާނީ އަދި ގެންގުޅެންވާނީ މިނިސްޓްރީ އޮފް އިކޮނޮމިކް ޑިވެލޮޕްމަންޓުން ކަނޑައަޅާ ގަވާއިދާ އެއްގޮތަށް ކަމަށާއި އެގަވާއިދާ ޚިލާފަށް އެތަކެތި އިމްޕޯޓްކޮށް ގެންގުޅުމަކީ ކުށެއް ކަމަށް ދިވެހިރާއްޖެއަށް ގެނައުން މަނާ ތަކެތީގެ ޤާނޫނުގައި ބަޔާންކޮށްފައިވާ ކަމަށެވެ. މި ޤާނޫނުގެ ދަށުން ހަދާފައިވާ ބަނގުރަލާއި އޫރުމަހުގެ ގަވާއިދުގައި ބުނާ ގޮތުން ރިސޯޓުތަކަށް ބަނގުރާ ދޫކުރެވޭނީ ހަމައެކަނި އެ ރިސޯޓެއްގައި ރަޖިސްޓްރީވެގެން ތިބޭ ބިދޭސީން ނުވަތަ އެތަނަށް ޒިޔާރަތްކުރާ ބިދޭސީންނަށެވެ. އަދި ޚިދުމަތްދޭ ސަރަޙައްދުން އެތަކެތި ބޭރަށް ގެންދާ ގޮތަށް އެތަކެތި އެއްވެސް ފަރާތަކަށް ދީ ވިއްކައި ހެދުމަކީ މަނާ ކަމެއް ކަމަށް އެ ގަވާއިދުގައި ބަޔާންކޮށްފައިވާ ކަމަށް ކަސްޓަމްސްގެ ބަޔާނުގައިވެއެވެ.

"ބަނގުރަލާއި އޫރުމަހަކީ ވަކި ޤާނޫނެއްގެ ދަށުން ކޮންޓްރޯލް ކުރެވި، ވަކި އުސޫލުތަކެއްގެ ދަށުން ޢަމަލުކުރަންޖެހޭ އެއްޗަކަށްވާއިރު، ޢާންމު ވިޔަފާރި މުދާހެން ބަނގުރަލާއި އޫރުމަސް އެއްތަނުން އަނެއް ތަނަށް ގެންދިއުމާއި އޭގެ ވިޔަފާރި ކުރުމަކީ ޤާނޫނު މަނާކުރާ ކަމެކެވެ." ބަޔާނުގައިވެއެވެ.

ވިލާގެ ރިސޯޓެއްގައި މިއަދު މުޒާހަރާކުރަނީ

ވިލާގެ ރިސޯޓްތަކުގައި ހުރި ބަނގުރާ ނެގުމުގެ އޮޕަރޭޝަން ކުރިއަށް ގެންދިއުމުގައި، ފަތުރުވެރިކަމުގެ ސިނާޢަތަށް ނުރަނގަޅު އަސަރެއް ކޮށްފާނެ ފަދަ އަދި ފަތުރުވެރިންނަށް ނުރަނގަޅު މަންޒަރެއް ސިފަވާ ގޮތަށް ނުވަތަ ނުރަނގަޅު މެސެޖެއް ލިބޭ ފަދަ ގޮތަކަށް ކަސްޓަމްސް އިން ޢަމަލުކުރަމުން ނުގެންދާކާ ކަމަށް ވެސް ބުނެފައިވެއެވެ. ނަމަވެސް، ހޮނިހިރު ދުވަހު ކަސްޓަމްސް އާއި ފުލުހުންގެ ބޮޑު ފައުޖެއް ފަން އައިލެންޑަަށް އެރި މަންޒަރާއި އެ ފައުޖުގެ ސަބަބުން ފަތުރުވެރިންނަށް ދަތިތައް ކުރިމަތިވި މަންޒަރު ފޮޓޯ އާއި ވީޑިއޯތަކުން ފެނިގެންދިޔައެވެ.

ކަސްޓަމްސްގެ ބަޔާނުގައި ބުނެފައި ވަނީ މި އޮޕަރޭޝަން ހިންގަމުން ދަނީ، ވީހާ ވެސް ބޮޑަށް މަޝްވަރާކޮށްގެން ސުލްޙަވެރިކަމާ އެކު ކަމަށެވެ. އެގޮތުން ބަލައިފާސްކުރުމުގެ ކުރިން، ކަސްޓަމްސްގެ ޤާނޫނީ ޒިންމާ އާއި ބަލައި ފާސްކުރަން ބޭނުންވާ ތަންތަނާއި، އެތަންތަން ބަލައި ފާސްކުރަން ބޭނުންވާ ސަބަބު ތަފްސީލްކޮށް ކިޔައިދެވިފައިވާނެ ކަމަށާއި ބަލައި ފާސްކުރަމުންދަނީ ހަމައެކަނި ބަނގުރާ ބަހައްޓާފައި ހުންނަ ސްޓޯރޭޖުތައް ކަމަށް ވެސް ކަސްޓަމްސްގެ ބަޔާނުގައި ބުނެފައިވެއެވެ.

"ޓޫރިސްޓުން އުޅޭ ސަރަހައްދުތަކާއި ރިސޯޓުތަކުގެ ކޮޓަރިތައް ބަލައި ފާސްކޮށްފައި ނުވާނެއެވެ. މިތަކެތި ކަސްޓަމްސްގެ ބެލުމުގެ ދަށަށް ގެނައުމުގައި އެއްވެސް ވަރަކަށް ބާރުގެ ބޭނުންކޮށްފައި ނުވާނެއެވެ. އަދި އެތަންތަނުގައި ހުރި ހުރިހާ ބަނގުރަލެއް ކަސްޓަމްސްގެ ބެލުމުގެ ދަށަށް ގެނައުމުގެ ބަދަލުގައި، ކަސްޓަމްސްގެ ބެލުމުގެ ދަށަށް ގެނެވެނީ ޤާނޫނާއި ގަވާއިދާ ޚިލާފަށް އެތަންތަނަށް ގެންގޮސްފައިވާ ކަމަށް ތުހުމަތު ކުރެވޭ ތަކެތި އެކަންޏެވެ" ބަޔާނުގައިވެއެވެ.

ޤާނޫނު ތަންފީޒް ކުރުމަށްޓަކައި ކަސްޓަމްސް އިން ކުރަމުންދާ މަސައްކަތްތައް ވަކި ބައެއްގެ ސިޔާސީ މަޤްސަދު ހާސިލް ކުރުމަށްޓަކައި، ރައްޔިތުންގެ މެދުގައި ނަފުރަތު އުފެދޭ ގޮތަށް ދޮގު ޚަބަރު ފަތުރައި، ޤާނޫނުގައި ސާފުކޮށް ބަޔާންކޮށްފައިވާ ކުށެއް އެއީ ކުށެއް ނޫން ކަން ޢާންމު ރައްޔިތުންނަށް ވިސްނައި ދިނުމަށްޓަކާ ބައެއް ފަރާތްތަކުން ކުރަމުންދާ މަސައްކަތްތައް ހަރުކަށި ޢިބާރާތުން ކުށްވެރިކުރާ ކަމަށް ވެސް ކަސްޓަމްސްގެ ބަޔާނުގައި ބުނެފައިވެއެވެ. އަދި ރާއްޖޭގައި ހިންގާ ވިޔަފާރި އާއި އިޤްތިސާދީ ޙަރަކާތްތަކަށް އަބަދު ވެސް އެއްބާރުލުން ދީ ވިޔަފާރިއަށް ފަހި އަދި ލުއިފަސޭހަ މާޙައުލެއް ޤާއިމުކޮށް ދިނުމަށް ކުރާ މަސައްކަތުގައި ކަސްޓަމްސް ދެމި އޮންނާނެ ކަމަށް ވެސް ބަޔާނުގައި ބުނެފައިވެއެވެ.

އެންމެ ހިނގާ

1

ޔޫއެސްއެސް އަބްރަހަމް ލިންކަންގައި ހިނގި ނުރައްކާތެރި ހަމަނުޖެހުމެއްގައި ހަތް މީހުން މަރުވެއްޖެ

2

ޕޯޓް ޓެކްނޮލޮޖީ އިންޓަނޭޝަނަލް ގެ އެޑްވައިޒަރީ ބޯޑުގެ ޗެއާމަންގެ މަގާމަށް ރައީސް ނަޝީދު

3

ތުރުކީން ޓްރަމްޕް ފުރާވަޑައިގަންނަވާއިރު ކޮނޑުމަތީގައި ފޮނުވާލާ މިސައިލަކުން ހަމަލާދޭން އޮތީ ރާވާފައި: ރިޕޯޓް

4

ދުނިޔޭގެ ބާރުގަދަ އެމެރިކާގެ ރައީސަށް ބޮޑެތި ގޮންޖެހުންތަކާ ކުރިމަތިލައްވަން އީރާނުން ޖައްސުވައިފި

5

އެމެރިކާގެ އަސްކަރިއްޔާގެ އިންޒާރުތަކަށް އިޖާބަ ނުދީ އޮމާން ކަނޑުން ދަތުރުކުރި ބޯޓަކަށް ހަމަލާ ދީފި

އިތުރަށް ކިޔާލަން

23 ޖެނުއަރީ 2017

ކިނބުދޫ ދާއިރާގައި ހުރި މައްސަލަތައް ރިޔާޒު ޓްވިޓާއަށް އޮއްސާލައިފި

23 ޖެނުއަރީ 2017
ކިނބުދޫ ދާއިރާގައި ހުރި މައްސަލަތައް ރިޔާޒު ޓްވިޓާއަށް އޮއްސާލައިފި
22 ޖެނުއަރީ 2017

ކްރައިމް އިންވެސްޓިގޭޝަން ކޮމާންޑްގެ ހުރިހާ ޑިޕާޓްމަންޓްތަކުގެ މުވައްޒަފުންނަށް ރޯލްކޯލްއެއް ބާއްވައިފި

22 ޖެނުއަރީ 2017
ކްރައިމް އިންވެސްޓިގޭޝަން ކޮމާންޑްގެ ހުރިހާ ޑިޕާޓްމަންޓްތަކުގެ މުވައްޒަފުންނަށް ރޯލްކޯލްއެއް ބާއްވައިފި
22 ޖެނުއަރީ 2017

ކޮރަޕްޝަނަކީ އިންސާނީ ތޮބީޢަތުގައިވާ ކަމެއް ކަމަށް ވިދާޅުވުމަކީ އިސްލާމްދީނުގެ އަސާސްތަކާއި އިންސާނީ އެންމެހައި ހަމަތަކާ ޚިލާފު، ބިރުހުރި ކަމެއް:އެމްޑީޕީ

22 ޖެނުއަރީ 2017
ކޮރަޕްޝަނަކީ އިންސާނީ ތޮބީޢަތުގައިވާ ކަމެއް ކަމަށް ވިދާޅުވުމަކީ އިސްލާމްދީނުގެ އަސާސްތަކާއި އިންސާނީ އެންމެހައި ހަމަތަކާ ޚިލާފު، ބިރުހުރި ކަމެއް:އެމްޑީޕީ
21 ޖެނުއަރީ 2017

ކައުންސިލް ނުލިބިއްޖެ ނަމަ ތިމަރަފުށީގައި ހުރި ސަރުކާރުގެ އޮފިސްތަކުގެ އޮނިގަނޑަށް ބަދަލު ގެންނާނަން: ޝަރީފް

21 ޖެނުއަރީ 2017
ކައުންސިލް ނުލިބިއްޖެ ނަމަ ތިމަރަފުށީގައި ހުރި ސަރުކާރުގެ އޮފިސްތަކުގެ އޮނިގަނޑަށް ބަދަލު ގެންނާނަން: ޝަރީފް
20 ޖެނުއަރީ 2017

އައްޑޫ ސިޓީ ޗަކަ ބިމެއްގައިހުރި ގަސްތަކެއްގައި އަލިފާން ރޯވެއްޖެ

20 ޖެނުއަރީ 2017
އައްޑޫ ސިޓީ ޗަކަ ބިމެއްގައިހުރި ގަސްތަކެއްގައި އަލިފާން ރޯވެއްޖެ
14 ޖެނުއަރީ 2017

މި ސަރުކާރު ބިނާވެގެންވާ ހުރިހާ އަސާސްތަކެއް ދޫކޮށްލަންޖެހޭ: އިންތި

14 ޖެނުއަރީ 2017
މި ސަރުކާރު ބިނާވެގެންވާ ހުރިހާ އަސާސްތަކެއް ދޫކޮށްލަންޖެހޭ: އިންތި
13 ޖެނުއަރީ 2017

ހިތުހުރި ގޮތެއް ހަދަން ދޫކޮށްލައިފި ނަމަ ރިޔާސީ އިންތިޚާބުގައި ހިތާމަކުރަން ޖެހޭނެ: ޝިދާތާ

13 ޖެނުއަރީ 2017
ހިތުހުރި ގޮތެއް ހަދަން ދޫކޮށްލައިފި ނަމަ ރިޔާސީ އިންތިޚާބުގައި ހިތާމަކުރަން ޖެހޭނެ: ޝިދާތާ
12 ޖެނުއަރީ 2017

ލ. ފޮނަދޫގައި ހުރި މީރާގެ އޮފީސް ފަޅާލާ ވައްކަން ކޮށްފި

12 ޖެނުއަރީ 2017
ލ. ފޮނަދޫގައި ހުރި މީރާގެ އޮފީސް ފަޅާލާ ވައްކަން ކޮށްފި
10 ޖެނުއަރީ 2017

ހައުސިންގ މިނިސްޓްރީގެ އޮޑިޓް ރިޕޯޓުގައި ހުރި މައްސަލަތައް މިދަނީ ބަލަމުން:އޭސީސީ

10 ޖެނުއަރީ 2017
ހައުސިންގ މިނިސްޓްރީގެ އޮޑިޓް ރިޕޯޓުގައި ހުރި މައްސަލަތައް މިދަނީ ބަލަމުން:އޭސީސީ
06 ޖެނުއަރީ 2017

ޤާނޫނު އަސާސީއެއް ނެތް، އުފާވެރި ދިވެހިރާއްޖެއަށް އޮތް ހުރިހާ މަގެއް ބަންދުކޮށްފި: އިބްރާ

06 ޖެނުއަރީ 2017
ޤާނޫނު އަސާސީއެއް ނެތް، އުފާވެރި ދިވެހިރާއްޖެއަށް އޮތް ހުރިހާ މަގެއް ބަންދުކޮށްފި: އިބްރާ
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް