Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރިޕޯޓު އެންމެ އަގުބޮޑު ހެދުން

ދުނިޔޭގެ އެންމެ އަގު ބޮޑު ވެޑިންގް ޑްރެސްގެ އަގަކީ 12 މިލިއަން ޑޮލަރު

މި ވެޑިންގް ޑްރެސް ތައްޔާރުކޮށްފައިވަނީ 2006 ވަނަ އަހަރު

ސިމާހާ ނަސީމް
ސިމާހާ ނަސީމް | 21 ޖެނުއަރީ 2018 | އާދީއްތަ 05:26
ދުނިޔޭގެ އެންމެ އަގު ބޮޑު ވެޑިންގް ޑްރެސް

ދުނިޔޭގެ އެންމެ އަގު ބޮޑު ވެޑިންގް ޑްރެސް

އަންހެން ކުދިންނަކީ އަގު ބޮޑު ރީތި ހެދުންތައް އެޅުމަށް ލޯބިކުރާ ބައެކެވެ. އެކަކަށްވުރެ އަނެކަކު ރީތިވުމަށްޓަކައިވެސް މަސައްކަތް ކުރާ ބައެކެވެ. ޕާޓީއަކަށްދާން ތައްޔާރުވިޔަސް އޮފީސް ހަފްލާއަކަށްދާން ތައްޔާރުވިޔަސް އެންމެ ރީތި ހެދުން އަޅުމުގައި ނަގާ ކިޔާ ލިސްޓުގައި ހިމެނުމަށް މަސައްކަތް ކުރާ ބައެކެވެ. ފާހަގަކޮށްލަން ޖެހޭ ކަމަކީ އަންހެން ކުއްޖެއްގެ ކައިވެނި ޕާޓީއަކަށް ތައްޔާރުވާނަމަ ރީތި ހެދުން އެޅުމަށްޓަކައި ކުރާ މަސައްކަތް ދެގުނަ ބޮޑުވެގެންދެއެވެ.

ކައިވެނި ހަފުލާއަށް ތައްޔާރުވުމަކީ ދުނިޔޭގެ ހުރިހާ ތަނެއްގައި ވެސް އާދައިގެ ކަމެއް ނޫނެވެ. ކައިވެނިކުރާ ދެ މީހުންނާއި އެ އާއިލާތަކުގެ ކެރިފޯރުންތެރިކަން ހުރި މިންވަރެއްގެ މައްޗަށް ހަރަދުކޮށްލަ އެވެ. ހާއްސަކޮށް، ކައިވެނި ހަފުލާގެ ހަރަދުތައް ފާހަގަކޮށްލަން ޖެހެ އެވެ. ބައެއް ވެޑިންގް ޑްރެސްތަކަށް ހީނުކުރާ ވަރުގެ ހަރަދުކޮށްލާފައި އެބަ ހުއްޓެވެ. ދުނިޔޭގެ އެންމެ އަގުބޮޑު ވެޑިން ޑްރެސްގެ އަގު އެނގޭތޯ އެވެ.

އެ ހެދުމުގެ އަގަކީ 12 މިލިއަން ޑޮލަރެވެ. މި ވެޑިންގް ޑްރެސް ތައްޔާރުކޮށްފައިވަނީ 2006 ވަނަ އަހަރުއެވެ. 150 ކެރެޓްގެ ޑައިމަންޑުން ޖަރީކޮށްގެން މި ވެޑިންގް ޑްރެސް ތައްޔާރުކޮށްފައިވާއިރު އެންމެންގެ ލޮލުގައި އަޅައިގަންނަ ވިދާ ވެޑިންގް ޑްރެސް އަކަށް ހެދުމަށްޓަކައި ހެދުން ޑިޒައިންކޮށް ތައްޔާރުކުރި ފަރާތްތަކުން މަސައްކަތްކުރިއެވެ.

ދުނިޔޭގައި ދެވަނަ އަށް އެންމެ އަގު ބޮޑު ވެޑިންގް ޑްރެސް ތައްޔާރުކޮށްފައިވަނީ ޖާޕާންގެ ޑިޒައިނަރެކެވެ. މި ވެޑިންގް ޑްރެސް އަށް ވައިޓް ގޯލްޑް ޑައިމަންޑް ޑްރެސްގެ ނަމުން ނަން ދީފައިވާއިރު މި ހެދުމުގެ އަގަކީ 8.5 މިލިއަން ޑޮލަރެވެ. މި ހެދުމުގައި ފަސް ކެރެޓްގެ ވައިޓް ޑައިމަންޑް ހަރުކޮށްފައިވާއިރު 1000 އިތާމުތްވެސް ހަރުކޮށްފަވެއެވެ. މީގެ އިތުރުން މި ހެދުމުގައި ވަނީ އަތްތެރި މަސައްކަތްތައްވެސް ހިމަނާފައެވެ.

ދުނިޔޭގައި ތިންވަނަ އަށް އެންމެ އަގު ބޮޑު ވެޑިންގް ޑްރެސް އަކީ ވަރަށްވެސް ތަފާތު ހެދުމެކެވެ. މި ހެދުން ޑިޒައިން ކޮށްފައިވަނީ 2009 ވަނަ އަހަރު ސާމަރާ ދޫނީގެ ފަތްތައް ބޭނުންކޮށްގެންނެވެ. މި ހެދުމުގެ ފަހު ބައި ވަރަށް ދިގުކޮށް ވަށްކޮށްވަނީ ޑިޒައިންކޮށްފައެވެ. މި ހެދުމުގެ އަގަކީ 1.5 މިލިއަން ޑޮލަރެވެ.

ދުނިޔޭގައި ހަތަރު ވަނަ އަށް އެންމެ އަގު ބޮޑު ވެޑިންގް ޑްރެސްގެ އަގަކީވެސް 1.5 މިލިއަން ޑޮލަރެވެ. މި ހެދުން ވަރަށް އާދައިގެ ގޮތަކަށް ޑިޒައިންކޮށްފައިވީ ނަމަވެސް ހެދުމުގައި ހަރުކޮށްފައިވާ 18 ކެރެޓްގެ ރަނާއި ޑައިމަންޑްގެ ސަބަބުން ހެދުން އިތުރަށް ފުރިހަމަވެގެންދެއެވެ.

އިތުރަށް ކިޔާލަން

06 މާރިޗު 2017

ސުނީ މިހާރު ދެކޭ އެންމެ ބޮޑު ހުވަފެނަކީ ޕްރިޔަންކާއާ އެކު ނެށުމެއް ހުށަހެޅުން!

06 މާރިޗު 2017
ސުނީ މިހާރު ދެކޭ އެންމެ ބޮޑު ހުވަފެނަކީ ޕްރިޔަންކާއާ އެކު ނެށުމެއް ހުށަހެޅުން!
03 މާރިޗު 2017

"ރާއްޖޭގެ ޕްރިޔަންކާ" އެންމެ ފަހުން ބައިނަލްއަގުވާމީ މަޖައްލާއަކަށް

03 މާރިޗު 2017
"ރާއްޖޭގެ ޕްރިޔަންކާ" އެންމެ ފަހުން ބައިނަލްއަގުވާމީ މަޖައްލާއަކަށް
19 ފެބުރުއަރީ 2017

19 އަހަރު ފަހުން ވެސް "އަމާނާތަށް" ބެލުންތެރިންގެ ބޮޑު ތަރުހީބެއް

19 ފެބުރުއަރީ 2017
19 އަހަރު ފަހުން ވެސް "އަމާނާތަށް" ބެލުންތެރިންގެ ބޮޑު ތަރުހީބެއް
05 ފެބުރުއަރީ 2017

ރާއްޖެ މިހާރު ހިނގަމުންދަނީ އަވަށްޓެރި ލަންކާ ހިނގަމުންދިޔަ މަގުން: އިގްތިސާދީ އަނދަވަޅަކަށް ވެއްޓުމުގެ ބިރު ބޮޑު!

05 ފެބުރުއަރީ 2017
ރާއްޖެ މިހާރު ހިނގަމުންދަނީ އަވަށްޓެރި ލަންކާ ހިނގަމުންދިޔަ މަގުން: އިގްތިސާދީ އަނދަވަޅަކަށް ވެއްޓުމުގެ ބިރު ބޮޑު!
04 ފެބުރުއަރީ 2017

އައްޑޫ އެވޯޑް: ޚިދުމަތްތަކެއް ކޮށްދެއްވާފައިވާ އަދި ކޮށްދެވަމުން ގެންދަވާ އެތައް ބައެއްގެ އަގު ވަޒަންކޮށްފި

04 ފެބުރުއަރީ 2017
އައްޑޫ އެވޯޑް: ޚިދުމަތްތަކެއް ކޮށްދެއްވާފައިވާ އަދި ކޮށްދެވަމުން ގެންދަވާ އެތައް ބައެއްގެ އަގު ވަޒަންކޮށްފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު