Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - worldAdvertisement
ދުނިޔެއެމެރިކާ-މެދުއިރުމަތި

އެމެރިކާގެ ނައިބު ރައީސް ޕެންސް، މިސްރަށް ވަޑައިގެންފި

20 ޖެނުއަރީ 2018 | ހޮނިހިރު 18:31

އެމަނިކުފާނު މިސްރަށް ވަޑައިގެންނެވީ، މެދުއިރުމައްޗަށް ކުރައްވާ ދަތުރުފުޅުގެ ފުރަތަމަ މަންޒިލެއްގެ ގޮތުގައި

އަހުމަދު އަނޫޝު
އަހުމަދު އަނޫޝު | 20 ޖެނުއަރީ 2018 | ހޮނިހިރު 18:31
އެމެރިކާ ނައިބު ރައީސް ޕެންސް (ކ) އަދި އެމެރިކާގެ ރައީސް ޓްރަމްޕް

އެމެރިކާ ނައިބު ރައީސް ޕެންސް (ކ) އަދި އެމެރިކާގެ ރައީސް ޓްރަމްޕް

އެމެރިކާގެ ނައިބު ރައީސް މައިކް ޕެންސް މެދުއިރުމަތީގެ ގައުމުތަކަށް ކުރައްވާ ދަތުރުފުޅުގައި، އެމަނިކުފާނުގެ ފުރަތަމަ މަންޒިލެއްގެ ގޮތުގައި މިސްރަށް ވަޑައިގެންފިއެވެ.

ނައިބު ރައީސް މައިކް ޕެންސް މެދުއިރުމަތީގެ ގައުމުތަކަށް ވަޑައިގަންނަވާއިރު، މިއީ ގުދުސްއަކީ އިސްރާއީލްގެ ވެރިރަށް ކަމަށް އެމެރިކާ އިން ގަބޫލު ކުރާކަން މިދިޔަ އަހަރު ޑިސެމްބަރު މަހު އިއުލާން ކުރުމަށް ފަހު، މެދު އިރުމައްޗަށް ވަޑައިގަންނަވާ އެމެރިކާގެ އެންމެ އިސް އޮފިޝަލެވެ.

މިސްރުގެ ވެރިރަށް ގާހިރާ އަށް ނައިބު ރައީސް މައިކް ޕެންސް ވަޑައިގެންނެވީ ހޮނިހިރު ދުވަހުއެވެ. އެމަނިކުފާނު މިސްރުގެ ރައީސް އަބްދުލް ފައްތާހު އަލް-ސީސީ އާ ވެސް ބައްދަލު ކުރައްވާނެއެވެ. ހަތަރު ދުވަހުގެ މުއްދަތައް އެމެރިކާގެ ނައިބު ރައީސް މެދުއިރުމައްޗަށް ވަޑައިގެންނެވިއިރު، މިސްރަށް ފަހު ނައިބު ރައީސް ޕެންސް، ޖޯޑަން އަދި އިސްރާއީލަށް ވެސް ވަޑައިގަންނަވާނެއެވެ. ނައިބު ރައީސް ޕެންސް އިސްރާއީލަށް ކުރައްވާ ދަތުރުފުޅުގައި އިސްރާއީލުގެ ބޮޑު ވަޒީރު ބެންޔަމިން ނަތަންޔާހޫ އާ ބައްދަލުކުރެއްވުމުގެ އިތުރުން އިސްރާއީލުގެ ގާނޫނު ހަދާ މަޖިލީހުގައި ތަގުރީރުވެސް ކުރައްވާނެއެވެ. އަދި ޖޯޑަން އަށް ނައިބު ރައީސް ކުރައްވާ ދަތުރުފުޅުގައި އެގައުމުގެ ރަސްގެފާނު އަބްދުﷲ އާ ވެސް ބައްދަލު ކުރައްވާނެއެވެ.

ނައިބު ރައީސް ޕެންސް މެދުއިރުމައްޗަށް ވަޑައިގަންނަވާއިރު، މި ދަތުރުފުޅު ކުރީގައި ޝެޑިއުލް ކުރެވިފައި އޮތީ މިދިޔަ ޑިސެމްބަރު މަހަށް ކަމަށްވާއިރު، އޭރު ނައިބު ރައީސް ޕެންސް މެދުއިރުމައްޗަށް ވަޑައިނުގެންނެވީ އެމެރިކާ އިން ގުދުސް އަކީ އިސްރާއީލުގެ ވެރިރަށް ކަމަށް ބަލައިގަތުމުން އުފެދުނު ފާޑުކިޔުންތަކާ ގުޅިގެންނެވެ.

ގުދުސްއަކީ އިސްރާއީލްގެ ވެރިރަށް ކަމަށް އެމެރިކާ އިން ގަބޫލު ކުރާކަން އިއުލާން ކޮށްފައި ވަނީ މިދިޔަ ޑިސެމްބަރު މަހު 6 ގައެވެ. އިސްރާއީލާއި ފަލަސްތީނާ ދެމެދު ސުލްހައިގެ މަގެއް ހޯދުމަށް ކުރެވެމުންދާ މަސައްކަތުގައި އެންމެ ނާޒުކު އަދި އުނދަގޫ މައްސަލައަކަށް ޖެރޫސަލަމްގެ މައްސަލަވެފައި ވަނިކޮށް، ޖެރޫސަލަމްއަކީ އިސްރާއީލުގެ ވެރިރަށް ކަމަށް ގަބޫލު ކުރާކަން އެމެރިކާ އިން އިއުލާން ކުރުމުން މައްސަލަ އިތުރަށް މިވަނީ ގޯސްވެފައެވެ. އެމެރިކާގެ މި ނިންމުމާއެކު މައްސަލައެއް ހައްލެއް ހޯދުމަށް އެމެރިކާ އިން އަދާކުރަމުން ދިޔަ މެދުވެރިއެއްގެ ދައުރު ވެސް މިވަނީ ނިމުމަކަށް އައިސްފައެވެ.

އެންމެ ހިނގާ

1

އާރްޑީސީން މަގު ކޮނުމުގެ ތެރޭގައި ފާރެއް ވެއްޓި އުމުރުން ދުވަސްވީ މީހަކު "ވަޅުލެވިއްޖެ"

2

ޓްރަމްޕް ފަދަ ރައީސްއަކާ އީރާން އަށް ކުރިމަތިލާާން ޖެހިފައި ނުވޭ، އީރާންގެ ވެރިކަން ބަދަލުވާން ޖެހޭ: ރޫބިއޯ

3

ޚާމަނާއީ އަވަހާރަކޮށްލި ހާދިސާއަށްފަހު ފުރަތަމަ ހިނގި ކަންތައްތަކުގެ ތަފުސީލު ޣާލީބާފް ހާމަކުރައްވައިފި

4

އިދިކޮޅުން ދޭ އިންޒާރުތަކަކީ ހަގީގީ ނުރައްކަލުގެ ގޮތުގައި ބަލާނަން: އީރާންގެ ވަގުތީ ޑިފެންސް މިނިސްޓަރު

5

އީރާނުގެ ހަމަލާތަކުން އިސްރާއީލު ދިފާއުކުރެވޭނެ ގާބިލުކަމެއް އެމެރިކާ އަކު ނެތް ކަމަށް އެމެރިކާގެ އިސް ކޮމާންޑަރަކު ވިދާޅުވެއްޖެ

އިތުރަށް ކިޔާލަން

28 ޖެނުއަރީ 2017

ހޮނިހިރު ދުވަހު ރައީސް ޓްރަމްޕާއި ރައީސް ޕޫޓިން ފޯނުން މަޝްވަރާ ކުރައްވަނީ

28 ޖެނުއަރީ 2017
ހޮނިހިރު ދުވަހު ރައީސް ޓްރަމްޕާއި ރައީސް ޕޫޓިން ފޯނުން މަޝްވަރާ ކުރައްވަނީ
27 ޖެނުއަރީ 2017

ގެމްބިއާގެ ރައީސް ގައުމަށް އެނބުރިވަޑައިގަންނަވައިފި

27 ޖެނުއަރީ 2017
ގެމްބިއާގެ ރައީސް ގައުމަށް އެނބުރިވަޑައިގަންނަވައިފި
26 ޖެނުއަރީ 2017

އަސްތާނާގައި ބޭއްވި ސީރިޔާގެ ސުލްހައިގެ މަޝްވަރާތަކަކީ ޖެނިވާގައި ބާއްވާ މަަޝްވަރާތަކުގައި ބޭނުން ކުރެވިދާނެ އަސާސެއް: ރައީސް ޕުޓިން

26 ޖެނުއަރީ 2017
އަސްތާނާގައި ބޭއްވި ސީރިޔާގެ ސުލްހައިގެ މަޝްވަރާތަކަކީ ޖެނިވާގައި ބާއްވާ މަަޝްވަރާތަކުގައި ބޭނުން ކުރެވިދާނެ އަސާސެއް: ރައީސް ޕުޓިން
26 ޖެނުއަރީ 2017

ހެއިޓީގެ އިންތިޚާބީ ރައީސް ޖޮވެނެލް މޮއިސްއާ ދެކޮޅަށް ކޮރަޕްޝަންގެ ތުހުމަތުތަކެއް

26 ޖެނުއަރީ 2017
ހެއިޓީގެ އިންތިޚާބީ ރައީސް ޖޮވެނެލް މޮއިސްއާ ދެކޮޅަށް ކޮރަޕްޝަންގެ ތުހުމަތުތަކެއް
26 ޖެނުއަރީ 2017

މެކްސިކޯ އާއި އެމެރިކާގެ ބޯޑަރުގައި ފާރެއް ރޭނުމަށް އަންގާ އަމުރުގައި ޓްރަމްޕް ސޮއިކުރައްވައިފި

26 ޖެނުއަރީ 2017
މެކްސިކޯ އާއި އެމެރިކާގެ ބޯޑަރުގައި ފާރެއް ރޭނުމަށް އަންގާ އަމުރުގައި ޓްރަމްޕް ސޮއިކުރައްވައިފި
25 ޖެނުއަރީ 2017

ގެމްބިއާގެ އާ ރައީސް އަލުން ގައުމަށް އެނބުރިވަޑައިގަންނަވާނޭ ކަމަށް ވިދާޅުވެއްޖެ

25 ޖެނުއަރީ 2017
ގެމްބިއާގެ އާ ރައީސް އަލުން ގައުމަށް އެނބުރިވަޑައިގަންނަވާނޭ ކަމަށް ވިދާޅުވެއްޖެ
13 ޖެނުއަރީ 2017

ގެމްބިއާގެ ރައީސް ޔަހްޔާ ޖަމްމޭހް އަށް ނާއިޖީރިއާއިން ސިޔާސީ ހިމާޔަތް ދިނުމަށް ފާސްކޮށްފި

13 ޖެނުއަރީ 2017
ގެމްބިއާގެ ރައީސް ޔަހްޔާ ޖަމްމޭހް އަށް ނާއިޖީރިއާއިން ސިޔާސީ ހިމާޔަތް ދިނުމަށް ފާސްކޮށްފި
12 ޖެނުއަރީ 2017

ބޭރުގެ ޕްރެޝަރަށް އިޖާބަ ނުދެއްވާނަން: ރައީސް ޔަހްޔާ ޖަމްމޭހު

12 ޖެނުއަރީ 2017
ބޭރުގެ ޕްރެޝަރަށް އިޖާބަ ނުދެއްވާނަން: ރައީސް ޔަހްޔާ ޖަމްމޭހު
12 ޖެނުއަރީ 2017

އެމެރިކާގެ ޖާސޫސީ އިދާރަތައް ޓްރަމްޕް ކުށްވެރިކުރައްވައިފި

12 ޖެނުއަރީ 2017
އެމެރިކާގެ ޖާސޫސީ އިދާރަތައް ޓްރަމްޕް ކުށްވެރިކުރައްވައިފި
08 ޖެނުއަރީ 2017

ގާނާގެ އާ ރައީސް މަގާމުގެ ހުވާ ކުރައްވައިފި

08 ޖެނުއަރީ 2017
ގާނާގެ އާ ރައީސް މަގާމުގެ ހުވާ ކުރައްވައިފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް