Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެވިލާ ގްރޫޕު

ސަރުކާރުން އުޅެނީ ރިސޯޓު ހިންގުން ހުއްޓުވަން: ޕްރެޑައިޒް

19 ޖެނުއަރީ 2018 | ހުކުރު 07:03

ބަނގުރާ ދޫކުރާ ތަންތަން ފިޔަވައި އެހެން ތަންތަނަކަށް ނުގެންދެވޭނެ: ކަސްޓަމްސް

ޙުސައިން ޙަސަން
ޙުސައިން ޙަސަން | 19 ޖެނުއަރީ 2018 | ހުކުރު 07:03
ޕްރެޑައިޒް އައިލެންޑް ރިސޯޓުގެ މެނޭޖަރު އަބްދުﷲ ފަތުހީ ރާއްޖެއެމްވީ އަށް މައުލޫމާތު ދެއްވަނީ

ޕްރެޑައިޒް އައިލެންޑް ރިސޯޓުގެ މެނޭޖަރު އަބްދުﷲ ފަތުހީ ރާއްޖެއެމްވީ އަށް މައުލޫމާތު ދެއްވަނީ

ކަސްޓަމުން ހިންގާ ތަހުގީގަކަށް ޕްރެޑައިޒް އައިލެންޑް ރިސޯޓުގައި ހުރި ރަލާއި އޫރު މަސްތައް އެ ރަށުން ގެންދަން އުޅެނީ އެ ރިސޯޓް ހިންގުން ހުއްޓުވަން ކަމަށް ތުހުމަތުކޮށްފިއެވެ.

ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހިމްގެ ފަސް ރިސޯޓު ބަލާ ފާސްކުރަން ފެށީ ރޯޔަލް އައިލެންޑް ރިސޯޓަށް ދޫކުރި ބަނގުރާތަކެއް އެ ރިސޯޓާ ގުޅުން ހުރި އެހެން ރިސޯޓުތަކަށް ގެންގޮސްފައިވާ ކަމަށް ތުހުމަތު ކުރެވޭ މައްސަލާގައެވެ. ރޯޔަލް އައިލެންޑް ފިޔަވައި ގާސިމްގެ ހަތަރު ރިސޯޓު ކަމަށްވާ ސަން އައިލެންޑާއި ފަން އައިލެންޑާއި ހޮލިޑޭ އައިލެންޑް ރިސޯޓުގެ އިތުރުން ޕެރެޑައިޒް އައިލެންޑް ރިސޯޓުގައި ހުރި ބަނގުރަލާއި އޫރު މަސްތައް ގެންދިއުމަށް ކަސްޓަމްސް އިން ރޭ ވަނީ މަސައްކަތްކޮށްފައެވެ. ނަމަވެސް ކަސްޓަމްސް އާއި ފުލުހުންގެ ޓީމުތައް އެ ރަށްތަކުން ބުރާސްފަތި ދުވަހުގެ ރޭ ވަނީ ފައިބައިފައެވެ.

Advertisement - newsAdvertisement

ބުރާސްފަތި ދުވަހުގެ ރޭ ކުރިއަށް ގެންދިޔަ ކަސްޓަމްސްގެ އޮޕަރޭޝަނާ ގުޅިގެން ރާއްޖެޓީވީގެ ނޫސްވެރިން ވަނީ ޕްރެޑައިޒް އައިލެންޑް ރިސޯޓަށް ގޮސް، އެ ޓީމުން އަމަލު ކުރި ގޮތް ބަލާފައެވެ. އަދި ރިސޯޓުގެ މެނޭޖުމަންޓާއި ވިލާ ގްރޫޕުގެ ގާނޫނީ ވަކީލުން ވަނީ އެ އޮޕަރޭޝަނާ ގުޅޭ ގޮތުން ރާއްޖެޓީވީއާ ވާހަކަ ދައްކާފައެވެ.

ޕްރެޑައިޒް އައިލެންޑް ރިސޯޓުގެ މެނޭޖަރު އަބްދުﷲ ފަތުހީ ވިދާޅުވީ އެ ރިސޯޓުގައި 700 އަށް ވުރެ ގިނަ ޓޫރިސްޓުން އެބަތިބި ކަމަށާއި އެ ރިސޯޓުގައި ތިބި ޓޫރިސްޓުންނަށް ދެމުންދާ ހިދުމަތަށް ބުރޫއަރާނެ ގޮތަށް ރިސޯޓުގައި ހުރި ތަކެތި ގެންގޮސްފި ނަމަ ފޫނުބެއްދޭނެ ވަރުގެ ގެއްލުމަކާ ކުރިމަތިލާންޖެހޭނެ ކަމަށެވެ.

ކަސްޓަމްސް އާއި ފުލުހުންގެ ޓީމު ޕްރެޑައިޒް އައިލެންޑް ރިސޯޓުން ފޭބުމާ އެކު ރާއްޖެޓީވީއާ ވާހަކަ ދައްކަވަމުން ފަތުހީ ވިދާޅުވީ ސަރުކާރުގެ މަގުސަދަކީ ބަހަނާއެއް ދައްކައިގެން ރިސޯޓުގެ ހިންގުން ހުއްޓުވުން ކަމަށެވެ. ރިސޯޓުގެ ތާރީހުގައި މިވަރުގެ ބޮޑު ކަމެއް އަދި ދިމާނުވާ ކަމަށާއި ކަސްޓަމްސް އާއި ފުލުހުންގެ އަމަލުތައް ހުރި ގޮތުން ޓޫރިސްޓުންނަށް ބިރާ ކުރިމަތިވެ، ނަސްފާނީ އުނދަގޫތަކެއް ކުރިމަތިވާނެ ކަމަށް ވެސް ފަތުހީ ވިދާޅުވިއެވެ.

"ހިދުމަތް ދެމުންދަނިކޮށް، އުޒުރެއް ދައްކައިގެން އެތަކެތި ގެންދިއުމުގެ އިންޓެންޝަނަކީ ރިސޯޓު ހުއްޓުވުން. އެ ނޫން ގޮތަކަށް މިކަން ނުވިސްނޭ،" ޕެރެޑައިޒް އައިލެންޑް ރިސޯޓްގެ މެނޭޖަރު ވިދާޅުވިއެވެ.

ކަސްޓަމްސް އިން ބުނެފައި ވަނީ ހަތަރު ރިސޯޓަކަށް ގަވާއިދާ ޚިލާފަށް ގިނަ އަދަދެއްގެ ބަނގުރާ ގެންގޮސް ބޭނުން ކުރަމުންދާކަން ފާހަގަ ކުރެވިފައިވާ ކަމަށެވެ. ގާސިމްގެ އެ ހަތަރު ރިސޯޓަކީ މޯލްޑިވްސް އިންލަންޑް ރެވެނިއު އޮތޯރިޓީ (މީރާ) އަށް ދައްކަންޖެހޭ ފައިސާ ގަވާއިދާ އެއްގޮތަށް ނުދައްކާތީ މިދިޔަ އަހަރުގެ މާޗްމަހުގެ 22 ވަނަ ދުވަހުން ފެށިގެން ކަސްޓަމްސް އިން ޚިދުމަތް ދިނުން މެދުކަނޑާލައި، ބަނގުރާ ދޫކުރުން ވަގުތީ ގޮތުން ހުއްޓާލާފައިވާ ރިސޯޓްތަކެއް ކަމަށެވެ.

ކަސްޓަމްސްއިން ބުނީ ބަނގުރާ ދޫކުރެވޭ ތަންތަން ފިޔަވައި އެހެން ތަންތަނަށް ގަވާއިދާ ޚިލާފަށް ގެންދިއުމަކީ ބަނގުރާ ރާއްޖެއަށް އާއްމުވުމަށް ހުޅުވިގެންދާނެ ދޮރެއް ކަމަށެވެ. ނަމަވެސް ވަކީލުން ވަނީ އެއީ މަނާކަމެއް ނޫން ކަމަށް ވިދާޅުވެފައެވެ.

އެންމެ ހިނގާ

1

ޔޫއެސްއެސް އަބްރަހަމް ލިންކަންގައި ހިނގި ނުރައްކާތެރި ހަމަނުޖެހުމެއްގައި ހަތް މީހުން މަރުވެއްޖެ

2

ޕޯޓް ޓެކްނޮލޮޖީ އިންޓަނޭޝަނަލް ގެ އެޑްވައިޒަރީ ބޯޑުގެ ޗެއާމަންގެ މަގާމަށް ރައީސް ނަޝީދު

3

ތުރުކީން ޓްރަމްޕް ފުރާވަޑައިގަންނަވާއިރު ކޮނޑުމަތީގައި ފޮނުވާލާ މިސައިލަކުން ހަމަލާދޭން އޮތީ ރާވާފައި: ރިޕޯޓް

4

ދުނިޔޭގެ ބާރުގަދަ އެމެރިކާގެ ރައީސަށް ބޮޑެތި ގޮންޖެހުންތަކާ ކުރިމަތިލައްވަން އީރާނުން ޖައްސުވައިފި

5

އެމެރިކާގެ އަސްކަރިއްޔާގެ އިންޒާރުތަކަށް އިޖާބަ ނުދީ އޮމާން ކަނޑުން ދަތުރުކުރި ބޯޓަކަށް ހަމަލާ ދީފި

އިތުރަށް ކިޔާލަން

22 ޖެނުއަރީ 2017

ރައްޔިތުންނަށް އޮޅުވާލުމަށް ސަރުކާރުން ބޮޑެތި ޒަރީމާތަކެއް ހިންގާ: ޝިފާޒް

22 ޖެނުއަރީ 2017
ރައްޔިތުންނަށް އޮޅުވާލުމަށް ސަރުކާރުން ބޮޑެތި ޒަރީމާތަކެއް ހިންގާ: ޝިފާޒް
21 ޖެނުއަރީ 2017

ރިސޯޓުގައި މަރުވި މީހާގެ މަރުގެ ތަހުގީގަށް ބްލަޑް ސާންޕަލް ނަގައިފި

21 ޖެނުއަރީ 2017
ރިސޯޓުގައި މަރުވި މީހާގެ މަރުގެ ތަހުގީގަށް ބްލަޑް ސާންޕަލް ނަގައިފި
16 ޖެނުއަރީ 2017

ސަރުކާރުން ޕްރޮޖެކްޓްތައް ހިންގަނީ ތިން ގުނަ އަގު ބޮޑުކޮށް: އާޒިމް

16 ޖެނުއަރީ 2017
ސަރުކާރުން ޕްރޮޖެކްޓްތައް ހިންގަނީ ތިން ގުނަ އަގު ބޮޑުކޮށް: އާޒިމް
16 ޖެނުއަރީ 2017

ކޮންމެ ދުވަހަކު އިވެނީ ރައީސް ޔާމީންގެ ސަރުކާރުން ހިންގާ ޖަރީމާތަކުގެ ވާހަކަ: ޝިފާޒު

16 ޖެނުއަރީ 2017
ކޮންމެ ދުވަހަކު އިވެނީ ރައީސް ޔާމީންގެ ސަރުކާރުން ހިންގާ ޖަރީމާތަކުގެ ވާހަކަ: ޝިފާޒު
15 ޖެނުއަރީ 2017

ސަރުކާރުންދޭ ލޯން ގެރެންޓީއަކީ ރޭވިގެންކުރާ ބޮޑު ޖަރީމާއެއް: ޑރ. ޖަމީލް

15 ޖެނުއަރީ 2017
ސަރުކާރުންދޭ ލޯން ގެރެންޓީއަކީ ރޭވިގެންކުރާ ބޮޑު ޖަރީމާއެއް: ޑރ. ޖަމީލް
15 ޖެނުއަރީ 2017

ރިޔާސީ އިންތިހާބަށް ގޮފިތަކުގެ ހިންގުން ރަނގަޅު ކުރާނަން: ހަސަން ލަތީފު

15 ޖެނުއަރީ 2017
ރިޔާސީ އިންތިހާބަށް ގޮފިތަކުގެ ހިންގުން ރަނގަޅު ކުރާނަން: ހަސަން ލަތީފު
15 ޖެނުއަރީ 2017

ތިން ބިލިއަން ރުފިޔާގެ ލޯނެއް ނަގަން ސަން ސިޔާމަށް ސަރުކާރުން ގެރެންޓީ ދެނީ!

15 ޖެނުއަރީ 2017
ތިން ބިލިއަން ރުފިޔާގެ ލޯނެއް ނަގަން ސަން ސިޔާމަށް ސަރުކާރުން ގެރެންޓީ ދެނީ!
14 ޖެނުއަރީ 2017

ދީން ނިކަމެތިކޮށްލަން ސަރުކާރުން މަސައްކަތްކުރޭ: އާޒިމް

14 ޖެނުއަރީ 2017
ދީން ނިކަމެތިކޮށްލަން ސަރުކާރުން މަސައްކަތްކުރޭ: އާޒިމް
13 ޖެނުއަރީ 2017

ލޯކަލް ކައުންސިލް އިންތިހާބެއް ހޯދުމުގެ މަސައްކަތް ކުރަންޖެހެނީ ސަރުކާރުން އާއްމު އުސޫލުތަކުން ބޭރުވުމުން: ހަސަން ލަތީފު

13 ޖެނުއަރީ 2017
ލޯކަލް ކައުންސިލް އިންތިހާބެއް ހޯދުމުގެ މަސައްކަތް ކުރަންޖެހެނީ ސަރުކާރުން އާއްމު އުސޫލުތަކުން ބޭރުވުމުން: ހަސަން ލަތީފު
06 ޖެނުއަރީ 2017

ފެނަށްޖެހޭ ރަށްރަށަށް ސަރުކާރުން ބޯފެން ފޯރުކޮށްދިނުމުގެ މަސައްކަތަށް ބަދަލު ގެނެސްފި

06 ޖެނުއަރީ 2017
ފެނަށްޖެހޭ ރަށްރަށަށް ސަރުކާރުން ބޯފެން ފޯރުކޮށްދިނުމުގެ މަސައްކަތަށް ބަދަލު ގެނެސްފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް