Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - worldAdvertisement
ދުނިޔެޗައިނާ ތެޔޮ ޓޭންކަރު

ޗައިނާ ތެޔޮ ޓޭންކަރު އެކްސިޑެންޓް: 100 ކިލޯ މީޓަރަށް ވަނީ ތެޔޮފެތުރިފައި

ތެޔޮ ޓޭންކަރުގައި 136،000 ޓަނުގެ އަލްޓްރަ-ލައިޓް ކްރޫޑް އޮއިލް ހުރި

އަބުދުﷲ މުހައްމަދު
އަބުދުﷲ މުހައްމަދު | 18 ޖެނުއަރީ 2018 | ބުރާސްފަތި 18:12
 ޓޭންކަރު ގޮވައި އަޑިޔަށް ދިއުމުގެ ކުރިން ހަފްތާއެއްހާ ދުވަސްވަންދެން އަނދާފައިވޭ

ޓޭންކަރު ގޮވައި އަޑިޔަށް ދިއުމުގެ ކުރިން ހަފްތާއެއްހާ ދުވަސްވަންދެން އަނދާފައިވޭ

ޗައިނާގެ ކަނޑުގެ ސަރަހައްދަށް އަޑިޔަށްދިޔަ އިރާނުގެ ތެޔޮ ޓޭންކަރުން ބޭރުވި ތެލުން ހަތަރު ބަޔަކަށް ބެހިފައިވާ ތެޔޮގަނޑުތަކެއް ކަނޑުމަތީގައި އުފެދިފައިވާއިރު 100 ކިލޯ މީޓަރަށް އެ ތެޔޮގަނޑުތައް ފެތުރިފައިވާކަމަށް ޗައިނާގެ އިދާރާތަކުން ބުނެފިއެވެ.

ސަންޗީގެ ނަން ދީފައިވާ މި ޓޭންކަރު ޖެނުއަރީ މަހުގެ 6 ވަނަ ދުވަހު ޝަންހާއީއާއި 260 ކިލޯމީޓަރު ދުރުން އަޑިޔަށް ގޮސްފައިވަނީ ކާގޯ ބޯޓެއްގައި ޖެހިއެވެ.

ތެޔޮ ޓޭންކަރުގައި އޭރު 136،000 ޓަނުގެ އަލްޓްރަ-ލައިޓް ކްރޫޑް އޮއިލް ހުރިކަމަށް ވެއެވެ.

އާދީއްތަ ދުވަހު ޓޭންކަރު ގޮވައި އަޑިޔަށް ދިއުމުގެ ކުރިން ހަފްތާއެއްހާ ދުވަސްވަންދެން އަނދާފައިވެއެވެ.

ޓޭންކަރުގެ 32 ކުރޫއިން މަރުވެފައިވާކަމަށްވަނީ ބެލެވިފައެވެ.

މީގެ ކުރިން ސެޓެލައިޓް ފޮޓޯތަކުން ފެނިފައިވާ ގޮތުގައި އޮތީ ދެ ތެޔޮގަނޑެކެވެ. ނަމަވެސް ޗައިނާގެ ސްޓޭޓް އޯޝެނިކް އެޑްމިނިސްޓްރޭޝަނުން ފަހުން ހާމަކުރި މައުލޫމާތަށްބަލާއިރު ތެޔޮ ފެތުރިފައިވާ ސަރަހައްދު ބޮޑެވެ.

ބޯޓުގައި އުފުލާފައިވާ ތެލާއި އަދި ބޯޓްގެ ބޭނުމަށް ބޯޓުގައި ހުރި ތެޔޮ އެކުވުމުން ކަނޑުގެ ދިރުމަށް ބޮޑެތި ގެއްލުންތަކެއް ލިބިގެންދާނެއެވެ.

ޓޭންކަރު އުފުލަމުން ދިޔައީ ކޮންޑެންސޭޓް ތެޔޮ ކަމަށްވާއިރު މިއީ އާއްމުކޮށް އުފުލާ ސާފު ނުކުރާ ތެލަށް ވުރެ ލީކުވެއްޖެ ނަމަ ތިމާވެއްޓަށް ނުރައްކާ ބާވަތެކެވެ.

ޕެނަމާގައި ރަޖިސްޓްރީކޮށްފައިވާ މި ބޯޓަކީ އީރާނުގެ ކުންފުންޏެއްގެ ބޯޓެކެވެ.

އިތުރަށް ކިޔާލަން

07 މާރިޗު 2017

މިޔަންމާ އާއި އިންވެގެން އޮންނަ ޗައިނާގެ ބޯޑަރު ސަރަހައްދުގައި ހިނގި ހަމަނުޖެހުންތަކުގައި 30 މަރު

07 މާރިޗު 2017
މިޔަންމާ އާއި އިންވެގެން އޮންނަ ޗައިނާގެ ބޯޑަރު ސަރަހައްދުގައި ހިނގި ހަމަނުޖެހުންތަކުގައި 30 މަރު
22 ފެބުރުއަރީ 2017

އެމެރިކާގެ އާ ސެކިޔުރިޓީ އެޑްވައިޒަރަށް ޓީމް ބައްޓަން ކުރެއްވުމުގެ "100 ޕަސެންޓް ކޮންޓްރޯލް" އޮންނާނެ: ވައިޓް ހައުސް

22 ފެބުރުއަރީ 2017
އެމެރިކާގެ އާ ސެކިޔުރިޓީ އެޑްވައިޒަރަށް ޓީމް ބައްޓަން ކުރެއްވުމުގެ "100 ޕަސެންޓް ކޮންޓްރޯލް" އޮންނާނެ: ވައިޓް ހައުސް
20 ފެބުރުއަރީ 2017

އިރާނުގެ ހުޅަނގުން ދެ ބިލިއަން ބެރަލްސްގެ ތެޔޮ ފެނިއްޖެ

20 ފެބުރުއަރީ 2017
އިރާނުގެ ހުޅަނގުން ދެ ބިލިއަން ބެރަލްސްގެ ތެޔޮ ފެނިއްޖެ
19 ފެބުރުއަރީ 2017

އެމެރިކާގެ އަސްކަރިއްޔާއިން ދެކުނު ޗައިނާ ކަނޑު ޕެޓްރޯލްކުރަން ފަށައިފި

19 ފެބުރުއަރީ 2017
އެމެރިކާގެ އަސްކަރިއްޔާއިން ދެކުނު ޗައިނާ ކަނޑު ޕެޓްރޯލްކުރަން ފަށައިފި
10 ފެބުރުއަރީ 2017

"އެއް ޗައިނާ" ސިޔާސަޔަތައް ތާއީދު ކުރައްވާ ކަމަށް އެންމެ ފަހުން ޓްރަމްޕް ވިދާޅުވެއްޖެ

10 ފެބުރުއަރީ 2017
"އެއް ޗައިނާ" ސިޔާސަޔަތައް ތާއީދު ކުރައްވާ ކަމަށް އެންމެ ފަހުން ޓްރަމްޕް ވިދާޅުވެއްޖެ
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު