Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރުޓްރާންސްފަރ ބާޒާރު

އެވަރޓަންއަށް ވޮލްކޮޓް ސޮއިކޮށްފި

18 ޖެނުއަރީ 2018 | ބުރާސްފަތި 02:39

ސޮއިކޮށްފައި ވަނީ 20 މިލިއަން ޕައުންޑަށް

މިއުވާން މުހައްމަދު
މިއުވާން މުހައްމަދު | 18 ޖެނުއަރީ 2018 | ބުރާސްފަތި 02:39
ތިއޯ ވޮލްކޮޓް އާސެނަލްގެ ޖަރޒީގައި: މި ސީޒަނުގައި އޭނާ ދަނޑަށް އެރުވީ މަދުން

ތިއޯ ވޮލްކޮޓް އާސެނަލްގެ ޖަރޒީގައި: މި ސީޒަނުގައި އޭނާ ދަނޑަށް އެރުވީ މަދުން

އާސެނަލްއަށް ކުޅުނު ފޯވަޑް ތިއޯ ވޮލްކޮޓް 20 މިލިއަން ޕައުންޑްގެ އެއްބަސްވުމެއްގެ ދަށުން ތިން އަހަރާއި ބައިގެ ކޮންޓްރެކްޓެއްގައި އެވަރޓަންއާ އެކު ސޮއިކޮށްފިއެވެ.

މިއީ އެވަރޓަން އިން ޖެނުއަރީ ޓްރާންސްފަރ ވިންޑޯގައި ގަތް ދެ ވަނަ ކުޅުންތެރިޔާއެވެ. އެވަރޓަން އިން ވަނީ ތުރުކީވިލާތުގެ ބެސިކްޓަސްއަށް ކުޅެމުން އައި ޔެންކް ޓޮސުން 27 މިލިއަން ޕައުންޑަށް ގަނެފައެވެ.

މީގެ 12 އަހަރު ކުރިން ސައުތުހެމްޕްޓަން އިން އާސެނަލްއާ ގުޅުނު 28 އަހަރުގެ ފޯވާޑް މިސީޒަނުގައި އިނގިރޭސި ޕްރިމިއަރ ލީގުގައި އާސެނަލް އަށް ކުޅެފައި ވަނީ އެންމެ ހަ މެޗެވެ.

ވޮލްކޮޓްގެ ސޮއި ހޯދުމަށް އޭނާގެ ކުރީގެ ކްލަބު ސައުތެމްޕްޓަން އިން ވެސް މަސައްކަތް ކޮށްފައިވެއެވެ.

އާސެނަލް އަށް 397 މެޗު ކުޅެ، 108 ލަނޑު ޖަހައިދީފައިވާ ވޮލްކޮޓާއި އާސެނަލްގެ ކޯޗު އާސެން ވެންގާއާ ދެމެދު ޚިޔާލުތަފާތުވުންތަކެއް އުފެދިފައިވާ ކަމުގެ އަޑުތަކެއް ފެތުރިފައިވެއެވެ.

އާސެނަލްއާ އެކު ވޮލްކޮޓް ހަދާފައިވާ އެއްބަސްވުމުގައި ބާކީ 18 މަސް ދުވަސް އޮތްއިރު، އާސެނަލްގެ ކޯޗު އާސެން ވެންގާ ވަނީ، ވޮލްކޮޓް އެޓީމުގައި މަޑު ކުރުމަށް އެދޭ ކަމަށް ބުނެފައެވެ. އެހެން ނަމަވެސް އޭނާ އަށް އެކްލަބުގެ ފުރަތަމަ އެގާރައިން ޖާގަ ދޭނެ ކަމުގެ އިޝާރާތެއް ވެންގާ ދީފައެއް ނުވެއެވެ.

އެވަޓަންގެ ކޯޗު ސެމް އެލާޑީސް ވަނީ، ވޮލްކޮޓަކީ އެކްލަބުގެ ސްކޮޑަށް އިތުރު ކުރަން އެންމެ ރަނގަޅު އެއް ކުޅުންތެރިޔާ ކަމަށާއި، އޭނާއަކީ އިދިކޮޅު ޓީމްތަކުގެ ގޯލަށް ނުރައްކާ ކުރާނެ ކުޅުންތެރިޔެއް ކަން ފާހަގަކޮށްފައެވެ.

ވޮލްކޮޓް ވިއްކާލުމަށް ފަހު ލިބޭ ފައިސާއިން އާސެނަލް އިން ބޭނުން ވަނީ ޖަރުމަނުގެ ބޮރޯޝިއާ ޑޯޓްމުންޑަށް ކުޅޭ ޕިއޭ އެމެރިކް އައުބަމެޔަންގ އަދި ފްރާންސް ބޯޑޯގެ ގޯވާޑް މަލްކޮމް ގެނައުމަށެވެ.

އާސެނަލްއިން ނެރުނު ބަޔާނެއްގައި ބުނީ ތިޔޯ ވޮލްކޮޓަށް ރަނގަޅު ކުރިމަގަކަށް އެދޭ ކަމަށާއި، އާސެނަލްގައި ހޭދަކުރި ދުވަސްތަކުގައި ކުރި މަސައްކަތަށް ޝުކުރު އަދާކުރާ ކަމަށެވެ.

އެންމެ ހިނގާ

1

ތުރުކީން ޓްރަމްޕް ފުރާވަޑައިގަންނަވާއިރު ކޮނޑުމަތީގައި ފޮނުވާލާ މިސައިލަކުން ހަމަލާދޭން އޮތީ ރާވާފައި: ރިޕޯޓް

2

ސްޕޯޓްސް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު ލަތީފް ކުއްލި ގޮތަކަށް މަޤާމުން ވަކިކޮށްފި

3

"އަދަބުވެރިކަން ނެތުމުގެ" ސަބަބުން ދަނބިދަރިފުޅުގެ ޝާހީ ލަގަބުތައް ބުރޫނާއީގެ ރަސްގެފާނު އަތުލައްވައިފި

4

އެމެރިކާއާއި އީރާނުގެ މަޝްވަރާތައް މަރުތަޅުއެޅިފައި - އެންމެ ފަހުގެ ތަފުސީލު

5

10 އަހަރު ވަންދެން ލޯބީގެ ގޮތުން ގުޅިގެން އުޅުމަށް ފަހު، ރޮނާލްޑޯ އާއި ޖޯޖީނާ ކައިވެނިކޮށްފި

އިތުރަށް ކިޔާލަން

31 މެއި 2017

ދެ އަހަރު އާސެނަލްގައި މަޑުކުރަން ނިންމައި، ވެންގާ އެއްބަސްވުމުގައި ސޮއިކޮށްފި

31 މެއި 2017
ދެ އަހަރު އާސެނަލްގައި މަޑުކުރަން ނިންމައި، ވެންގާ އެއްބަސްވުމުގައި ސޮއިކޮށްފި
30 އެޕްރީލު 2017

ކުޅުދުއްފުއްޓާއި މިލަންދޫގައި އަޅާ އިންޑޯ ކޮމްޕެލެކްސްތަކުގެ އެއްބަސްވުމުގައި ސޮއިކޮށްފި

30 އެޕްރީލު 2017
ކުޅުދުއްފުއްޓާއި މިލަންދޫގައި އަޅާ އިންޑޯ ކޮމްޕެލެކްސްތަކުގެ އެއްބަސްވުމުގައި ސޮއިކޮށްފި
03 އެޕްރީލު 2017

ކުންފުނިތަކާއެކު ތިން ކްލަބަކުން އެއްބަސްވުމުގައި ސޮއިކޮށްފި

03 އެޕްރީލު 2017
ކުންފުނިތަކާއެކު ތިން ކްލަބަކުން އެއްބަސްވުމުގައި ސޮއިކޮށްފި
14 މާރިޗު 2017

ޕީއެސްޖީ އަދި ބާސާ ކުޅުނު މެޗު އަލުން ކުޅެން ދެ ލައްކައަށްވުރެ ގިނަ ސަޕޯޓަރުން ޕެޓިޝަނެއްގައި ސޮއިކޮށްފި

14 މާރިޗު 2017
ޕީއެސްޖީ އަދި ބާސާ ކުޅުނު މެޗު އަލުން ކުޅެން ދެ ލައްކައަށްވުރެ ގިނަ ސަޕޯޓަރުން ޕެޓިޝަނެއްގައި ސޮއިކޮށްފި
07 މާރިޗު 2017

ގައުމީ ޓީމުގެ ކޯޗަކަށް އަނެއްކާ ވެސް ސްޓެވާޓް، އެއްބަސްވުމުގައި ސޮއިކޮށްފި

07 މާރިޗު 2017
ގައުމީ ޓީމުގެ ކޯޗަކަށް އަނެއްކާ ވެސް ސްޓެވާޓް، އެއްބަސްވުމުގައި ސޮއިކޮށްފި
23 ޖެނުއަރީ 2017

އެންމެ ފަހުން ޑިޕޭ ލިޔޯން އަށް ސޮއިކޮށްފި

23 ޖެނުއަރީ 2017
އެންމެ ފަހުން ޑިޕޭ ލިޔޯން އަށް ސޮއިކޮށްފި
16 ޖެނުއަރީ 2017

ނިއުގެ ފުޓުބޯޅަ ސީޒަން އިފްތިތާހުކޮށް އާ ކޯޗާއެކު އެއްބަސްވުމުގައި ސޮއިކޮށްފި

16 ޖެނުއަރީ 2017
ނިއުގެ ފުޓުބޯޅަ ސީޒަން އިފްތިތާހުކޮށް އާ ކޯޗާއެކު އެއްބަސްވުމުގައި ސޮއިކޮށްފި
07 ޖެނުއަރީ 2017

ޔަންގޮން ޔުނައިޓެޑްގެ ކުރީގެ ކޯޗު ސެކުލޮސްކީ މާޒިޔާ އަށް ސޮއިކޮށްފި

07 ޖެނުއަރީ 2017
ޔަންގޮން ޔުނައިޓެޑްގެ ކުރީގެ ކޯޗު ސެކުލޮސްކީ މާޒިޔާ އަށް ސޮއިކޮށްފި
06 ޖެނުއަރީ 2017

އީސްމާއިލް އީސަ، މުހައްމަދު އާރިފް އަދި ހަސަން އަދުހަމް ވިކްޓްރީއަށް ސޮއިކޮށްފި

06 ޖެނުއަރީ 2017
އީސްމާއިލް އީސަ، މުހައްމަދު އާރިފް އަދި ހަސަން އަދުހަމް ވިކްޓްރީއަށް ސޮއިކޮށްފި
06 ޖެނުއަރީ 2017

ފޭދޫ ޓީމުން ވިދާލި އިއްބެ ޓީސީ އަށް ސޮއިކޮށްފި

06 ޖެނުއަރީ 2017
ފޭދޫ ޓީމުން ވިދާލި އިއްބެ ޓީސީ އަށް ސޮއިކޮށްފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް