Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރުހޯސޭ މޮރީނިއޯ

ޔުނައިޓެޑްގެ ކޮންޓްރެކްޓް އާކުރަން މޮރީނިއޯ ތައްޔާރު

17 ޖެނުއަރީ 2018 | ބުދަ 11:14

މޮރީނިއޯ ޔުނައިޓެޑް ދޫކޮށްލަން އުޅޭ ކަމުގެ އަޑުތަކެއް ވަނީ ފެތުރިފައި

އަހްމަދު ސާއިފް ޝިޔާދް
އަހްމަދު ސާއިފް ޝިޔާދް | 17 ޖެނުއަރީ 2018 | ބުދަ 11:14
ހޯސޭ މޮރީނިއޯ

ހޯސޭ މޮރީނިއޯ

މެންޗެސްޓާ ޔުނައިޓެޑާއެކު ހަދާފައިވާ އެއްބަސްވުން އާކުރަން އެ ޓީމުގެ ކޯޗު ހޯސޭ މޮރީނިއޯ ތައްޔާރު ކަމަށް ރިޕޯޓުތައް ބުނެފިއެވެ.

ބީބީސީ ސްޕޯޓްސްއިން ބުނީ މޮރީނިއޯގެ އޭޖެންޓް އާއި ޔުނައިޓެޑްގެ މެނޭޖްމަންޓާއި ދެމެދު ކޮންޓްރެކްޓް އާކުރުމުގެ މަޝްވަރާތައް ވަރަށް ބާރަށް ކުރެވެމުންދާ ކަމަށާއި ވަރަށް އަވަސް މުސްތަގުބަލެއްގައި އޭނާ އާ ކޮންޓްރެކްޓެއްގައި ސޮއިކުރާނެ ކަމަށެވެ. މި މަޝްވަރާތައް ކުރިޔަށް މިދަނީ މޮރީނިއޯ ޔުނައިޓެޑް ދޫކޮށްލަން އުޅޭ ކަމަށް ބުނެ މީޑިއާތަކުން ރިޕޯޓުކޮށްފައިވާ ދަނޑިވަޅެއްގައެވެ.

ބައެއް މީޑިއާތަކުން ރިޕޯޓުކޮށްފައިވާ ގޮތުގައި ކުޅުންތެރިން ގެނައުމަށް މޮރީނިއޯއަށް ހަވާލުކޮށްފައިވާ ބަޖެޓާއި މެދު އޭނާ ވަރަށް ހިތްހަމަ ނުޖެހިފައި ހުރި ކަމަށެވެ. ހަމައެހެންމެ އޭނާ މިހާރު ހުންނަ ހޮޓަލުން އެހެން ތަނަކަށް ބަދަލުވުމަށް ޔުނައިޓެޑުން އެދުމުން އެކަމަށް ވެސް އޭނާ އިންކާރު ކޮށްފައިވާ ކަމަށް ރިޕޯޓުތައް ބުނެއެވެ.

މީޑިއާތަކުން ފަތުރަމުންދާ ވާހަކަތަކަށް ރައްދު ދެމުން މޮރީނިއޯ ބުނެފައިވަނީ އެފަދަ ވާހަކަތަކަށް ޖަވާބު ދޭން ނުޖެހޭ ކަމަށާއި އެއީ އެއްވެސް ހަގީގަތެއް އެކުނުލެވޭ ހޮޅި ވާހަކަތަކެއް ކަމަށެވެ. އެފަދަ ވާހަކަތަކުގެ ސަބަބުން ނޭދެވޭ އަސަރު ހުރިކަން ހާމަކުރަމުން މޮރީނިއޯ ބުނެފައިވަނީ އޭނާގެ ޕްރޮފެޝަނަލް ކަމާއިމެދު ސުވާލު އުފެއްދުމުގެ ފުރުސަތު އެއްވެސް މީހަކަށް ނޯންނާނެ ކަމަށެވެ.

ހަމައެހެންމެ އޭނާ ބުނީ ކޮންޓްރެކްޓުގައި އަދި ބާކީ އެއް އަހަރު އެބައޮތް ކަމަށާއި އޭނާ ކޮންޓްރެކްޓުގެ މުއްދަތު އިތުރުކުރާނީ ކްލަބުގައި މަޑުކުރަން ބޭނުން ވެގެންކަން ވެސް އެންމެނަށް ވަރަށް ސާފުކޮށް ކިޔައިދޭން ބޭނުންވާ ކަމަށެވެ. އަދި އުއްމީދަކީ ދިގު މުއްދަތެއް ވަންދެން ޔުނައިޓެޑްގެ ކޯޗުގެ ގޮތުގައި ދެމިހުރުން ކަމަށާއި ކޮންޓްރެކްޓް އައުކުރުމާއި މެދު ގޮތެއް ވަރަށް އަވަހަށް ނިމިގެންދާނެ ކަމަށް މޮރީނިއޯ ބުނެފައިވެއެވެ.

ޔުނައިޓެޑްގެ ކޯޗުގެ މަގާމުގައި މޮރީނިއޯ ބެހެއްޓުމަށް އެ ކްލަބްގެ މެނޭޖްމަންޓުން ވެސް ބޭނުންވާއިރު، މިކަމަށް މަގުފަހި ކުރުމުގެ ގޮތުން އެ ޓީމުން އަންނަނީ އާސެނަލްއަށް ކުޅެމުން އަންނަ ޗިލީގެ ފޯވާޑް އެލެކްސިސް ސަންޗޭޒް އެ ޓީމަށް ގެނައުމުގެ މަސައްކަތް ކުރަމުންނެވެ.

ސަރ އެލެކްސް ފާގަސަންއާއި ސަރ މެޓް ބުސްބީގެ ފަހުން ޔުނައިޓެޑްގެ ކޯޗުގެ މަގާމުގައި އެންމެ ގިނަ ދުވަހު ދެމިހުރި ކޯޗަކީ ރޮން އެޓްކިންސަންއެވެ. އެގޮތުން ފާގަސަން 27 އަހަރު ޔުނައިޓެޑްއަށް އިރުޝާދު ދިން އިރު ބުސްބީ ވަނީ 24 އަހަރު އެ ޓީމަށް އިރުޝާދު ދީފައެވެ. ހަމައެހެންމެ އެޓްކިންސަން ވަނީ ފަސް އަހަރާއި ފަސް މަސްދުވަހު އެ ޓީމަށް އިރުޝާދު ދީފައެވެ. މޮރީނިއޯގެ އަމާޒަކީ މި ރެކޯޑުތައް މުގުރާލުން ކަމަށް ބެލެވެއެވެ.

އުމުރުން 54 އަހަރުގެ ކޯޗު ޔުނައިޓެޑާއެކު ހަދާފައިވާ ކޮންޓްރެކްޓުގެ މުއްދަތު ހަމަވާނީ 2019 ވަނަ އަހަރުއެވެ. އޭނާގެ ފުރަތަމަ ސީޒަނުގައި އެ ޓީމަށް އިނގިރޭސި ލީގު ކަޕްއާއި ޔުރޮޕާ ލީގު ކާމިޔާބުކޮށްދިން ނަމަވެސް މި ސީޒަނުގެ ކުރީކޮޅު އެ ޓީމުން ދެއްކި ކުޅުން ސީޒަނުގެ މިހާ ހިސާބަށް އައިއިރު ދެމެހެއްޓިފައެއް ނުވެއެވެ. ޔުއެފާ ޗެމްޕިއަންސް ލީގުގެ ދެވަނަ ބުރުން އެ ޓީމު ޖާގަ ހޯދާފައިވާއިރު ޔުނައިޓެޑް އޮތީ އިނގިރޭސި ޕްރިމިއާ ލީގުގެ ތާވަލުގެ އެއްވަނައިގައި އޮތް ޕެޕް ގާޑިއޯލާގެ މެންޗެސްޓާ ސިޓީއަށްވުރެ 12 ޕޮއިންޓް ފަހަތުން ތާވަލުގެ ދެވަނައިގައެވެ.

އެންމެ ހިނގާ

1

"އަދަބުވެރިކަން ނެތުމުގެ" ސަބަބުން ދަނބިދަރިފުޅުގެ ޝާހީ ލަގަބުތައް ބުރޫނާއީގެ ރަސްގެފާނު އަތުލައްވައިފި

2

ނައިބު ރައީސް ހުސައިން މުހައްމަދު ލަތީފް ދިރިއުޅުއްވާ ހިލާލީ ގެޔަށް މަހަކު 3 ލައްކައަށް ވުރެ ގިނަ ރުފިޔާ ހަރަދުވާކަން ހާމަވެއްޖެ!

3

އީރާނުގެ އަސްކަރީ ގާބިލިއްޔަތު އިއާދަކުރަމުންދާ ހަލުވި މިނުގެ ސަބަބުން އިސްރާއީލަށް ސިހުން: ޖެރޫސަލަމް ޕޯސްޓް

4

ޓްރަމްޕަށް އީރާން ހަނގުރާމައިގައި ނާކާމިޔާބީތައް ފުނިޖެހެނީ

5

އެމެރިކާގެ ޓެކްސް އަށް މަކަރު ހަދައިގެން ޗައިނާގެ މުދާ އެމެރިކާއަށް ފޮނުވުމަށް ބޭނުންކުރާ ގައުމުތަކުގެ ތެރޭގައި ރާއްޖެ ހިމަނާ، ސިއްރު ޓްރާންޝިޕްމަންޓް ނެޓްވޯކް ގައި ހިމެނޭ ގައުމުތަކަށް ހަރުކަށި އަދަބުދޭނެ ކަމުގެ އިންޒާރު ދީފި

އިތުރަށް ކިޔާލަން

02 މާރިޗު 2017

ޓީމު އޮތީ މުބާރާތަކަށް ވާންޖެހޭ ވަރަށް ތައްޔާރުވެފައެއް ނޫން: ސުޒޭން

02 މާރިޗު 2017
ޓީމު އޮތީ މުބާރާތަކަށް ވާންޖެހޭ ވަރަށް ތައްޔާރުވެފައެއް ނޫން: ސުޒޭން
27 ފެބުރުއަރީ 2017

މޮރީނިއޯއާ އެކު ޔުނައިޓެޑުން ފުރަތަމަ ތަށި އުފުލާލައިފި

27 ފެބުރުއަރީ 2017
މޮރީނިއޯއާ އެކު ޔުނައިޓެޑުން ފުރަތަމަ ތަށި އުފުލާލައިފި
14 ފެބުރުއަރީ 2017

ބަންގާޅު މުބާރާތަށް ތައްޔާރު، ހުރިހާ ވިސްނުމެއް ހުރީ ތައްޓަށް: ނިޒާމް

14 ފެބުރުއަރީ 2017
ބަންގާޅު މުބާރާތަށް ތައްޔާރު، ހުރިހާ ވިސްނުމެއް ހުރީ ތައްޓަށް: ނިޒާމް
10 ފެބުރުއަރީ 2017

ފުޓްބޯޅަ ސީޒަނަށް ތައްޔާރުވުމަށް ނިއު ރޭޑިއަންޓް ހއ ކެލައަށް

10 ފެބުރުއަރީ 2017
ފުޓްބޯޅަ ސީޒަނަށް ތައްޔާރުވުމަށް ނިއު ރޭޑިއަންޓް ހއ ކެލައަށް
27 ޖެނުއަރީ 2017

ހަލް ސިޓީ އަތުން ބަލިވި ކަމަށް ޤަބޫލެއް ނުކުރަން: މޮރީނިއޯ

27 ޖެނުއަރީ 2017
ހަލް ސިޓީ އަތުން ބަލިވި ކަމަށް ޤަބޫލެއް ނުކުރަން: މޮރީނިއޯ
22 ޖެނުއަރީ 2017

އޭއެފްސީ ކަޕަށް ތައްޔާރުވާން ވެލެންސިއާގެ ފަރިތަކުރުންތައް ފަށައިފި

22 ޖެނުއަރީ 2017
އޭއެފްސީ ކަޕަށް ތައްޔާރުވާން ވެލެންސިއާގެ ފަރިތަކުރުންތައް ފަށައިފި
18 ޖެނުއަރީ 2017

މޮލްޑޯވާ އިން ވޯލްޑްކަޕަށް ތައްޔާރުވަމުން އަންނަ ގަތަރު ހިފަހައްޓައިފި

18 ޖެނުއަރީ 2017
މޮލްޑޯވާ އިން ވޯލްޑްކަޕަށް ތައްޔާރުވަމުން އަންނަ ގަތަރު ހިފަހައްޓައިފި
12 ޖެނުއަރީ 2017

ގިނަ ކުޅުންތެރިންތަކެއް ސޮއިކޮށް، ރިލޭގެ ކޮންޓްރެކްޓް އާކޮށްފި

12 ޖެނުއަރީ 2017
ގިނަ ކުޅުންތެރިންތަކެއް ސޮއިކޮށް، ރިލޭގެ ކޮންޓްރެކްޓް އާކޮށްފި
10 ޖެނުއަރީ 2017

ފުރަތަމަ ލެގުން ރަނގަޅު ނަތީޖާއެއް ހޯދުން މުހިއްމު: މޮރީނިއޯ

10 ޖެނުއަރީ 2017
ފުރަތަމަ ލެގުން ރަނގަޅު ނަތީޖާއެއް ހޯދުން މުހިއްމު: މޮރީނިއޯ
07 ޖެނުއަރީ 2017

ޔަންގޮން ޔުނައިޓެޑްގެ ކުރީގެ ކޯޗު ސެކުލޮސްކީ މާޒިޔާ އަށް ސޮއިކޮށްފި

07 ޖެނުއަރީ 2017
ޔަންގޮން ޔުނައިޓެޑްގެ ކުރީގެ ކޯޗު ސެކުލޮސްކީ މާޒިޔާ އަށް ސޮއިކޮށްފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް