Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެއިމިގްރޭޝަން

އިމިގްރޭޝަންގެ ސީނިއަރ އެސިސްޓެންޓް ކޮންޓްރޯލަރ ހަސަން ހުސައިން އިސްތިއުފާ ދެއްވައިފި

16 ޖެނުއަރީ 2018 | އަންގާރަ 16:49

މަގާމުން އިސްތިއުފާ ދެއްވާފައިވާކަން ހަސަން ވަނީ ކަށަވަރުކޮށްދެއްވާފައި

އަޒުމޫން އަހުމަދު
އަޒުމޫން އަހުމަދު | 16 ޖެނުއަރީ 2018 | އަންގާރަ 16:49
އިމިގްރޭޝަން ކޮންޓްރޯލަރު އަންވަރުއާއި އިސްވެރިންތަކަކާއެކު ހަސަން ހުސައިން(ކަޅު ކޯޓާއި ފަޓުލޫނުގައި)

އިމިގްރޭޝަން ކޮންޓްރޯލަރު އަންވަރުއާއި އިސްވެރިންތަކަކާއެކު ހަސަން ހުސައިން(ކަޅު ކޯޓާއި ފަޓުލޫނުގައި)

އިމިގްރޭޝަންގެ ސީނިއަރ އެސިސްޓެންޓް ކޮންޓްރޯލަރ ހަސަން ހުސައިން އިސްތިއުފާ ދެއްވައިފި އެވެ.

ރާއްޖެއެމްވީއަށް މައުލޫމާތު ލިބިފައިވާ ގޮތުގައި ހަސަން ހުސައިން މަގާމުން އިސްތިއުފާ ދެއްވީ ހޯމަ ދުވަހު އެވެ.

ހަސަން ހުސައިން ވަނީ މަގާމުން އިސްތިއުފާ ދެއްވާފައިވާކަން ރާއްޖެއެމްވީއަށް ކަށަވަރުކޮށް ދެއްވާފައެވެ.

މައުލޫމާތު ލިބިފައިވާ ގޮތުގައި، އޭނާ މަގާމުން އިސްތިއުފާ ދެއްވީ އިމިގްރޭޝަނުގެ ތެރޭގައި ހިނގަމުންދާ ކަންތައްތަކާ މެދު ހިތްހަމަނުޖެހިގެންނެވެ.

އިމިގްރޭޝަންގެ ސީނިއަރ އެސިސްޓެންޓް ކޮންޓްރޯލަރުގެ މަގާމަކީ ސިޔާސީ މަގާމެކެވެ.

މިކަމާ ގުޅޭ ގޮތުން، މޯލްޑިވްސް އިމިގްރޭޝަނުގެ ބަހެއް ހޯދަން ކުރި މަސައްކަތް ކާމިޔާބުވާގޮތް ވަނީ ނުވެފައެވެ.

ހަސަން ހުސައިން އިސްތިއުފާ ދެއްވާފައި މިވަނީ، ވިސާ ދޫކުރުމުގައި މައްސަލަތަކެއް ދިމާވެ، ވިސާ ހޯދުމަށް އިމިގްރޭޝަނުގެ އޮފީހުގެ ބޭރުގައި ދިގު ކިއުތަކެއް ހަދަންޖެހިފައިވާތީ އެތައް ބައެއްގެ ފާޑުކިޔުން އަމާޒުވެފައިވަނިކޮށެވެ.

މޯލްޑިވްސް އިމިގްރޭޝަން ޕްރީ ޑިޕާޗާ ސެކިއުރިޓީ ސްކްރީނިން ސިސްޓަމް (މިޕްސް) ބޭނުންކުރަން ފަށާފައިވާއިރު، އެ ސިސްޓަމުގެ ސަބަބުން ކޮރަޕްޝަނާއި ރިޝްވަތު އަމަލުތަކަށް މަގުފަހިވާ ކަމަށް އެމްޕްލޯއިމަންޓް އެޖެންސީތަކުން ދަނީ ބުނަމުންނެވެ. އަދި އެ ނިޒާމާއެކު އެޖެންސީތަކުގެ ވިޔަފާރި ހުއްޓުމުކަށް އަންނާނެ ކަމަށް ވެސް ދަނީ ބުނަމުންނެވެ.

މިޕްސް ސިސްޓަމްގެ ތެރެއިން ރާއްޖެއަށް ބަންގްލަދޭޝް މީހުން އެތެރެކުރެވެނީ، ބަންގްލަދޭޝްގެ ފަސް ކުންފުންޏެއް މެދުވެރިކޮށެވެ. ބަންގްލަދޭޝްގައި އެތައް ހާސް އެމްޕްލޯއިމަންޓް އެޖެންސީއެއް ހިންގާއިރު، އެ ފަސް އެޖެންސީއާ މަސައްކަތް ހަވާލުކުރި ގޮތެއް އިމިގްރޭޝަނުން ހާމައެއް ނުކުރެއެވެ.

މިޕްސް ސިސްޓަމަކީ މެލޭޝިއާ ކުންފުންޏެއް މެދުވެރިކޮށް ހަދާފައިވާ ސިސްޓަމެކެވެ.

އިތުރަށް ކިޔާލަން

26 ޖެނުއަރީ 2017

މާލޭ ސަރަހައްދަށް މުޅި އާބާދީ ޖަމާކޮށްފަ، ޗައިނާ މީހުންނަށް ރަށްތަށް ދޫކޮށްލަން ދިވެހިން ބޭނުންމެއް ނުވާނެ: ހަސަން ލަތީފް

26 ޖެނުއަރީ 2017
މާލޭ ސަރަހައްދަށް މުޅި އާބާދީ ޖަމާކޮށްފަ، ޗައިނާ މީހުންނަށް ރަށްތަށް ދޫކޮށްލަން ދިވެހިން ބޭނުންމެއް ނުވާނެ: ހަސަން ލަތީފް
25 ޖެނުއަރީ 2017

ހަސަން ލަތީފްގެ ކެމްޕެއިން ޓީމުން ތޮއްޑޫ ދާއިރާގައި ކެމްޕެއިމް ހަރަކާތްތައް ހިންގައިފި

25 ޖެނުއަރީ 2017
ހަސަން ލަތީފްގެ ކެމްޕެއިން ޓީމުން ތޮއްޑޫ ދާއިރާގައި ކެމްޕެއިމް ހަރަކާތްތައް ހިންގައިފި
20 ޖެނުއަރީ 2017

ގދ. އަތޮޅަށް ކުރެއްވި ކެމްޕެއިން ދަތުރު ވަރަށް ކާމިޔާބު: ހަސަން ލަތީފް

20 ޖެނުއަރީ 2017
ގދ. އަތޮޅަށް ކުރެއްވި ކެމްޕެއިން ދަތުރު ވަރަށް ކާމިޔާބު: ހަސަން ލަތީފް
17 ޖެނުއަރީ 2017

ހަސަން ލަތީފްގެ ކެމްޕެއިން ޓީމް ގދ އަތޮޅުގައި، މިރޭ ތިނަދޫގައި

17 ޖެނުއަރީ 2017
ހަސަން ލަތީފްގެ ކެމްޕެއިން ޓީމް ގދ އަތޮޅުގައި، މިރޭ ތިނަދޫގައި
15 ޖެނުއަރީ 2017

ރިޔާސީ އިންތިހާބަށް ގޮފިތަކުގެ ހިންގުން ރަނގަޅު ކުރާނަން: ހަސަން ލަތީފު

15 ޖެނުއަރީ 2017
ރިޔާސީ އިންތިހާބަށް ގޮފިތަކުގެ ހިންގުން ރަނގަޅު ކުރާނަން: ހަސަން ލަތީފު
14 ޖެނުއަރީ 2017

މިހާރު ކުރާ ކެމްޕެއިންއަކީ އެމްޑީޕީ އިތުރަށް ވަރުގަދަ ކުރަން ކުރާ މަސައްކަތް: ހަސަން ލަތީފު

14 ޖެނުއަރީ 2017
މިހާރު ކުރާ ކެމްޕެއިންއަކީ އެމްޑީޕީ އިތުރަށް ވަރުގަދަ ކުރަން ކުރާ މަސައްކަތް: ހަސަން ލަތީފު
13 ޖެނުއަރީ 2017

ލޯކަލް ކައުންސިލް އިންތިހާބެއް ހޯދުމުގެ މަސައްކަތް ކުރަންޖެހެނީ ސަރުކާރުން އާއްމު އުސޫލުތަކުން ބޭރުވުމުން: ހަސަން ލަތީފު

13 ޖެނުއަރީ 2017
ލޯކަލް ކައުންސިލް އިންތިހާބެއް ހޯދުމުގެ މަސައްކަތް ކުރަންޖެހެނީ ސަރުކާރުން އާއްމު އުސޫލުތަކުން ބޭރުވުމުން: ހަސަން ލަތީފު
12 ޖެނުއަރީ 2017

ހަސަން ލަތީފް ނ. އަތޮޅުގެ ރަށްތަކަށް ވަޑައިގަންނަވައިފި

12 ޖެނުއަރީ 2017
ހަސަން ލަތީފް ނ. އަތޮޅުގެ ރަށްތަކަށް ވަޑައިގަންނަވައިފި
10 ޖެނުއަރީ 2017

ޗެއާޕާސަން ކަމަށް ހަސަން ލަތީފް ދޮރުން ދޮރަށް ކެމްޕޭން ފައްޓަވައިފި

10 ޖެނުއަރީ 2017
ޗެއާޕާސަން ކަމަށް ހަސަން ލަތީފް ދޮރުން ދޮރަށް ކެމްޕޭން ފައްޓަވައިފި
07 ޖެނުއަރީ 2017

ލާމަރުކަޒީ ނިޒާމު އިޔާދަ ނުކޮށް "ދިވެހިރާއްޖެ ދެމިއޮންނާނެ ކަމަށް ޤަބޫލެއް ނުކުރެވޭ": ހަސަން ލަޠީފް

07 ޖެނުއަރީ 2017
ލާމަރުކަޒީ ނިޒާމު އިޔާދަ ނުކޮށް "ދިވެހިރާއްޖެ ދެމިއޮންނާނެ ކަމަށް ޤަބޫލެއް ނުކުރެވޭ": ހަސަން ލަޠީފް
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް