Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެހއ. ބާރަށް

ރީޑިން ނަގަން ދިޔައިރު މީހަކު ނެތުމުން ބާރަށުގެ ބައެއް ގެތަކުން ކަރަންޓް ކަނޑާލައިފި

16 ޖެނުއަރީ 2018 | އަންގާރަ 13:54

ކަރަންޓް ކަނޑާލުމުން ބައެއް ގޭގޭގެ ފްރިޖްތަކުގައި ހުރި އެއްޗެހި ވަނީ ކުނިވެ ފުޅަ އަޅާފައި

އަހުމަދު މުހުސިނު
އަހުމަދު މުހުސިނު | 16 ޖެނުއަރީ 2018 | އަންގާރަ 13:54
ހއ. ބާރަށް

ހއ. ބާރަށް

ހއ ބާރަށުގައި ނިމިދިޔަ ޑިސެމްބަރު މަހުގެ ކަރަންޓް ރީޑިންގ ނެގުމަށް ދިޔައިރު އެވަގުތު މީހަކު ނޫޅޭ ގޭގެއިން ކަރަންޓް ކަނޑާލި މައްސަލައެއް ފެންމަތިވެއްޖެއެވެ.

ބާރަށުން ވާހަކަ ދެއްކި މީހަކު ބުނީ އޭނާގެ އާއިލާ ޑިސެމްބަރު މަހު ޗުއްޓީގައި ދިޔައީ އެހެން ރަށަކަށް ކަމަށާއި އެނބުރި އައިއިރު އެގެއިން ކަރަންޓް ކަނޑާލާފައިވާ ކަމަށެވެ. އަދި ބަދިގެން ކުނިވަސް ދުވާތީ ބެލިކަމަށާއި އޭރު ފްރިޖްގައި ހުރި އެއްޗެހި ކުނިވެ ފުޅައަޅާފައިވާ ކަމަށެވެ.

Advertisement - newsAdvertisement

ކޮންމެ މަހަކު ވެސް ބަރާބަރަށް ކަރަންޓް ބިލް ދައްކަމުން އަންނަ އެގެއިން ކަރަންޓް ކަނޑާލި ސަބަބެއް ހޯދަން ފެނަކައިން ހިންގާ އެރަށު އިންޖީނުގެއަށް ދިއުމުން، ކަރަންޓް ކަނޑާލީ ރީޑިންގ ނަގަން ދިޔައިރު ގޭގައި އެވަގުތު މީހަކު ނެތުމުން ކަމަށް ބުނެފައިވާ ކަމަށެވެ.

އޭނާ ބުނީ އޭރު އެ ގެ ފަޅާލައި ވައްކަން ކޮށްފައިވާ ކަމަށެވެ. އެ ގޮތުން ދަރިފުޅާއި އަންހެނުން އަޅަން ގެންގުޅޭ ގާތްގަނޑަކަށް 14،000 އެއްހާ ރުފިޔާގެ ރަނާއި ބައެއް އެހެނިހެން ތަކެތި ވެސް ގެއްލިފައިވާ ކަމަށެވެ.

އޭނާ އިތުރަށް ބުނީ އެހެން ދިމާވީ ހަމައެކަނި އެގެއަށް ނޫން ކަމަށާއި އެދުވަސްވަރު ރަށުގައި ނޫޅޭ އަށެއްކަ ގެއެއްގެ ކަރަންޓް ކަނޑާލުމުން އެގޭގޭގެ ފްރިޖްގައި ހުރި ތަކެތި ކުނިވެ ބަލިމަޑުކަމެއް ފެތުރިދާނެ ކަމުގެ ބިރު ހީވެފައި ކަމަށެވެ.

އޭނާ ބުނީ ފެނަކައިގެ އިސްވެރިންނަށް އެކަމުގައި ގުޅި ކަމަށާއި ރީޑިންގ ނަގަންދާ ވަގުތު އަދި ގޭގައި ނޫޅުނު ކަމުގައި ވިއަސް ކަރަންޓް ކަނޑާ ނުލެވޭނެ ކަމަށް ވިދާޅުވި ކަމަށެވެ. އެގޮތަށް އެކަން ކުރަން އަންގަވާފައި ނުވާނެ ކަމަށް ވިދާޅުވެފައިވާ ކަމަށެވެ. އަދި އެމައްސަލަ ބައްލަވާނެ ކަމަށް ވެސް ވިދާޅުވެފައިވާ ކަމަށް އޭނާ ބުންޏެވެ.

އެކަމާ ގުޅިގެން ބާރަށު އިންޖީނުގޭގެ ކޮމެންޓެއް ހޯދުމަށް ގުޅާލުމުން އެއިންޖީނުގެ އިން ވާހަކަ ދެއްކި މީހަކު ބުނީ ނޫސްތަކަށް މައުލޫމާތު ދިނުމާއި ނޫސްބަޔާން ނެރުން ފަދަ އެއްވެސް ކަމެއް ކުރުމުގެ އިޚްތިޔާރެއް އެ އިންޖީނުގެއަށް ލިބިފައި ނޯންނަ ކަމަށާއި މައުލޫމާތު ދޭނީ ފެނަކަ މައި ކުންފުނިން އެކަމަށް ކަނޑައަޅާފައި ހުންނަ ފަރާތަކުން ކަމަށެވެ.

އެކަމާ ގުޅޭ ގޮތުން ފެނަކަ ކޯޕަރޭޝަންގެ މެނޭޖިންގ ޑިރެކްޓަރ އަހުމަދު ޝަރީފް ރާއްޖެ އެމްވީއަށް ވިދާޅުވީ އެފަދަ ކަމެއް ހިނގައިގެން އުޅޭ ކަމުގެ މައުލޫމާތެއް ހެޑް އޮފީހަށް ލިބަފައި ނުވާ ކަމަށާއި ރީޑިންގ ނަގަން ދިޔައިރު ރީޑިންގ ނުނެގިގެން ކަރަންޓް ކަނޑައިނުލާނެ ކަމަށެވެ. އެކަމަށް ވަކި އުސޫލެއް ހެދިފައި އޮންނާނެ ކަމަށާއި ކަރަންޓް ބިލް ނުދައްކާ ދެބިލް ހަމަވެގެން ނޫނީ ކަރަންޓް ކަނޑައިނުލާނެ ކަމަށް ޝަރީފް ވިދާޅުވިއެވެ. އަދި ތަކުރާރުކޮށް ގޮސްގެން ވެސް ރީޑިންގ ނެގިޔަ ނުދީފި ނަމަ ކަރަންޓް ކަނޑާލާނެ ކަމަށާއި އަދި ރީޑިންގ ނަގާއިރު މީހަކު ހުންނަން ލާޒިމެއް ވެސް ނޫން ކަމަށް ޝަރީފް ވިދާޅުވިއެވެ.

މީގެ އިތުރުން އެރަށު އިންޖީނުގެ އިން އިތުރު ނިންމުމެއް ނިންމާފައިވާ ކަމުގެ މައުލޫމާތު ވެސް ރާއްޖެ އެމްވީއަށް ވަނީ ލިބިފައެވެ. އެގޮތުން ކޮންމެ މަހެއްގެ 25 ވަނަ ދުވަހާއި 26 ވަނަ ދުވަހު ރީޑިން ނަގަންދާއިރު އެގެއެއްގައި މީހަކު ނުޅޭ ނަމަ އެގެއިން ކަރަންޓް ކަނޑާލުމަށާއި އެ އަށް ފަހު ކަރަންޓް ގުޅައިދެވޭނީ 75ރ.ގެ ފީއަކާއި އެކުގައި ކަމަށެވެ.

އެންމެ ހިނގާ

1

ޔޫއެސްއެސް އަބްރަހަމް ލިންކަންގައި ހިނގި ނުރައްކާތެރި ހަމަނުޖެހުމެއްގައި ހަތް މީހުން މަރުވެއްޖެ

2

ޕޯޓް ޓެކްނޮލޮޖީ އިންޓަނޭޝަނަލް ގެ އެޑްވައިޒަރީ ބޯޑުގެ ޗެއާމަންގެ މަގާމަށް ރައީސް ނަޝީދު

3

ތުރުކީން ޓްރަމްޕް ފުރާވަޑައިގަންނަވާއިރު ކޮނޑުމަތީގައި ފޮނުވާލާ މިސައިލަކުން ހަމަލާދޭން އޮތީ ރާވާފައި: ރިޕޯޓް

4

ދުނިޔޭގެ ބާރުގަދަ އެމެރިކާގެ ރައީސަށް ބޮޑެތި ގޮންޖެހުންތަކާ ކުރިމަތިލައްވަން އީރާނުން ޖައްސުވައިފި

5

އެމެރިކާގެ އަސްކަރިއްޔާގެ އިންޒާރުތަކަށް އިޖާބަ ނުދީ އޮމާން ކަނޑުން ދަތުރުކުރި ބޯޓަކަށް ހަމަލާ ދީފި

އިތުރަށް ކިޔާލަން

17 ޖެނުއަރީ 2017

ނޯތު ހާބަރަށް ވެހިކަލް ވަންނަ ކޮންމެ ފަހަރު ފީނަގަން ނިންމައިފި

17 ޖެނުއަރީ 2017
ނޯތު ހާބަރަށް ވެހިކަލް ވަންނަ ކޮންމެ ފަހަރު ފީނަގަން ނިންމައިފި
17 ޖެނުއަރީ 2017

މަސްތުވާތަކެތީގެ މައްސަލައެއްގައި އުމުރަށް ޖަލަށްލުމަށް ހުކުމްކޮށްފައިވާ މީހަކު ކުޑަކުއްޖެއްގެ މައްސަލައެއްގައި ހޯދަނީ!

17 ޖެނުއަރީ 2017
މަސްތުވާތަކެތީގެ މައްސަލައެއްގައި އުމުރަށް ޖަލަށްލުމަށް ހުކުމްކޮށްފައިވާ މީހަކު ކުޑަކުއްޖެއްގެ މައްސަލައެއްގައި ހޯދަނީ!
15 ޖެނުއަރީ 2017

ރެއިންބޯގެ ދެ ލައްކައަށްވުރެ ގިނަ ރުފިޔާ ފޭރިގަތް ހަތަރު މީހަކު ހައްޔަރުކޮށްފި

15 ޖެނުއަރީ 2017
ރެއިންބޯގެ ދެ ލައްކައަށްވުރެ ގިނަ ރުފިޔާ ފޭރިގަތް ހަތަރު މީހަކު ހައްޔަރުކޮށްފި
15 ޖެނުއަރީ 2017

ތިން ބިލިއަން ރުފިޔާގެ ލޯނެއް ނަގަން ސަން ސިޔާމަށް ސަރުކާރުން ގެރެންޓީ ދެނީ!

15 ޖެނުއަރީ 2017
ތިން ބިލިއަން ރުފިޔާގެ ލޯނެއް ނަގަން ސަން ސިޔާމަށް ސަރުކާރުން ގެރެންޓީ ދެނީ!
14 ޖެނުއަރީ 2017

ފުޅިއަޅައިގެން ފީނަނިކޮށް ޑީކޯވި މީހަކު ހެލިކޮޕްޓަރުގައި ގަމަށް ގެންގޮސްފި

14 ޖެނުއަރީ 2017
ފުޅިއަޅައިގެން ފީނަނިކޮށް ޑީކޯވި މީހަކު ހެލިކޮޕްޓަރުގައި ގަމަށް ގެންގޮސްފި
11 ޖެނުއަރީ 2017

ކުޑަކުއްޖަކާ ބެހުނު މީހަކު ދޫކޮށްލުމުން ވިލިނގިލީ ރައްޔިތުން ރުޅި ގަދަވެއްޖެ!

11 ޖެނުއަރީ 2017
ކުޑަކުއްޖަކާ ބެހުނު މީހަކު ދޫކޮށްލުމުން ވިލިނގިލީ ރައްޔިތުން ރުޅި ގަދަވެއްޖެ!
10 ޖެނުއަރީ 2017

އެެމްއާރްޑީސީގެ ލެޑްލައިޓެއް ވަގަށް ނެގި މީހަކު ޖަލަށް ލުމަށް ހުކުމް ކޮށްފި

10 ޖެނުއަރީ 2017
އެެމްއާރްޑީސީގެ ލެޑްލައިޓެއް ވަގަށް ނެގި މީހަކު ޖަލަށް ލުމަށް ހުކުމް ކޮށްފި
09 ޖެނުއަރީ 2017

ހދ. ނޮޅިވަރަމްފަރުގައި ޢުމުރުން ދުވަސްވީ މީހަކު މޫދުގައި މަރުވެފައި އޮތްވާ ފެނިއްޖެ

09 ޖެނުއަރީ 2017
ހދ. ނޮޅިވަރަމްފަރުގައި ޢުމުރުން ދުވަސްވީ މީހަކު މޫދުގައި މަރުވެފައި އޮތްވާ ފެނިއްޖެ
08 ޖެނުއަރީ 2017

ދެ ދަޅު ނެސްކެފޭ ވަގަށް ނެގި މީހަކު ދެ މަހަށް ޖަލަށް ލުމަށް ހުކުމް ކޮށްފި

08 ޖެނުއަރީ 2017
ދެ ދަޅު ނެސްކެފޭ ވަގަށް ނެގި މީހަކު ދެ މަހަށް ޖަލަށް ލުމަށް ހުކުމް ކޮށްފި
06 ޖެނުއަރީ 2017

ވަގަށް ނަގާފައިވާ ގިނަ އަދަދެއްގެ ފައިސާ ހޯދާ މީހަކު ހައްޔަރުކޮށްފި

06 ޖެނުއަރީ 2017
ވަގަށް ނަގާފައިވާ ގިނަ އަދަދެއްގެ ފައިސާ ހޯދާ މީހަކު ހައްޔަރުކޮށްފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް