Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެހަރުގެ ޖަލްސާ

އެމްއެމްޕީއާރްސީގެ ވައްކަމުގެ މައްސަލައިގެ ކޮޅު ފެންނަންދެން އެވާހަކަ ދައްކާނަން: ޑރ. ޑީޑީ

16 ޖެނުއަރީ 2018 | އަންގާރަ 03:29

ނަހަލާލު ފައިސާ ގެއަށް ވެއްދި މީހާގެ މައްސަލަ ބެލޭ ތަނެއްވެސް ނުފެނޭ

މިއުވާން މުހައްމަދު
މިއުވާން މުހައްމަދު | 16 ޖެނުއަރީ 2018 | އަންގާރަ 03:29
އެމްޑީޕީގެ ކުރީގެ ރައީސް އަދި ކުރީގެ ފިޝަރީޒް މިނިސްޓަރ ޑރ. ޑީޑީ

އެމްޑީޕީގެ ކުރީގެ ރައީސް އަދި ކުރީގެ ފިޝަރީޒް މިނިސްޓަރ ޑރ. ޑީޑީ

އެމްއެމްޕީއާރްސީ ތެރެއިން ކުރި ވައްކަމުގެ ކޮޅު ފެންނަންދެން އެވާހަކަ ދައްކަވާނެ ކަމަށް އެމްޑީޕީގެ ކުރީގެ ރައީސް ޑރ. އިބްރާހިމް ދީދީ ވިދާޅުވެއްޖެއެވެ.

ގުޅިފައިވާ ޕާޓީތަކުން އެމްޑީޕީ ހަރުގޭގައި ހޯމަ ދުވަހުގެރޭ ބޭއްވި ޖަލްސާގައި ވާހަކަ ދައްކަވަމުން ޑރ. ޑީޑީ ވިދާޅުވީ ރާއްޖޭގެ ރައްޔިތުންގެ ތިޖޫރީ ފޫގޮއްސިކަމަށާއި، ތިޖޫރީ ވަގަށް ނަގައި ހުސްކޮށްފި ކަމަށެވެ. އެހެންކަމުން އެވާހަކަ ދޫކޮށްލެވެން ނެތް ކަމަށެވެ.

Advertisement - newsAdvertisement
"އެމްއެމްޕީއާރްސީގެ ބިޔަ ބޮޑު ވައްކަމުގެ ޙާދިސާއަކީ ރައީސް އަބްދުﷲ ޔާމީނުގެ ވެރިކަމުގައި ހިނގައިދިޔަ ޙާދިސާއެއްކަން އެއީ އަޅުގަނޑު އެކަނި ދައްކާ ވާހަކައެއް ނޫން. ޚުދު އަބްދުﷲ ޔާމީން އަބްދުލްޤައްޔޫމް ވެސް ރައްޔިތުންގެ ކުރިމަތީގައި އިޢުތިރާފްވެފައިވާ ބޮޑު ބިޔަ މައްސަލައެއް،" ޖަލްސާގައި ވާހަކަ ދައްކަވަމުން ޑރ. ޑީޑީ ވިދާޅުވިއެވެ.

ރައީސް ނަޝީދުގެ ސަރުކާރުގައި ފިޝަރީޒް މިނިސްޓަރކަން ކުރެއްވި ޑރ. ޑީޑީ ވަނީ އެމްއެމްޕީއާރްސީ މައްސަލައިގެ ރިޕޯޓް އަދިވެސް އެންޓި ކޮރަޕްޝަން ކޮމިޝަނުން ހާމަކޮށްފައި ނުވާތީ އެކަމަށް ވެސް ފާޑުވިދާޅުވެފައެވެ. "އެ ނަހަލާލު ފައިސާ ގެއަށް ވެއްދި މީހާގެ މައްސަލަ ބެލޭ ތަނެއް ވެސް ނުފެނޭ"ކަމަށް ވިދާޅުވެ، އެމައްސަލަ ކުރިއަށް ނުދާތީ ޑރ. ޑީޑީ ވަނީ ކަންބޮޑުވުން ފާޅުކުރައްވާފައެވެ. ޚާއްސަގޮތެއްގައި ރައީސް ޔާމީންގެ އެކައުންޓަށް އެސްއޯއެފް ގެ އެކައުޓުން ޖަމާކުރި ފައިސާއަށް ވީގޮތް ވެސް އަދިވެސް އެނގިފައި ނުވާތީ އެކަމާއި ކަންބޮޑުވުން ފާޅުކުރެއްވިއެވެ.

"މިމައްސަލަ ބެލޭތަނެއް ނާދޭ. މިމައްސަލަ ބަލާނެ މުއައްސަސާއެއް މިޤައުމަކު ނެތް. އެހެންވީމާ، ރައްޔިތުންގެ ޒިންމާއެއް އެބައޮތް. މިއަދު މިރާއްޖޭގެ ވެރިކަމުގައި ހިނގަމުންދާ އެކިއެކި ޖަރީމާތަކަށް އަދަބު ދިނުމުގެ ހައްޤު، އަދަބު ދިނުމުގެ މިނިވަންކަން ރައްޔިތުންނަށް އެބައޮތް. އެ އަދަބު ދޭނެ އިރާދަކުރެއްވިއްޔާ. ރިޔާސީ އިންތިޚާބުގައި އަބްދުﷲ ޔުާމީނަށް އަދަބު ދޭނެ. ބޮޑުތަނުން އެމަނިކުފާނު ބަލިކޮށް، ވޯޓުން ތަޅާތިރިކުރާނެ" ޑރ. ޑީޑި ވިދާޅުވިއެވެ.

ގުޅިފައިވާ ޕާޓީތަކުން ކުރަމުންދާ މަސައްކަތްތަކާއި ގުޅޭގޮތުން ވާހަކަ ދައްކަވަމުން ޑރ. ޑީޑީ ވިދާޅުވީ ގުޅިފައިވާ ޕާޓީތަކުން ނެރޭ ކެންޑިޑޭޓަށް އިންތިޚާބުގައި ވާދަކުރެވޭނެކަމުގެ ފުރިހަމަ ޔަޤީންކަން އެބައޮތް ކަމަށެވެ. އަދި ގުޅިފައިވާ ޕާޓީތަކުން ކުރަމުންދާ މަސައްކަތްތަކުގައި މިހާރު ވެސް ކާމިޔާބީތައް ލިބެމުންދާކަން ފާހަގަ ކުރެއްވިއެވެ. ޑރ. ޑީޑީ ވިދާޅުވީ ގުޅިފައިވާ ޕާޓީތަކުން ރިޔާސީ ކެންޑިޑޭޓް ވަރަށް އަވަހަށް ނެރޭނެ ކަމަށާއި، އެއާއެކު ކެމްޕޭން މެކުހަށް ޖަހާފައި ކުރިއަށްދާނެ ކަމަަށެވެ. ކިތަންމެ ހަނި ދޭތެރެއަކުން ފުރުސަތު ލިބުނުކަމުގައި ވިޔަސް، ރައީސް ނަޝީދުގެ ނަންފުޅު މިއަހަރުގެ ރިޔާސީ އިންތިޚާބުގެ ވޯޓު ކަރުދާސްކޮޅުގައި އޮންނާނެ ކަމަށާއި، އެކަމާއިމެދު ޝައްކުކުރާނެ ޖާގައެއް ނެތް ކަމަށް ޑރ. ޑީޑީ ވިދާޅުވިއެވެ.

"ކިތަންމެ ބިރެއް ދެއްކިޔަސް، ކިތަންމެ ސިޓީ އުރައެއް ބެހިޔަސް، ދިވެހި ރައްޔިތުން މިތިބީ ފަހަތަށް ޖެހޭ ގޮތަކަށް ނޫން. ސިވިލް ސަރވިސްގެ މުވައްޒަފުންގެ މުސާރަ ބޮޑުކުރާ ނަމުގައި މިއަހަރުގެ ބަޖެޓްގައި ކޮންމެވެސް އަދަދެއް ހިމަނުއްވާފައި އޮތް ވާހަކައެއް މައުލޫމާތު ލިބޭ. އެކަމަކު އެބޭފުޅުން އެދައްކާހާ ދަޅައަށް ހެއްލިގެން މިރާއްޖޭގައި މިހިނގާ ވައްކަމާއި، ކޮރަޕްޝަނާއި އަނިޔާވެރިކަމަށް އާނއެކޭ ބުނެގެން ތިބޭކަށް އެބޭފުޅުންނެއް ވެސް ނެތް. އަދި ވެން މަސް ވެނަށް ކާންދޭ އުޞޫލުން އެބޭފުޅުންގެ އިތުރު ގަޑީގެ ފައިސާކޮޅު ކަނޑާލާފައި، ކަނޑާލި އަދަދަށް ވުރެ މަދު އެތިކޮޅެއް މުސާރަށް އިތުރުކުރީމާ އެއީކީ ހެޔޮފުޅުކަމުން ކޮށްދޭ މުސާރަ ބޮޑުކުރުމެއް ކަމަކަށް އެބޭފުޅުންނެއް ބަަލައެއް ނުގަނޭ،" ސިވިލް ސަރވިސްގެ މުސާރަ ބޮޑުުކުރުމާއި ގުޅޭގޮތުން ސަރުކާރުން ދައްކާ ވާހަކަތަކަށް އިޝާރާތްކުރައްވައި ޑރ. ޑީޑީ ވިދާޅުވިއެވެ.

ރައީސް ޔާމީންގެ ސަރުކާރަށް 4 އަހަރުވީ އިރުވެސް، އެމަނިކުފާނުގެ ސަރުކާރުން ފެއްޓި އެއްވެސް ތަރައްޤީގެ މަޝްރޫޢެއް ފެންނަން ނެތް ކަމަށް ޑރ. ޑީޑީ ވިދާޅުވިއެވެ.

އެންމެ ހިނގާ

1

ތުރުކީން ޓްރަމްޕް ފުރާވަޑައިގަންނަވާއިރު ކޮނޑުމަތީގައި ފޮނުވާލާ މިސައިލަކުން ހަމަލާދޭން އޮތީ ރާވާފައި: ރިޕޯޓް

2

ސްޕޯޓްސް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު ލަތީފް ކުއްލި ގޮތަކަށް މަޤާމުން ވަކިކޮށްފި

3

"އަދަބުވެރިކަން ނެތުމުގެ" ސަބަބުން ދަނބިދަރިފުޅުގެ ޝާހީ ލަގަބުތައް ބުރޫނާއީގެ ރަސްގެފާނު އަތުލައްވައިފި

4

އެމެރިކާއާއި އީރާނުގެ މަޝްވަރާތައް މަރުތަޅުއެޅިފައި - އެންމެ ފަހުގެ ތަފުސީލު

5

10 އަހަރު ވަންދެން ލޯބީގެ ގޮތުން ގުޅިގެން އުޅުމަށް ފަހު، ރޮނާލްޑޯ އާއި ޖޯޖީނާ ކައިވެނިކޮށްފި

އިތުރަށް ކިޔާލަން

07 ފެބުރުއަރީ 2017

ރިލްވާނު ވަގަށް ނެގި މައްސަލައިގެ މައުލޫމާތު ނުދިނުމުން އާއިލާ އިން ކޯޓަށް!

07 ފެބުރުއަރީ 2017
ރިލްވާނު ވަގަށް ނެގި މައްސަލައިގެ މައުލޫމާތު ނުދިނުމުން އާއިލާ އިން ކޯޓަށް!
06 ފެބުރުއަރީ 2017

އޭސީސީއަށް ހުށަހެޅުނު މައްސަލައިގެ ޢަދަދު 15 އިންސައްތަ އިތުރު ވެއްޖެ

06 ފެބުރުއަރީ 2017
އޭސީސީއަށް ހުށަހެޅުނު މައްސަލައިގެ ޢަދަދު 15 އިންސައްތަ އިތުރު ވެއްޖެ
24 ޖެނުއަރީ 2017

އިދިކޮޅު ފަރާތްތަކާ މަޝްވަރާކުރުން މި ވަގުތު މުހިންމެއް ނޫން: ސަރުކާރު

24 ޖެނުއަރީ 2017
އިދިކޮޅު ފަރާތްތަކާ މަޝްވަރާކުރުން މި ވަގުތު މުހިންމެއް ނޫން: ސަރުކާރު
23 ޖެނުއަރީ 2017

ކެންޑިޑޭޓުންގެ މައްސަލާގައި އިލެކްޝަންސް ކޮމިޝަނާ ދެކޮޅަށް އެމްޑީޕީން ހުށަހެޅި މައްސަލައިގެ އަޑުއެހުން މާދަމާ

23 ޖެނުއަރީ 2017
ކެންޑިޑޭޓުންގެ މައްސަލާގައި އިލެކްޝަންސް ކޮމިޝަނާ ދެކޮޅަށް އެމްޑީޕީން ހުށަހެޅި މައްސަލައިގެ އަޑުއެހުން މާދަމާ
20 ޖެނުއަރީ 2017

ފެނަކައިން ޑޮލަރު ގަންނަން ފައިސާ ދިން މައްސަލައިގެ ތަހުގީގު އަދި ވެސް ނުނިމޭ: އޭސީސީ

20 ޖެނުއަރީ 2017
ފެނަކައިން ޑޮލަރު ގަންނަން ފައިސާ ދިން މައްސަލައިގެ ތަހުގީގު އަދި ވެސް ނުނިމޭ: އޭސީސީ
12 ޖެނުއަރީ 2017

ކައުންސިލް އިންތިހާބު ހިލާލުމަށް ހިންގާ ޖަރީމާތަކާ ދެކޮޅު ހަދަންޖެހޭ: އަމީން އިބްރާހިމް

12 ޖެނުއަރީ 2017
ކައުންސިލް އިންތިހާބު ހިލާލުމަށް ހިންގާ ޖަރީމާތަކާ ދެކޮޅު ހަދަންޖެހޭ: އަމީން އިބްރާހިމް
10 ޖެނުއަރީ 2017

ފަނޑިޔާރު އަލީ ހަމީދަށް ހަމަލާ ދޭން އުޅުނު މައްސަލައިގެ ތަހުގީގު ހުއްޓާލައިފި

10 ޖެނުއަރީ 2017
ފަނޑިޔާރު އަލީ ހަމީދަށް ހަމަލާ ދޭން އުޅުނު މައްސަލައިގެ ތަހުގީގު ހުއްޓާލައިފި
08 ޖެނުއަރީ 2017

ޔާމީން ބަންދުކުރި މައްސަލައިގެ ޝަރީއަތް: ވަކީލަކު ހަމަޖެއްސުމަށް އަމީން ފައިސަލް އަށް ހަތް ދުވަސް!

08 ޖެނުއަރީ 2017
ޔާމީން ބަންދުކުރި މައްސަލައިގެ ޝަރީއަތް: ވަކީލަކު ހަމަޖެއްސުމަށް އަމީން ފައިސަލް އަށް ހަތް ދުވަސް!
06 ޖެނުއަރީ 2017

އެއީ ރައީސް ޔާމީންގެ ވައުދެއް، އީސީ ހޮސްޕިޓަލަކަށް ބަދަލުކުރަން ރައްޔިތުން ދެކޮޅު: އައްޑޫ ސިޓީ ކައުންސިލް

06 ޖެނުއަރީ 2017
އެއީ ރައީސް ޔާމީންގެ ވައުދެއް، އީސީ ހޮސްޕިޓަލަކަށް ބަދަލުކުރަން ރައްޔިތުން ދެކޮޅު: އައްޑޫ ސިޓީ ކައުންސިލް
06 ޖެނުއަރީ 2017

ގޮންޖެހުންތަކާ އެކު 2016 ވަނަ އަހަރު އިދިކޮޅު ސިޔާސީ ޕާޓީއެއްގެ ދައުރު އަދާކުރެވުނު: އެމްޑީޕީ

06 ޖެނުއަރީ 2017
ގޮންޖެހުންތަކާ އެކު 2016 ވަނަ އަހަރު އިދިކޮޅު ސިޔާސީ ޕާޓީއެއްގެ ދައުރު އަދާކުރެވުނު: އެމްޑީޕީ
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް