Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ތަފާތު ޚަބަރު
ވަކިން ލޯބިން

'ވަކިން ލޯބިން'ގެ އޮންލައިން ބުކިން ހުޅުވާލައިފި، 'ޕަރީ' ރިލީޒްކުރަން ޑާކްރެއިން ތައްޔާރު!

ފޭސްބުކް މެދުވެރިކޮށް އޮންލައިން ބުކިންގ ހެދޭނެ

އިސްމާއިލް ނާއިލް ނަޝީދު
އިސްމާއިލް ނާއިލް ނަޝީދު, ރާއްޖެ އެމްވީ | 13 ޖެނުއަރީ 2018 | ހޮނިހިރު 20:52
ވަކިން ލޯބިންގެ ޕޯސްޓަރުގައި ޖުމަލް އާއި މަޖޫ

ވަކިން ލޯބިންގެ ޕޯސްޓަރުގައި ޖުމަލް އާއި މަޖޫ

ދިވެހި ފިލްމް އެވޯޑްގެ ގިނަ އެވޯޑްތަކަކާއިއެކު، އަހަރުގެ އެންމެ ކާމިޔާބު ސްޓޫޑިއޯގެ ގޮތުގައި 2017 ވަނަ އަހަރު ނިންމައިލި ޑާކް ރެއިން އެންޓަރޓެއިންމަންޓްއިން މި އަހަރު ފުރަތަމަ ރިލީޒް ކުރުމަށް ތައްޔާރުވަމުންދާ ފިލްމު، 'ވަކިން ލޯބިން' ގެ އޮންލައިން ބުކިންގ ހުޅުވާލައިފިއެވެ.

ރާއްޖެއެމްވީއަށް މަޢުލޫމާތު ދެމުން ފިލްމުގެ އެއް ޕްރޮޑިއުސަރު، މުޙައްމަދު އަލީ (މޮގަރ) ބުނީ، ވަކިން ލޯބިންގެ އޮންލައިން ޓިކެޓް ބުކިންގ ހުޅުވާލީ ހޮނިހިރު ދުވަހުގެރޭ ކަމަށާއި، ފޭސްބުކް މެދުވެރިކޮށް މިހާރު އެ ފިލްމުގެ ޓިކެޓް ބުކް ކުރެވޭނެ ކަމަށެވެ.

ޓިކެޓް ބުކްކުރަން ބޭނުންވާ ފަރާތްތަކުން ބޭނުންވާ ޓިކެޓުގެ އަދަދާއި، ޓިކެޓު ބުކްކުރަން ބޭނުންވާ ތާރީޚާއި، ގުޅޭނެ ފޯނު ނަންބަރު 'ވަކިން ލޯބިން' ފިލްމުގެ ފޭސްބުކް ޕޭޖަށް މެސެޖުކުރުމުން އެކަން ހަމަޖެހޭނެ ކަމަށް މޮގަރ ބުންޏެވެ.

ވަކިން ލޯބިންގެ ޕޯސްޓަރެއް

ފިލްމުގެ އޮންލައިން ބުކިން ހުޅުވާލިއިރު، ޑާކްރެއިން އެންޓަރޓެއިންމަންޓުން ދަނީ މި ފިލްމުގެ ފުރަތަމަ ޕްރޮމޯޝަނަލް ވީޑީއޯ ރިލީޒް ކުރުމަށްވެސް ތައްޔާރުވަމުންނެވެ.

ފިލްމުގެ ފުރަތަމަ ޕްރޮމޯޝަނަލް ވީޑީއޯގެ ގޮތުގައި، ފިލްމުގައި ހިމެނޭ ލަވައެއް ކަމުގައިވާ 'ޕަރީ' ރިލީޒްކުރުމަށް ހަމަޖެހިފައިވަނީ މި ޖަނަވަރީ މަހުގެ 18 ވަނަ ދުވަހުއެވެ.

'ޕަރީ' އަކީ މަޝްޙޫރު މިއުޒިކް ބޭންޑް، އިކުއެޓިކް ވައިބްގެ ރީތި އަމިއްލަ ރާގުގެ ލަވައެކެވެ. މި ލަވައިގެ ވީޑިއޯ ނެރުމަށް ޑާކްރެއިން އެންޓަރޓެއިންމަންޓުން ތައްޔާރުވެފައިވާއިރު، އެ ސްޓޫޑިއޯއިން މީގެ ކުރިން ވަނީ އެ ލަވައިގެ އޯޑިއޯ ސައުންޑްކްލައުޑްގައި އާންމުކޮށްފައެވެ.

'ވަކިން ލޯބިން' ގެ ވާހަކަ އާއި ގުޅޭގޮތުން ޑާކްރެއިން އެންޓަރޓެއިންމަންޓުން މާބޮޑު މަޢުލޫމާތެއް ހާމަކޮށްފައި ނުވާއިރު، މި ފިލްމުގެ ލީޑު ދެ ކެރެކްޓަރގެ ރޯލުން ފެނިގެންދާނީ ޑާކްރެއިން އެންޓަރޓެއިންމަންޓްގެ އެންމެ މަޤުބޫލު ލޯޑް ޖޯޑު ކަމުގައިވާ މުޙައްމަދު ޖުމައްޔިލް (ޖުމަލް) އާއި މަރިޔަމް މަޖުދާ (މަޖޫ) އެވެ.

ޑާކްރެއިން އެންޓަރޓެއިންމަންޓުން، މޮގަރ އާއި އެކު އައިޝަތު ފުވާދް ޕްރޮޑިއުސްކުރާ މި ފިލްމުގައި ޖުމަލް އައި މަޖޫގެ އިތުރުންވެސް ގިނަ ފަންނާނުންތަކެއް ފެނިގެންދާނެއެވެ. އެގޮތުން ނުޒުހަތު ޝުއައިބް، ޚަދީޖާ އިބްރާހިމް ދީދީ (ކުޑަ ހައްޖަ)، އަޙުމަދު ސުނީ، ޢަބްދުﷲ ޝާފިއު އިބްރާހިމް، މަރިޔަމް ޔާލާ ޝިފާއު، ޢައިޝަތު ޝްއުއާ ޝާނިޒް އަދި ހަސަން މަނިކުގެ އިތުރުން އާދަމް ރިޒްވީ، މާރިއާ ޓެރޭސާ، އިބްރާހިމް އަމާން ޙުސައިން، އަޙުމަދު ޝާކިރު، މާއިޝާ އަޙުމަދާއި މަރިޔަމް ސާޖިޔަތުވެސް މި ފިލްމުން ފެނިގެން ދާނެއެވެ. މީގެ އިތުރުންވެސް މި ފިލްމުން ބައެއް ފަންނާނުން ފެނިގެން ދާނެއެވެ.

ވަކިން ލޯބިންގެ މަންޒަރެއް

އައިޝަތު ފުވާދް ލިޔެފައިވާ ވާހަކައަކަށް ހަދާ މި ފިލްމު ޑައިރެކްޓް ކޮށްފައިވަނީ އަލީ ޝިފާޢު (ޗިއްޕެ) އެވެ. ޑާކްރެއިން އެންޓަރޓެއިންމަންޓްގެ ގިނަ ފިލްމުތަކޭވެސް އެއްގޮތަށް މި ފިލްމުގެ ވިޜުއަލް އިފެކްޓްސް ހަދާފައިވަނީވެސް އަޙުމަދު ޝިނާނެވެ. މި ފިލްމަށް ޙުސައިން ޝަދިޔާން (ސޭންޑީ) ކޮސްޓިއުމް ޑިޒައިން ކޮށްދީފައިވާއިރު، މި ފިލްމުގެ މިއުޒިކް ހަދާފައިވަނީ މުޙައްމަދު އިކްރާމްއެވެ.

ފިލްމު ރިލީޒްކުރުމަށް ނިންމާފައިވަނީ މި އަހަރުގެ މާރިޗު މަހުގެ 5 ވަނަ ދުވަހުގެރޭ އޮލިމްޕަހުގައެވެ.

ކޮމެންޓް

Like & Win

Giveaway
Powered by: Radient Heat Waters
Kent Grand Plus

Kent Grand Plus

Tap

އިތުރަށް ކިޔާލަން

ވަކިން ލޯބިންގެ ޝޯތައް ފުލް، ތަރުހީބު ބޮޑު

ވަކިން ލޯބިންގެ ޝޯތައް ފުލް، ތަރުހީބު ބޮޑު

08 މާރިޗު 2018
ވަކިން ލޯބިން ރިލީޒް ކުރުމުގެ ކުރިން ރާއްޖެއެމްވީން ފިލްމުގެ ރިވިއު ގެނެސްދޭނެ!

ވަކިން ލޯބިން ރިލީޒް ކުރުމުގެ ކުރިން ރާއްޖެއެމްވީން ފިލްމުގެ ރިވިއު ގެނެސްދޭނެ!

02 މާރިޗު 2018
ވަކިން ލޯބިން އަންނަ ހޯމަދުވަހު

ވަކިން ލޯބިން އަންނަ ހޯމަދުވަހު

02 މާރިޗު 2018
ވަކިން ލޯބިންގެ ދެވަނަ ލަވަ ލޯބިވެރިންގެ ދުވަހު ޕްރިމިއާ ކުރަނީ

ވަކިން ލޯބިންގެ ދެވަނަ ލަވަ ލޯބިވެރިންގެ ދުވަހު ޕްރިމިއާ ކުރަނީ

01 ފެބުރުއަރީ 2018
ނުހާގެ އާދޭސް، އަޒާންގެ ރުޅި... ދެ މީހުންގެ ވަރި! "ވަކިން ލޯބިން" ގެ ފުރަތަމަ ޓްރެއިލަރ ވަރަށް އިންޓެންސް!!!

ނުހާގެ އާދޭސް، އަޒާންގެ ރުޅި... ދެ މީހުންގެ ވަރި! "ވަކިން ލޯބިން" ގެ ފުރަތަމަ ޓްރެއިލަރ ވަރަށް އިންޓެންސް!!!

25 ޖެނުއަރީ 2018

އަހަރުތަކުން މިއަދު

14 މާރިޗު
ޕޮޓޭޓޯ ޕޭން ކޭކް
20251 އަހަރު ކުރިން
ލައިފް ސްޓައިލް

ޕޮޓޭޓޯ ޕޭން ކޭކް

ގަމު ފެނަކައިގެ 17 މުވައްޒަފުން ވަޒީފާއިން ވަކިކޮށްފި
20242 އަހަރު ކުރިން
ރާއްޖެ

ގަމު ފެނަކައިގެ 17 މުވައްޒަފުން ވަޒީފާއިން ވަކިކޮށްފި

ޒުވާން ފޯވަޑް އިލާން ޔޫއޭއީގެ އަލްއައިން އަށް
20233 އަހަރު ކުރިން
ކުޅިވަރު

ޒުވާން ފޯވަޑް އިލާން ޔޫއޭއީގެ އަލްއައިން އަށް

މަސްތުވާތަކެއްޗާއެކު އިންޑިއާ ފިރިހެނަކު ކަނޑުމަތިން ފުލުހުންގެ ބެލުމުގެ ދަށަށް
20224 އަހަރު ކުރިން
ރާއްޖެ

މަސްތުވާތަކެއްޗާއެކު އިންޑިއާ ފިރިހެނަކު ކަނޑުމަތިން ފުލުހުންގެ ބެލުމުގެ ދަށަށް

އަނދިރީގައި - ރާއްޖެޓީވީގެ ރަމަޟާން މަހުގެ ހާއްސަ ޕްރޮގްރާމް!
20215 އަހަރު ކުރިން
ރާއްޖެ

އަނދިރީގައި - ރާއްޖެޓީވީގެ ރަމަޟާން މަހުގެ ހާއްސަ ޕްރޮގްރާމް!

ފަހު ވަގުތު ގާސިމް ގިނިކަންޏާ، ލިބެން ހުރި ވޯޓު ވެސް ގެއްލެނީ!
20197 އަހަރު ކުރިން
ރިޕޯޓު

ފަހު ވަގުތު ގާސިމް ގިނިކަންޏާ، ލިބެން ހުރި ވޯޓު ވެސް ގެއްލެނީ!

މިފަހަރު މިރުސް ފެނަށް މާބޮޑު ސަމާލުކަމެއް ނުލިބުނު! ރައްޔިތުން ޖެހީ ހަޖޫ!
20188 އަހަރު ކުރިން
ރިޕޯޓު

މިފަހަރު މިރުސް ފެނަށް މާބޮޑު ސަމާލުކަމެއް ނުލިބުނު! ރައްޔިތުން ޖެހީ ހަޖޫ!

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު