Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ތަފާތު ޚަބަރުވަކިން ލޯބިން

ވަރަށް ލޯބިން، "ވަކިން ލޯބިން"ގެ ބޮޑުބައި ނިންމާލައިފި

21 ސެޕްޓެމްބަރު 2017 | ބުރާސްފަތި 05:56

ފިލްމުގެ 60 އިންސައްތަ ވަނީ ނިމިފަ

އިސްމާއިލް ނާއިލް ނަޝީދު
އިސްމާއިލް ނާއިލް ނަޝީދު | 21 ސެޕްޓެމްބަރު 2017 | ބުރާސްފަތި 05:56
ވަކިން ލޯބިންގެ ޝޫޓިންގެ ތެރެއިން

ވަކިން ލޯބިންގެ ޝޫޓިންގެ ތެރެއިން

ޑާކް ރެއިން އެންޓަރޓެއިންމަންޓްއިން މިހާރު އުފައްދަމުންދާ ފިލްމު، ވަކިން ލޯބިންގެ ބޮޑުބައި ޝޫޓްކޮށް ނިމިފައިވާކަމަށް ފިލްމުގެ އެއް ޕްރޮޑިއުސަރ މުޙައްމަދު އަލީ (މޮގަރ) ބުނެފިއެވެ.

ރާއްޖޭގެ އެންމެ ކާމިޔާބު އެއް ސްޓޫޑިއޯގެ ގޮތުގައި ގިނަ ބަޔަކު ޤަބޫލުކުރާ ޑާކް ރެއިންއިން ނިމިގެންދިޔަ އޯގަސްޓް މަހުގެ 9 ވަނަ ދުވަހު ޝޫޓިންގ ފެށި މި ފިލްމުގެ މަސައްކަތާއި ގުޅޭގޮތުން ރާއްޖެއެމްވީއާއި ވާހަކަދައްކަމުން މޮގަރ ބުނީ، ފިލްމުގެ 60 އިންސައްތަ މިޙާރު ޝޫޓްކޮށް ނިމިފައިވާ ކަމަށެވެ.

މޮގާ ބުނީ ޑާކް ރެއިންގެ އެހެން ފިލްމުތަކެކޭވެސް އެއްގޮތަށް މި ފިލްމުވެސް އުފައްދަމުންދަނީ ބެލުންތެރިންނަށް ކަމުދާނެ އެކި ރަހަތަށް ހިމަނައިގެން ކަމަށެވެ.

"ޑާކް ރެއިންގެ ހުރިހާ ފިލްމެކޭވެސް އެއްގޮތަށް ވަކިން ލޯބިންވެސް މި ހަދަނީ ވަރަށް ލޯބިން، ބެލުންތެރިންނަށް ކަމުދާނެ ރަހަތަށް ހިމަނައިގެން. ޑާކް ރެއިންއިން ހިފަހައްޓަމުން އަންނަ ރަނގަޅު ކޮލިޓީ މި ފިލްމުންވެސް ފެންނާނެ"

ޒުވާން ދެމަފިރިންގެ ކައިވެނި ރޫޅިގެންދިއުމުން، އެ ދެމީހުންނާއި، އެމީހުންގެ ދިރިއުޅުމާއި ގުޅިފައިވާ ފަރާތްތަކުގެ ހަޔާތަށް ކުރިމަތިވެގެންދާ ކަންތައްތައް ދައްކައިދޭ މި ފެމިލީ ޑްރާމާގެ މައި ރޯލުތަކުން ފެނިގެންދާނީ ޖުމައްޔިލް ނިމާލް (ޖުމަލް) އާއި މަރިޔަމް މަޖުދާ (މަޖޫ) ގެ އިތުރުން ނުޒުހަތު ޝުއައިބް (ނުޒޫ) އެވެ. މީގެ ތެރެއިން ޖުމައްޔިލް ފެނިގެންދާނީ އަޒާންގެ ނަންދީފައިވާ ކެރެކްޓަރއަކުންނެވެ. އަދި މަޖޫ ފެނިގެންދާނީ ނުހާގެ ނަން ދީފައިވާ ކެރެކްޓަރއަކުންނެވެ.

މީގެ އިތުރުންވެސް މި ފިލްމުގައި ގިނަ ފަންނާނުންތަކެއް ފެނިގެންދާއިރު އޭގެ ތެރޭގައި ޑާކްރެއިންގެ ފިލްމުތަކުން އާންމުކޮށް ފެންނަ ފަންނާނުންވެސް ހިމެނެއެވެ.

ވަކިން ލޯބިން އަކީ އައިޝަތު ފުއާދް ތައުފީގް އޭނާގެ ވާހަކައަކަށް ލިޔެފައިވާ ސްކްރީންޕްލޭއަކަށް އުފައްދާ ފިލްމެކެވެ. މޮގަރ އާއި އެކު މި ފިލްމު ޕްރޮޑިއުސް ކުރަނީވެސް އައިޝަތު ފުއާދް ތައުފީގެވެ. ޑާކް ރެއިންގެ ގިނަ ފިލްމުތަކެކޭ އެއްގޮތަށް މި ފިލްމުވެސް ޑައިރެކްޓް ކުރަނީ އަލީ ޝިފާއު (ޗިއްޕެ) އެވެ. އަދި ފިލްމުގެ ސިނަމަޓޯގްރަފީ އާއި ކެމެރާ ކުރުމުގެ މަސައްކަތް ކުރަމުންދަނީ ޗިއްޕެ އާއި އަޙުމަދު ޝިނާންއެވެ.

ވަކިން ލޯބިން ރިލީޒް ކުރުމަށް ހަމަޖެހިފައިވަނީ އަންނަ އަހަރުގެ މާޗް މަހުގެ 5 ވަނަ ދުވަހުއެވެ.

އެންމެ ހިނގާ

1

ޔޫއެސްއެސް އަބްރަހަމް ލިންކަންގައި ހިނގި ނުރައްކާތެރި ހަމަނުޖެހުމެއްގައި ހަތް މީހުން މަރުވެއްޖެ

2

ތުރުކީން ޓްރަމްޕް ފުރާވަޑައިގަންނަވާއިރު ކޮނޑުމަތީގައި ފޮނުވާލާ މިސައިލަކުން ހަމަލާދޭން އޮތީ ރާވާފައި: ރިޕޯޓް

3

ސްޕޯޓްސް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު ލަތީފް ކުއްލި ގޮތަކަށް މަޤާމުން ވަކިކޮށްފި

4

އެމެރިކާގެ އަސްކަރިއްޔާގެ އިންޒާރުތަކަށް އިޖާބަ ނުދީ އޮމާން ކަނޑުން ދަތުރުކުރި ބޯޓަކަށް ހަމަލާ ދީފި

5

ސީރިއާގެ ކުރީގެ ރައީސް ބައްޝާރުލް އަސަދު އާއި އޭނާގެ އަރިސް އާތިފް ނަޖީބު މަރާލަން ހުކުމްކޮށްފި

އިތުރަށް ކިޔާލަން

01 އޯގަސްޓު 2017

ސީކްރެޓް ސުޕަސްޓަރގެ ފުރަތަމަ ޕޯސްޓަރު ވަރަށް ތަފާތު

01 އޯގަސްޓު 2017
ސީކްރެޓް ސުޕަސްޓަރގެ ފުރަތަމަ ޕޯސްޓަރު ވަރަށް ތަފާތު
30 ޖުލައި 2017

"ނޯޓީ 40"އަށް ބެލުންތެރިންގެ ތަރުހީބު ވަރަށް ބޮޑު: ޕްރޮޑިއުސަރ

30 ޖުލައި 2017
"ނޯޓީ 40"އަށް ބެލުންތެރިންގެ ތަރުހީބު ވަރަށް ބޮޑު: ޕްރޮޑިއުސަރ
26 ޖުލައި 2017

ސައްބީރު ދެކެ ސަލްމާން ވަރަށް ރުޅިއަތުވެއްޖެ

26 ޖުލައި 2017
ސައްބީރު ދެކެ ސަލްމާން ވަރަށް ރުޅިއަތުވެއްޖެ
06 ޖުލައި 2017

ރަންބީރު ކަޕޫރު: "ބާހުބަލީ"ގައި ޕަރަބާސް އަދާކޮށްފައިވާ ރޯލު ވަރަށް ކަމުދޭ

06 ޖުލައި 2017
ރަންބީރު ކަޕޫރު: "ބާހުބަލީ"ގައި ޕަރަބާސް އަދާކޮށްފައިވާ ރޯލު ވަރަށް ކަމުދޭ
11 މެއި 2017

ބޭވޮޗް ބަލައިފިން، އެ ފިލްމު ވަރަށް މަޖާވާނެ: ޕްރިޔަންކާ

11 މެއި 2017
ބޭވޮޗް ބަލައިފިން، އެ ފިލްމު ވަރަށް މަޖާވާނެ: ޕްރިޔަންކާ
01 މެއި 2017

މާމަ ދެކެ ވަރަށް ލޯބިވޭ، ވަރަށް ހަނދާންވާނެ: ސޯނަމް

01 މެއި 2017
މާމަ ދެކެ ވަރަށް ލޯބިވޭ، ވަރަށް ހަނދާންވާނެ: ސޯނަމް
22 ފެބުރުއަރީ 2017

ދުނިޔޭގެ އެންމެ ފަލަމީހާ: ސަލްމާން ޚާންގެ ވަރަށް ބޮޑު ފޭނެއް!

22 ފެބުރުއަރީ 2017
ދުނިޔޭގެ އެންމެ ފަލަމީހާ: ސަލްމާން ޚާންގެ ވަރަށް ބޮޑު ފޭނެއް!
20 ފެބުރުއަރީ 2017

62 ވަނަ ބޮލީވުޑް ފިލްމްފެއާ އެވޯޑް ހަފްލާ ވަރަށް ކުލަގަދަކޮށް ބާއްވައިފި

20 ފެބުރުއަރީ 2017
62 ވަނަ ބޮލީވުޑް ފިލްމްފެއާ އެވޯޑް ހަފްލާ ވަރަށް ކުލަގަދަކޮށް ބާއްވައިފި
09 ފެބުރުއަރީ 2017

"ޕަދްމާވަތީ" ގެ ޝޫޓީން ވަރަށް އަވަހަށް ފެށޭނެ: ޝާހިދު

09 ފެބުރުއަރީ 2017
"ޕަދްމާވަތީ" ގެ ޝޫޓީން ވަރަށް އަވަހަށް ފެށޭނެ: ޝާހިދު
07 ޖެނުއަރީ 2017

ބްރެޑް ޕިޓް ހުރީ ވަރަށް ބިރުން، ޢާއްމުންނަށް އަދި ޙަޤީޤަތް އެނގޭނެ: އެންޖެލީނާ ޖޯލީ

07 ޖެނުއަރީ 2017
ބްރެޑް ޕިޓް ހުރީ ވަރަށް ބިރުން، ޢާއްމުންނަށް އަދި ޙަޤީޤަތް އެނގޭނެ: އެންޖެލީނާ ޖޯލީ
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް