Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ތަފާތު ޚަބަރުއޮސްކާ އެވޯޑްސް

ނޮމިނޭޝަންތައް އޮންލައިންކޮށް އިޢުލާންކުރަނީ

އެވޯޑުތަކަށް ނޮމިނޭޓްވާ ފަރާތްތަކަށް ވޯޓުލުމުގެ ފުރުޞަތު ފެބްރުއަރީ 13 ގައި ހުޅުވާލަނީ

އާލާ އިބުރާހިމް
އާލާ އިބުރާހިމް | 15 ޖެނުއަރީ 2017 | އާދީއްތަ 12:28
އޮސްކާ އެވޯޑުގެ ތާރީޚުގައި މިހާތަނަށް ނޮމިނޭޝަންސް އިޢުލާންކޮށްފައި ވަނީ ލައިވް އޯޑިއަންސެއްގެ ކުރިމަތީގައި

އޮސްކާ އެވޯޑުގެ ތާރީޚުގައި މިހާތަނަށް ނޮމިނޭޝަންސް އިޢުލާންކޮށްފައި ވަނީ ލައިވް އޯޑިއަންސެއްގެ ކުރިމަތީގައި

އެކެޑެމީ އެވޯޑްސް ނުވަތަ އޮސްކާ އެވޯޑްތަކަށް މިއަހަރު ނޮމިނޭޓްވާ ފަރާތްތައް އޮންލައިންކޮށް އިޢުލާންކުރުމަށް ނިންމައިފިއެވެ. އެހެނިހެން އަހަރުތަކާ ޚިލާފަށް ބޮޑު އޯޑިއަންސެއްގެ މެދުގައި ލައިވްކޮށް އިޢުލާންކުރުމުގެ ބަދަލުގައި މިއަހަރު އޮންލައިންކޮށް އިޢުލާންކުރުމަށް ނިންމާފައިވަނީ ކޮން ސަބަބަކާ ހުރެ ކަމެއް އަދި ހާމަވެފައެއް ނެތެވެ.

އެކަޑެމީ އޮފް މޯޝަން ޕިކްޗަރ އާޓްސް އެންޑް ސައިންސަސް (އޭ.އެމް.ޕީ.އޭ.އެސް) އިން ބާއްވާ 89 ވަނަ އެކަޑެމީ އެވޯޑްސް ނުވަތަ އޮސްކާރ އެވޯޑުތަކަށް މިއަހަރު ނޮމިނޭޓްވާ ފަރާތްތައް އޮސްކާގެ ތާރީޚުގައި އިޢުލާން ކުރަމުން އައި އުޞޫލާ ޚިލާފަށް ލައިވް ބްލޮގެއްގައި އިޢުލާންކުރުމަށް ނިންމާފައިވާ ކަމަށް އެ ޖަމިއްޔާއިން ބުނެއެވެ.

2016 ވަނަ އަހަރުގެ އެންމެ މޮޅު ފިލްމުތަކާއި އެއަހަރުގެ ތެރޭގައި ފެނިގެން ދިޔަ މަސައްކަތާއި ހުނަރުގެ އަގު ވަޒަންކުރުމުގެ ގޮތުން މިއަންނަ ފެބްރުއަރީ މަހުގެ 26 ވަނަ ދުވަހު ބޭއްވުމަށް ހަމަޖެހިފައިވާ އޮސްކާ އެވޯޑްގައި، އެވޯޑުތަކަށް ވާދަކުރާ ފަރާތްތައް މޯޝަން ޕިކްޗަރސް އެކަޑެމީގެ ތަފާތު ޑިޖިޓަލް ޕްލެޓްފޯމުތަކުން ފެންނާނެއެވެ. އަދި އޮސްކާ ޑޮޓް ކޮމްއާއި އޮސްކާ ޑޮޓް އޯ.އާރް.ޖީ ފަދަ ވެބްސައިޓްތަކުން ލައިވްކޮށް ފެންނާނެއެވެ. މީގެއިތުރުން ސެޓެލައިޓް ފީޑެއް މެދުވެރިކޮށްނާއި، އޭބީސީއިން ގެނެސްދޭ "ގުޑް މޯނިންގ އެމެރިކާ" ގެ އިތުރުން ލޯކަލް ބްރޯޑްކާސްޓަރުން މެދުވެރިކޮށް އެވޯޑުތަކަށް ނޮމިނޭޓްވީ ފަރާތްތައް ބަލާލެވޭނެއެވެ.

މިއަހަރު 24 ކެޓެގަރީއަކުން އެވޯޑް ޙަވާލުކުރާއިރު، މި އެވޯޑުތަކަށް ނޮމިނޭޓްވި ފަރާތްތައް އިޢުލާން ކުރާނީ ޖެނިފަރ ހުޑްސަން، ބްރީ ލާރސަން، އެމަނުއެލް ލުބެޒްކި، ޖޭސަން ރެއިޓްމަންގެ އިތުރުން އެކެޑެމީގެ ރައީސް ޗެރިލް ބޫން އިސާކްސްއެވެ. މި ނޮމިނޭޝަންތައް އިޢުލާން ކުރުމަށް ހަމަޖެހިފައިވަނީ މިމަހުގެ 24 ވަނަ ދުވަހުއެވެ.

މިއަހަރުގެ އެވޯޑް ޙަފްލާ ލޮސް އެންޖެލިސްގެ ހޮލީވުޑް ޑޮލްބީ ތިއޭޓަރުގައި ބޭއްވުމަށް ރާވާފައިވާއިރު، މި ޙަފްލާ ހޮސްޓު ކޮށް ދިނުމަށް ހަމަޖެހިފައިވަނީ މަޝްހޫރު ޓީވީ ހޮސްޓު ޖިމީ ކިމެލްއެވެ. އެޙަފްލާ އެމެރިކާގެ ޓީވީ ޗެނަލް އޭބީސީއިން ދެއްކުމަށް ވަނީ ހަމަޖެހިފައެވެ.

މިއަހަރުގެ އެވޯޑުތަކަށް ނޮމިނޭޓްވާ ފަރާތްތަކަށް ވޯޓުލުމުގެ ފުރުޞަތު އަންނަ ފެބްރުއަރީ މަހުގެ 13 ވަނަ ދުވަހު ހުޅުވާލާނެއެވެ. އަދި ވޯޓުލުން ބަންދު ކުރާނީ ފެބްރުއަރީ 21ގައެވެ.

އިތުރަށް ކިޔާލަން

08 މެއި 2020

ސާރޭގާމާޕާގެ 25 ވަނަ އަހަރީ ހަފުލާ އޮންލައިންކޮށް

08 މެއި 2020
ސާރޭގާމާޕާގެ 25 ވަނަ އަހަރީ ހަފުލާ އޮންލައިންކޮށް
06 މެއި 2020

ޑާންސް ދިވާނޭ ސީޒަން 3 ގެ އޮޑިޝަން އޮންލައިންކޮށް

06 މެއި 2020
ޑާންސް ދިވާނޭ ސީޒަން 3 ގެ އޮޑިޝަން އޮންލައިންކޮށް
23 އެޕްރީލު 2020

ކޮވިޑް 19 އާއި ގުޅިގެން އަމީތާބުގެ އޭބީ އާނީ ސީޑީ އޮންލައިންކޮށް ބެލޭނެ!

23 އެޕްރީލު 2020
ކޮވިޑް 19 އާއި ގުޅިގެން އަމީތާބުގެ އޭބީ އާނީ ސީޑީ އޮންލައިންކޮށް ބެލޭނެ!
13 ޖެނުއަރީ 2020

އޮސްކާސް 2020: ނޮމިނޭޝަންތައް އިއުލާންކޮށްފި، އެންމެ ކުރީގައި "ޖޯކަރ"

13 ޖެނުއަރީ 2020
އޮސްކާސް 2020: ނޮމިނޭޝަންތައް އިއުލާންކޮށްފި، އެންމެ ކުރީގައި "ޖޯކަރ"
09 ނޮވެމްބަރު 2019

ފިލްމު އެވޯޑްސް 9 ގެ ނޮމިނޭޝަންތައް އިއުލާންކޮށްފި

09 ނޮވެމްބަރު 2019
ފިލްމު އެވޯޑްސް 9 ގެ ނޮމިނޭޝަންތައް އިއުލާންކޮށްފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު