Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރުސައުދީ ފުޓްބޯޅަ

އަންހެނުން ދަނޑަށް، ސައުދީ ފުޓްބޯޅަ ތާރީހުގެ ތެރެއަށް

13 ޖެނުއަރީ 2018 | ހޮނިހިރު 14:25

އަންހެނުން ތިބުމަށް ސްޓޭޑިއަމްތަކުގައި ހާއްސަ ސެކްޝަންތަކެއް ވަނީ ގާއިމު ކުރެވިފައި

އަހްމަދު ސާއިފް ޝިޔާދް
އަހްމަދު ސާއިފް ޝިޔާދް | 13 ޖެނުއަރީ 2018 | ހޮނިހިރު 14:25
އަލް އަހްލީ އާއި އަލް ބަތިން ކުޅުނު މެޗަށް ދިޔަ ބައެއް އަންހެން ސަޕޯޓަރުން

އަލް އަހްލީ އާއި އަލް ބަތިން ކުޅުނު މެޗަށް ދިޔަ ބައެއް އަންހެން ސަޕޯޓަރުން

ސައުދީ ފުޓްބޯޅައިގެ ތާރީހުގައި އެންމެ ފުރަތަމަ ފަހަރަށް މެޗެއް ބެލުމަށް އަންހެނުން ދަނޑަށް ވަދެއްޖެއެވެ.

ޕްރިންސް އަބްދުﷲ ބިން ފައިސަލް އަލް ސައުދް 1956 ވަނަ އަހަރު ސައުދީގެ ފުޓްބޯޅަ ފެޑެރޭޝަން އުފެއްދުމަށް ފަހު މިދިޔަ ހުކުރު ދުވަހާ ހަމަޔަށް އެ ގައުމުގައި ކުޅޭ އެއްވެސް ފުޓްބޯޅަ މެޗެއް ބެލުމުށް އަންހެންނުނަށް ދަނޑަށް ވަނުމުގެ ހުއްދަ ދީފައެއް ނުވެއެވެ. އެހެން ނަމަވެސް ހުކުރު ދުވަހު ކިންގް ފަހްދު އިންޓަނޭޝަނަލް ސްޓޭޑިއަމްގައި އެ ގައުމުގެ އެންމެ ވާދަވެރި ދެ ޓީމު ކަމަށްވާ އަލް އަހްލީ އާއި އަލް ބަތިން ކުޅުނު މެޗަކާ އެކު މި މަންޒަރު އެއްކޮށް ވަނީ ބަދަލުވެގެން ގޮސްފައެވެ.

މި ދެ ޓީމު ބައްދަލުކުރި މެޗު ބެލުމަށް ގިނަ އަދަދެއްގެ އަންހެން ސަޕޯޓަރުން ވަނީ ދަނޑަށް ވަދެފައެވެ. އަންހެނުން ތިބުމަށް ހާއްސަ ކުރެވުނު ސަރަހައްދުގައި ސެކިޔުރިޓީ ބެލެހެއްޓުމަށް ވެސް ހަރަކާތްތެރި ވެފައި ވަނީ އަންހެނުންކަން ފާހަގަކޮށްލެވެއެވެ. ސައުދީ ސަރުކާރުން ގެނައި މި ބަދަލާ އެކު ގިނަ ބަޔަކު އަންނަނީ މިކަމަށް މަރުހަބާ ކިޔަމުންނެވެ. އެގޮތުން މި މެޗު ކުރިޔަށްދިޔަ ވަގުތު މިކަމަށް މަރުހަބާ ކިޔުމަށް ބޭނުންކުރެވުނު ހޭޝްޓެގް ޓްވިޓާގައި އެތައް ހާސް ފަހަރަކު ބޭނުން ކުރެވިފައިވެއެވެ. މި މެޗު ފެށުމުގެ ކުރިން މެޗުގައި ކުޅުނު ދެ ޓީމުން ވެސް ވަނީ އަންހެނުން ދަނޑަށް އަންނަ މިންވަރު އިތުރުކުރުމަށް ޓްވިޓާގައި ކެމްޕެއިން ހިންގާފައެވެ.

މި މެޗަށް ދިޔަ ޖިއްދާއަށް ނިސްބަތްވާ އަންހެން ސަޕޯޓަރެއް ކަމަށްވާ އުމުރުން 32 އަހަރުގެ ލަމްޔާ ޚާލިދް ނަސީރް އޭއެފްޕީއާ ވާހަކަ ދައްކަމުން ބުނީ މިއީ މުސްތަގުބަލަށް އެޅުނު ރަނގަޅު ފިޔަވަޅެއް ކަމަށާއި ބޮޑު ބަދަލެއްގައި ބައިވެރިވުމުގެ ފުރުސަތު ލިބުމުން ވަރަށް އުފާވާ ކަމަށެވެ. އެހެން ސަޕޯޓަރަކުން ބުނީ ބޭރުގެ އެހެން ގައުމުތަކުގައި އަންހެނުންނަށް ލިބެމުންދާ ފުރުސަތުތައް އެ ގައުމުގައި ވެސް ލިބިގެންދާތަން ފެނިގެންދިޔުމަކީ ވަރަށް އުފާވާ ކަމެއް ކަމަށެވެ.

ސައުދީ ސަރުކާރުން ވަނީ އަންނަ ހޮނިހިރު ދުވަހު ކުޅުމަށް ހަމަޖެހިފައިވާ މެޗަކަށާއި އަދި އަންނަ ހަފްތާގެ ބުރާސްފަތި ދުވަހު ކުޅުމަށް ހަމަޖެހިފައިވާ މެޗަށް ވެސް އަންހެން ސަޕޯޓަރުންނަށް ވަދެވޭނެ ކަމަށް ބުނެފައެވެ.

ފުޓްބޯޅަ އަށް ފޯރި ހުންނަ އަންހެނުންނަށް މީގެ ކުރިން ސައުދީ އަރަބިއްޔާގައި އޮތް ހަމައެކަނި ފުރުސަތަކީ ގޭތެރޭގައި ތިބެގެން ޓީވީ އިން މެޗު ބެލުމެވެ. އަންހެނަކު ދަނޑަށް ވަންނަން އުޅެފި ނަމަ އެމީހަކު ހައްޔަރު ކުރެއެވެ.

ހުސްވި އަހަރުގެ އޮކްޓޯބަރު މަހު ސައުދީ ސަރުކާރުން އިއުލާނު ކުރި އިސްލާހީ އެޖެންޑާގެ ދަށުން މިހާރު އަންހެނުންނަށް ފުޓްބޯޅަ ބަލަން ތިން ސްޓޭޑިއަމްއަކަށް ވަދެވޭނެއެވެ. ވެރިރަށް ރިޔާދް، ޖިއްދާ އަދި ދައްމާމްގައި ވާ ތިން ސްޓޭޑިއަމެއްގައި މިހާރު ވަނީ އާއިލާތަކަށް ޚާއްސަކޮށް އަންހެނުންނަށް މެޗު ބަލަން ވަދެވޭ ގޮތަށް ދަނޑުގައި ވަކި ސެކްޝަންތައް ކަނޑައަޅާފައެވެ.

އިސްލާހީ އެޖެންޑާގެ ދަށުން 2018 ވަނަ އަހަރުގެ ޖޫން މަހުން ފެށިގެން ސައުދީ އަރަބިއްޔާގައި އަންހެނުންނަށް ފުރަތަމަ ފަހަރަށް ޑްރައިވިންގ ލައިސަންސް ވެސް ލިބިގެން ދާނެއެވެ. އެކަމަށް ވާންޖެހޭ ތައްޔާރީތައް މިހާރު ކަމާ ބެހޭ އިދާރާތަކުން އަންނަނީ ކުރަމުންނެވެ.

އެންމެ ހިނގާ

1

"އަދަބުވެރިކަން ނެތުމުގެ" ސަބަބުން ދަނބިދަރިފުޅުގެ ޝާހީ ލަގަބުތައް ބުރޫނާއީގެ ރަސްގެފާނު އަތުލައްވައިފި

2

ނައިބު ރައީސް ހުސައިން މުހައްމަދު ލަތީފް ދިރިއުޅުއްވާ ހިލާލީ ގެޔަށް މަހަކު 3 ލައްކައަށް ވުރެ ގިނަ ރުފިޔާ ހަރަދުވާކަން ހާމަވެއްޖެ!

3

އީރާނުގެ އަސްކަރީ ގާބިލިއްޔަތު އިއާދަކުރަމުންދާ ހަލުވި މިނުގެ ސަބަބުން އިސްރާއީލަށް ސިހުން: ޖެރޫސަލަމް ޕޯސްޓް

4

ޓްރަމްޕަށް އީރާން ހަނގުރާމައިގައި ނާކާމިޔާބީތައް ފުނިޖެހެނީ

5

އެމެރިކާގެ ޓެކްސް އަށް މަކަރު ހަދައިގެން ޗައިނާގެ މުދާ އެމެރިކާއަށް ފޮނުވުމަށް ބޭނުންކުރާ ގައުމުތަކުގެ ތެރޭގައި ރާއްޖެ ހިމަނާ، ސިއްރު ޓްރާންޝިޕްމަންޓް ނެޓްވޯކް ގައި ހިމެނޭ ގައުމުތަކަށް ހަރުކަށި އަދަބުދޭނެ ކަމުގެ އިންޒާރު ދީފި

އިތުރަށް ކިޔާލަން

09 ޖޫން 2017

ލަންޑަނަށް ދިން ޓެރެރިސްޓް ހަމަލާގެ ހަމަހިމޭންކަމު ސުކޫތުގައި ސައުދީ ފުޓުބޯޅަ ޓީމު ބައިވެރިއެއްނުވި!

09 ޖޫން 2017
ލަންޑަނަށް ދިން ޓެރެރިސްޓް ހަމަލާގެ ހަމަހިމޭންކަމު ސުކޫތުގައި ސައުދީ ފުޓުބޯޅަ ޓީމު ބައިވެރިއެއްނުވި!
24 މެއި 2017

ގައުމީ ފުޓްބޯޅަ ޓީމު ބީއެމްއެލުން ސްޕޮންސަރ ކޮށްފި

24 މެއި 2017
ގައުމީ ފުޓްބޯޅަ ޓީމު ބީއެމްއެލުން ސްޕޮންސަރ ކޮށްފި
15 އެޕްރީލު 2017

ސައުދީގެ މައްޗަށް ރާއްޖޭގެ ބީޗް ވޮލީ ޓީމު ކުރި ހޯދައިފި

15 އެޕްރީލު 2017
ސައުދީގެ މައްޗަށް ރާއްޖޭގެ ބީޗް ވޮލީ ޓީމު ކުރި ހޯދައިފި
13 މާރިޗު 2017

އެފްއޭކަޕް ފުޓްބޯޅަ މުބާރާތުގައި ބައިވެރިވުމުގެ ފުރުސަތު ހުޅުވާލައިފި

13 މާރިޗު 2017
އެފްއޭކަޕް ފުޓްބޯޅަ މުބާރާތުގައި ބައިވެރިވުމުގެ ފުރުސަތު ހުޅުވާލައިފި
13 ފެބުރުއަރީ 2017

އޭޑީކޭ ގްރޫޕާއެކު މާޒިޔާ އަނެއްކާވެސް ގަލޮޅު ދަނޑަށް

13 ފެބުރުއަރީ 2017
އޭޑީކޭ ގްރޫޕާއެކު މާޒިޔާ އަނެއްކާވެސް ގަލޮޅު ދަނޑަށް
10 ފެބުރުއަރީ 2017

ފުޓްބޯޅަ ސީޒަނަށް ތައްޔާރުވުމަށް ނިއު ރޭޑިއަންޓް ހއ ކެލައަށް

10 ފެބުރުއަރީ 2017
ފުޓްބޯޅަ ސީޒަނަށް ތައްޔާރުވުމަށް ނިއު ރޭޑިއަންޓް ހއ ކެލައަށް
08 ފެބުރުއަރީ 2017

އައްޑޫގައި ފުރަތަމަ ފަހަރަށް އަންހެން ފުޓްބޯޅަ ޓީމެއް އިފްތިތާޙްކޮށްފި

08 ފެބުރުއަރީ 2017
އައްޑޫގައި ފުރަތަމަ ފަހަރަށް އަންހެން ފުޓްބޯޅަ ޓީމެއް އިފްތިތާޙްކޮށްފި
02 ފެބުރުއަރީ 2017

ގާނާގެ ރެކޯޑާ އެއްވަރުކޮށް، މިސްރުން އެފްރިކާ ބައްރު ފުޓްބޯޅަ މުބާރާތުގެ ފައިނަލަށް

02 ފެބުރުއަރީ 2017
ގާނާގެ ރެކޯޑާ އެއްވަރުކޮށް، މިސްރުން އެފްރިކާ ބައްރު ފުޓްބޯޅަ މުބާރާތުގެ ފައިނަލަށް
30 ޖެނުއަރީ 2017

ދެބެންގެ ލަޑުތަކުން ގާނާ އެފްރިކާ ބައްރުގެ ފުޓްބޯޅަ މުބާރާތުގެ ސެމީއަށް

30 ޖެނުއަރީ 2017
ދެބެންގެ ލަޑުތަކުން ގާނާ އެފްރިކާ ބައްރުގެ ފުޓްބޯޅަ މުބާރާތުގެ ސެމީއަށް
22 ޖެނުއަރީ 2017

ދިވެހި ފުޓްބޯޅަ އަށް ފުރަތަމަ ފަހަރަށް ކުލަބް ލައިސަންސް ދެނީ

22 ޖެނުއަރީ 2017
ދިވެހި ފުޓްބޯޅަ އަށް ފުރަތަމަ ފަހަރަށް ކުލަބް ލައިސަންސް ދެނީ
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް