Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރު
ޔުއެފާ ޓީމް އޮފަ ދަ އިޔަރ

ޔުއެފާގެ ޓީމް އޮފް ދަ އިޔަރ އާންމުކޮށްފި

މި ޓީމުގައި އެންމެ ގިނައިން ހިމެނެނީ ރެއާލްގެ ކުޅުންތެރިން

އަހްމަދު ސާއިފް ޝިޔާދް
އަހްމަދު ސާއިފް ޝިޔާދް, ރާއްޖެ އެމްވީ | 12 ޖެނުއަރީ 2018 | ހުކުރު 07:28
ޔުއެފާ ޓީމް އޮފް ދަ އިޔަރއަށް ހޮވުނު ކުޅުންތެރިން

ޔުއެފާ ޓީމް އޮފް ދަ އިޔަރއަށް ހޮވުނު ކުޅުންތެރިން

ނިމިގެންދިޔަ 2017 ވަނަ އަހަރު ޔޫރަޕުގައި ކުޅުނު ކުޅުންތެރިންގެ ތެރެއިން އެންމެ މޮޅު ކުޅުމެއް ދެއްކި ކުޅުންތެރިންގެ މައްޗަށް ޔޫރަޕުގެ ފުޓްބޯޅައިގެ މައި އިދާރާ އިން އެކުލަވާލި ޓީމު އާންމުކޮށްފިއެވެ.

މި ޓީމަކީ ޔުއެފާގެ ރަސްމީ ވެބްސައިޓް މެދުވެރިކޮށް ސަޕޯޓަރުން ވޯޓް ދީގެން ހޮވާފައިވާ ޓީމެކެވެ. މި ޓީމު އެކުލަވާލުމަށް ޖުމްލަ 8.8 މިލިއަން ވޯޓް ލިބިފައިވާ ކަމަށް ޔުއެފާގެ ރަސްމީ ވެބްސައިޓްގައި ވެއެވެ. މިއީ ރެކޯޑު އަދަދެކެވެ. މިފަހަރުގެ ޓީމުގައި އެންމެ ގިނައިން ހިމެނިފައި ވަނީ މިދިޔަ ސީޒަނުގެ ޔުއެފާ ޗެމްޕިއަންސް ލީގު އުފުލާލި ރެއާލް މެޑްރިޑްގެ ކުޅުންތެރިންނެވެ. މިފަހަރަގެ ޓީމުގައި މިދިޔަ ސީޒަނުގެ ޔުއެފާ ޔުރޮޕާ ލީގު އުފުލާލި އިނގިރޭސިވިލާތުގެ މެންޗެސްޓާރ ޔުނައިޓެޑްގެ އެއްވެސް ކުޅުންތެރިޔަކު ހިމެނިފައެއް ނުވެއެވެ.

މިދިޔަ އަހަރުގެ އެންމެ މޮޅު ގޯލްކީޕަރުގެ ގޮތުގައި މި ޓީމަށް ހޮވުނީ ނިމިގެންދިޔަ ސީޒަނުގައި ޔުވެންޓަސްއާ އެކު އިޓާލިއަން ސެރީއޭ އަދި އިޓާލިއަން ކަޕް ކާމިޔާބުކޮށް ޗެމްޕިއަންސް ލީގުގެ ފައިނަލްގައި ވާދަކުރި އެ ޓީމުގެ ކެޕްޓަން ޖިއަންލުއީޖީ ބުފޮންއެވެ. އުމުރުން 39 އަހަރުގެ ބުފޮންއަކީ ޔުއެފާ އިން ހޮވާ އަހަރުގެ އެންމެ މޮޅު ޓީމަށް މިހާތަނަށް ހޮވުނު އެންމެ އުމުރުން ދުވަސްވީ ކުޅުންތެރިޔާއެވެ.

ހަތަރު ޑިފެންޑަރުންގެ މައްޗަށް އެކުލެވުނު މި ޓީމުގެ ޑިފެންސްގައި ހަރަކާތްތެރި ވަނީ ޔުވެންޓަސްގެ ޑިފެންޑަރު ޖިއޯޖިއޯ ކިއެލީނީ އާއި ޕީއެސްޖީގެ ޑިފެންޑަރު ޑެނީ އަލްވޭސްގެ އިތުރުން ރެއާލްއާ އެކު ޗެމްޕިއަންސް ލީގާއި ސްޕެނިޝް ލަލީގާ ކާމިޔާބުކުރި މާސެލޯ އަދި އެ ޓީމުގެ ކެޕްޓަން ސާޖިއޯ ރާމޯސްއެވެ. މިފަހަރު ވެސް އެންމެ ގިނަ ވޯޓު ލިބިގެން މި ޓީމަށް ހޮވުނު ކުޅުންތެރިޔަކީ ރާމޯސްއެވެ.

މި ޓީމުގެ މިޑްފީލްޑުގައި ހަރަކާތްތެރި ވަނީ ރެއާލްގެ މެދުތެރޭގެ މައި ދެ ތަނބު ކަމަށްވާ ޓޯނީ ކްރޫސް އާއި ލޫކާ މޮޑްރިޗްގެ އިތުރުން މެންޗެސްޓާ ސިޓީގެ މިޑްފީލްޑަރު ކެވިން ޑެބްރައިނާ އަދި ޗެލްސީގެ މިޑްފީލްޑަރު އެޑެން ހަޒާޑްއެވެ. މި ކުޅުންތެރިންގެ ތެރެއިން މިއީ ހަޒާޑް އަދި ޑެބްރައިނާ މި ޓީމަށް ހޮވިގެންދިޔަ ފުރަތަމަ ފަހަރެވެ. ހަމައެހެންމެ ޑެބްރައިނާ ވެގެން ގޮސްފައި ވަނީ މި ޓީމަށް ހޮވުނު މެންޗެސްޓާ ސިޓީއަށް ނިސްބަތްވާ ފުރަތަމަ ކުޅުންތެރިޔާއަށެވެ.

މި ޓީމުގެ ފޯވާޑް ލައިން ބެލެހެއްޓުމަށް ސަޕޯޓަރުން ވޯޓު ދީފައި ވަނީ ދުނިޔޭގައި މިހާތަނަށް އުފެދުނު އެންމެ މޮޅު ކުޅުންތެރިންގެ ގޮތުގައި ގިނަ ބަޔަކު ދެކޭ ރެއާލްގެ ކްރިސްޓިއާނޯ ރޮނާލްޑޯ އަދި ބާސާގެ ލިއޮނެލް މެސީއެވެ. މި ދެ ކުޅުންތެރިންގެ ތެރެއިން ރޮނާލްޑޯއަކީ މިދިޔަ އަހަރު ފީފާއިން ހޮވި އަހަރުގެ އެންމެ މޮޅު ކުޅުންތެރިޔާއެވެ.

މިފަހަރުގެ ޓީމުން އެންމެ ފާހަގަކޮށްލެވެނީ ދުނިޔޭގެ އެންމެ އަގުބޮޑު ކުޅުންތެރިޔާ ކަމަށްވާ ނޭމާއަށް ފުރުސަތު ލިބިފައިނުވުމެވެ. ހަމައެހެންމެ އެ ޓީމަށް ކުޅެމުން އަންނަ ޒުވާން ފޯވާޑް ކިލިއަން އެމްބާޕޭއަށް ވެސް ފުރުސަތު ލިބިފައިނުވާއިރު ނިމިގެންދިޔަ 2017 ވަނަ އަހަރު އެންމެ ގިނަ ލަނޑު ޖެހި ޓޮޓެންހަމްގެ ފޯވާޑް ހެރީ ކޭންއަށް ވެސް ފުރުސަތު ދީފައި ނުވެއެވެ. ކޭންއަށް ފުރުސަތު ދީފައިނުވާތީ އިނގިރޭސި މީޑިއާއިން އަންނަނީ ބޮޑެތި ފާޑުކިޔުންތަކެއް މި ޓީމަށް އަމާޒުކުރަމުންނެވެ.

ކޮމެންޓް

އިތުރަށް ކިޔާލަން

އެޓްލެޓިކޯގެ ޓްރާންސްފާ ބޭން، ކޯޓް އޮފް އާބިޓްރޭޝަނުން ދަމަހައްޓައިފި

އެޓްލެޓިކޯގެ ޓްރާންސްފާ ބޭން، ކޯޓް އޮފް އާބިޓްރޭޝަނުން ދަމަހައްޓައިފި

02 ޖޫން 2017
"ޕީއެފްއޭ ފޭންސް ޕްރެމިއާ ލީގު ޕްލެއާ އޮފް ދަ ސީޒަން" އެވޯޑް ހެރީ ކޭން ހާސިލްކޮށްފި

"ޕީއެފްއޭ ފޭންސް ޕްރެމިއާ ލީގު ޕްލެއާ އޮފް ދަ ސީޒަން" އެވޯޑް ހެރީ ކޭން ހާސިލްކޮށްފި

27 މެއި 2017
މެޗު ފަސޭހަ ނުވާނެ، ވިކްޓޮރީއަކީ ރާއްޖޭގައި އޮތް އެންމެ ރަނގަޅު އެއްޓީމް: ސެކުލޯސްކީ

މެޗު ފަސޭހަ ނުވާނެ، ވިކްޓޮރީއަކީ ރާއްޖޭގައި އޮތް އެންމެ ރަނގަޅު އެއްޓީމް: ސެކުލޯސްކީ

20 މެއި 2017
އޭޝިއަން ޓީޓީ ޗެމްޕިއަންޝިޕް: ޓީމް އިވެންޓުގެ އަންހެން އަދި ފިރިހެން ބައިން ރާއްޖެ ކަޓައިފި

އޭޝިއަން ޓީޓީ ޗެމްޕިއަންޝިޕް: ޓީމް އިވެންޓުގެ އަންހެން އަދި ފިރިހެން ބައިން ރާއްޖެ ކަޓައިފި

10 އެޕްރީލު 2017
ކްލަބް މޯލްޑިވްސް ކަޕް އޮފް ސީޒަނުގައި ބާއްވަން ހުށަހަޅާނަން: ބައްސާމް

ކްލަބް މޯލްޑިވްސް ކަޕް އޮފް ސީޒަނުގައި ބާއްވަން ހުށަހަޅާނަން: ބައްސާމް

09 އެޕްރީލު 2017

އަހަރުތަކުން މިއަދު

4 ޖޫން
ދީނުގެ ތެރެއަށް ގެންނަ އައު ކަންކަން ބަލައިނުގަތުމަށް އަރަފާތު ޚުތުބާ ގައި ގޮވާލައިފި
20251 އަހަރު ކުރިން
އިސްލާމް

ދީނުގެ ތެރެއަށް ގެންނަ އައު ކަންކަން ބަލައިނުގަތުމަށް އަރަފާތު ޚުތުބާ ގައި ގޮވާލައިފި

އިންޑިއާގެ ބޮޑުވަޒީރު މޯދީ މަގާމުން އިސްތިއުފާ ދެއްވައިފި
20242 އަހަރު ކުރިން
ދުނިޔެ

އިންޑިއާގެ ބޮޑުވަޒީރު މޯދީ މަގާމުން އިސްތިއުފާ ދެއްވައިފި

ރޮނާލްޑޯގެ ޓީމު ރެލިގޭޓްވެއްޖެ
20233 އަހަރު ކުރިން
ކުޅިވަރު

ރޮނާލްޑޯގެ ޓީމު ރެލިގޭޓްވެއްޖެ

މީގެ 70 އަހަރުކުރިން އިނގިރޭސީންގެ ރަސްކަމުގެ ތަޚުތަށް ރާނީ، އިސްވެވަޑައިގަތުމުގެ މުނާސަބަތު ދިވެހިރާއްޖޭގައި ކުލަގަދަ ގޮތެއްގައި ފާހަގަކުރުން!
20224 އަހަރު ކުރިން
ކޮލަމް

މީގެ 70 އަހަރުކުރިން އިނގިރޭސީންގެ ރަސްކަމުގެ ތަޚުތަށް ރާނީ، އިސްވެވަޑައިގަތުމުގެ މުނާސަބަތު ދިވެހިރާއްޖޭގައި ކުލަގަދަ ގޮތެއްގައި ފާހަގަކުރުން!

ސަލާމަތްވާން ލިއުޝާ ވަރަށް މަސައްކަތްކުރި، އެންޑީއޭގެ ޒިންމާކޮބާ؟
20215 އަހަރު ކުރިން
ރިޕޯޓު

ސަލާމަތްވާން ލިއުޝާ ވަރަށް މަސައްކަތްކުރި، އެންޑީއޭގެ ޒިންމާކޮބާ؟

ފިރިމީހާ، ލިއަމްއާ އެކު ހިނގާފައި ދަނިކޮށް މައިލީ ސައިރަސް ގަޔަށް އަތްލާ ފުރައްސާރަކޮށްފި
20197 އަހަރު ކުރިން
ތަފާތު ޚަބަރު

ފިރިމީހާ، ލިއަމްއާ އެކު ހިނގާފައި ދަނިކޮށް މައިލީ ސައިރަސް ގަޔަށް އަތްލާ ފުރައްސާރަކޮށްފި

ނިހާން އިންޑިއާއަށް ވަޑައިގަތުމުން އެޤައުމަށް ނާރުވާ ބޭރުކޮށްލައިފި!
20188 އަހަރު ކުރިން
ރާއްޖެ

ނިހާން އިންޑިއާއަށް ވަޑައިގަތުމުން އެޤައުމަށް ނާރުވާ ބޭރުކޮށްލައިފި!

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު