Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރުނޭމާ

އެންމެ އަގު މަތި ކުޅުންތެރިޔަކީ ނޭމާ، ރޮނާލްޑޯއަށް 49 ވަނަ

10 ޖެނުއަރީ 2018 | ބުދަ 13:08

އަންދާޒާކުރެވޭ ގޮތުގައި ނޭމާގެ އަގަކީ 213 މިލިއަން ޔޫރޯ

އަހްމަދު ސާއިފް ޝިޔާދް
އަހްމަދު ސާއިފް ޝިޔާދް | 10 ޖެނުއަރީ 2018 | ބުދަ 13:08
ނޭމާ ޕީއެސްޖީގެ ޖާޒީއާއެކު

ނޭމާ ޕީއެސްޖީގެ ޖާޒީއާއެކު

އިންޓަނޭޝަނަލް ސެންޓަރ ފޯރ ސްޕޯޓްސް ސްޓަޑީސް (ސީއައިއީއެސް) ފުޓްބޯލް އޮބްޒަވޭޓަރީއިން ހޮވި 2018 ވަނަ އަހަރުގެ އެންމެ އަގު މަތި ކުޅުންތެރިޔަކަށް ޕީއެސްޖީއަށް ކުޅެމުން އަންނަ ބްރެޒިލްގެ ތަރި ނޭމާ ހޮވިއްޖެއެވެ.

އެ އެސޯސިއޭޝަނުން ކުޅުންތެރިން މި ލިސްޓަށް ތަރުތީބުކޮށްފައިވަނީ އެ ކުޅުންތެރިންގެ އުމުރާއި ކުޅެމުން އަންނަ ޕޮޒިޝަނާއި ކޮންޓްރެކްޓުގައި ބާކީ އޮތް މުއްދަތު އަދި ވޭތުވެދިޔަ އަހަރު ދައްކާފައިވާ ކުޅުމުގެ އިތުރުން ގައުމީ ޓީމުގައި އެ ކުޅުންތެރިން ދައްކާފައިވާ ކުޅުމަށް ބެލުމަށް ފަހުއެވެ.

މި ލިސްޓުގެ އެއްވަނަ ނޭމާ ހޯދިއިރު އެ އެސޯސިއޭޝަނުން އަންދާޒާ ކުރާ ގޮތުގައި ނޭމާގެ އަގަކީ 213 މިލިއަން ޔޫރޯއެވެ. ނޭމާގެ ފަހަތުން މި ލިސްޓުގެ ދެވަނަ ލިބިފައިވަނީ ބާސެލޯނާއަށް ކުޅެމުން އަންނަ އާޖެންޓީނާގެ ކެޕްޓަން ލިއޮނެލް މެސީއަށެވެ. މެސީގެ އަގެއްގެ ގޮތުގައި އެ އެސޯސިއޭޝަނުން އަންދާޒާ ކޮށްފައިވަނީ 202.2 މިލިއަން ޔޫރޯއެވެ. ހަމައެހެންމެ މި ލިސްޓުގެ ތިންވަނަ 194.7 މިލިއަން ޔޫރޯގެ އަގަކާއެކު ހޯދީ ނިމިގެންދިޔަ 2017 ވަނަ އަހަރު އެންމެ ގިނަ ލަނޑު ޖެހި ކުޅުންތެރިޔާ ކަމަށްވާ އިނގިރޭސި ފޯވާޑް ހެރީ ކޭންއެވެ. ކޭންއަކީ މި ލިސްޓުގައި އެންމެ މަތިން ރޭންކު ކުރެވުނު އިނގިރޭސި ޕްރިމިއާ ލީގުގައި ކުޅެމުން އަންނަ ކުޅުންތެރިޔާއެވެ.

މި ލިސްޓުގެ ހަތަރުވަނަ ހޯދީ ޕީއެސްޖީއަށް ކުޅެމުން އަންނަ ފްރާންސްގެ ޒުވާން ފޯވާޑް ކިލިއަން އެމްބާޕޭއެވެ. އުމުރުން 19 އަހަރުގެ އެމްބާޕޭގެ އަގެއްގެ ގޮތުން 192.5 މިލިއަން ޔޫރޯ ކަނޑައެޅިފައިވާއިރު އޭނާއަކީ 20 އަހަރުން ދަށުގެ ކުޅުންތެރިންގެ ތެރެއިން އެންމެ މަތިން ރޭންކު ކުރެވުނު ކުޅުންތެރިޔާއެވެ.

ނިމިގެންދިޔަ 2017 ވަނަ އަހަރު ފީފާއިން ހޮވި ދުނިޔޭގެ އެންމެ މޮޅު ކުޅުންތެރިޔާގެ މަގާމު ހޯދި ރެއާލް މެޑްރިޑަށް ކުޅެމުން އަންނަ ޕޯޗުގަލްގެ ކެޕްޓަން ކްރިސްޓިއާނޯ ރޮނާލްޑޯއަށް މި ލިސްޓުން ލިބިފައިވަނީ 49 ވަނައެވެ. އޭނާގެ އަގެއްގެ ގޮތުގައި މި ލިސްޓުގައި ވަނީ 80.4 މިލިއަން ޔޫރޯއެވެ.

އިޓަލީގެ ލީގުގައި ކުޅޭ ކުޅުންތެރިންގެ ތެރެއިން މި ލިސްޓުގައި އެންމެ މަތިން ރޭންކު ކުރެވިފައިވަނީ 174.6 މިލިއަން ޔޫރޯގެ އަގަކާއެކު ފަސްވަނައިގައި ރޭންކް ކުރެވުނު ޔުވެންޓަސްގެ ފޯވާޑް ޕައުލޯ ޑިބާލާއެވެ. އަދި ޖަރުމަނު ބުންޑެސްލީގާގައި ކުޅޭ ކުޅުންތެރިންގެ ތެރެއިން އެންމެ މަތިން ރޭންކު ކުރެވުނީ 21 ވަނައިގައި ރޭންކް ކުރެވުނު ބަޔާން މިއުނިކްގެ ފޯވާޑް ރޮބަޓް ލެވަންޑޯސްކީއެވެ.

މި ލިސްޓުގައި އެންމެ މަތިން ރޭންކް ކުރެވުނު ގޯލްކީޕަރަކީ ބާސެލޯނާ އަދި ޖަރުމަނުގެ ކީޕަރު މާކް އެންޑަރ ޓާސްޓީޖެންއެވެ. ހަމައެހެންމެ އެންމެ މަތިން ރޭންކް ކުރެވުނު ޑިފެންޑަރަކީ ހަމަ އެ ޓީމަށް ކުޅެމުން އަންނަ ފްރާންސްގެ ޑިފެންޑަރު ސެމުއެލް އުމްޓީޓީއެވެ.

އިތުރަށް ކިޔާލަން

02 އެޕްރީލު 2017

ޔޫތު ނެޓްބޯލް ޗެމްޕިއަންޝިޕް: މިއަހަރުގެ ޓާގެޓަކީ ލެވެލް މަތިކުރުން

02 އެޕްރީލު 2017
ޔޫތު ނެޓްބޯލް ޗެމްޕިއަންޝިޕް: މިއަހަރުގެ ޓާގެޓަކީ ލެވެލް މަތިކުރުން
30 މާރިޗު 2017

ނޭމާގެ ސޮއި ހޯދުމަކީ ވާނެ ކަމެއް ނޫން: މޮރީނިއޯ

30 މާރިޗު 2017
ނޭމާގެ ސޮއި ހޯދުމަކީ ވާނެ ކަމެއް ނޫން: މޮރީނިއޯ
10 މާރިޗު 2017

ރޮސްޓޯވްއާ ޔުނައިޓެޑްގެ ފުރަތަމަ ކުރިމަތިލުން އެއްވަރު!

10 މާރިޗު 2017
ރޮސްޓޯވްއާ ޔުނައިޓެޑްގެ ފުރަތަމަ ކުރިމަތިލުން އެއްވަރު!
04 މާރިޗު 2017

ބައިނަލްއަގުވާމީ ފުރަތަމަ ކްލަބް ތަށްޓާއެކު ޓީސީ އެނބުރި ރާއްޖެއަށް

04 މާރިޗު 2017
ބައިނަލްއަގުވާމީ ފުރަތަމަ ކްލަބް ތަށްޓާއެކު ޓީސީ އެނބުރި ރާއްޖެއަށް
03 މާރިޗު 2017

ބައިނަލްއަގުވާމީ ފުރަތަމަ ކްލަބް ތަށި ޓީސީ އަށް!

03 މާރިޗު 2017
ބައިނަލްއަގުވާމީ ފުރަތަމަ ކްލަބް ތަށި ޓީސީ އަށް!
01 މާރިޗު 2017

އަގުއެރޯ ހޯދުމަށް ރެއާލް އިން ޝައުގުވެރިކަން ފާޅުކޮށްފި

01 މާރިޗު 2017
އަގުއެރޯ ހޯދުމަށް ރެއާލް އިން ޝައުގުވެރިކަން ފާޅުކޮށްފި
27 ފެބުރުއަރީ 2017

ޓީސީ އަދި މަނަންގްގެ ކުރިމަތިލުން: ދެ ކޯޗުންގެ ފަހު ބަހަކީ ކޮބާ؟

27 ފެބުރުއަރީ 2017
ޓީސީ އަދި މަނަންގްގެ ކުރިމަތިލުން: ދެ ކޯޗުންގެ ފަހު ބަހަކީ ކޮބާ؟
05 ފެބުރުއަރީ 2017

އަގުއެރޯ ހޯދުމުގެ ރޭހުގައި އެންމެ ފަހުން ޗެލްސީވެސް ބައިވެރިވެއްޖެ

05 ފެބުރުއަރީ 2017
އަގުއެރޯ ހޯދުމުގެ ރޭހުގައި އެންމެ ފަހުން ޗެލްސީވެސް ބައިވެރިވެއްޖެ
03 ފެބުރުއަރީ 2017

އާސެނަލް އިން ދެފަހަރެއްގެ މަތިން ކަންޓޭ ހޯދުމަށް މަސައްކަތްކުރި: ވެންގާ

03 ފެބުރުއަރީ 2017
އާސެނަލް އިން ދެފަހަރެއްގެ މަތިން ކަންޓޭ ހޯދުމަށް މަސައްކަތްކުރި: ވެންގާ
01 ފެބުރުއަރީ 2017

ޕްރިމިއާ ލީގު: ޗެލްސީ އާއި ލިވަޕޫލްގެ ކުރިމަތިލުން އެއްވަރުވިއިރު، އާސެނަލުން ފުރުސަތު ނަގާލައިފި

01 ފެބުރުއަރީ 2017
ޕްރިމިއާ ލީގު: ޗެލްސީ އާއި ލިވަޕޫލްގެ ކުރިމަތިލުން އެއްވަރުވިއިރު، އާސެނަލުން ފުރުސަތު ނަގާލައިފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް