Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެއެޑިއުކޭޝަން

ސްކޫލްތައް ޑިޖިޓަލައިޒްކޮށް، މެއި މަހުގެ ތެރޭގައި ޓެބްލެޓް ބޭނުން ކުރަން ފެށޭނެ: އެޑިއުކޭޝަން މިނިސްޓަރ

10 ޖެނުއަރީ 2018 | ބުދަ 11:51

މި މަޝްރޫއުގެ ދަށުން ކުރަންޖެހޭ ވަރަށް ގިނަ މަސައްކަތްތައް އެބަހުރި

މުހައްމަދު ފަޒީން
މުހައްމަދު ފަޒީން | 10 ޖެނުއަރީ 2018 | ބުދަ 11:51
އެޑިއުކޭޝަން މިނިސްޓަރު ޑރ. އާއިޝަތު ޝިހާމާއި ދެ ސްޓޭޓް މިނިސްޓަރުން ނޫސްވެރިންނަށް މައުލޫމާތު ދެއްވަނީ

އެޑިއުކޭޝަން މިނިސްޓަރު ޑރ. އާއިޝަތު ޝިހާމާއި ދެ ސްޓޭޓް މިނިސްޓަރުން ނޫސްވެރިންނަށް މައުލޫމާތު ދެއްވަނީ

ސްކޫލްތައް ޑިޖިޓަލައިޒްކޮށް، މިއަހަރުގެ މެއި މަހުގެ ތެރޭގައި "ޓެބްލެޓް" ބޭނުންކޮށްގެން ކިޔަވައި ދޭން ފެށޭނެ ކަމަށް އެޑިއުކޭޝަން މިނިސްޓަރު ޑރ. އާއިޝަތު ޝިހާމް ވިދާޅުވެއްޖެ އެވެ.

އެޑިއުކޭޝަން މިނިސްޓްރީގައި ބުދަ ދުވަހު ބޭއްވި ޕްރެސް ކޮންފަރެންސްގައި މިނިސްޓަރު އާއިޝަތު ޝިހާމު ވިދާޅުވީ ދަރިވަރުންނަށް ފެންވަރު ރަނގަޅު ތައުލީމެއް ފޯރުކޮށްދިނުމަށް ސަރުކާރުން ހިންގާ އެންމެ ބޮޑު އެއް މަޝްރޫއު ކަމަށްވާ ރާއްޖޭ ހުރިހާ ސްކޫލްތަކެއް ޑިޖިޓަލައިޒް ކުރުމުގެ މަޝްރޫއުގެ މަސައްކަތްތައް ކުރަމުންދާ ކަމަށެވެ. މިމަސައްކަތް ނިމިދިއަ އަހަރުން ފެށިގެން ކުރަމުންދާ ކަމަށާއި ކަމާބެހޭ ފަރާތްތަކާއެކު މަޝްވަރާތައް ވެސް ކުރެވެމުންދާ ކަމަށް ވެސް މިނިސްޓަރު ވިދާޅުވި އެވެ.

Advertisement - newsAdvertisement

ޓެކްނޮލޮޖީ ބޭނުން ކޮށްގެން ކިޔަވައިދިނުމުގެ މަޝްރޫއާ ގުޅޭގޮތުން އިތުރަށް ތަފްސީލް ދެއްވަމުން އެޑިއުކޭޝަން މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު އަހުމަދު ޝަފީއު ވިދާޅުވީ މިހާރުވެސް ޓެކްނޮލޮޖީ ބޭނުންކޮށްގެން ދަރިވަރުންނަށް ކިޔަވާދެމުންދާތާ ދުވަސްތަކެއް ވެއްޖެ ކަމަށެވެ. އެހެން ނަމަވެސް މިއަހަރު ގެނެވޭ މައިގަނޑު ބަދަލަކީ އެޑިއުކޭޝަންގެ ދާއިރާއަށް މިހާތަނަށް ގެނެވޭ އެންމެބޮޑު ބަދަލު ކަމަށެވެ.

"ކޮންމެ ދަރިވަރެއްގެ އަތުގައި ޓެބްލެޓެއް އޮންނާނެ. އަދި ކޮންމެ ޓީޗަރެއްގެ އަތުގައިވެސް ޓެބްލެޓެއް ފޯރުކޮށްދެވޭނެ. އެ ބޭނުން ކުރުމަށް ފުރަތަމަ މަރުހަލާގައި ދަސްކުރުމާއި ފަރިތަވުމުގެ މަރުހަލާތަކެއް ސްކޫލްތަކުގައި ކުރިއަށްދާނެ. މިކަންއިންތިޒާމު ކުރެވިފައި ވަނީ ފުރަތަމަ ފަސްޓް ޓާރމްގެ ތެރޭގައި އަޅުގަނޑުމެންނަށް ޓެބްލެޓްތައް ލިބުމާއި އެއާގުޅިގެން އަޅުގަނޑުމެން ގެންނަންޖެހޭ ތަމްރީތަކާއި އަދި ކުދިންނާއި ބެލެނިވެރިން ވެސް އެއަށް އަހުލުވެރި ކުރުމުގެ ކަންތައްތައް ކުރިއަށް ގެންދިއުން. އަދި އެއާ އެކުއެކީގައި ޓެކްނޮލޮޖީގެ މި މަޝްރޫއަށް ބޭނުންވާ ރިސޯސްތައް ގާއިމު ކުރުމުގެ މަސައްކަތް ކުރަންޖެހޭ. އެގޮތުން ސްކޫލްތައް ވައިފައި އިންފްރާސްޓްރަކްޗަރ ގާއިމުކުރުން ކަހަލަ ކަންތައްތައް ދިރާގާއެކު މަޝްވަރާކުރެވި ކުރިއަށްދޭ. މި މަޝްރޫގެ މަސައްކަތްތައް އެއްކޮށް މެއި މަހުގެ ނިޔަލަށް ނިންމާލެވޭނެ ކަމަށް މިބަލަނީ،" ޝަފީއު ވިދާޅުވި އެވެ.

އެޑިއުކޭޝަން މިނިސްޓަރު ވިދާޅުވީ މިއަހަރު ތައާރަފް ކުރެވޭ ރާއްޖޭގެ ސްކޫލްތައް ޑިޖިޓަލައިޓް ކުރުމުގެ މަޝްރޫއުގެ ދަށުން ދަރިވަރުންގެ ކިޔެވުމަށް ވަރަށް ބޮޑު ކުރިއެރުމެއް ލިބޭނެ ކަމަށެވެ. އެގޮތުން ޑިޖިޓަލް ލައިބްރަރީއާއި ދިރާސާ ކުރުމަށް ބޭނުންވާ ވަސީލަތްތައް ދަރިވަރުންނަށް ފޯރުކޮށްދިނުމުގައި ވަރަށް ބޮޑު ފަސޭހަތަކެއް ދަރިވަރުންނާއި ޓީޗަރުންނަށް ލިބިގެންދާނެ ކަމަށްވެސް މިނިސްޓަރު ވިދާޅުވި އެވެ.

"ދަރިވަރުން ކިޔަވަމުންދާ އެކިއެކި މާއްދާތަކަށް ބޭނުންވާ މައުލޫމާތާއި އެކިއެކި ވިސްނުންތަކުންވެސް ވަރަށް ގިނަ ރިސޯސްސްތައް ދުނިޔޭގެ ވަރަށް ގިނަ ތަންތަނުން ލިބެން އެބަހުރި. އެހެންވީމާ ޑިޖިޓަލްވެގެން ކުދިންނަށް ޓެބްލެޓް ވެގެން އިންޓަނެޓް ކަނެކްޓިވިޓީގެ ތެރެއިން ދަރިވަރުންނަށް ބޭނުންވާ ބައިވަރު އިތުރު ވަސީލަތްތައް މިލިބެނީ. މިސާލަކަށް ހިސާބު ކިޔަވާ ކަމަށްވަންޏާ އެކުދިން އެކިޔަވާ ހިސާބު ފިލާވަޅަކާގުޅޭ އިތުރު ރިސޯސަސް މިހާރު އެބަހުރި ދެއްތޯ ލިބެން. އެހެންވީމާ ދަރިވަރުންނަށް އެބޭނުންކޮށްގެން ޓީޗަރުންނަށް އެ ރިސޯސަސް ބޭނުންކޮށްގެންވެސް ދަރިވަރުންނަށް އެބަ ކިޔަވާދެވޭ،" މިނިސްޓަރު ޝިހާމް ވިދާޅުވި އެވެ.

މީގެއިތރުން މިނިސްޓަރު ވިދާޅުވީ މުޅި ރާއްޖޭގެ ހުރިހާ ސްކޫލެއް ޑިޖިޓަލައިޒްކުރެވޭއިރު، މިކަންކަން ވަރަށް ގާތުން ބަލަމުންދާނެ ކަމަށެވެ. އަދި ވަރަށް ވިސްނުންތެރިކަމާއެކު ލަސްލަހުން މިކަން ކުރަންޖެހޭ ސަބަބަކީ މިކަމުގެ ސަބަބުން ނިކުމެދާނެ ނޭދެވޭ އަސަރުތައް ދެނެގަތުން ކަމަށާއި އިންޓަނެޓްގެ ޒަރީއާއިން ލިބޭ ފައިދާއާ އެއްވަރަށް ގެއްލުން ތަކެއް ހުރިކަން އެންމެންވެސް ގަބޫލު ކުރާ ކަމަށް މިނިސްޓަރު ވިދާޅުވި އެވެ.

"އުމުރާ ގުޅޭގޮތަށް ކަންކަން ފަރުމާ ކުރުމާއި ބެލެނިވެރިން އެކަންކަމަށް ހޭލުންތެރި ކުރުމާއި ދަރިވަރުންނަށް ރައްކާތެރިކަމާއެކު ޓެކްނޮލޮޖީ ބޭނުން ކުރަން ދަސްކޮށްދިނުންފަދަ ވަރަށް ގިނަ މަސައްކަތްތަކެއް މީގެތެރޭގައި ހިމެނޭ. އަޅުގަނޑުމެން އެންމެ ބޮޑު ޔަގީންކަމެއް ބޭނުންވަނީ މީގެ ސަބަބުން ކުދިންނަށް ލިބޭނީ ފައިދާކަން. އަދި އޭގެން ލިބެން ހުރި ގެއްލުމެއް ވެއްޖިއްޔާ އަޅުގަނޑުމެން އެކަންތައްތައް ރައްކާތެރި ކުރާނަން. އަދި ޓެބްލެޓް ސްކޫލަށް ގެނައި ކަމަށްވިޔަސް ހުރިހާ ވަގުތަކު އެކުދިން ތިބޭނީ އެ ބަލާކަށް ނޫން. ވަކި މާއްދާއެއްގެ ވަކި ބަޔަކަށް، ޓީޗަރުން ނިންމާ ގޮތަކަށް އެ ބޭނުން ކުރާ ކަހަލަ ގޮތަކަށް ރޭވިފައިވަނީ. މިކަމުގައި ބެލެނިވެރިންނާއެކު ވެސް މަސައްކަތް ކުރާނަން،" މިނިސްޓަރު ވިދާޅުވި އެވެ.

ސްޓޭޓް މިނިސްޓަރު ޝަފީއު ވިދާޅުވީ ސްކޫލްތައް ޑިޖިޓަލައިޒް ކުރި ނަމަވެސް ދަރިވަރުންގެ ޓެކްސްޓް ފޮތްތަކުގެ ބޭނުން ކުރަމުންދާނެ ކަމަށެވެ.

"ހަމަ ފުރަތަމަ ދުވަހު، ނޫނީ ޓެބްލެޓްތައް އަތަށްއަރާ ދުވަހު ކިޔަވާދިނުން އެއްކޮށް ބަދަލުވެގެންދާ ވާހަކައެއް ނޫން. އެގޮތަކަށް އެކަމެއް ނުވެސް ކުރާނެ. މިކަން ކުރިއަށް ގެންދާނީ މަޑުމަޑުން. ދަރިވަރުންނަށް އެންމެ ފައިދާހުރި ގޮތަކަށް ބަލާފަ ދިރާސާތައްވެސް ކުރަމުންދާނަން. މިހާރުވެސް މިބޭނުން ކުރާ ޓެކްސްޓް ފޮތްތަކާއި ލިޔުމަށް ބޭނުންކުރާ ފޮތްތައް ވެސް އަދި ހަމަ ބޭނުން ކުރަމުންދާނެ،" ޝަފީއު ވިދާޅުވި އެވެ.

އެންމެ ހިނގާ

1

"އަދަބުވެރިކަން ނެތުމުގެ" ސަބަބުން ދަނބިދަރިފުޅުގެ ޝާހީ ލަގަބުތައް ބުރޫނާއީގެ ރަސްގެފާނު އަތުލައްވައިފި

2

އެމެރިކާއާއި އީރާނުގެ މަޝްވަރާތައް މަރުތަޅުއެޅިފައި - އެންމެ ފަހުގެ ތަފުސީލު

3

އީރާނުގެ އަސްކަރީ ގާބިލިއްޔަތު އިއާދަކުރަމުންދާ ހަލުވި މިނުގެ ސަބަބުން އިސްރާއީލަށް ސިހުން: ޖެރޫސަލަމް ޕޯސްޓް

4

ޓްރަމްޕަށް އީރާން ހަނގުރާމައިގައި ނާކާމިޔާބީތައް ފުނިޖެހެނީ

5

އެމެރިކާގެ ޓެކްސް އަށް މަކަރު ހަދައިގެން ޗައިނާގެ މުދާ އެމެރިކާއަށް ފޮނުވުމަށް ބޭނުންކުރާ ގައުމުތަކުގެ ތެރޭގައި ރާއްޖެ ހިމަނާ، ސިއްރު ޓްރާންޝިޕްމަންޓް ނެޓްވޯކް ގައި ހިމެނޭ ގައުމުތަކަށް ހަރުކަށި އަދަބުދޭނެ ކަމުގެ އިންޒާރު ދީފި

އިތުރަށް ކިޔާލަން

03 މާރިޗު 2017

އައިޖީއެމްއެޗްއިން ސިޒޭރިއަނެއް ހެދުމުގެ ތެރޭގައި ކުއްޖާގެ ފައި ބިނދިއްޖެ

03 މާރިޗު 2017
އައިޖީއެމްއެޗްއިން ސިޒޭރިއަނެއް ހެދުމުގެ ތެރޭގައި ކުއްޖާގެ ފައި ބިނދިއްޖެ
20 ފެބުރުއަރީ 2017

ރައްޔިތުންގެ ތެރޭގައި ޝައްކު އުފެދިދާނެ ފަދަ ހަދިޔާއެއްގައި ރާއްޖެޓީވީގެ މުވައްޒަފުން ނުހިފާނެ

20 ފެބުރުއަރީ 2017
ރައްޔިތުންގެ ތެރޭގައި ޝައްކު އުފެދިދާނެ ފަދަ ހަދިޔާއެއްގައި ރާއްޖެޓީވީގެ މުވައްޒަފުން ނުހިފާނެ
02 ފެބުރުއަރީ 2017

15 ދުވަހުގެ ތެރޭގައި ހުޅުދެލީ ސްކޫލްގެ ކަންކަން ރަނގަޅު ނުކޮށްފިނަމަ އަނެއްކާވެސް މުޒާހަރާ ކުރާނަން: ބެލެނެވެރިން

02 ފެބުރުއަރީ 2017
15 ދުވަހުގެ ތެރޭގައި ހުޅުދެލީ ސްކޫލްގެ ކަންކަން ރަނގަޅު ނުކޮށްފިނަމަ އަނެއްކާވެސް މުޒާހަރާ ކުރާނަން: ބެލެނެވެރިން
31 ޖެނުއަރީ 2017

ރައީސް ޔާމީން ވާހަކަ ދެއްކެވީ ހަގީގަތް އޮޅުވާލަން، ޕާޓީތެރޭގައި ބައިބައިވުން އެބަ އޮތް:މައުމޫނު

31 ޖެނުއަރީ 2017
 ރައީސް ޔާމީން ވާހަކަ ދެއްކެވީ ހަގީގަތް އޮޅުވާލަން، ޕާޓީތެރޭގައި ބައިބައިވުން އެބަ އޮތް:މައުމޫނު
24 ޖެނުއަރީ 2017

މާލޭގެ ގެއެއްގެ ތެރޭގައި ލަންކާ މީހަކު ދަންޖެހިފައި ހުއްޓާ ފެނިއްޖެ

24 ޖެނުއަރީ 2017
މާލޭގެ ގެއެއްގެ ތެރޭގައި ލަންކާ މީހަކު ދަންޖެހިފައި ހުއްޓާ ފެނިއްޖެ
24 ޖެނުއަރީ 2017

މާފަންނު ގެއެއްގެ ތެރޭގައި އަންހެނަކު މަރުވެފައި އޮއްވާ ފެނިއްޖެ

24 ޖެނުއަރީ 2017
މާފަންނު ގެއެއްގެ ތެރޭގައި އަންހެނަކު މަރުވެފައި އޮއްވާ ފެނިއްޖެ
23 ޖެނުއަރީ 2017

ސައިކަލެއްގެ ތެރޭގައި އޮތް ފޯނެއް ވަގަށްނެގި މީހަކު ހޯދަން އިއުލާން ކޮށްފި

23 ޖެނުއަރީ 2017
ސައިކަލެއްގެ ތެރޭގައި އޮތް ފޯނެއް ވަގަށްނެގި މީހަކު ހޯދަން އިއުލާން ކޮށްފި
22 ޖެނުއަރީ 2017

ސައިކަލް ޓެކްސީގެ ޚިދުމަތް މިހަފްތާ ތެރޭގައި ފެށޭނެ: ޓްރާންސްޕޯޓް

22 ޖެނުއަރީ 2017
ސައިކަލް ޓެކްސީގެ ޚިދުމަތް މިހަފްތާ ތެރޭގައި ފެށޭނެ: ޓްރާންސްޕޯޓް
18 ޖެނުއަރީ 2017

ވިސްނުން ހުރީ މި މަހުގެ ތެރޭގައި ވިސާމްގެ ޝަރީއަތް ނިންމާލަން: ގާޒީ

18 ޖެނުއަރީ 2017
ވިސްނުން ހުރީ މި މަހުގެ ތެރޭގައި ވިސާމްގެ ޝަރީއަތް ނިންމާލަން: ގާޒީ
07 ޖެނުއަރީ 2017

އައިޖީއެމްއެޗާއި ވިލިމާލޭ ހޮސްޕިޓަލްގެ ތެރޭގައި އެނަޖީ ޑްރިންކް ވިއްކުން މަނާކޮށްފި

07 ޖެނުއަރީ 2017
އައިޖީއެމްއެޗާއި ވިލިމާލޭ ހޮސްޕިޓަލްގެ ތެރޭގައި އެނަޖީ ޑްރިންކް ވިއްކުން މަނާކޮށްފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް