Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެއެޑިއުކޭޝަން މިނިސްޓްރީ

ކިޔެވުން ފެށޭއިރު ހުރިހާ ސްކޫލެއްގައި ޓީޗަރުން ހަމަވާނެ: އެޑިއުކޭޝަން މިނިސްޓަރު

10 ޖެނުއަރީ 2018 | ބުދަ 09:48

ހުރިހާ ދަރިވަރުންނަށް ބޭނުންވާ ޓެކްސްޓް ފޮތްތަކާއި ސްޓޭޝަނަރީސްތައް ވަނީ ފޯރުކޮށްދެވިފައި

މުހައްމަދު ފަޒީން
މުހައްމަދު ފަޒީން | 10 ޖެނުއަރީ 2018 | ބުދަ 09:48
އެޑިއުކޭޝަން މިނިސްޓަރު ޑރ. އާއިޝަތު ޝިހާމް

އެޑިއުކޭޝަން މިނިސްޓަރު ޑރ. އާއިޝަތު ޝިހާމް

މިއަހަރުގެ ދިރާސީ އާ އަހަރު ފެށޭއިރު ރާއްޖޭގެ ހުރިހާ ސުކޫލަކަށް ބޭނުންވާ ޓީޗަރުން ހަމައަށް ތިބޭނެ ކަމަށް އެޑިއުކޭޝަން މިނިސްޓަރު ޑރ. އާއިޝަތު ޝިހާމް ވިދާޅުވެއްޖެ އެވެ.

ކޮންމެ އަހަރެއްގެ ދިރާސީ އާ އަހަރު ފެށުމުގެ ކުރިން އެޑިއުކޭޝަން މިނިސްޓަރީން ބާއްވަމުން ގެންދަވާ ޕްރެސް ކޮންފަރެންސްގެ ދަށުން ބުދަ ދުވަހު އެޑިއުކޭޝަން މިނިސްޓަރީގައި ބޭއްވި ޕްރެސް ކޮންފަރެންސްގައި ވާހަކަ ދައްކަވަމުން މިނިސްޓަރު އާއިޝަތު ޝިހާމް ވިދާޅުވީ ކޮންމެ ދިރާސީ އާ އަހަރެއް ފެށޭއިރު ރާއްޖޭގެ ހުރިހާ ސްކޫލްތަކަށް ބޭނުންވާ ޓީޗަރުން ހަމައަށް ތިބޭނެ ކަމަށާއި އެގޮތުން މިއަހަރުވެސް ދިރާސީ އާ އަހަރު އަންނަ އާދިއްތަ ދުވަހު ފެށޭއިރު ޓީޗަރުން ހަމަވާނެ ކަމަށެވެ.

Advertisement - newsAdvertisement

މިނިސްޓަރު އާއިޝަތު ޝިހާމު ވިދާޅުވީ ދިރާސީ އާ އަހަރު އާދިއްތަ ދުވަހު ފެށޭއިރު ދަރިވަރުންނަށް ބޭނުންވާ ޓެކްސް ފޮތްތަކާއި ބޭނުންވާ ޝްޓޭޝަނަރީސްތައް ހަމައަށް ފޯރުކޮށްދެވިފައިވާނެ ކަމަށެވެ.

މިނިސްޓަރު އާއިޝަތު ޝިހާމް ވިދާޅުވީ ބައެއް ފަހަރު ބައެއް ރަށްރަށުން ޓީޗަރުން ނެތްކަމަށް ބުނެ ވާހަކަތައް ފެތުރުނު ނަމަވެސް އެއީ ހަގީގަތެއް ނޫން ކަމަށެވެ. ދިރާސީ އަހަރު ފެށިއިރު ކޮންމެ އަހަރަކުވެސް ހުރިހާ ސްކޫލްތަކަށް ބޭނުންވާ ޓީޗަރުން ހަމަވާނެ ކަމަށާއި ޓީޗަރުން ނެތްކަމަށް ފެތުރޭ ވާހަކައަކީ ބައެއް ފަހަރު ޓީޗަރެއް ޗުއްޓީއެއް ނެގުންފަދަ ކަމެއް މެދުވެރިވުމުން ދިމާވާ ކަމެއް ކަމަށް މިނިސްޓަރު ވިދާޅުވި އެވެ. ނަމަވެސް އެފަދަ ހާލާތްތަކުގައި އެހެން ޓީޗަރެއް މެދުވެރިކޮށް އެފަދަ މައްސަލަތައް ހައްލު ކުރަމުންދާ ކަމަށްވެސް މިނިސްޓަރު އާއިޝަތު ޝިހާމު ވިދާޅުވި އެވެ.

އަންނަ އާދީއްތަ ދުވަހު ދިރާސީ އާ އަހަރުގެ ކިޔެވުން ފެށޭއިރު މި ހަފްތާގެ ހޯމަދުވަހު އެކަނި ވެސް 17 ޓީޗަރުންނާއި ފަސް ޕްރިންސިޕަލަކު ހޯދުމަށް އިއުލާން ކޮށްފައި ވެއެވެ.

ސަރުކާރުގެ ގެޒެޓްގައި ހޯމަ ދުވަހު ކޮށްފައިވާ އިއުލާން ތަކުގައި ވާގޮތުން އެ މަޤާމްތަކަށް ޝައުގުވެރިވާ ފަރާތްތަކުން އެކަމަށް އެދި ހުށަހެޅުމުގެ ސުންގަޑި ހަމަވަނީ މި އަހަރުގެ ދިރާސީ އަހަރު ފެށޭފަހުން، މިމަހުގެ 18 ވަނަ ދުވަހަށެވެ.

އެޑިއުކޭޝަން މިނިސްޓަރު އާއިޝަތު ޝިހާމް ވިދާޅުވީ ޓީޗަރުން ތަމްރީން ކުރުމުގެ ޕްރޮގްރާމްތަކާއި ސްކޫލްތައް ޖިޑިޓަލައިޒް ކުރުމުގެ ޕްރޮގްރާމްވެސް ކުރިއަށްދާ ކަމަށެވެ. އަދި ރާއްޖޭގެ ހުރިހާ ސްކޫލެއްގައި ހާއްސަ އެހީއަށް ބޭނުންވާ ކުދިންނަށް ކިޔަވާދޭނެ ޓީޗަރުން ތަމްރީން ކުރުމާއި ހާއްސަ އެހީއަށް ބޭނުންވާ ކުދިންނަށް އިތުރު ފުރުސަތުތައް ތަނަވަސް ކޮށްދިނުމަށް މިއަހަރު ވަރަށް ބޮޑަށް މަސައްކަތް ކުރައްވަމުން ގެންދަވާނެ ކަމަށްވެސް މިނިސްޓަރު ވިދާޅުވި އެވެ.

އެންމެ ހިނގާ

1

ޔޫއެސްއެސް އަބްރަހަމް ލިންކަންގައި ހިނގި ނުރައްކާތެރި ހަމަނުޖެހުމެއްގައި ހަތް މީހުން މަރުވެއްޖެ

2

ޕޯޓް ޓެކްނޮލޮޖީ އިންޓަނޭޝަނަލް ގެ އެޑްވައިޒަރީ ބޯޑުގެ ޗެއާމަންގެ މަގާމަށް ރައީސް ނަޝީދު

3

އިޓަލީގެ ޑައިވަރުންގެ ހަށިތައް ނެގުމަށް ޑައިވްކުރި ސާޖަންޓް މަހުދީ މަރުވި ހަގީގީ ސަބަބު އޮތީ އާންމުންނަށް ސިއްރުކޮށްފައި ކަމަށް އާއިލާއިން ބުނެފި - ރިޕޯޓް

4

ދުނިޔޭގެ ބާރުގަދަ އެމެރިކާގެ ރައީސަށް ބޮޑެތި ގޮންޖެހުންތަކާ ކުރިމަތިލައްވަން އީރާނުން ޖައްސުވައިފި

5

އީރާނުގެ ލީޑަރު ޚާމަނާއީގެ ވީޑިއޯ އާންމުކޮށް، ސިއްހީ ހާލަތާ މެދު ދައްކާވާހަކަތަކަށް ރައްދު ދީފި

އިތުރަށް ކިޔާލަން

11 މެއި 2017

އިދިކޮޅަށް 57 މެމްބަރުން ހަމަވާނެ، ރައީސް ޔާމިން މަގާމުން ވެސް ދުރުކުރެވޭނެ: ނަޝީދު

11 މެއި 2017
 އިދިކޮޅަށް 57 މެމްބަރުން ހަމަވާނެ، ރައީސް ޔާމިން މަގާމުން ވެސް ދުރުކުރެވޭނެ: ނަޝީދު
30 މާރިޗު 2017

އާދީއްތަ ދުވަހު ކިޔެވުން ފަށަން ނިންމައިފި

30 މާރިޗު 2017
އާދީއްތަ ދުވަހު ކިޔެވުން ފަށަން ނިންމައިފި
26 މާރިޗު 2017

ރޯގާ ކޮންޓްރޯލް ކުރެވެންދެން ސްކޫލްތަކުގެ ކިޔެވުން މެދުކަނޑާލުމަށް އެމްޑީޕީން ގޮވާލައިފި

26 މާރިޗު 2017
ރޯގާ ކޮންޓްރޯލް ކުރެވެންދެން ސްކޫލްތަކުގެ ކިޔެވުން މެދުކަނޑާލުމަށް އެމްޑީޕީން ގޮވާލައިފި
25 މާރިޗު 2017

ރޯގާއާ ގުޅިގެން ކިޔެވުން ނުފަށަން ނިންމި އަމިއްލަ ސްކޫލުތަކުން އެޑިއުކޭޝަނުން އަންގައިގެން ކިޔެވުން ފަށަނީ

25 މާރިޗު 2017
ރޯގާއާ ގުޅިގެން ކިޔެވުން ނުފަށަން ނިންމި އަމިއްލަ ސްކޫލުތަކުން އެޑިއުކޭޝަނުން އަންގައިގެން ކިޔެވުން ފަށަނީ
23 މާރިޗު 2017

ސްކޫލުތަކުގެ ކިޔެވުން ފެށޭތީ، ފްލޫ ކްލިނިކް އަލުން އައިޖީއެމްއެޗަށް ބަދަލު ކުރަނީ

23 މާރިޗު 2017
 ސްކޫލުތަކުގެ ކިޔެވުން ފެށޭތީ، ފްލޫ ކްލިނިކް އަލުން އައިޖީއެމްއެޗަށް ބަދަލު ކުރަނީ
23 މާރިޗު 2017

ސްކޫލްތަކުގެ ކިޔެވުން އަންނަ އާދިއްތަ ދުވަހު ފެށޭނެ: މިނިސްޓްރީ

23 މާރިޗު 2017
ސްކޫލްތަކުގެ ކިޔެވުން އަންނަ އާދިއްތަ ދުވަހު ފެށޭނެ: މިނިސްޓްރީ
21 މާރިޗު 2017

ސްކޫލުތަކުގެ ކިޔެވުން ފެށޭ ނަމަ މި ހަފްތާ ނިމުމުގެ ކުރިން އަންގާނެ: އެޑިއުކޭޝަން މިނިސްޓްރީ

21 މާރިޗު 2017
ސްކޫލުތަކުގެ ކިޔެވުން ފެށޭ ނަމަ މި ހަފްތާ ނިމުމުގެ ކުރިން އަންގާނެ: އެޑިއުކޭޝަން މިނިސްޓްރީ
24 ޖެނުއަރީ 2017

ދުވާފަރު ޕްރައިމަރީ ސްކޫލުގެ ކިޔެވުން ބައްދުކޮށް އެ ސްކޫލުގެ ބެލެނިވެރިން އިހްތިޖާޖު ކުރަނީ

24 ޖެނުއަރީ 2017
ދުވާފަރު ޕްރައިމަރީ ސްކޫލުގެ ކިޔެވުން ބައްދުކޮށް އެ ސްކޫލުގެ ބެލެނިވެރިން އިހްތިޖާޖު ކުރަނީ
09 ޖެނުއަރީ 2017

2017 ވަނަ އަހަރުގެ ކިޔެވުން ފަށައިފި

09 ޖެނުއަރީ 2017
2017 ވަނަ އަހަރުގެ ކިޔެވުން ފަށައިފި
04 ޖެނުއަރީ 2017

ދިވެހި ޓީޗަރުން ހޯދުމަށް ކުރި އިއުލާނާއި ގުޅިގެން ކުރިމަތީ 26 ފަރާތަކުން: އެޑިއުކޭޝަން

04 ޖެނުއަރީ 2017
ދިވެހި ޓީޗަރުން ހޯދުމަށް ކުރި އިއުލާނާއި ގުޅިގެން ކުރިމަތީ 26 ފަރާތަކުން: އެޑިއުކޭޝަން
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް