Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރުއުސްމާން ޑެމްބެލޭ

އިންޖަރީއަށް ފަހު ގިނަ މަސައްކަތްތަކެއް ކުރަން އެބަޖެހޭ: ޑެމްބެލޭ

9 ޖެނުއަރީ 2018 | އަންގާރަ 16:44

މިދިޔަ ސެޕްޓެމްބަރު މަހުގެ ތެރޭގައި އޭނާއަށް ލިބުނު އަނިޔާއަކާއި ގުޅިގެން ހަތަރު މަހަށް ކުޅުމާއި ދުރަށްދާން ޖެހުނު

އަހްމަދު ސާއިފް ޝިޔާދް
އަހްމަދު ސާއިފް ޝިޔާދް | 9 ޖެނުއަރީ 2018 | އަންގާރަ 16:44
ޑެމްބެލޭ ބާސާއަށް އެންމެފަހުން ކުޅެދިން މެޗުގައި

ޑެމްބެލޭ ބާސާއަށް އެންމެފަހުން ކުޅެދިން މެޗުގައި

ހަތަރު މަސްދުވަހުގެ އިންޖަރީއަކަށް ފަހު އަލުން އެނބުރި ޓީމުގެ ފުރަތަމަ އެގާރައިން ޖާގައެއް ކަށަވަރު ކުރުމަށް ގިނަ މަސައްކަތްތަކެއް ކުރަން ޖެހޭ ކަމަށް ބާސެލޯނާއަށް ކުޅެމުން އަންނަ ފްރާންސްގެ ޒުވާން ފޯވާޑް އުސްމާން ޑެމްބެލޭ ބުނެފިއެވެ.

ޕީއެސްޖީއަށް ބަދަލުވި ނޭމާ ނެތްތަން ފޫބެއްދުމުގެ ގޮތުން ގެނައި ޑެމްބެލޭއަށް އަނިޔާވީ މިދިޔަ އަހަރުގެ ސެޕްޓެމްބަރު މަހުގެ ތެރޭގައި 2-1 ގެ ނަތީޖާއަކުން ގެޓާފޭ އަތުން ބާސާ މޮޅުވި މެޗުގައެވެ. އެ މެޗަކީ އޭނާ ބާސާއަށް ސްޕެނިޝް ލަލީގާގައި ކުޅެދިން ތިންވަނަ މެޗެވެ. މި މެޗުގައި އޭނާގެ ފަލަމަސްގަނޑަށް އަނިޔާވެ ދަނޑުން ބޭލިއިރު އެ އަނިޔާއަށް ފަރުވާ ހޯދުމުގެ ގޮތުން އޭނާ ވަނީ ފިންލޭންޑުގައި ސާޖަރީއެއް ވެސް ފުރިހަމަ ކޮށްފައެވެ.

އަނިޔާއިން ސަލަމާތް ވުމަށް ފަހު އޭނާ ބާސާއަށް އެންމެ ފުރަތަމަ މެޗެއް ކުޅެދިނީ ސްޕެނިޝް ކޮޕާޑެލްރޭގައި ސެލްޓަ ވީގޯއާ ދެކޮޅަށް ރަށުން ބޭރުގައި ބާސާ ކުޅުނު މެޗެވެ. މި މެޗު އޭނާ ފެށީ ބެންޗުން ކަމަށްވާއިރު މި ހަފްތާގެ އާދިއްތަ ދުވަހު ލެވަންޓޭ އަތުން 3-0 ގެ ނަތީޖާއަކުން އަމިއްލަ ދަނޑުގައި ބާސާ ކުޅުނު މެޗުގައި އޭނާވަނީ ފުރަތަމަ އެގާރައިގައި ހިމެނިގެން ކުޅެފައެވެ. އެހެން ނަމަވެސް އެ މެޗުގައި ވެސް އޭނާ 90 މިނެޓު ފުރިހަމަކޮށްފައެއް ނުވެއެވެ.

އޭނާ ބުނީ ޓީމުގެ ފުރަތަމަ އެގާރާއިން ޖާގައެއް ކަށަވަރު ކުރުމަށް ގިނަ މަސައްކަތްތަކެއް ކުރަން އެބަހުރި ކަމަށާއި އެހެން ނަމަވެސް އަނިޔާއިން ސަލާމަތްވެވުމުން ފުރަތަމަ ފިޔަވަޅު ފުރިހަމަ ކުރެވުނީ ކަމަށް ގަބޫލްކުރާ ކަމަށެވެ. އޭނާ ބުނީ ރިކަވަރ ވުމަށް ޓީމުން ކަނޑައެޅި މުއްދަތުގެ ކުރިން ރިކަވާ ވުމަށް ގިނަ މަސައްކަތްތަކެއް ކުރި ކަމަށާއި އެހެން ނަމަވެސް އެއީ ދަތި އަދި އުނދަގޫ މަސައްކަތްތަކެއް ކަމަށެވެ.

އޭނާ ބުނީ ބާސާއަކީ ދުނިޔޭގެ އެންމެ ބޮޑު އެއް ކްލަބަށްވުމާއެކު އެ ޓީމުގެ ފުރަތަމަ އެގާރައިން ޖާގަ ހޯދުމަށް ގިނަ މަސައްކަތްތަކެއް ކުރަން ޖެހޭކަން ގަބޫލްކުރާ ކަމަށާއި ބާސާއިން ގެންގުޅޭ ކުޅުމުގެ ވައްޓަފާޅިއަކީ އޭނާ ވަރަށް ގަޔާވާ ވައްޓަފާޅިއެއް ކަމަށެވެ. އަދި އިންޖަރީގެ ސަބަބުން ޓީމާއި ދުރުގައި ހުރި ދުވަސްކޮޅު ހިނގާފައިވާ ކަންކަން ދަސްކުރަމުންދާ ކަމަށާއި ސީޒަނުގެ ކުރިޔަށް ހުރި ބައިގައި އޭނާގެ ފަރާތުން މޮޅު ކުޅުމެއް ފެނިގެންދާނެ ކަމަށް ޑެމްބެލޭ ބުނެފައިވެއެވެ.

ޑެމްބެލޭ ބާސާއަށް ބަދަލުވީ މިދިޔަ ހޫނު މޫސުމުގެ ޓްރާންސްފާ މާކެޓުގައެވެ. އެގޮތުން ޖަރުމަނުގެ ބޮރޫޝިއާ ޑޯޓްމަންޑް ދޫކޮށްލުމަށް ފަހު އޭނާ ބާސާއާ ގުޅުނީ 105 މިލިއަން ޔޫރޯގެ އެއްބަސްވުމެއްގެ ދަށުންނެވެ. އަދި ޑެމްބެލޭގެ ސޮއި ހޯދުމުގެ ގޮތުން އެކިއެކި ބޯނަސްގެ ގޮތުގައި ބާސާއިން 42 މިލިއަން ޔޫރޯ ޑޯޓްމަންޑަށް ހުށަހަޅާފައިވެއެވެ. އޭނާގެ ރިލީސް ފީއެއްގެ ގޮތުގައި ބާސާއިން 400 މިލިއަން ޔޫރޯ ކަނޑައަޅާފައިވާއިރު އޭނާއަކީ ދުނިޔޭގެ ތިންވަނައަށް އެންމެ އަގުބޮޑު ކުޅުންތެރިޔާއެވެ.

ފްރާންސްގެ ގައުމީ ޓީމުން ވެސް ޖާގަ ހޯދަމުން އަންނަ ޑެމްބެލޭ ބާސާއަށް މިހާތަނަށް ކުޅެދެވިފައިވަނީ އެންމެ ހަތް މެޗެވެ. އެހެން ނަމަވެސް ސީޒަނުގެ ކުރިޔަށްހުރި ބައިގައި އޭނާ ވެގެންދާނީ އެ ޓީމަށް މުހިންމު ކުޅުންތެރިޔަކަށެވެ.

އެންމެ ހިނގާ

1

"އަދަބުވެރިކަން ނެތުމުގެ" ސަބަބުން ދަނބިދަރިފުޅުގެ ޝާހީ ލަގަބުތައް ބުރޫނާއީގެ ރަސްގެފާނު އަތުލައްވައިފި

2

ނައިބު ރައީސް ހުސައިން މުހައްމަދު ލަތީފް ދިރިއުޅުއްވާ ހިލާލީ ގެޔަށް މަހަކު 3 ލައްކައަށް ވުރެ ގިނަ ރުފިޔާ ހަރަދުވާކަން ހާމަވެއްޖެ!

3

އީރާނުގެ އަސްކަރީ ގާބިލިއްޔަތު އިއާދަކުރަމުންދާ ހަލުވި މިނުގެ ސަބަބުން އިސްރާއީލަށް ސިހުން: ޖެރޫސަލަމް ޕޯސްޓް

4

ޓްރަމްޕަށް އީރާން ހަނގުރާމައިގައި ނާކާމިޔާބީތައް ފުނިޖެހެނީ

5

އެމެރިކާގެ ޓެކްސް އަށް މަކަރު ހަދައިގެން ޗައިނާގެ މުދާ އެމެރިކާއަށް ފޮނުވުމަށް ބޭނުންކުރާ ގައުމުތަކުގެ ތެރޭގައި ރާއްޖެ ހިމަނާ، ސިއްރު ޓްރާންޝިޕްމަންޓް ނެޓްވޯކް ގައި ހިމެނޭ ގައުމުތަކަށް ހަރުކަށި އަދަބުދޭނެ ކަމުގެ އިންޒާރު ދީފި

އިތުރަށް ކިޔާލަން

25 ޖެނުއަރީ 2017

ރެއާލް ދޫކޮށްލުމަށްފަހު ޕެޕޭ ޗައިނާ ލީގަށް ބަދަލުވަނީ!

25 ޖެނުއަރީ 2017
ރެއާލް ދޫކޮށްލުމަށްފަހު ޕެޕޭ ޗައިނާ ލީގަށް ބަދަލުވަނީ!
25 ޖެނުއަރީ 2017

ލެސްޓާ ދޫކޮށްލުމަށްފަހު ހެނާންޑޭޒް މަލާގާއާ ގުޅިއްޖެ

25 ޖެނުއަރީ 2017
ލެސްޓާ ދޫކޮށްލުމަށްފަހު ހެނާންޑޭޒް މަލާގާއާ ގުޅިއްޖެ
23 ޖެނުއަރީ 2017

އެންމެ ފަހުން ޑިޕޭ ލިޔޯން އަށް ސޮއިކޮށްފި

23 ޖެނުއަރީ 2017
އެންމެ ފަހުން ޑިޕޭ ލިޔޯން އަށް ސޮއިކޮށްފި
20 ޖެނުއަރީ 2017

އާސެނަލް ދޫކޮށްލުމަށް ފަހު ސަންޗޭޒް ބަޔާންއާ ގުޅުން ކައިރި: އޮންރީ

20 ޖެނުއަރީ 2017
އާސެނަލް ދޫކޮށްލުމަށް ފަހު ސަންޗޭޒް ބަޔާންއާ ގުޅުން ކައިރި: އޮންރީ
18 ޖެނުއަރީ 2017

އެންމެ ފަހުން ކޯސްޓާ ޗެލްސީގެ ފަރިތަކުރުންތަކާ ގުޅިއްޖެ

18 ޖެނުއަރީ 2017
އެންމެ ފަހުން ކޯސްޓާ ޗެލްސީގެ ފަރިތަކުރުންތަކާ ގުޅިއްޖެ
14 ޖެނުއަރީ 2017

ރާއްޖޭގައި ކުޅުނު ގިނަ ބިދެސީ ކުޅުންތެރިންތަކެއް ވިކްޓްރީއަށް

14 ޖެނުއަރީ 2017
ރާއްޖޭގައި ކުޅުނު ގިނަ ބިދެސީ ކުޅުންތެރިންތަކެއް ވިކްޓްރީއަށް
12 ޖެނުއަރީ 2017

ގިނަ ކުޅުންތެރިންތަކެއް ސޮއިކޮށް، ރިލޭގެ ކޮންޓްރެކްޓް އާކޮށްފި

12 ޖެނުއަރީ 2017
ގިނަ ކުޅުންތެރިންތަކެއް ސޮއިކޮށް، ރިލޭގެ ކޮންޓްރެކްޓް އާކޮށްފި
08 ޖެނުއަރީ 2017

އެފްއޭކަޕް: ފަހުވަގުތު ޖިރޫޑް ކާމިޔާބުކުރި ލަނޑުން އަނެއްކާވެސް އާސެނަލް ސަލާމަތްވެއްޖެ

08 ޖެނުއަރީ 2017
އެފްއޭކަޕް: ފަހުވަގުތު ޖިރޫޑް ކާމިޔާބުކުރި ލަނޑުން އަނެއްކާވެސް އާސެނަލް ސަލާމަތްވެއްޖެ
04 ޖެނުއަރީ 2017

ޕްރިމިއާ ލީގު: ފަހު ވަގުތު ޖިރޫ ކާމިޔާބުކޮށްދިން ލަނޑުން އާސެނަލް ސަލާމަތްވެއްޖެ

04 ޖެނުއަރީ 2017
ޕްރިމިއާ ލީގު: ފަހު ވަގުތު ޖިރޫ ކާމިޔާބުކޮށްދިން ލަނޑުން އާސެނަލް ސަލާމަތްވެއްޖެ
04 ޖެނުއަރީ 2017

މާލޭގައި ދިރިނޫޅެވިގެން ގިނަ އާއިލާތަކެއް އަނބުރާ ވަނީ ރަށަށް ގޮސްފަ: ޝިފާ

04 ޖެނުއަރީ 2017
މާލޭގައި ދިރިނޫޅެވިގެން ގިނަ އާއިލާތަކެއް އަނބުރާ ވަނީ ރަށަށް ގޮސްފަ: ޝިފާ
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް