Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެއަބްދުﷲ ރިޔާޒު

އަބްދުﷲ ރިޔާޒު މާދަމާ ކޯޓަށް ހާޒިރުކުރަނީ

9 ޖެނުއަރީ 2018 | އަންގާރަ 12:49

ކޯޓަށް ހާޒިރުވުމަށް އަންގާފައިވަނީ މައްސަލައިގެ ލިޔެކިޔުންތައް ހަވާލު ކުރުމަށް

މުހަންމަދު ވިސާމް
މުހަންމަދު ވިސާމް | 9 ޖެނުއަރީ 2018 | އަންގާރަ 12:49
ކިނބިދޫ ދާއިރާގެ މެމްބަރު އަބްދުﷲ ރިޔާޒު

ކިނބިދޫ ދާއިރާގެ މެމްބަރު އަބްދުﷲ ރިޔާޒު

ފުލުހުންގެ މަސައްކަތަށް ނުފޫޒު ފޯރުވާފައިވާ ކަމަށް ބުނާ މައްސަލާގައި ލިޔެކިޔުންތައް ހަވާލު ކުރުމަށް ރައްޔިތުންގެ މަޖިލީހުގެ ކިނބިދޫ ދާއިރާގެ މެމްބަރު އަދި ޖުމްހޫރީ ޕާޓީގެ ލީޑަރު އަބްދުﷲ ރިޔާޒު ކްރިމިނަލް ކޯޓަށް ހާޒިރު ވުމަށް އެކޯޓުން އަންގައިފި އެވެ.

ކްރިމިނަލް ކޯޓުން ރިޔާޒު ކޯޓަށް ހާޒިރު ވުމަށް އަންގާފައިވާ ކޯޓު އަމުރުގައި ވަނީ ދައުލަތުން ދައުވާކުރާ ރަސްމީ ހައިސިއްޔަތުން ކުރަންޖެހޭ ކަންކަމަށް ނުފޫޒު ފޯރުވުމުގެ ކުށުގެ މައްސަލައިގެ ލިޔެކިޔުންތައް ހަވާލު ކުރުމަށް މިމަހުގެ 10 ވަނަ ދުވަހުގެ ހެނދުނު 09:00 އަށް ކްރިމިނަލް ކޯޓަށް ހާޒިރު ވުމަށެވެ.

Advertisement - newsAdvertisement

ކޯޓު އަމުރާއެކު ރިޔާޒު ކުރައްވާފައިވާ ޓްވީޓެއްގައި ވިދާޅުވީ ކިތަންމެ ދައުވާއެއް އުފުލި ނަމަވެސް ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމްއަށް ތާއީދު ކުރެވެން ނެތް ކަމަށެވެ. އަދި ރައީސް ޔާމީންގެ ސަރުކާރުން ހިންގާ އަނިޔާވެރިކަމާއި ކޮރަޕްޝަނާ ދެކޮޅަށް ކުރަމުންދާ މަސައްކަތް ކުރިއަށް ގެންދަވާނެ ކަމަށެވެ. އަދި 2018 ގައި ރިޔާސީ އިންތިހާބު ގުޅިފައިވާ ޕާޓީތަކުން ކާމިޔާބު ކުރާނެ ކަމަށެވެ.

ކޮމިޝަނަރ އޮފް ޕޮލިސްގެ މަގާމުވެސް ކުރިން ފުރުއްވާފައިވާ އަބްދުﷲ ރިޔާޒުގެ މައްޗަށް ތުހުމަތު ކުރެވޭ ހަގީގަތާ ހިލާފު ދޮގު ވާހަކަ ފަތުރައި، ރައްޔިތުންގެ މެދުގައި ފިތުނަ ފަސާދަ އުފައްދަން މަސައްކަތްކޮށް، ފުލުހުންގެ މަސައްކަތަށް ނުފޫޒު ފޯރުވައި، އެ މުއައްސަސާ ބަދުނާމުކޮށް، ދޮގު ވާހަކަ ދެއްކެވުމުގެ ތުހުމަތުގައި މިދިއަ އަހަރުގެ އޮކްޓޯބަރު މަހުގެ އެއް ވަނަ ދުވަހު ރިޔާޒު ވަނީ ފުލުހަށް ހާޒިރު ކުރައްވާފަ އެވެ.

އެ ދުވަހު ފުލުސް އޮފީހުން ނިކުންނެވުމަށް ފަހު ރިޔާޒު ވިދާޅުވެފައި ވަނީ މި މައްސަލައަކީ ސިޔާސީ މަގުސަދެއްގައި ސިޔާސީ ބޭނުމަށް ހިންގާ ތަހުގީގެއް ކަމަށެވެ. އަދި ތަހުގީގު ހިންގަނީ ވެސް ގާނޫނުތަކާއި އުސޫލްތަކާއި ހިލާފަށް ކަމަށް ދެކިވަޑައިގަންނަވާ ކަމަށް ރިޔާޒު ވިދާޅުވި އެވެ.

ރިޔާޒުގެ ގާނޫނީ ވަކީލު ނޫރުއްސަލާމް ވިދާޅުވެފައި ވަނީ ރިޔާޒުގެ މައްޗަށް ފުލުހުން ތުހުމަތުކުރާ އަމަލާއި، ގާނޫނުލްއުގޫބާތުގެ ފަސް މާއްދާއަކަށް ރިޔާއަތްކޮށް ފުލުހުން ހިންގާ ތަހުގީގާއި ދިމާ ނުވާކަމަށެވެ.

ނޫރުއްސަލާމް އިތުރަށް ވިދާޅުވެފައި ވަނީ ފުލުހުންގެ ސުވާލުތައް ހުރީވެސް މައިގަނޑު ގޮތެއްގައި މީގެ ކުރިން ރިޔާޒުގެ އަތުން ފުލުހުން އަތުލި ފޯނުގައި ހުރި މުއާމަލާތްތަކެއްގެ މައްޗަށް ކަމަށެވެ.

ނޫރުއްސަލާމް ވިދާޅުވެފައިވަނީ ތަހުގީގު ކުރިއަށް ގެންދިޔުމުގައި ވެސް ގާނޫނީ އިޖުރާއަތުގައި އަކުރުން އަކުރަށް ބަޔާންކޮށްފައިވާ ކަންތައްތަކާ ކަނޑައެޅިގެން ހިލާފަށް ތަހުގީގު ކުރިއަށް ގެންގޮސްފައިވާކަން ފާހަގަކުރެވޭ ކަމަށެވެ.

އެންމެ ހިނގާ

1

ޔޫއެސްއެސް އަބްރަހަމް ލިންކަންގައި ހިނގި ނުރައްކާތެރި ހަމަނުޖެހުމެއްގައި ހަތް މީހުން މަރުވެއްޖެ

2

ޕޯޓް ޓެކްނޮލޮޖީ އިންޓަނޭޝަނަލް ގެ އެޑްވައިޒަރީ ބޯޑުގެ ޗެއާމަންގެ މަގާމަށް ރައީސް ނަޝީދު

3

ތުރުކީން ޓްރަމްޕް ފުރާވަޑައިގަންނަވާއިރު ކޮނޑުމަތީގައި ފޮނުވާލާ މިސައިލަކުން ހަމަލާދޭން އޮތީ ރާވާފައި: ރިޕޯޓް

4

ސްޕޯޓްސް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު ލަތީފް ކުއްލި ގޮތަކަށް މަޤާމުން ވަކިކޮށްފި

5

އެމެރިކާގެ އަސްކަރިއްޔާގެ އިންޒާރުތަކަށް އިޖާބަ ނުދީ އޮމާން ކަނޑުން ދަތުރުކުރި ބޯޓަކަށް ހަމަލާ ދީފި

އިތުރަށް ކިޔާލަން

23 ޖެނުއަރީ 2017

ކެންޑިޑޭޓުންގެ މައްސަލާގައި އިލެކްޝަންސް ކޮމިޝަނާ ދެކޮޅަށް އެމްޑީޕީން ހުށަހެޅި މައްސަލައިގެ އަޑުއެހުން މާދަމާ

23 ޖެނުއަރީ 2017
ކެންޑިޑޭޓުންގެ މައްސަލާގައި އިލެކްޝަންސް ކޮމިޝަނާ ދެކޮޅަށް އެމްޑީޕީން ހުށަހެޅި މައްސަލައިގެ އަޑުއެހުން މާދަމާ
22 ޖެނުއަރީ 2017

ހައި ކޯޓަށް ހުށަހެޅި މެރީޑިއަމްގެ މައްސަލަ ކުރިއަށް ނުދޭ:އެމްޕީއެލް

22 ޖެނުއަރީ 2017
ހައި ކޯޓަށް ހުށަހެޅި މެރީޑިއަމްގެ މައްސަލަ ކުރިއަށް ނުދޭ:އެމްޕީއެލް
17 ޖެނުއަރީ 2017

ވިސާމްގެ ޝަރީއަތް: ހެކި ބަސް ނެގުން މާދަމާ!

17 ޖެނުއަރީ 2017
ވިސާމްގެ ޝަރީއަތް: ހެކި ބަސް ނެގުން މާދަމާ!
15 ޖެނުއަރީ 2017

ކެންޑިޑެސީ ބާތިލްކުރި މައްސަލަ ހައި ކޯޓަށް ހުށަހަޅައިފި

15 ޖެނުއަރީ 2017
ކެންޑިޑެސީ ބާތިލްކުރި މައްސަލަ ހައި ކޯޓަށް ހުށަހަޅައިފި
13 ޖެނުއަރީ 2017

ލޯކަލް ކައުންސިލް އިންތިހާބު ފަސްކުރުމާ ގުޅިގެން އަންނަ އާދިއްތަ ދުވަހު ކޯޓަށް މައްސަލަ ހުށަހަޅާނަން: ނިޔާޒް

13 ޖެނުއަރީ 2017
ލޯކަލް ކައުންސިލް އިންތިހާބު ފަސްކުރުމާ ގުޅިގެން އަންނަ އާދިއްތަ ދުވަހު ކޯޓަށް މައްސަލަ ހުށަހަޅާނަން: ނިޔާޒް
12 ޖެނުއަރީ 2017

ސިވިލް ސާވިސް މުވައްޒިފުންނަށް ވެސް އެލަވަންސް ދޭންޖެހޭ:އަބްދުﷲ ރިޔާޒު

12 ޖެނުއަރީ 2017
ސިވިލް ސާވިސް މުވައްޒިފުންނަށް ވެސް އެލަވަންސް ދޭންޖެހޭ:އަބްދުﷲ ރިޔާޒު
09 ޖެނުއަރީ 2017

ފާރިސް އާއި ނާދިރާ ވަކިކުރި މައްސަލަ ކުރިއަށް ނުދަނީ ޕީޕީއެމް އިން ކޯޓަށް ހާޒިރު ނުވާތީ: ސޫދު

09 ޖެނުއަރީ 2017
ފާރިސް އާއި ނާދިރާ ވަކިކުރި މައްސަލަ ކުރިއަށް ނުދަނީ ޕީޕީއެމް އިން ކޯޓަށް ހާޒިރު ނުވާތީ: ސޫދު
07 ޖެނުއަރީ 2017

ނިމިގެންދިޔަ އަހަރަކީ އިއާދަ ނުކުރެވޭ ވަރުގެ ގެއްލުންތަކެއް ލިބުނު އަހަރެއް: އަހުމަދު އަބްދުﷲ

07 ޖެނުއަރީ 2017
ނިމިގެންދިޔަ އަހަރަކީ އިއާދަ ނުކުރެވޭ ވަރުގެ ގެއްލުންތަކެއް ލިބުނު އަހަރެއް: އަހުމަދު އަބްދުﷲ
06 ޖެނުއަރީ 2017

ނިމިގެންދިޔަ އަހަރު ޑްރަގް ކޯޓަށް ހުށަހެޅުނު މައްސަލަތައް އިތުރުވެއްޖެ

06 ޖެނުއަރީ 2017
ނިމިގެންދިޔަ އަހަރު ޑްރަގް ކޯޓަށް ހުށަހެޅުނު މައްސަލަތައް އިތުރުވެއްޖެ
06 ޖެނުއަރީ 2017

މިދިޔަ އަހަރު ކްރިމިނަލް ކޯޓަށް ހުށަހެޅި މައްސަލަތަކުގެ އަދަަދު އިތުރުވެއްޖެ

06 ޖެނުއަރީ 2017
 މިދިޔަ އަހަރު ކްރިމިނަލް ކޯޓަށް ހުށަހެޅި މައްސަލަތަކުގެ އަދަަދު އިތުރުވެއްޖެ
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް