Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެކުރީގެ ނާއިބު ރައީސް އަދީބު

އިޖުރާއަތު ގާނޫނުގައި ބުނާ މުއްދަތު ފަހަނައަޅައި ގޮސްފި، އަދީބަށް ދައުވާ ނުކުރެވޭނެ: ވަކީލު

8 ޖެނުއަރީ 2018 | ހޯމަ 09:31

ގާނޫނަށް އަމަލުކުރަން ފަށާއިރު ބަންދުކޮށްފައި ތިބި މީހުންގެ މައްސަލަތައް 30 ދުވަހުގެ ތެރޭގައި ދައުވާކުރަން ފޮނުވަންޖެހޭ

އަޒުމޫން އަހުމަދު
އަޒުމޫން އަހުމަދު | 8 ޖެނުއަރީ 2018 | ހޯމަ 09:31
ކުރީގެ ނާއިބު ރައީސް އަހުމަދު އަދީބު

ކުރީގެ ނާއިބު ރައީސް އަހުމަދު އަދީބު

ޖިނާއީ އިޖުރާއަތުގެ ގާނޫނުގައި ދައުވާކުރަން ކަނޑައަޅާފައިވާ މުއްދަތު ހަމަވެފައިވާތީ، ފުލުހުންގެ އިންޓެލިޖެންސް އޮފިސަރުންނަށް ރިޝްވަތު ދެއްވި ކަމަށް ބުނާ މައްސަލައިގައި ކުރީގެ ނާއިބު ރައީސް އަހުމަދު އަދީބަށް ދައުވާ ނުކުރެވޭނެ ކަމަށް އެމަނިކުފާނުގެ ގާނޫނީ ވަކީލު މޫސާ ސިރާޖު ވިދާޅުވެއްޖެއެވެ.

ފުލުހުންގެ އިންޓެލިޖެންސް އޮފިސަރުންނަށް ރިޝްވަތު ދެއްވި ކަމަށް ބުނެ އަދީބުގެ މައްޗަށް ދެ ދައުވާއެއް ކޮށްފައިވެއެވެ. އެގޮތުން، ރިޝްވަތު ދިނުމުގެ ދައުވާ އާއި ރަސްމީ ހައިސިއްޔަތުގެ ބޭނުން ނަހަމަ ގޮތުގައި ކުރުމުގެ ދައުވާކޮށް، ބުރާސްފަތި ދުވަހު އެ މައްސަލަ ކްރިމިނަލް ކޯޓަށް ވަނީ ހުށަހަޅާފައެވެ.

Advertisement - newsAdvertisement

މިކަމާ ގުޅޭ ގޮތުން ރާއްޖެއެމްވީ އިން ކުރި ސުވާލަކަށް ޖަވާބު ދެއްވަމުން އަދީބުގެ ގާނޫނީ ވަކީލު މޫސާ ސިރާޖު ވިދާޅުވީ ޖިނާއީ އިޖުރާއަތުގެ ގާނޫނަށް މިދިޔަ އަހަރުގެ ޖުލައި މަހު އަމަލުކުރަން ފެށިއިރު، އެ ގާނޫނަށް އަމަލުކުރަން ފަށާއިރު ހުރި މައްސަލަތަކުގެ ތަހުގީގު ނިންމައި ދައުވާކުރާނެ މުއްދަތުތަކެއް ގާނޫނުގައި ކަނޑައަޅާފައިވާ ކަމަށެވެ.

މިދިޔަ އަހަރުގެ ޖުލައި 2 ވަނަ ދުވަހު އަމަލުކުރަން ފެށި، ޖިނާއީ އިޖުރާއަތުގެ ގާނޫނުގެ 95 ވަނަ މާއްދާގައިވާ ގޮތުގައި، ގާނޫނަށް އަމަލުކުރަން ފަށާއިރު ތަހުގީގަށް ބަންދުކޮށްފައި ތިބި ފަރާތްތަކުގެ މައްސަލަތައް ނިންމައި، ގާނޫނަށް އަމަލުކުރަން ފަށާތާ 30 ދުވަހުގެ ތެރޭގައި ދައުވާ އުފުލަންވާނެއެވެ. އަދި ހައްޔަރުކުރެވި، އެހެން ނަމަވެސް ބަންދުން ދޫކޮށްލާފައިވާ މީހުންގެ މައްސަލަތައް 45 ދުވަހުގެ ތެރޭގައި ނިންމައި ދައުވާ އުފުލަންވާނެ ކަމަށް ގާނޫނުގައިވެއެވެ.

ރިޔާސީ ލޯންޗުކޮޅުގެ މައްސަލައިގައި 2015 ވަނަ އަހަރުގެ އޮކްޓޯބަރުގައި އަދީބު ހައްޔަރުކުރި، ސިރާޖު ވިދާޅުވާ ގޮތުގައި، ފުލުހުންގެ އިންޓެލިޖެންސް އޮފިސަރުންނަށް ރިޝްވަތު ދެއްވި ކަމަށް ބުނާ މައްސަލައިގައި އަދީބުއާ ފުރަތަމަ ސުވާލުކޮށްފައި ވަނީ 2015 ވަނަ އަހަރުގެ ފަހުކޮޅުގައެވެ.

ސިރާޖު ވިދާޅުވީ ގާނޫނުގައި ކަންކުރަންވީ ގޮތާއި ދައުވާ ކުރެވޭނެ މުއްދަތުތަކެއް ކަނޑައަޅާފައިވާއިރު، ހުރިހާ ފަރާތްތަކުން ވެސް ގާނޫނަށް ތަބާވާންޖެހޭނެ ކަމަށެވެ.

"މިއުޅެނީ ކޮންމެހެން އަދީބަށް ދައުވާކޮށްގެން އެކަން ނުކުރެވޭނެއޭ ބުނާކަށް ނޫން، ގާނޫނުގައި ވަކި ގޮތަކަށް ކަން ކުރާށޭ ބުނީމަ އެކަން އެގޮތަށް ނުކޮށްގެން. ގާނޫނު ހުޅުވާލާފައި އެއްފަހަރު ނަމަވެސް ބަލާލާނަމަ މިހުރި މާއްދާތައް ފެންނާނެ. ޕްރޮސެކިއުޓަރ ޖެނަރަލް އެބަ ޖެހިވަޑައިގަންނަވާ ފޮތް ކިޔަން، ފޮތް ނުކިޔަންޏާ މިހަލަ ކަންތައްތައް ވާނެ،" ސިރާޖު ވިދާޅުވި އެވެ.

މި މައްސަލައިގައި، ފުލުހުން ތުހުމަތު ކޮށްފައި ވަނީ އިންޓެލިޖެންސް ރިޕޯޓްތަކެއް ހޯއްދެވުމަށް ފުލުހުންގެ އިންޓެލް އޮފިސަރުންނަށް އަދީބު ރިޝްވަތު ދެއްވި ކަމަށެވެ. މީގެ އިތުރުން ފުލުހުންގެ އެކި ލެވަލްތަކުގެ މީހުންނަށް ރިޝްވަތު ދެއްވި ކަމަށް ވެސް ތުހުމަތު ކުރެއެވެ. އަދީބުގެ އެޕާޓްމަންޓަކުން ފުލުހުންގެ އިންޓެލް ރިޕޯޓްތަކަކާއި އެހެން ވެސް ލިޔެކިޔުންތަކެއް ފެނިފައިވާ ކަމަށް ފުލުހުން ބުނެފައިވެއެވެ.

ފުލުހުންގެ އޮފިސަރުންނަށް ރިޝަވަތު ދިނުމުގެ ދައުވާ އަދީބަށް ކުރާއިރު އެ މައްސަލައިގައި ރިޝްވަތު ހިފި ކަމަށް ބުނާ އެއްވެސް ފުލުހެއްގެ މައްޗަށް ދައުވާ އުފުލާފައެއް ނުވެއެވެ.

މީގެ އިތުރުން ފުލުހުންގެ އިންޓެލިޖެންސް ޑިޕާޓްމެންޓްގައި މަސައްކަތްކުރާ ބައެއް ފުލުހުން ރޭގަނޑުގެ ދަން ގަޑިތަކުގައި އަދީބު ދިރިއުޅުއްވާ އެޕާޓްމެންޓްތަކަށް ވަދެ ނިކުމެ އުޅޭ މަންޒަރު، ފުލުހުންގެ ތަހުގީގަށް އެއްކުރެވިފައިވާ ސީސީޓީވީ ފުޓޭޖްތަކުން ފެންނަ ކަމަށް ފުލުހުން ބުނެފައިވެއެވެ.

ފުލުހުންގެ އިންޓެލް ރިޕޯޓްތައް ހޯދުމަށް ރިޝްވަތު ދެއްވި ކަމަށް ބުނެ އަދީބަށް ދައުވާ ކޮށްފައިވާއިރު، 2015 ވަނަ އަހަރުގެ ޖުލައި މަހުން ފެށިގެން ރައީސް އަބްދުﷲ ޔާމިން އަށް އިންޓެލް ރިޕޯޓްތައް ލިބިވަޑައި ނުގަންނަވާ ކަމަށް އެމަނިކުފާނު ވިދާޅުވެފައިވެއެވެ. ރައީސް ޔާމީން މިހެން ވިދާޅުވެފައި ވަނީ ރިޔާސީ ލޯންޗުކޮޅު ގޮވި ހާދިސާއަށް ފަހު ފުރަތަމަ ފަހަރަށް ގައުމާ މުޚާތަބު ކުރައްވައި ވާހަކަ ދައްކަވަމުންނެވެ.

އެންމެ ހިނގާ

1

ޔޫއެސްއެސް އަބްރަހަމް ލިންކަންގައި ހިނގި ނުރައްކާތެރި ހަމަނުޖެހުމެއްގައި ހަތް މީހުން މަރުވެއްޖެ

2

ޕޯޓް ޓެކްނޮލޮޖީ އިންޓަނޭޝަނަލް ގެ އެޑްވައިޒަރީ ބޯޑުގެ ޗެއާމަންގެ މަގާމަށް ރައީސް ނަޝީދު

3

ތުރުކީން ޓްރަމްޕް ފުރާވަޑައިގަންނަވާއިރު ކޮނޑުމަތީގައި ފޮނުވާލާ މިސައިލަކުން ހަމަލާދޭން އޮތީ ރާވާފައި: ރިޕޯޓް

4

ސްޕޯޓްސް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު ލަތީފް ކުއްލި ގޮތަކަށް މަޤާމުން ވަކިކޮށްފި

5

އެމެރިކާގެ އަސްކަރިއްޔާގެ އިންޒާރުތަކަށް އިޖާބަ ނުދީ އޮމާން ކަނޑުން ދަތުރުކުރި ބޯޓަކަށް ހަމަލާ ދީފި

އިތުރަށް ކިޔާލަން

23 ފެބުރުއަރީ 2017

އޮބްޒާރވަރުންނާއި މޮނިޓަރުންނަށް ވުމަށް އެދި ހުށަހަޅުމުގެ މުއްދަތު އިތުރުކޮށްފި

23 ފެބުރުއަރީ 2017
އޮބްޒާރވަރުންނާއި މޮނިޓަރުންނަށް ވުމަށް އެދި ހުށަހަޅުމުގެ މުއްދަތު އިތުރުކޮށްފި
16 ފެބުރުއަރީ 2017

ހުރިހާ ފުލުހުންނަށް އަމާޒުކޮށްގެން ޖިނާއީ އިޖުރާއަތުގެ ގާނޫނަށް އަހުލުވެރިކުރުމުގެ ޕްރޮގްރާމެއް ފަށައިފި

16 ފެބުރުއަރީ 2017
ހުރިހާ ފުލުހުންނަށް އަމާޒުކޮށްގެން ޖިނާއީ އިޖުރާއަތުގެ ގާނޫނަށް އަހުލުވެރިކުރުމުގެ ޕްރޮގްރާމެއް ފަށައިފި
12 ފެބުރުއަރީ 2017

ޖިނާއީ އިޖުރާއަތުގެ ޤާނޫނަށް ބަދަލު ގެންނަނީ!

12 ފެބުރުއަރީ 2017
ޖިނާއީ އިޖުރާއަތުގެ ޤާނޫނަށް ބަދަލު ގެންނަނީ!
11 ފެބުރުއަރީ 2017

ފުއާދަށް އިއްވި ހުކުމުގެ މުއްދަތު ހަމަވަނީ، އަދިވެސް ވިދާޅުވަނީ ގާނޫނާ ޚިލާފު ހުކުމެއް ކަމަށް!

11 ފެބުރުއަރީ 2017
ފުއާދަށް އިއްވި ހުކުމުގެ މުއްދަތު ހަމަވަނީ، އަދިވެސް ވިދާޅުވަނީ ގާނޫނާ ޚިލާފު ހުކުމެއް ކަމަށް!
04 ފެބުރުއަރީ 2017

ކުޅުދުއްފުށިގައި މެމްބަރު ނަޝީދު އިއްނެވި ކަމަށް ބުނާ ކާރެއް އެކްސިޑެންޑް ވެއްޖެ

04 ފެބުރުއަރީ 2017
ކުޅުދުއްފުށިގައި މެމްބަރު ނަޝީދު އިއްނެވި ކަމަށް ބުނާ ކާރެއް އެކްސިޑެންޑް ވެއްޖެ
01 ފެބުރުއަރީ 2017

ހެލްތުން މުއްދަތުގައި ބިލްތައް ނުދައްކައިގެން 8 މިލިއަނަށްވުރެ ގިނަ ރުފިޔާ ޖޫރިމަނާއަށް ދައްކަން ޖެހިއްޖެ

01 ފެބުރުއަރީ 2017
ހެލްތުން މުއްދަތުގައި ބިލްތައް ނުދައްކައިގެން 8 މިލިއަނަށްވުރެ ގިނަ ރުފިޔާ ޖޫރިމަނާއަށް ދައްކަން ޖެހިއްޖެ
01 ފެބުރުއަރީ 2017

އިންތިހާބުގައި ވާދަކުރާ ކެނޑިޑޭޓުންނަށްދިން މުއްދަތު އިތުރުކޮށްފި

01 ފެބުރުއަރީ 2017
އިންތިހާބުގައި ވާދަކުރާ ކެނޑިޑޭޓުންނަށްދިން މުއްދަތު އިތުރުކޮށްފި
31 ޖެނުއަރީ 2017

ދިވެހިންތަކެއް ލަންކާގައި ޖުވާ ކުޅުނު ކަމަށް ބުނާ މައްސަލައެއް ފުލުހަށް ހުށަހަޅައިފި

31 ޖެނުއަރީ 2017
ދިވެހިންތަކެއް ލަންކާގައި ޖުވާ ކުޅުނު ކަމަށް ބުނާ މައްސަލައެއް ފުލުހަށް ހުށަހަޅައިފި
24 ޖެނުއަރީ 2017

ފ. އަތޮޅު ވިއްކާލި ކަމަށް ބުނާ ވާހަކަތަކަށް ބާރުލިބޭ ގޮތަށް ރައީސް ޔާމީން ވާހަކަފުޅު ދައްކަވައިފި

24 ޖެނުއަރީ 2017
ފ. އަތޮޅު ވިއްކާލި ކަމަށް ބުނާ ވާހަކަތަކަށް ބާރުލިބޭ ގޮތަށް ރައީސް ޔާމީން ވާހަކަފުޅު ދައްކަވައިފި
24 ޖެނުއަރީ 2017

ލޯކަލް ކައުންސިލް އިންތިހާބުގެ އޮފިޝަލް ކަމަށް ކުރިމަތިލުމުގެ މުއްދަތު އަވަސް ކޮށްފި

24 ޖެނުއަރީ 2017
ލޯކަލް ކައުންސިލް އިންތިހާބުގެ އޮފިޝަލް ކަމަށް ކުރިމަތިލުމުގެ މުއްދަތު އަވަސް ކޮށްފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް