Raajje.mv
Raajje.mv
  • ރާއްޖެ
  • ކުޅިވަރު
  • ދުނިޔެ
  • ވިޔަފާރި - އިގްތިސާދު
  • ރިޕޯޓު
  • ފޮޓޯ
  • ވާހަކަ
  • ސިއްހަތު
  • ތަފާތު ޚަބަރު
  • ލައިފް ސްޓައިލް
Advertisement - worldAdvertisement
ދުނިޔެ
އިޒްރޭލް-ފަލަސްތީން

ފަލަސްތީނުގެ ރެފިއުޖީންނަށް އެހީވެދޭ އ.ދ. ގެ އޭޖެންސީ "ގެއްލެން" ނަތަންޔާހޫ ބޭނުންފުޅުވޭ

ރައީސް ޓްރަމްޕް ވެސް ވަނީ އެހީ ހުއްޓާލަން ޖެހިދާނެ ކަމަށް ވިދާޅުވެ އިންޒާރު ދެއްވާފައި

ރާއްޖެ އެމްވީ | 8 ޖެނުއަރީ 2018 | ހޯމަ 07:16
ޔޫ.އެން.އާރް.ޑަބްލިޔު.އޭ ގެ އެހީ ހިފައިގެން ހުރި ފަލަސްތީނުގެ ރެފިއުޖީއަކު ހުއްޓިލައިގެން

ޔޫ.އެން.އާރް.ޑަބްލިޔު.އޭ ގެ އެހީ ހިފައިގެން ހުރި ފަލަސްތީނުގެ ރެފިއުޖީއަކު ހުއްޓިލައިގެން

ފަލަސްތީނުގެ ރެފިއުޖީންނަށް އެހީވުމަށް އުފައްދާފައިވާ އ.ދ ގެ އޭޖެންސީ ކަމުގައިވާ ޔުނައިޓެޑް ނޭޝަންސް ރިލީފް ވާރކްސް އެޖޭންސީ ފޯ ޕެލަސްޓިއަން ރެފިއުޖީސް އިން ދަ ނިއަރ އީސްޓް (ޔޫ.އެން.އާރް.ޑަބްލިޔު.އޭ) "ގެއްލެން" ބޭނުންފުޅުވާ ކަމަށް އިޒްރޭލުގެ ބޮޑުވަޒީރު ބެންޔަމިން ނަތަންޔާހޫ ވިދާޅު ވެއްޖެއެވެ.

ނަތަންޔާހޫ މި މޭރުމުން ވާހަކަފުޅު ދެއްކެވީ އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ޔޫ.އެން.އާރް.ޑަބްލިޔު.އޭ އަށް އެމެރިކާ އިން ދެމުންދާ އެހީ ހުއްޓާލަވަން ބޭނުންފުޅުވާ ކަމަށް ވިދާޅުވެ އިންޒާރު ދެއްވާފައިވާ ދަނޑިވަޅެއް ގައި ކަން ފާހަގަ ކުރެވެއެވެ.

އާދިއްތަ ދުވަހު ބޭއްވުނު އިޒްރޭލުގެ ކެބިނެޓް ބައްދަލުވުން ފައްޓަވަމުން ނަތަންޔާހޫ ވިދާޅުވި ކަމަށް މީޑިއާ ރިޕޯޓު ތަކުގައި ވަނީ އެމެރިކާގެ ރައީސް ޔޫ.އެން.އާރް.ޑަބްލިޔު.އަށް ފާޑުވިދާޅުވެ ދެއްކެވި ވާހަކަފުޅަށް ބޮޑުވަޒީރު ނަތަންޔާހޫ ފުރިހަމަ އަށް ތާއީދު ކުރައްވާ ކަމަށެވެ. އޭގެ އިތުރުން ޔޫ.އެން.އާރް.ޑަބްލިޔު.އޭ އަށް ދެމުންދާ އެހީ ޔޫއެން ހައިކޮމިޝަނަރ ފޯ ރެފިއުޖީސް އަށް ބަދަލު ކުރުމަށް ހުށަހަޅުއްވާ ކަމަށްވެސް ނަތަންޔާހޫ ވިދާޅުވިއެވެ.

ނަތަންޔާހޫ ސިފަ ކުރެއްވި ގޮތުގައި ފަލަސްތީނުގެ ރެފިއުޖީންނަކީ ހަގީގީ ރެފިއުޖީންނެއް ނޫނެވެ.

އަމިއްލަ ވަޒަނުން ބޭރުގައި ދިރިއުޅެން މަޖުބޫރުވެފައިވާ ފަލަސްތީނުގެ އެތައް މިލިއަން ރެފިއުޖީންނަށް އެހީވުމަށް އުފައްދާފައިވަ ޔޫ.އެން.އާރް.ޑަބްލިޔު.އޭ އިން ސިއްހީ ރޮނގުންނާއި ތައުލީމީ ރޮނގުން އަދި އިޖްތިމާއީ ރޮނގުތަކުން ޖޯޑްން އާއި ލެބަނަން ސީރިއާ އަދި ގާޒާ އާއި ހުޅަނގު އައްސޭރި އަދި އިރުމަތީ އައްސޭރީގައި ދިރިއުޅޭ ފަލަސްތީނުގެ ފަސް މިލިއަނެއްހާ ރެފިއުޖީންނަށް ދަނީ އެހީ ފޯރުކޮށް ދެމުންނެވެ.

ދިރާސާ ކުރާ ފަރާތްތަކުން ދެކޭ ގޮތުގައި ޔޫ.އެން.އާރް.ޑަބްލިޔު.އޭ އާ މެދު އިޒްރޭލުން ނުރުހުންވާ އެންމެ ބޮޑު އެއް ސަބަބަކީ ފަލަސްތީނުގެ ރެފިއުޖީންނަށް ކޮންމެވެސް ދުވަހަކުން އިޒްރޭލުން ހިފާފައިވާ އެމީހުންގެ ވަޒަނަށް އެނބުރި ދެވިދާނެ ކަމުގެ އުއްމީދު ދެމުން ދާތީއެވެ.

ނަތަންޔާހޫ ވިދާޅުވި ކަމަށް އެސޯސިއޭޓެޑް ފްރެސް އިން ބުނެފައިވަނީ ރެފިއުޖީންގެ މުނިކާފަ ދަރިންނަކީ ހަގީގީ ރެފިއުޖީންނަށް ނުވާނެ ކަމަށެވެ. ފަލަސްތީނުގެ ރެފިއުޖީންގެ ގޮތުގައި އަމިއްލަ ވަޒަނުން ބޭރުގައި އުޅެމުންދާ ފަސް މިލިއަނެއްހާ މީހުންނަކީ 1948 ވަނަ އަހަރު ފަލަސްތީނުގެ އެތައް ލައްކަ ރައްޔިތުންނެއް ގައުމުން ފައްސާލުމުގެ ހާދިސާ އާއި 1967 ވަނަ އަހަރު ހިނގި ހަ ދުވަހުގެ ހަނގުރާމައިގެ ސަބަބުން ވަޒަން ދޫކޮށް ނުކުތް މީހުންގެ އާއިލާ ތަކެވެ.

ޔޫ.އެން.އާރް.ޑަބްލިޔު.އޭ އަކީ ނަތަންޔާހޫ ވިދާޅުވާ ގޮތުގައި އެނބުރި ވަޒަނަށް އައުމަށް އުއްމީދު ދޭ އޭޖެންސީ އަކަށް ވުމާއެކު މައްސަލަ އިތުރަށް ގޯސް ކުރާ ބައެއް ކަމަށެވެ. އެހެން ކަމުން ނަތަންޔާހޫ ދެކެވަޑައިގަންނަވާ ގޮތުގައި މި އޭޖެންސީގެ ސަބަބުން އިޒްރޭލު ދެމި އޮތުމަށް ނުރައްކާ ވެއެވެ.

ނަތަންޔާހޫގެ ވާހަކަ ފުޅު އެއީ ގަބޫލު ކުރެވޭ އެއްޗެއް ނޫން ކަމަށް ޔޫ.އެން.އާރް.ޑަބްލިޔު.އޭ ގެ ތަރުޖަމާނު ވަނީ ވިދާޅުވެފައެވެ.

ޔޫ.އެން.އާރް.ޑަބްލިޔު.އޭ އަކީ އ.ދ ގެ އާއްމު މަޖިލީހުން މެންޑޭޓް ދީ ގެން ހަރަކާތްތެރިވާ އޭޖެންސީ އެކެވެ.

ޔޫ.އެން.އާރް.ޑަބްލިޔު.އޭ އަކީ އ.ދ. ގެ އޭޖެންސީ އެއް ކަމުގައި ވިޔަސް އެ އޭޖެންސީއަށް ދޭ އެހީ ހަމަޖެހިފައި އޮންނަނީ އ.ދ. ގެ މެމްބަރު ގައުމުތަކުން ދޭ ވޮލަންޓަރީ އެހީގެ ގޮތުގައެވެ. މިގޮތުން ޔޫ.އެން.އާރް.ޑަބްލިޔު.އޭ ގެ 2016 ވަނަ އަހަރުގެ ބަޖެޓްގެ 30 އިންސައްތަ އަކީ އެމެރިކާ އިން ދީފައިވާ އެހީއެވެ. 1994 ވަނަ އަހަރުން ފެށިގެން މިހާތަނަށް އެ އެޖޭންސީއަށް އެމެރިކާ އިން ދިން އެހީ 5 ބިލިއަން ޑޮލަރަށް އަރާ ކަމަށް ރިޕޯޓުތަކުގައި ވެއެވެ.

ފަލަސްތީނަށް ދޭ އެހީ ކަނޑާލައްވާނެ ކަމަށް އެމެރިކާގެ ރައީސް ވިދާޅުވެ އިންޒާރު ދެއްވި ނަމަވެސް އަދި އެކަމުގައި އެމެރިކާ ސަރުކާރުން އަމަލީ ފިޔަވަޅެއް އަޅާފައެއް ނުވެއެވެ. އެމެރިކާގެ ރައީސް ވިދާޅުވެފައިވަނީ އިޒްރޭލާ އެކު ސުލްހައިގެ ވާހަކަތަކަށް ފަލަސްތީނުން އެނބުރި ނުދާނަމަ އެހީ ކަނޑާލައްވާނެ ކަމަށެވެ.

އިޒްރޭލާ ފަލަސްތީނާ ދެމެދު ކުރިއަށްދާ ސުލްހައިގެ ވާހަކަތަކަށް ހުރަސް އެޅުނީ ހުސްވި އަހަރުގެ ޑިސެމްބަރު މަހު ގެ 6 ވަނަ ދުވަހު އިޒްރޭލުގެ ވެރި ރަށަކީ ގުދުސް ކަމަށް ޓްރަމްޕް އިއުލާން ކުރެއްވުމާއި ގުޅިގެންނެވެ. ޓްރަމްޕް މި ގޮތައް އިއުލާން ކުރެއްވުމާއި ގުޅިގެން ފަލަސްތީނުން ބުނެފައިވަނީ ސުލްހައިގެ ވާހަކަތަކުގެ މެދުވެރިއެއްގެ ދައުރު އަދާ ކުރުމުގެ ހައިސިއްޔަތު އެމެރިކާ އަށް ގެއްލިއްޖެ ކަމަށެވެ.

އިޒްރޭލާއި ފަލަސްތީނުގެ މައްސަލައިގައި އެންމެ ސީރިއަސް އެއް މައްސަލައިގެ ގޮތުގައި އޮތީވެސް ރެފިއުޖީންގެ މައްސަލަ ކަން ފާހަގަ ކުރެވެއެވެ.

ކޮމެންޓް

އިތުރަށް ކިޔާލަން

ރޮހިންޖާ ރެފިއުޖީންނަށް ފޯނުގެ ޚިދުމަތް ދިނުން ބަންގްލަދޭޝް ސަރުކާރުން މަނާ ކޮށްފި

ރޮހިންޖާ ރެފިއުޖީންނަށް ފޯނުގެ ޚިދުމަތް ދިނުން ބަންގްލަދޭޝް ސަރުކާރުން މަނާ ކޮށްފި

24 ސެޕްޓެމްބަރު 2017
މިޔަންމާގެ ރެފިއުޖީންނަށް އދން ހިންގާ ކާނާގެ ޕްރޮގްރާމް ހުއްޓާލައިފި

މިޔަންމާގެ ރެފިއުޖީންނަށް އދން ހިންގާ ކާނާގެ ޕްރޮގްރާމް ހުއްޓާލައިފި

02 ސެޕްޓެމްބަރު 2017
ފަލަސްތީނުގެ ދެމީހަކު މަރާލައިފި

ފަލަސްތީނުގެ ދެމީހަކު މަރާލައިފި

22 ޖުލައި 2017
ފަލަސްތީނުގެ ދައުލަތެއް އުފައްދަން ހަމާސް އެއްބަސްވެއްޖެ

ފަލަސްތީނުގެ ދައުލަތެއް އުފައްދަން ހަމާސް އެއްބަސްވެއްޖެ

02 މެއި 2017
ފަލަސްތީނުގެ ޓްރަކް ޑްރައިވަރު ގައިގައި ތަޅައިގަތް އިޒްރޭލު ފުލުސްމީހާ ވަޒީފާއިން ވަކިކޮށްފި

ފަލަސްތީނުގެ ޓްރަކް ޑްރައިވަރު ގައިގައި ތަޅައިގަތް އިޒްރޭލު ފުލުސްމީހާ ވަޒީފާއިން ވަކިކޮށްފި

21 އެޕްރީލު 2017

އަހަރުތަކުން މިއަދު

6 ޖެނުއަރީ
އެޗްއެމްޕީވީ އާ ބެހޭގޮތުން އެނގެން ޖެހޭ ކަންތައްތައް
20251 އަހަރު ކުރިން
ސިއްހަތު

އެޗްއެމްޕީވީ އާ ބެހޭގޮތުން އެނގެން ޖެހޭ ކަންތައްތައް

ބޮޑުވަޒީރު މޯދީއަށް ފާޑުކި ސަރުކާރުގެ ތިން ނައިބު ވަޒީރަކު ސަސްޕެންޑް ކޮށްފި
20242 އަހަރު ކުރިން
ރާއްޖެ

ބޮޑުވަޒީރު މޯދީއަށް ފާޑުކި ސަރުކާރުގެ ތިން ނައިބު ވަޒީރަކު ސަސްޕެންޑް ކޮށްފި

މަސްތުވާތަކެތީގެ ވިޔަފާރީގެ ބޮޑެއް ކަމަށްވާ އެލް ޗެޕޯގެ ދަރިފުޅު ހައްޔަރުކޮށްފި
20233 އަހަރު ކުރިން
ދުނިޔެ

މަސްތުވާތަކެތީގެ ވިޔަފާރީގެ ބޮޑެއް ކަމަށްވާ އެލް ޗެޕޯގެ ދަރިފުޅު ހައްޔަރުކޮށްފި

ރަނުގެ ލާރި ދިނީ ދިވެހިންގެ ޖީބުން ނަގާފައެއް ނޫން
20224 އަހަރު ކުރިން
ރިޕޯޓު

ރަނުގެ ލާރި ދިނީ ދިވެހިންގެ ޖީބުން ނަގާފައެއް ނޫން

އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް މަގާމުން ވަކި ކުރުމުގެ މަސައްކަތް ފަށައިފި
20215 އަހަރު ކުރިން
ދުނިޔެ

އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް މަގާމުން ވަކި ކުރުމުގެ މަސައްކަތް ފަށައިފި

ހަކުރުބަލި ހުންނަ މީހުން ކުކުޅު ބިސް ކެއުމަކީ ރަނގަޅު ކަމެއްތަ؟
20197 އަހަރު ކުރިން
ސިއްހަތު

ހަކުރުބަލި ހުންނަ މީހުން ކުކުޅު ބިސް ކެއުމަކީ ރަނގަޅު ކަމެއްތަ؟

ނިހާންގެ ކޮއްކޮގެ ދެކޮޅު ނުޖެހޭ ވާހަކަތަކުން ފަޅާއެރި ހަގީގަތް!
20188 އަހަރު ކުރިން
ރިޕޯޓު

ނިހާންގެ ކޮއްކޮގެ ދެކޮޅު ނުޖެހޭ ވާހަކަތަކުން ފަޅާއެރި ހަގީގަތް!

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު