Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެހޯމް މިނިސްޓަރު އަޒްލީން

އެމްޑީޕީގެ ކެންޑިޑޭޓެއް ރިޔާސީ އިންތިހާބަކަށް ނުނިކުންނާނެ، އޮއްޓަރު ހުރި ހަމަ އެކަނި ބޭފުޅަކީ ރައީސް ޔާމިން: ހޯމް މިނިސްޓަރު

8 ޖެނުއަރީ 2018 | ހޯމަ 02:09

ގާސިމް ރާއްޖެއިން ބޭރަށް ވަޑައިގެންނެވީ މަކަރު ހައްދަވައިގެން ކަމަށް ސިފަ ކުރެއްވި

މުރުޝިދް އަބްދުލް ހަކީީމް
މުރުޝިދް އަބްދުލް ހަކީީމް | 8 ޖެނުއަރީ 2018 | ހޯމަ 02:09
ހޯމް މިނިސްޓަރު އަޒްލީން ޕީޕީއެމްގެ ޖަލްސާގައި ވާހަކަ ދައްކަވަނީ

ހޯމް މިނިސްޓަރު އަޒްލީން ޕީޕީއެމްގެ ޖަލްސާގައި ވާހަކަ ދައްކަވަނީ

ކުރިއަށް އޮތް ރިޔާސީ އިންތިހާބުގައި ކުރީގެ ރައީސް މުހައްމަދު ނަޝީދަށް ކުރިމަތިނުލެއްވޭނެ ކަމަށާއި އަދި އެމްޑީޕީން ކެނޑިޑޭޓެއް ނުނެރޭނެކަން ސަތޭކަ ޕަސެންޓް ޔަގީންވާ ކަމަށް ހޯމް މިނިސްޓަރު އަޒްލީން އަހްމަދު ވިދާޅުވެއްޖެއެވެ.

ޕީޕީއެމްގެ "ރުމާލު 2" ޖަގަހައިގައި އާދިއްޔަ ދުވަހުގެ ރޭ ބޭއްވި ޖަލްސާގައި ވާހަކަ ދައްކަވަމުން ހޯމް މިނިސްޓަރު އަޒްލީން ވިދާޅުވީ ރިޔާސީ އިންތިހާބު އައިސް ޖެހޭއިރު ވެސް "އެއްކޮޅުން ވެސް، ދެކޮޅުން ވެސް" ކުރިމަތިލައްވަން ހުރިތަން ފެންނަނީ ހަމައެކަނި ރައީސް ޔާމިން ކަމަށެވެ. އަދި އެއީ ﷲގެ މިންވަރުފުޅު މެދުވެރިކުރެއްވި ގޮތް ކަމަށް އޭނާ ވިދާޅުވިއެވެ.

Advertisement - newsAdvertisement
"ރާއްޖޭގެ ރިޔާސީ އިންތިހާބަށް ކުރިމަތިލައްވަން ރައީސް ޔާމިން ނޫން އޮއްޓަރު ހުރި މީހަކު ނެތް. ދިވެހި ރައްޔިތުންނަށް ﷲ މިންވަރުފުޅުން ކެނޑިޑޭޓެއްގެ ގޮތުގައި ހަމައެކަނި ފެންނަ ކެނޑިޑޭޓަކީ ރައީސް ޔާމިން، އެއްކޮޅުން ވެސް ދެކޮޅުން ވެސް،" އަޒްލީން ވިދާޅުވިއެވެ.

މިނިސްޓަރު ވިދާޅުވީ އިދިކޮޅު ލީޑަރުންގެ ތެރެއިން ވެރިކަމަށް ވާދަކުރެއްވޭނެ ބޭފުޅަކު ނެތް ނަމަވެސް ކޮންމެ ވެސް މީހަކު ނެރޭނެ ކަމަށް ގަބޫލު ކުރައްވާ ކަމަށެވެ. ނަމަވެސް އެމްޑީޕީގެ ކެނޑިޑޭޓެއް ރިޔާސީ އިންތިހާބުގައި ވާދަ ނުކުރައްވާނެކަން އެއީ ސަތޭކަ ޕަސެންޓް ޔަގީންވާ ކަމެއް ކަމަށް އަޒްލީން ވިދާޅުވިއެވެ.

އިދިކޮޅު ކެންޑިޑޭޓުންގެ ތެރެއިން ވެރިކަމަށް ކުރިމަތިލެއްވުމަށް އެންމެ ގިނަ ބަޔަކު ތާއީދު ކުރައްވަނީ ކުރީގެ ރައީސް ނަޝީދަށް ކަމަށްވިއަސް އެކަމާ ކަންބޮޑުވާން ނުޖެހޭ ކަމަށާއި އެމަނިކުފާނަށް ވެރިކަމަށް ކުރިމަތިނުލެއްވޭނެ ކަމަށް އަޒްލީން ވިދާޅުވިއެވެ.

"ތިޔަ ބޭފުޅުން އެއްވެސް ވަރަކަށް ވޮރީ ކުރައްވާކަށް ނުޖެހޭނެ. ދިވެހި ރާއްޖޭގެ ރިޔާސީ އިންތިހާބުގައި ކުރީގެ ރައީސް މުހައްމަދު ނަޝީދުގެ ނަންފުޅެއް ނޯންނާނެ. މިއީ އަޅުގަނޑު ބުނާތީއެއް ނޫން، ދިވެހި ރާއްޖޭގެ ގާނޫނު އަސާސީ އާއި ރާއްޖޭގެ ކޯޓުތަކާއި ރާއްޖޭގައި ހެދިފައިހުރި ގާނޫނުތައް އޮއްވަކާ އެކަމެއް ނުކުރެވޭނެ،" އަޒްލީން ވިދާޅުވިއެވެ.

ރައީސް ނަޝީދަކީ ސިޔާސީ މައިދާނުގައި ތަސައްރަފު ނުފުދޭ ބޭފުޅެއްކަން އެމަނިކުފާނުގެ ވެރިކަމުގައި ފެނިގެން ދިޔަ ކަމަށް އަޒްލީން ވިދާޅުވިއެވެ. އެގޮތުން އަޒްލީން ވިދާޅުވީ ރައީސް ނަޝީދުގެ ވެރިކަމުގައި ތައާރަފު ކުރެއްވި އާސަންދަ ނިޒާމަކީ ރައީސް އަބްދުﷲ ޔާމިން މޭސްތިރި ކަމުގައި އޭގެ ކުރިން އުފެއްދެވި "މަދަނަ" ޕްރޮގްރާމް ކަމަށެވެ. އަދި ވިދާޅުވީ ރައީސް ނަޝީދު ކުރެއްވި ކަމަކީ ރައީސް ޔާމިން އުފެއްދެވި "މަދަނަ" ޕްރޮގްރާމްގެ ނަން "އާސަންދަ" އަށް ބަދަލު ކުރެއްވުން ކަމަށެވެ. ހަމަ އެހެންމެ ރައީސް ޔާމިން ވެރިކަމަށް ވަޑައިގެންނެވުމަށް ފަހު ވެސް އާސަންދަގެ ނަން ބަދަލު ކުރައްވަން ރައީސް ޔާމިން ބޭނުންފުޅުނުވީ ކަމަށާއި އެމަނިކުފާނު ކުރެއްވި ކަމަކީ ރައްޔިތުންގެ ދަތިތައް ފިލުވައި ދެއްވުން ކަމަށް އަޒްލީން ވިދާޅުވިއެވެ.

އަޒްލީން އެ ވިދާޅުވާ "މަދަނަ" ޕްރޮގްރާމް އުފެއްދެވީ ރައީސް ޔާމިން ކޮން އިރަކު ކަމެއް އަދި އޭގެ ތަފްސީލެއް ވެސް އަޒްލީން ވިދާޅެއްނުވެއެވެ.

މީގެ އިތުރުން ޖަލު ހުކުމެއް އައިސްފަވާ ރައްޔިތުންގެ މަޖިލީހުގެ މާމިގިލީ ދާއިރާގެ މެމްބަރު ގާސިމް އިބްރާހިމް ރާއްޖެއިން ބޭރަށް ފޮނުއްވުމަށް ސަރުކާރުން ހުއްދަ ދިނީ "ދެންމެ ދެންމެ ދުނިޔެ ދޫކުރައްވަފާނެހެން ހީވުމުން" ކަމަށާއި ނަމަވެސް ސިންގަޕޫރަށް ވަޑައިގެންނެވުމަށް ފަހު ޖަރުމަނަށް ވަޑައިގެންނެވީ ސަރުކާރަށް އަންގަވާ ވެސް ނުލައްވައި ކަމަށް އަޒްލީން މި ޖަލްސާގައި ވަނީ ވިދާޅުވެފައެވެ. އަދި ގާސިމް ރާއްޖެއިން ބޭރަށް ވަޑައިގެންނެވީ މަކަރު ހައްދަވައިގެން ކަމަށް އަޒްލީން ސިފަކުރެއްވިއެވެ.

" ޖަރުމަނަށް ވަޑައިގެންނެވީ ސަރުކާރަށް އަންގާ ވެސް ނުލައްވާ. އެހެންވީމަ މި ބޭފުޅުންގެ ވިސްނުންފުޅަކީ މަކަރު ހަދައިގެން ވެސް ރާއްޖެއިން ބޭރަށް ދެވޭތޯ. ދެން އަޅުގަނޑުމެން ވެސް ތިބޭނީ ނިކަން ވިސްނައިގެން،" އަޒްލީން ވިދާޅުވިއެވެ.

އެންމެ ހިނގާ

1

ޔޫއެސްއެސް އަބްރަހަމް ލިންކަންގައި ހިނގި ނުރައްކާތެރި ހަމަނުޖެހުމެއްގައި ހަތް މީހުން މަރުވެއްޖެ

2

ތުރުކީން ޓްރަމްޕް ފުރާވަޑައިގަންނަވާއިރު ކޮނޑުމަތީގައި ފޮނުވާލާ މިސައިލަކުން ހަމަލާދޭން އޮތީ ރާވާފައި: ރިޕޯޓް

3

ސްޕޯޓްސް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު ލަތީފް ކުއްލި ގޮތަކަށް މަޤާމުން ވަކިކޮށްފި

4

އެމެރިކާގެ އަސްކަރިއްޔާގެ އިންޒާރުތަކަށް އިޖާބަ ނުދީ އޮމާން ކަނޑުން ދަތުރުކުރި ބޯޓަކަށް ހަމަލާ ދީފި

5

10 އަހަރު ވަންދެން ލޯބީގެ ގޮތުން ގުޅިގެން އުޅުމަށް ފަހު، ރޮނާލްޑޯ އާއި ޖޯޖީނާ ކައިވެނިކޮށްފި

އިތުރަށް ކިޔާލަން

01 ފެބުރުއަރީ 2017

އެމްޑީޕީގެ ގައުމީ މަޖިލީހުގެ ބައްދަލުވުމެއް ބާއްވައިފި

01 ފެބުރުއަރީ 2017
އެމްޑީޕީގެ ގައުމީ މަޖިލީހުގެ ބައްދަލުވުމެއް ބާއްވައިފި
26 ޖެނުއަރީ 2017

އެމްޑީޕީގެ އަމާޒަކީ ރައްޔިތުން ބާރުވެރިކުރުވައިގެން ލާމަރުކަޒީ ނިޒާމު ހިންގުން: މުސްތަފާ ލުތުފީ

26 ޖެނުއަރީ 2017
އެމްޑީޕީގެ އަމާޒަކީ ރައްޔިތުން ބާރުވެރިކުރުވައިގެން ލާމަރުކަޒީ ނިޒާމު ހިންގުން: މުސްތަފާ ލުތުފީ
21 ޖެނުއަރީ 2017

ކޮންމެ ކަމަކަށް ކުރިމަތި ލިޔަސް އެމްޑީޕީގެ މެންބަރުންގެ އުއްމީދު ކަސިޔާރެއް ނުވާނެ: ޝިފާޒް

21 ޖެނުއަރީ 2017
ކޮންމެ ކަމަކަށް ކުރިމަތި ލިޔަސް އެމްޑީޕީގެ މެންބަރުންގެ އުއްމީދު ކަސިޔާރެއް ނުވާނެ: ޝިފާޒް
15 ޖެނުއަރީ 2017

އެމްޑީޕީގެ އިސްތިއުނާފް ފަނޑިޔާރު މަޖިލިހަށް ކުރިމަތިލުމުގެ ފުރުސަތު ހުޅުވާލައިފި

15 ޖެނުއަރީ 2017
އެމްޑީޕީގެ އިސްތިއުނާފް ފަނޑިޔާރު މަޖިލިހަށް ކުރިމަތިލުމުގެ ފުރުސަތު ހުޅުވާލައިފި
15 ޖެނުއަރީ 2017

ރިޔާސީ އިންތިހާބަށް ގޮފިތަކުގެ ހިންގުން ރަނގަޅު ކުރާނަން: ހަސަން ލަތީފު

15 ޖެނުއަރީ 2017
ރިޔާސީ އިންތިހާބަށް ގޮފިތަކުގެ ހިންގުން ރަނގަޅު ކުރާނަން: ހަސަން ލަތީފު
15 ޖެނުއަރީ 2017

ރިޔާސީ ބަޔާން ހުށަހެޅުއްވުމާއި މަޖިލިސް ހުޅުވުން ފެބްރުއަރީ 6 ގައި

15 ޖެނުއަރީ 2017
ރިޔާސީ ބަޔާން ހުށަހެޅުއްވުމާއި މަޖިލިސް ހުޅުވުން ފެބްރުއަރީ 6 ގައި
14 ޖެނުއަރީ 2017

ރިޔާސީ އިންތިހާބު ރައީސް ޔާމީނަށް ކާމިޔާބުކޮށްދިނުން ލާޒިމް: އަދުރޭ

14 ޖެނުއަރީ 2017
ރިޔާސީ އިންތިހާބު ރައީސް ޔާމީނަށް ކާމިޔާބުކޮށްދިނުން ލާޒިމް: އަދުރޭ
13 ޖެނުއަރީ 2017

އިންސާފުވެރި އިންތިހާބަކަށް ގޮވާލައި ބޭއްވި އެއްވުމަށް ފުލުހުން ހުރަސްއަޅައިފި

13 ޖެނުއަރީ 2017
އިންސާފުވެރި އިންތިހާބަކަށް ގޮވާލައި ބޭއްވި އެއްވުމަށް ފުލުހުން ހުރަސްއަޅައިފި
13 ޖެނުއަރީ 2017

ހިތުހުރި ގޮތެއް ހަދަން ދޫކޮށްލައިފި ނަމަ ރިޔާސީ އިންތިޚާބުގައި ހިތާމަކުރަން ޖެހޭނެ: ޝިދާތާ

13 ޖެނުއަރީ 2017
ހިތުހުރި ގޮތެއް ހަދަން ދޫކޮށްލައިފި ނަމަ ރިޔާސީ އިންތިޚާބުގައި ހިތާމަކުރަން ޖެހޭނެ: ޝިދާތާ
11 ޖެނުއަރީ 2017

ރައީސް ޔާމީނަށް ނޫނެކޭ ބުނުމަށް އެމްޑީޕީގެ ކެންޑިޑޭޓުންނާއެކު މަސައްކަތް ކުރާނަން: އެމްޔޫއޯ

11 ޖެނުއަރީ 2017
ރައީސް ޔާމީނަށް ނޫނެކޭ ބުނުމަށް އެމްޑީޕީގެ ކެންޑިޑޭޓުންނާއެކު މަސައްކަތް ކުރާނަން: އެމްޔޫއޯ
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް