Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެއިދިކޮޅު ކޯލިޝަން

އެކްޓިވިސްޓުން ދެބަސްވުމަކީ މައްސަލައެއް ނޫން، ކޯލިޝަން ދެމިއޮންނާނެ: ރިޔާޒު

5 ޖެނުއަރީ 2018 | ހުކުރު 08:06

އިދިކޮޅު ހަރަކާތް ވަރުގަދަވާނީ މާމިގިލީ ޖަލްސާއަށް ފަހު

ޙުސައިން ޙަސަން
ޙުސައިން ޙަސަން | 5 ޖެނުއަރީ 2018 | ހުކުރު 08:06
އަބްދުﷲ ރިޔާޒު: ކޯލިޝަނުން އިންތިހާބު ކާމިޔާބު ކުރާނެ ކަމަށް ވިދާޅުވި-- ފޮޓޯ/ރާއްޖެއެމްވީ

އަބްދުﷲ ރިޔާޒު: ކޯލިޝަނުން އިންތިހާބު ކާމިޔާބު ކުރާނެ ކަމަށް ވިދާޅުވި-- ފޮޓޯ/ރާއްޖެއެމްވީ

ގުޅިފައިވާ ޕާޓީތަކުގެ ސޯޝަލް މީޑިއާ އެކްޓިވިސްޓުންގެ މެދުގައި ދެބަސްވުން އުފެދި، ބަހުގެ ހޫނު ހަމަލާތަކެއް ބދަލުކުރުމަކީ މައްސަލައެއް ނޫން ކަމަށާއި ގުޅިފައިވާ ޕާޓީތަކުގެ ހަތަރު ލީޑަރުންގެ ވިސްނުމާ އެއްގޮތަށް ކޯލިޝަން ބައިބައި ނުވެ، ދެމިއޮންނާނެ ކަމަށް ޖުމްހޫރީ ޕާޓީގެ ނާއިބު ލީޑަރު، ކިނބިދޫ ދާއިރާގެ މެމްބަރު އަބްދުﷲ ރިޔާޒު ވިދާޅުވެއްޖެއެވެ.

ރިޔާސީ އިންތިހާބަށް ނެރެން އެންމެ އެކަށީގެންވާ އިދިކޮޅު ކެންޑިޑޭޓެއް ބެލުމަށް ރާއްޖެޓީވީން ނެގި ޕޯލާ ގުޅިގެން، އެމްޑީޕީ އާއި ޖުމްހޫރީ ޕާޓީގެ ސޯޝަލް މީޑިއާ އެކްޓިވިސްޓުންގެ މެދުގައި ވަނީ ބަހުގެ ހޫނު ހަމަލާތަކެއް ބަދަލުކޮށްފައެވެ. އަދި ޕާޓީތަކުގެ ލީޑަރުންނަށް ރައްދުކޮށް، ބައެއް ސޯޝަލް މީޑިއާގައި އެކްޓިވިސްޓުން ވަނީ ޓްވީޓްކޮށް، އަދި ފާޑުކިޔުން އަމާޒުވާ އެކި ފޮޓޯތައް އާންމުކޮށްފައެވެ.

Advertisement - newsAdvertisement

ގުޅިފައިވާ ޕާޓީތަކުގެ އެކްޓިވިސްޓުންގެ ދެބަސްވުންތަކާއި އަރާރުންތަކާ ގުޅިގެން ސަރުކާރު ހިންގާ ޕާޓީ، ޕީޕީއެމުން ތުހުމަތު ކުރަމުންދަނީ ކޯލިޝަން ވަރަށް އަވަހަށް ބައިބައިވެ، ރޫޅިގެން ހިނގައިދާނެ ކަމަށެވެ. ނަމަވެސް އެ ވާހަކަތައް ދޮގުކޮށް، އަބްދުﷲ ރިޔާޒު ވިދާޅުވީ ޕާޓީތަކުގެ މެދުގައި އަބަދުވަސް ވާދަވެރިކަން އޮންނަން ޖެހޭނެ ކަމަށާއި އެފަދަ "ހެލްދީ ކޮންޕެޓިޝަން"ތަކުގެ ސަބަބުން ޕާޓީތައް ވަރުގަދަވާނެ ކަމަށެވެ.

"ކޮންމެ ކަމަކީ އިތުރަށް ވަރުގަދަވާނެ ކަންތައްތަކެއް. ކޮންޕެޓިޝަން އައި ވަރަކަށް 'ރަނގަޅުވާނެ'. އަޅުގަނޑުމެން ބޭނުން ގޮތަކަށް ވަކި ބޭފުޅަކު ވަކި ރިޔާސީ ކެންޑިޑޭޓަކު ގޮތުގައި އަޅުގަނޑުމެން ނިންމީއަކީ ނޫން. ނިންމޭ ހިސާބުން ހުރިހާ ބޭފުޅުން އަރާނެ އެބޭފުޅެއްގެ ފަހަތަށް،" އެއްބައިވަންތަކަމުގެ ސަރުކާރެއް އެކުލަވާލުމަށް އުފައްދާފައިވާ ކޮމެޓީގެ ވައިސް ޗެއާމަންގެ މަގާމު ވެސް އަދާ ކުރައްވަމުން ގެންދަވާ ރިޔާޒު ވިދާޅުވިއެވެ.

އޭނާ ވިދާޅުވީ އިދިކޮޅު ފަރާތްތަކުގެ ހަރަކާތްތައް މިއަހަރު އިތުރަށް ވަރުގަދަ ވެގެންދާނީ ޕާޓީތައް ގުޅިގެން 11 ވަނަ ދުވަހު މާމިގިލީގައި ބާއްވާ ޖަލްސާއަށް ފަހުގައި ކަމަށެވެ.

އެއްބައިވަންތަކަމުގެ ސަރުކާރެއް އުފެއްދުމުގެ މަޝްވަރާއަށް ހޮއްވަވާފައިވާ ކޮމެޓީގައި އެއް ކެންޑިޑޭޓަކު ރިޔާސީ އިންތިހާބަށް ނެރުމަށްޓަކައި އެއްބަސްވާންޖެހޭ ފޯމިއުލާއަކާ މެދު ބަހުސްކޮށް، ޕާޓީތައް ގުޅިގެން މެނިފެސްޓޯއެއް ތައްޔާރުކުރުމުގެ މަޝްވަރާތައް ކުރިއަށްދާނެ ކަމަށް ފާހަގަ ކުރައްވައި ރިޔާޒު ވިދާޅުވީ ސްޓްރެޓެޖިކް އަދި ޕްލޭނިން މަސައްކަތް އެ ޕާޓީތަކުން މިހާރު ވެސް ކުރަމުންދާ ކަމަށެވެ.

އޭނާ ވިދާޅުވި ގޮތުގައި ޕާޓީތައް އެކުގައި ކުރަންޖެހޭ މަސައްކަތްތަކާއި ވަކި ކަމެއް ހާސިލު ކުރުމަށް ކުރާ މަސައްކަތުގައި ކޮންޕްރަމައިޒް ކުރަންޖެހޭ ކަންތައްތަކަށް ޖުމްހޫރީ ޕާޓީން ކޮންޕްރަމައިޒް ކުރާނެ އެވެ.

"ޖުމްހޫރީ ޕާޓީގެ ޕޮޒިޝަނަކީ ރައްޔިތުންނަށް ދިމާވެފައިވާ ނުތަނަވަސްކަން، ފިލުވައި ދިނުމަށް މަސައްކަތް ކުރުން ސިޔާސީ ގޮތުން. އެހެންވީމަ އަޅުގަނޑުމެން މިތިބީ ސިޔާސީ ގޮތުން ކޮންޕްރަމައިޒް ކުރަންޖެހޭ ތަންތަނުގައި ކޮންޕްރަމައިޒްކޮށްގެން މި އަނިޔާވެރި ދުވަސްތައް މާޒީއަށް ހަދަން ތައްޔާރަށް،" ރިޔާޒު ވިދާޅުވިއެވެ.

ރިޔާޒު ވިދާޅުވީ ގުޅިފައިވާ ޕާޓީތައް އެކުވެގެން، ރިޔާސީ އިންތިހާބު ކާމިޔާބު ކުރެވޭނެ ކަމުގެ ޔަގީންކަށް އޮތް ކަމަށާއި ޕާޓީތައް އެންޑޯޒްކޮށްގެން ނެރޭ ކެންޑިޑޭޓަކު އިންތިހާބުވުމަށް ފަހު އުފައްދާފައިވާ ކޯލިޝަން ދެމި އޮންނާނީ ރައީސުލްޖުމްހޫރިއްޔާގެ މަގާމަށް އަންނަ ބޭފުޅެއްގެ އިހްލާސްތެރިކަމެއްގެ މައްޗަށް ކަމަށެވެ.

"އަޅުގަނޑަށް ޔަގީންކަން އެބަ އޮތް ޔުނިޓީ ސަރުކާރެއް އެކުލަވާލެވޭނެ ކަމަށް ގުޅިފައިވާ ސަރުކާރެއްގެ ތެރެއިން. އަޅުގަނޑުމެން ގުޅިފައިވާ ޕާޓީތަކުން އިރާދަ ކުރެއްވިއްޔާ ވަރަށް ކާމިޔާބު ކަމާ އެކު 2018ގައި އަޅުގަނޑުމެންނަށް ކާމިޔާބު ކުރެވޭ. ރައީސުލްޖުމްހޫރިއްޔާގެ މަގާމު ލިބޭ ބޭފުޅެއްގެ އިހްލާސްތެރިކަން އޮންނާނީ ދެން ވެސް. އެ ބޭފުޅެއްގެ އިހްލާސްތެރިކަން، ހުރިހާ އެންމެން އިންކުލޫޑުކޮށްގެން. އެކަކަކީ ވެސް އެކަނިމާއެކަނި ކަމެއް ހާސިލު ނުވެވޭނެކަން. އަދި ހާސިލު ވިޔަސް، އެކަން ދެމެހެއްޓުމަށް ވެސް އެންމެންގެ ސަޕޯޓު ބޭނުންވާކަން ހަމަ ކޮންމެ މީހަކުވެސް ގަބޫލު ކުރަންޖެހޭނެ،" ކޮމިޝަނާ އޮފް ޕޮލިސްގެ މަގާމު އަދާކުރެއްވުމަށް ފަހު، 2013 ވަނަ އަހަރު ސިޔާސީ ދާއިރާއަށް ނުކުމެވަޑައިގެންނެވި ރިޔާޒު ވިދާޅުވިއެވެ.

އެންމެ ހިނގާ

1

މީގެ ފަހުން ޑޮލަރުގެ އަގަކީ 15.42 ނޫން ކަމަށް ނުލިޔެވޭނެ! ކަޅު ބާޒާރުގެ އަގު ލިޔުމުން ބައި މިލިއަން ރުފިޔާއާ ހަމައަށް ޖޫރިމަނާ ކުރަނީ!

2

ޓްރަމްޕް ކިމްއާ ބައްދަލުކުރައްވާނެ ކަމަށް ވިދާޅުވިތަނާ އުތުރު ކޮރެއާއިން 10 މިސައިލް ފޮނުވާލައިފި

3

ޓްރަމްޕްގެ މާ އަރިހުގައި ހުންނަ ޚާއްސަ އަންހެނެއްގެ ވާހަކަ

4

މިނިސްޓަރު އަމީން ރަޝިޔާ އަށް ކުރެއްވި ދަތުރުފުޅާ މެދު ރާއްޖޭގެ ޓްރެވަލް އެޖެންޓުންގެ ޖަމްއިއްޔާ އިން ކަންބޮޑުވެއްޖެ

5

ލިންކަން މަނަވަރުގެ ހާލަތުން ދިގު ހަނގުރާމައެއް ކުރުމުގައި އެމެރިކާގެ ހަގީގީ ގާބިލުކަން ހާމަވެއްޖެ

އިތުރަށް ކިޔާލަން

27 ޖެނުއަރީ 2017

ރައީސް ޔާމީނަކީ ޕީޕީއެމްއެއް ނޫން: މެންބަރު އަރީފު

27 ޖެނުއަރީ 2017
 ރައީސް ޔާމީނަކީ ޕީޕީއެމްއެއް ނޫން: މެންބަރު އަރީފު
27 ޖެނުއަރީ 2017

ރާއްޖެ އާއި އިންޑިއާގެ މެދުގައި އޮތް ގުޅުމަކީ އާޓިފިޝަލް ގުޅުމެއް ނޫން: މިޝްރާ

27 ޖެނުއަރީ 2017
ރާއްޖެ އާއި އިންޑިއާގެ މެދުގައި އޮތް ގުޅުމަކީ އާޓިފިޝަލް ގުޅުމެއް ނޫން: މިޝްރާ
24 ޖެނުއަރީ 2017

މަސްތުވާތަކެތީގެ މައްސަލައެއްގައި މީހަކު އުމުރަށް ޖަލަށް

24 ޖެނުއަރީ 2017
މަސްތުވާތަކެތީގެ މައްސަލައެއްގައި މީހަކު އުމުރަށް ޖަލަށް
24 ޖެނުއަރީ 2017

އިދިކޮޅު ފަރާތްތަކާ މަޝްވަރާކުރުން މި ވަގުތު މުހިންމެއް ނޫން: ސަރުކާރު

24 ޖެނުއަރީ 2017
އިދިކޮޅު ފަރާތްތަކާ މަޝްވަރާކުރުން މި ވަގުތު މުހިންމެއް ނޫން: ސަރުކާރު
23 ޖެނުއަރީ 2017

ރައްޔިތުންނަށް ޚިދުމަތް ކުރަން އައީ އެއްވެސް ބޭފުޅަކާ ހަނގުރާމަކުރާކަށް ނޫން: ރައީސް

23 ޖެނުއަރީ 2017
ރައްޔިތުންނަށް ޚިދުމަތް ކުރަން އައީ އެއްވެސް ބޭފުޅަކާ ހަނގުރާމަކުރާކަށް ނޫން: ރައީސް
22 ޖެނުއަރީ 2017

މަރުވި ދެމަފިރިންގެ ތަހުލީލްތަކުގައި މައްސަލައެއް ފެންނާކަށް ނެތް: ފުލުހުން

22 ޖެނުއަރީ 2017
މަރުވި ދެމަފިރިންގެ ތަހުލީލްތަކުގައި މައްސަލައެއް ފެންނާކަށް ނެތް: ފުލުހުން
21 ޖެނުއަރީ 2017

މި ސަރުކާރު ބޮޑަށް ފަރިތަވާނީ ލޯކަލް ކައުންސިލަކަށް ނޫން، ލޯކަނު ކައުންސިލަށް:ޝާހިދު

21 ޖެނުއަރީ 2017
މި ސަރުކާރު ބޮޑަށް ފަރިތަވާނީ ލޯކަލް ކައުންސިލަކަށް ނޫން، ލޯކަނު ކައުންސިލަށް:ޝާހިދު
18 ޖެނުއަރީ 2017

ރައްޔިތުންގެ މަޖިލީހުން ކުރަނީ އިހްލާސްތެރި މަސައްކަތްތަކެއް ނޫން: ޝިފާ

18 ޖެނުއަރީ 2017
ރައްޔިތުންގެ މަޖިލީހުން ކުރަނީ އިހްލާސްތެރި މަސައްކަތްތަކެއް ނޫން: ޝިފާ
17 ޖެނުއަރީ 2017

މަސްތުވާތަކެތީގެ މައްސަލައެއްގައި އުމުރަށް ޖަލަށްލުމަށް ހުކުމްކޮށްފައިވާ މީހަކު ކުޑަކުއްޖެއްގެ މައްސަލައެއްގައި ހޯދަނީ!

17 ޖެނުއަރީ 2017
މަސްތުވާތަކެތީގެ މައްސަލައެއްގައި އުމުރަށް ޖަލަށްލުމަށް ހުކުމްކޮށްފައިވާ މީހަކު ކުޑަކުއްޖެއްގެ މައްސަލައެއްގައި ހޯދަނީ!
12 ޖެނުއަރީ 2017

އީސީ އިން ބޭނުންވަނީ އިންތިހާބުތައް ލަސްކުރާކަށް ނޫން، އިންތިހާބުތައް ނުބޭއްވަން:އަމީރު

12 ޖެނުއަރީ 2017
އީސީ އިން ބޭނުންވަނީ އިންތިހާބުތައް ލަސްކުރާކަށް ނޫން، އިންތިހާބުތައް ނުބޭއްވަން:އަމީރު
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް