Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - worldAdvertisement
ދުނިޔެބޯކޯ ހަރާމް

ނައިޖީރިއާގެ މިސްކިތެއްގައި ހަމަލާދީ 11 މީހުން މަރާލައިފި

4 ޖެނުއަރީ 2018 | ބުރާސްފަތި 03:31

ހަމަލާދީފައިވަނީ ބޯނޯ ސްޓޭޓްގެ މިސްކިތެއްގައި

މުޙައްމަދު ޒާހިރު
މުޙައްމަދު ޒާހިރު | 4 ޖެނުއަރީ 2018 | ބުރާސްފަތި 03:31
ބޯކޯ ހަރާމްގެ ހަނގުރާމަވެރިންނާއި ދެކޮޅަށް ހަނގުރާމަކުރާ ފައުޖުތަކަށް ނިސްބަތްވާ ބަޔަކު ނައިޖީރިއާގެ ބޯނޯ ސްޓޭޓްގައި ފޯރިމަރަނީ

ބޯކޯ ހަރާމްގެ ހަނގުރާމަވެރިންނާއި ދެކޮޅަށް ހަނގުރާމަކުރާ ފައުޖުތަކަށް ނިސްބަތްވާ ބަޔަކު ނައިޖީރިއާގެ ބޯނޯ ސްޓޭޓްގައި ފޯރިމަރަނީ

ނައިޖީރިއާގެ މިސްކިތެއްގައި އަމިއްލަ އަށް މަރުވެގެން ދިން ބޮމުގެ ހަމަލާއެއްގައި 11 މީހުން މަރުވެއްޖެ އެވެ.

ނައިޖީރިއާގެ އިރުއުތުރުގެ ބޯނޯ ސްޓޭޓްގެ އަވަށެއް ކަމަށްވާ ގަމްބޯރޫގެ މިސްކިތަކަށް ހަމަލާދީފައިވަނީ ފަތިސް ނަމާދުގެ ވަގުތުގައި ކަމަށް މަންޒަރު ދުށް ފަރާތްތަކާއި ހަވާލާދީ ރިޕޯޓްތައް ބުނެއެވެ.

ހަމަލާ ދިން މިސްކިތް ހިމެނޭ ބޯނޯ ސްޓޭޓަކީ، ނައިޖީރިއާ އަދި ކެމަރޫން ގުޅޭ ސަރަހައްދީ ރޮނގުގެ ކައިރި ސަރަހައްދެވެ. އެ ސަރަހައްދަކީ ނައިޖީރިއާގެ ހަތިޔާރު އެޅި ޖަމާއަތެއް ކަމަށްވާ ބޯކޯ ހަރާމުން މީގެ ކުރިން މިފަދަ ގިނަ ހަމަލާތަކެއް ދީފައިވާ ސަރަހައްދެކެވެ.

މަންޒަރު ދުށް ފަރާތްތަކާއި ހަވާލާދީ ރޮއިޓަރސް ނިއުސް އޭޖެންސީ އިން ބުނީ، ފަތިސް ނަމާދުގެ ވަގުތުގައި މިސްކިތުގެ ތެރެއިން ބާރު އަޑުފަށްގަނޑަކާއެކު ގޮވުމެއްގެ އަޑު އިވިގެންދިޔަ ކަމަށާއި، މިހަމަލާގައި މިސްކިތް ހަލާކުވެ، ގިނަ ގެއްލުންތަކެއް ލިބިފައިވާ ކަމަށެވެ.

އަދި ހަމަލާއަށް ގަޑިއިރުތަކެއް ފަހުން، މިސްކިތުގެ ތެރެއިން މަރުވެފައިވާ 11 މީހެއްގެ ހަށިގަނޑު ނެރެފައިވާ ކަމަށާއި، އަމިއްލަ އަށް މަރުވެގެން ހަމަލާ ދިން މީހާގެ ހަށިގަނޑާއެކު އެއަދަދު 12 އަށް އަރާ ކަމަށް ރޮއިޓަރސް އިން ރިޕޯޓްކޮށްފައިވެއެވެ.

މިހަމަލާގެ ޒިންމާ މިހާތަނަށް އެއްވެސް ފަރާތަކުން އުފުލާފައެއްނުވެއެވެ. އެހެންނަމަވެސް ހަމަލާ ދިން ސަރަހައްދާއި، ހަމަލާގެ ބާވަތުން މިއީ ބޯކޯ ހަރާމް ޖަމާއަތުގެ ހަމަލާއެއް ކަމަށް ބެލެވޭ ކަމަށް ރިޕޯޓްތައް ބުނެއެވެ.

ބޯކޯ ހަރާމް އަކީ 2009 ވަނަ އަހަރު ނައިޖީރިއާގެ އިރުއުތުރުގައި އުފެދުނު ހަތިޔާރުއެޅި ހަނގުރާމަވެރިންގެ ޖަމާއަތެކެވެ. "ހުޅަނގުގެ ތައުލީމް ހަރާމް" ކަމަށް ބުނެ އުފެއްދި ހައްދުފަހަނައަޅާފައިވާ އެޖަމާއަތުގެ ހަމަލާތައް ގިނަކޮށް، އެމީހުންގެ ހަރަކާތްތައް ފުޅާ ވެގެންދިޔައިރު، ބޯކޯ ހަރާމް އާ ގުޅިގެން އުފެދުނު ކުރިމަތިލުންތަކުގައި މިހާތަނަށް 20 ހާހެއްހާ މީހުން މަރުވެ، 2.6 މިލިއަނަށްވުރެ ގިނަ މީހުންގެ ގެދޮރު ގެއްލިފައިވެއެވެ.

އެޖަމާއަތުން ވަގަށްނަގައި، ރަހީނުކޮށްގެން ގެންގުޅުނު 700 އަށްވުރެ ގިނަ މީހުން މިދިޔަ ހަފްތާގެ ތެރޭގައި ސަލާމަތްވެފައިވެއެވެ. ބޯކޯ ހަރާމް އިން ނައިޖީރިއާގައި ބަންދު ކޮށްގެން ގެންގުޅެނިކޮށް ފިލި މީހުންގެ ތެރޭގައި ދަނޑުވެރިންނާއި، މަސްވެރިން އަދި އެފަރާތްތަކުގެ އާއިލާ ހިމެނޭ ކަމަށް ނައިޖީރިއާގެ އަސްކަރިއްޔާ އިން މައުލޫމަތު ދެއެވެ.

ބޯކޯ ހަރާމްގެ އެންމެ ބާރުގަދަ ދުވަސްވަރު، ލޭކް ޗާޑް ސަރަހައްދުގައި ބޮޑެތި ވާދީތަކުގެ ކޮންޓްރޯލް ހޯދާފައިވެއެވެ. އެހެންނަމަވެސް އަވަށްޓެރި ޗާޑް، ކެމަރޫން އަދި ނައިޖަރގެ އެހީތެރިކަމާއެކު ނައިޖީރިއާގެ އަސްކަރިއްޔާ އިން ހިންގި ބޯކޯ ހަރާމް އާ ދެކޮޅަށް ކުރި ހަނގުރާމާގައި، އެޖަމާއަތުގެ ބާރު ކަނޑުވާލާ، ނައިޖީރިއާގެ އިރުއުތުރުގެ ގިނަ ޕްރޮވިންސްތަކުން ހަނގުރާމަވެރިން ފައްސާލާފައިވެއެވެ.

ބައިނަލްއަޤްވާމީ ކޯލީޝަންގެ އަސްކަރީ އޮޕަރޭޝަންތަކުގެ ސަބަބުން ބޯކޯ ހަރާމް ހަރަކާތްތައް ބަލިކަށިވިނަމަވެސް، އެސަރަހައްދުގައި ދޭތެރެދޭތެރެއިން އަމިއްލަ އަށް މަރުވެގެން ހަމަލާތައް ދީފައިވެއެވެ.

އެގޮތުން، މިދިޔަ ޑިސެމްބަރު މަހުގެ ކުރީކޮޅު ނައިޖީރިއާގެ ބިއޫ ސަހަރުގެ ބާޒާރެއްގައި އަމިއްލަ އަށް މަރުވެގެން ދެމީހަކު ދިން ބޮމުގެ ހަމަލާއެއްގައި 17 މީހުން މަރާލާފައިވެއެވެ.

އެހަމަލާ ދީފައިވަނީ، މޫބީގެ މިސްކިތެއްގައި ފުރާވަރުގެ ކުއްޖަކު އަމިއްލަ އަށް މަރުވެގެން ދިން ބޮމުގެ ހަމަލާއެއްގައި 50 މީހަކު މަރާލިތާ ދެހަފްތާވެސް ނުވަނީހެވެ.

އެންމެ ހިނގާ

1

ޔޫއެސްއެސް އަބްރަހަމް ލިންކަންގައި ހިނގި ނުރައްކާތެރި ހަމަނުޖެހުމެއްގައި ހަތް މީހުން މަރުވެއްޖެ

2

ޕޯޓް ޓެކްނޮލޮޖީ އިންޓަނޭޝަނަލް ގެ އެޑްވައިޒަރީ ބޯޑުގެ ޗެއާމަންގެ މަގާމަށް ރައީސް ނަޝީދު

3

ތުރުކީން ޓްރަމްޕް ފުރާވަޑައިގަންނަވާއިރު ކޮނޑުމަތީގައި ފޮނުވާލާ މިސައިލަކުން ހަމަލާދޭން އޮތީ ރާވާފައި: ރިޕޯޓް

4

ދުނިޔޭގެ ބާރުގަދަ އެމެރިކާގެ ރައީސަށް ބޮޑެތި ގޮންޖެހުންތަކާ ކުރިމަތިލައްވަން އީރާނުން ޖައްސުވައިފި

5

އެމެރިކާގެ އަސްކަރިއްޔާގެ އިންޒާރުތަކަށް އިޖާބަ ނުދީ އޮމާން ކަނޑުން ދަތުރުކުރި ބޯޓަކަށް ހަމަލާ ދީފި

އިތުރަށް ކިޔާލަން

19 ފެބުރުއަރީ 2017

މޮގަދިޝޫގައި ބޮމެއް ގޮއްވާލައި ވިއްސަށް ވުރެ ގިނަ މީހުން މަރާލައިފި

19 ފެބުރުއަރީ 2017
މޮގަދިޝޫގައި  ބޮމެއް ގޮއްވާލައި ވިއްސަށް ވުރެ ގިނަ މީހުން މަރާލައިފި
18 ފެބުރުއަރީ 2017

ޖާނުންފިދާވުމުގެ ހަމަލާއާ ގުޅިގެން ޕާކިސްތާނުން ހިންގި އޮޕަރޭޝަނުގައި ގިނަ ހަނގުރާމަވެރިންތަކެއް މަރާލައިފި

18 ފެބުރުއަރީ 2017
ޖާނުންފިދާވުމުގެ ހަމަލާއާ ގުޅިގެން ޕާކިސްތާނުން ހިންގި އޮޕަރޭޝަނުގައި ގިނަ ހަނގުރާމަވެރިންތަކެއް މަރާލައިފި
13 ފެބުރުއަރީ 2017

ލާހޫރުގައި ބާރުގަދަ ބޮމެއް ގޮއްވާލާ 11 މީހުން މަރާލައިފި

13 ފެބުރުއަރީ 2017
ލާހޫރުގައި ބާރުގަދަ ބޮމެއް ގޮއްވާލާ 11 މީހުން މަރާލައިފި
09 ފެބުރުއަރީ 2017

އައިއެސްގެ ހަނގުރާމަވެރިން ކަމަށް ބެލެވޭ ބަޔަކު ރެޑް ކްރޮސްގެ މުވައްޒަފުންތަކެއް މަރާލައިފި

09 ފެބުރުއަރީ 2017
އައިއެސްގެ ހަނގުރާމަވެރިން ކަމަށް ބެލެވޭ ބަޔަކު ރެޑް ކްރޮސްގެ މުވައްޒަފުންތަކެއް މަރާލައިފި
09 ފެބުރުއަރީ 2017

އެމެރިކާއިން ސީރިއާގައި ދިން ހަމަލާތަކެއްގައި އަލްގައިދާގެ 11 މީހުން މަރާލައިފި

09 ފެބުރުއަރީ 2017
އެމެރިކާއިން ސީރިއާގައި ދިން ހަމަލާތަކެއްގައި އަލްގައިދާގެ 11 މީހުން މަރާލައިފި
03 ފެބުރުއަރީ 2017

ގެމްބިއާގެ ރައީސް އަޑަމާ ބަރޯގެ ދަރިފުޅު މަރާލި ކުއްތާ މަރާލައިފި!

03 ފެބުރުއަރީ 2017
ގެމްބިއާގެ ރައީސް އަޑަމާ ބަރޯގެ ދަރިފުޅު މަރާލި ކުއްތާ މަރާލައިފި!
31 ޖެނުއަރީ 2017

ކެނެޑާގެ މިސްކިތެއްގައި ހިނގި ބަޑިޖެހުމުގެ ހާދިސާއާ ގުޅިގެން މީހަކަށް ދައުވާއެއް އުފުލައިފި

31 ޖެނުއަރީ 2017
ކެނެޑާގެ މިސްކިތެއްގައި ހިނގި ބަޑިޖެހުމުގެ ހާދިސާއާ ގުޅިގެން މީހަކަށް  ދައުވާއެއް އުފުލައިފި
30 ޖެނުއަރީ 2017

ކެނެޑާގެ މިސްކިތެއްގައި ހިނގި ބަޑިޖެހުމުގެ ހާދިސާއެއްގައި ފަސް މީހުން މަރުވެއްޖެ

30 ޖެނުއަރީ 2017
ކެނެޑާގެ މިސްކިތެއްގައި ހިނގި ބަޑިޖެހުމުގެ ހާދިސާއެއްގައި ފަސް މީހުން މަރުވެއްޖެ
29 ޖެނުއަރީ 2017

އެމެރިކާގެ މިސްކިތެއްގައި ރޯކޮށްލައިފި

29 ޖެނުއަރީ 2017
އެމެރިކާގެ މިސްކިތެއްގައި ރޯކޮށްލައިފި
16 ޖެނުއަރީ 2017

ސީރިއާ ސަރުކާރާ ގުޅިފައިވާ ފައުޖަކުން ދިން ހަމަލާތަކެއްގައި އާއްމުންގެ ހަތް މީހުން މަރާލައިފި

16 ޖެނުއަރީ 2017
ސީރިއާ ސަރުކާރާ ގުޅިފައިވާ ފައުޖަކުން ދިން ހަމަލާތަކެއްގައި އާއްމުންގެ ހަތް މީހުން މަރާލައިފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް